މާފުށީ މަގުމަތީގައި މަސްތުވެގެން ބިކިނީގައި އުޅުނު ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރީ ގޯސްކޮށް ކަމަށް ނުދެންނެވޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކަމާއި ދެކޮޅު ހައްދަވައިފިއެވެ.

"ޕީއެސްއެމް" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އެ އަށް ވުރެ ރަނގަޅަށް އެ ހާލަތް ކޮންޓްރޯލް ކުރެވިދާނެ ކަމަށާއި އެހެން އެކަން ނުވީތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ނަމަވެސް ސަލާމަތީ ނަޒަރުން ބަލާއިރު ފުލުހުން އަމަލު ކުރީ ވަރަށް ގޯސްކޮށް ކަމަށް ނުދެންނެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ޓޫރިސްޓުންނަށް ސެކިއުރިޓީ ކަށަވަރު ކޮށްދޭން ޖެހޭ ބައެއް. އަދި އެކަން ޕްރޮމޯޓް ކޮށްދެން ޖެހޭ މުއައްސާސެއްގެ ގޮތުން ދެރަވަން މިހެން ކަންތައްތައް ވީތީ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރ އިމްރާންގެ ވާހަކަފުޅަށް ރައްދު ދެއްވާ ނަޝީދު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށީގައި ފަތުރުވެރިޔަކު ހައްޔަރު ކުރީ ގޯހުން ނޫންކަމަށް ދެކެވޭ ކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ. "ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުމާއި، މިއެންމެ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ކިނލަބުވާ ޓްއަރިސްޓް ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަން." ނަޝީދު ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވެފައި ވަނީ ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރިވީ މާފުށީގައި އަންހެން ފުލުހުން ނުތިބޭތީ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މާފުށީގައި ފަތުރުވެރިޔަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރިގޮތުން މަޢާފަށް އެދިވަޑައިގެންފައެވެ. އަދި ފުލުހުން އެކަމުގައި އަމަލު ކުރިގޮތް ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބާއްދަރު

    ދޮންފަރަންޖީން ދެކެ ލޯބިވާ ކެނަރީ ބޮއްޅަ އަށް އެކަން ގޯސްނުވާނެގޮތަކީ ނެތްގޮތެއް..............

    112
    4
  2. ޢަލީ

    އެކަމުގައި ފުލުހުން ކަން ކުރީ ރަނގަޅަށް. އޮރިއާމުން ހުރެ ފުލުހުންނަށް ޙަމަލާ ދޭއިރުވެސް އެއީ ދޮން މީހެކޭ އަންހެނެކޭ ކިޔާފައި އެމީހާ މުޅި ރަށުތެރޭގައި ކުޑަކުދީންގެ ކުރިމަތީގައި ދުވަން ދޫކޮށްލަށް ވަކާލާތު ކުރާ މީހުންނަކީ ހަމަ ޔަގީނުންވެސް މިފަސްގަނޑު ފަސާދަކުރަން ހިތްވަރުދޭ މީހުން. ހަގީގީ ހަރުކަށި މީހުންނަކީ އެއީ. އަންނިއަކަށް އެގޮތަށް ވަކާލާތު ކުރަންޏާ އެކުރެވެނީ މި ދިވެހި ރާއްޖޭގެ ހައްގުގައި ފަސާދައަށް. އަދި މިކަމުގައި މައާފަށް އެދުނު ހަމީދު މިހާރުން މިހާރަށް އިސްތިއުފާ ދޭން އެބަޖެހޭ. ސަބަބކީ އޭނާއަށް ދީނާ އިޖުތިމާޢީ މިނަގަނޑާ ދިވެހި ރާއްޖޭގެ ގަާނޫނާއި ގަވާއިދަށް ވުރެ ލާދީނިއްޔަތު މުހިންމު ވީކަން ޢަމަލުން ދެއްކުން. އޭނާއަކީ މިދިވެހި ރާއްޖޭގެ ގާނޫނުއަސާސީ ނަގަހައްޓަން ހުވާ ކޮށްގެން ހުރި މީހަކަށްވެ އެކަން ނުކުރުން. އަދި އޭނާގެ އެ އަމަލުގެ ސަބަބުން މިދިވެހި ރާއްޖޭގައި ބައިބައި ވުމަށް ފުރުސަތު ލިބޭކަން ވެސް އަވަނީ އެނގި ފާޅުވެފައި.

    133
    1
  3. ސަމާހު

    ޝޭޚު އިމްރާނު ދީނީ ނަޒަރަކުން މިކަމުގައި ދެކެނީ ކިހިނެތްތަ.؟

    60
  4. ޗީޗީ

    ފުލުހުން ބަރާބަރު.
    ފަތުރުވެރިޔާ އޭނާ އުޅެންޖެހޭ މިންގަނޑުން ބޭރުވީމާ ނަސޭހަތްތެރިވި ، އެއިގެ ފަހުން ފިޔަވަޅުއެޅީ.
    ފުލުހުން މިކަން ނުހުއްޓުވިނަމަ އިމްރާން މިނިސްޓަރުކަމުން ދުރުކުރުމަށް އަދި މާބާރަށް އަނެއްކޮޅަށް އެއުޅޭ ގަންޖާބޯ ތިވާހަކަ ދައްކާނެ

    63
    2
  5. ކެނެޑީ

    އަންނި ކައިރި އަހާބަލަ ދޮންމީހުންގެ ޔޫރަޕްގަ ފުޓުބޯޅަ ދަނޑަށް ދޭތެރެއަކުން ބިކިނީ ލައިގެން އަރާ އަންހެންމީހާ ގޮސް ހައްޔަރުކުރަނީ ކިހިނެއްތޯ.

    62
    1
  6. ޅަބޭ

    ނަޝީދުގެ ނަޒަރުގައި ފުލުހުންނަކީ އަބަދުވެސް ކުއްތާއިން. މިވަރުގެ މީހަކު އެހެރީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސަކައް.

    62
    1
  7. Anonymous

    ލާދީނީ ބިރުގަންނަނީ ފަތުރުވެރިކަން ގެއްލިދާނެތީވެ. މިރާއްޖޭގެ އިޖުތިމާއީ ފޭރާން ހަލާކު ވިޔަސް މި އް ނޭގޭ. މިރާއްޖެ ހަލާކު ކުރުން މިއީ މި އެންމެ ބޭނުންވާ ކަންތައް ކަން މިހާރު ވަރައް ސާފުވެއްޖެ.

    53
    2
  8. މަންޖެ

    މިހާރު މިމީހުން ހާދަ ޓްއަރިސްޓް ވިޔަފާރިއަށް ބަލައޭދޯ. ރާއްޖެ ބޮއިކޮޓް ކުރަން ގޮވި ހަނދާވެސް ނެތުނީދޯ.

    57
  9. ލޯބިވާބައެއް ނޫންސ

    ކެނެރީގޭ ބޮޓާއި ރައީސްކަން ކުރާ ބޮޓާއި ސީޕީކަން ކުރާ ބޮޓަކީ ދޮންފަރަންޖީންގެ އަޅުން. ކަމެއްވާއިރަށް ފަރަންޖީންގެ ފައިބުޑަށް ވެއްޓިގަނެ ބޮސްދޭނެ.

    49
    1
  10. ހުވަދޫ ޑޮކް

    ޝެއިޚް އިމްރާނޫ އެވެ! މަނިކުފާނު ތިޔަ ކުރާ އެއްވެސް ކަމެއް ކުރީގެ ރައީސް އަދި މަޖްލީސް ރައީސް ނަޝީދަކަށް ހަމަ އެއްގޮތަކަށްވެސް ކަމަކު ނުދާނެ !! ކަމުދާނެ އެއްވެސް ފޯރމިއުލާއެއްވެސް ނުމެ އޮންނާނެ! ކުރީގެ ރައީސް ޔާމީނޭ ކިޔާގެން ތިޔަފަދަ މަގާމެއްގެ ދަހިވެތި ކަމުގައި އެނބުރި ރޯ ބުހުތާނު ވާހަކަތަށް ހަނދާން އެބަހުރިތޯ؟ އުންމީދު ކުރަނީ ޝެއިޚަށް ދެރަގޮތެއް ނުވުމަށް !! އެހެނަސް ތިޔަ މަޤާމަށް ރީނދޫ ބޭފުޅަކު ދޮންކުރަމުން ގެންދާ ޚަބަރުތަށް ފެތުރޭ ހިނދު، މަނިކުފާނާއި މެދު މި ސަރުކާރުން ޢަމަލުކުރާނެ ގޮތެއް ބެލުމަށް އަހަރެމެން އެބަތިބޫމެވެ. އަދަބު ވެރިކަމާއިއެކު ޝޭޚަށް ވަރަށް ސަލާމެވެ.

    35
    • އެޕްރީލް

      އެޕްރީލް މަހުތެރޭ އިމްރާނުގެ އިތުބާރު ނެތްކަމަށް ފާސްކޮށް ބޭރުކުރާނެ!

  11. މަކިނބޫ އެޓް ދުބާއީ

    ދޮން މީހުން ޖެހޭނެ އަމާ ބަނޑުން ހެއްދެވި ގޮތަށް އައި ގޮތަށް އައިސް ރަށު މެދުން ކުދި ބޮޑު އެންމެހާ މީސްތަކުން ކުރިމަތިން ލާފަ ދާން. ދިވެހިން ޖެހޭ ދޮން މީހުން އުޅޭ ގޮތަށް އުޅެން ދަސް ކުރަން. ކޮންމެހެން ވެސް

    28
    • އަންނި

      ދޮން މީހުން އުޅޭގޮތަށް އުޅުނީމާ ސަލާމަތް ވާނެ.

      5
      1
  12. އަޙްމަދު

    މިފެންނަނީ އެޖެންޑާ 19ގެ ތަފާރު މަންޒަރު! ދާދި އިހަކަށް ދުވަހަކު އިމްރާނަށް ތައުރީފްކުރި މީހާރު ގޯސްވީ އިމްރާން! ވައަތުން ފިރުމާފައި ކަނާއަތުން ޖެހުން! އިމްރާން ބޭރުކުރަން މަގު ކޮށަނީ! މިހާރު މިކަމުގެ ސައްލާ ދާނީ ކުރިޔަށް!

    30
  13. ޤައުމީ އަޑު

    މި އަންނި ދިވެހި ޤައުމޭ ކިޔައިގެން ދައްކާ ވާހަކަ ތަކުން ޤައުމުގެ ނަން ހަޑިވެ ޓުއަރިޒަމަށް އަސަރު ނުކުރާނެބާ! އިރު އިރު ކޮޅާ ރާއްޖޭގައި ނިރުބަވެރިން އެބަތިއްބޭ ނިރުބަވެރި ޙަމަލާއެއް ދީފާނޭ ކިޔައިގެން މިކަލޭގެ މިދައްކާ ވާހަކަތަކަކީ ޓުއަރިޒަމް ޕްރޮމޯޓް ކުރަން ދައްކާ ވާހަކަބާ؟

    26
    1
  14. Anonymous

    ހަމާގައި ހުރި މީހަކަށްނަމަ ފެންނާނީ ގެސްޓު އަންހެން މީހާ ފުލުހުންގެ ގަޔަށް ބޮލަށް އަރާތަން

    13
  15. ގާއިދު

    ކެރަނީ ޝައިތާނުގެ ބަލާއިން މިރާއްޖެ ސަލާމަތްކުރަންވީ

    17
    1
  16. ހ

    އަންނި އިސްތިއުފާ.... ފުލުހުން ރަގަޅަށް ކަން ކުރާ

    20
    2
  17. ހުސެން

    ދެން ކަލޭ އޮރިޔާމުން މަޖުލީހުގައި ހުންނަންވީނުން ދެން ހުރި މީހާ ބިކިނީ ލައިގެން އަޅޭވާގޮތެއް ބަލަން

    13
  18. ސައޫ

    ތިޔޭ އެއްކަލަ ގޯސްވާ ތަންކޮޅު... މިކަހަލަ ވަގުތެއްގަވެސް އިސްލާމް ދީނުގެ ދިފާއުގަ ވާހަކައެއް ނުދެއްކެ... ޓޫރިސްޓުންނަށް ރަށް ރަށަށް މީހުން އުޅޭ ހިސާބަށް ދާ އިރު ނިވާ ކުރަން ޖެހޭ ކަމަށް އޮންނަނީ އަންގާފަ...ފުރަތަމަ އެ އަންހެން މީހާ ގަވާއިދަށް ހުރުމަތްތެރި ވީނަމަ މިހެނެއް ނުވީސް ދޯ... ދެން އޭނާ ގޮވި އަވަގުރާނަފަތި ވެސް ނަޝީދުއަށް ވަރަށް ރީތި ވާނެ..

    13
  19. ވިޢާމް

    ފުލުހުންނަށް އެބޭ އޮންނަ ހަސަދައެއް ކަންނޭނގެ؟
    7 ފެބްރުއަރީ...