ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރު ހިންގީ ސަރުކާރު ހިންގަން އެނގިގެން ކަމަށް ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ޔާމީންގެ ސަރުކާރަށް ތައުރީފްކޮށްފިއެވެ.

މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީންގެ ސަރުކާރަކީ ބާރުގަދަ ސަރުކާރެއްކަން ރައްޔިތުން މިހާރު ގަބޫލު ކުރާކަމަށެވެ.

"ރައީސް ޔަމީން މިގައުމުގެ ސަރުކާރު ހިންގީ ސަރުކާރު ހިންގަން އެނގިގެން. ރައީސް ޔާމީންގެ ސަރުކާރަކީ ޕަވާފުލް ސަރުކާރެއްކަން ރައްޔިތުން މިހާރު ގަބޫލް ކުރޭ." މުސްތަފާ ވިދާޅުވިއެވެ.

މުސްތަފާ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވުމުން ޕީޕީއެމް އަށް ސޮއި ކުރެއްވިއެވެ. ނަމަވެސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު އަހަރެއްހާ ދުވަހު މުސްތަފާ ހުންނެވީ ޔާމީންގެ ސަރުކާރާއި ދެކޮޅަށެވެ.

މުސްތަފާ ޔާމީންގެ ސަރުކާރަށް ތައުރީފް ކުރިއިރު ޔާމީން ފުރަތަމަ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ ޔަމީނަށް ތައުރީފް ކުރައްވަން ފައްޓަވާފައެވެ.

ޖަމީލް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަމަކީ ބިޔަ ބޮޑު މަސްޢޫލިއްޔަތެއް ކަމަށާއި ފަސޭހަ ވަގުތުތައް މަދުވެފައި ނުތަނަވަސްވެ ހާސްވާ ވަގުތުތައް ގިނަވާނެ ކަމަށެވެ. އެންމެ ގިނަ ގޮންޖެހުންތައް ކުރިމަތިވި އެއް ވެރިޔަކީ ޔާމީން ކަމަށާއި ބޭރުންނާއި އެންމެން އަދި އެންމެ ފަހުން މުއައްސަސާތައް އިދިކޮޅުވެފައި އޮތް ހާލަތުގައި ޔާމީން ދެއްކެވި ސާބިތުކަމަށް ސާބަސް ޙައްޤު ކަމަށް ޖަމީލް އިއްޔެ ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ސަރުކާރު ގެންނަން ތާއިދު ކުރި ބައެއް ފަރާތްތަކުން މިހާރު އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުން ގެންދާއިރު ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މި ސަރުކާރަށް އެކަށީގެންވާ މިންވަރާއި ގާތައް ވެސް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަކަށް ނުގެންދެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

 1. ޝަމްސީނާ

  ސުލޯލިހުއާއި ގަންޖާ ނަޝީދުގެ ނާޖާއިޒް އިންޑިޔާ ސަރުކާރު ދިވެހިރައްޔިތުން ގަބޫލެއް ނުކުރޭ. ދެން ލަލަލާ..

  135
  3
  • ބުރުމާ

   އެއްވެސް މީހަކާ ދިމާލަށް ގަންޖާބޯއޭ ކިނބުލޭ ކިޔާނެކަމެއްނެތް!! މިސަރުކާރަކީ ބުރަހެލި. މަތިބަރު، ޚަރަދު ބޮޑު، ބަޖެޓްވެސް ބޮޑު އަދި ގައުމުގެ އުމްރާނީ ތަރައްގީއާއި ގައުމަށް ކުރިއެރުން ގެނަސްދިނުމަށްޓަކައި ކުރެވޭ މަސައްކަތުން މިހާތަނަށް ނަތީޖާއެއް ދެއްކިފައިނުވާ ސަރުކާރެއް!! އަދި އަހަރު ނިމުނުއިރު ބޮޑު ބަޖެޓް ފެނާނުލާ ދިރުވާލި ސަރުކާރެއް!! ރައްޔިތުންނަށް ކަމެއްކޮށް ނުދެވުނު ސަރުކާރެއް!! އެކަމަކު ސަރުކާރު ހިންގާ އެކިއެކި ފަރާތްތަކާއި ގުޅުން އޮންނަ ކުންފުނިތަކަށް ދެފުށް ނުފެންނަގޮތަށް ނިކަން ރަގަނޅަށް ބަދަލުދިން ސަރުކާރެއް!! ބޭކާރު ޚަރަދުކުރި ސަރުކާރެއް! ތަގްރީރެއްކުރަން އެމެރިކާއަށް ކުރި އެންމެ ދަތުރަކަށް 4.2 މިލިއަން ރުފިޔާ ޚަރަދުކުރި ސަރުކާރެއް!! އަޑިނޭގޭ ގުޅުމެއް އިންޑިޔާއާއެކު ބާއްވާ އެގައުމާއެކު އަޑިނޭގޭ އެތައް އެގރިމަންޓެއް ކުރި ކަމަށް ތުހުމަތުކުރެވޭ ސަރުކާރެއް!! އިންޑިޔާގެ ސިފައިން ގިނަ ޢަދަދަކަށް މިގައުމަށް އެތެރެކޮށް މިގައުމުގެ މިނިވަންކަމާއި އަމިއްލައަށް ކަންކަން ނިންމުމުގެ ބާރު ހަނިކުރަމުންދާ ސަރުކާރެއް!! އިންޑިޔާއިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއޭ ބޮޑު ލޯނެއްނަގާ އިންޑިޔާގެ ކަސް ކުންފުނިތަކާއެކު އެކިކަހަލަ ކަރުދާސް އެއްބަސްވުންތައް ހަދާ ލޯނުގެ ގޮތުގައި ނެގި ފައިސާކޮޅުވެސް އެގަަމަށްދީ ހުސްކުރާ ސަރުކާރު!! ހަމަ ސުމެއްގެ ސަރުކާރެއް!! ރައްޔިތުން ލޯކަލް ކަައުންސިލް އިންތިޚާބުގައި ވޯޓާ ހަމަޔަށްދާއިރު ވިސްނަންޖެހޭ ވަރަށްބޮޑަށް!!

   50
   1
   • ޔޭސް ޔޭސް

    ޔާމީން ވަރެއް ނެތް

    37
    1
  • ދދދދދދ

   އަނގައަށް ތިމަރަ އަޅައިގެން ހުންނާށޭ ކޮންމެސް މީހަކު ބުނެބަލަ އޭނަ ގާތު. ޔާމީނެކޭ ކިޔާނެ ކަމެއް ނެތް ކަލޭގެ ލާދީނީ ބާގައި މީހުންނާ ކަލޭ ބެހޭ. ކޮންމެސް އެތިވަރުތަކެއް ނުލިބިގެން ތިއުޅެނީ މިހާރު. ޔަހޫދީން އުޅޭނީ އެއްތަނުން ކައިފަ އަނެއް ތަނުން ކައިފަ ހައި ނުފިލައިގެން.

   18
   2
 2. ކަޅީ

  ތީބޮޑުނޮފަރުއްޕާނެއް.. މިގައުމުހަލާކުގެ މަގައް މަގުކޮށާ ދެފުއްކެހެރިއެއް. ކަނޑުއަޑިން ވައިގެ މަގުން ކަނޑު މަތިން އެއްގަ މުން ގައު މައް ގައްދާރުންގެންނަން ގޮވާތާޅަފިއްޔެއް. ޕީޕީއެ މްތެރެއަށް ފާވާންއުޅޭ ކަ މެއްނެތް. ގެންނަންއުޅުނު މަނަވަރުތަކުން މަނަވަރަކަށް އަރާގެން ފެއްސޭ!!

  86
  5
 3. މޫސަ

  މާދަމާ ކީކޭ ކިޔާނެބާ!

  73
  2
  • ފިތާލާނެ

   އެމްޑީޕީން ރިމޯޓަށް މިއަދު ފިތާލާނެ. ދެން އޭނާ އެއްކޮށް މިއުޓްވެފަ ހުންނާނީ އަނެއްކާ.

   40
   1
 4. ނަޝީދު

  ސާބަހޭ ރ.ޔާމިން ތާއިދުކުރެއްވި ޖަމީލް އަދި މުސްތޮފާއައް ކެއްކުރައްވާ ތިބޭފުޅުންނާ އަދިޔާމިންބައްދަލްކުރައްވާނެ ބާރައެއްކޮން އިންޝާﷲ

  109
  2
 5. މޫސާމަނިކް

  ސާބަހޭ ޖަމިީލް އަދިމުސްތޮފާ

  96
  4
 6. ލައިލާ

  ތިޔަބުނީތެދެއް ރ.ޔާމިންވަރުގެ ވެރިއެއްނެއް ވީސެލިއުޓް ހިމް

  130
  3
 7. މާރިޔާ

  ހީ އިސް ދި ބޮސް އޮފްމޯލްޑިވްސް ސާބަހޭ ރ.ޔާމިން

  111
  2
 8. ވިލޭ

  100% ތެދެެއް ވީލަވްޑް ޔާމިން

  111
  4
 9. މުސްތަފާ

  މީ ފައްކާ 2 ބޯ ގެރި އެެއް

  27
  46
 10. އަހުރެން

  މިސަރުކަރު އަޅުގަނޑަށް ސިފަކުރެވެނީ ކަން ކަން ނުކުރެވޭ ، ބުރަހެލި ކަމެއް އެކުލެވޭ ސަރުކަރެއްގެ ގޮތުގަ އެވެ.

  105
  2
 11. މުހައްމަދު

  މިހާރު މޮއޮތީ ވެރިކަމެއްނޫނޭ މުސްތަފާ ބުރޯ.
  މިއީ މުސީބާތެކޭ. ގައުމެއްގާ ތިޔަކަހަލަ ދެފުއްކެހެރިން ގިނަވެއްޖެއްޔާމު މިކަހަލަ މުސީބާތްތަކާ ކުރިިމަތިލާންޖެހޭނެ.

  87
  1
 12. ޏަސަޑަ

  މީފެއިލްވެފަ އޮއި ސަރުކާރެއް. މިހާރުން މިހާރަށް އިބޫ އިސްތިއުފާ

  91
  2
 13. ޕުޑީ

  އާ ވައްކަން ކުރަން އެގިގެން ހިންގުނީ ވަގު ލާރި ބަހައިގެން

  17
  77
 14. ސީދާތާ

  މުޞްތަފާބެ ބުންޏަސް ތެދެއްވާނީ ތެދެއްވާނީ ތެދެކަށް

  82
  2
  • Anonymous

   މިހާރު ވައްކަންކުރާލެއް މަދީތަ؟

   48
   1
 15. އަޙްމަދު

  ދެން ކިހިނެއް ވެގެންތޯ 2018 ކަލޭމެން އުޅުނީ!

  61
  3
 16. ކޮރޯނާބެ

  މިގައުމުގެ ހަސަދަ ވެރިންނާއި ބައިއަތު ހިފައިގެން އޮތް އަމިއްލަ އެދުމުން ފޯވެފައި ތިބި ބަޔަކު މިސަރުކާރުގައި އިސްކޮށް އެތިބީ! ތަރައްގީ ގެންނެވި ލީޑަރު އެހުންނެވީ ތޭރި ތަކުގެ ފުރަގަހުގައި! ސުންޕާ އާއި ބަލާވެރިކަމާއި މުސީބާތް ތައް ކުރިމަތިވަމުން ދާއިރު މި ކަންކަމާ ވިސްނުން އެދެވިގެންވޭ!

  39
  1
 17. ހުސޭނުބޭ

  ވީމާ ރައްޔިތުން މަޖިލީހު ފާރުމަތިން ކަލޭ ހޫރާލީވެސް ހޫރާލަން ދަންނަ މީހުން! ވަރަށް ސަލާން!

  27
  1
 18. މާލެ ބޭބެ

  މުސްތަފާބެ އަކީ ތަޖުރިބާކާރު ވިޔަފާރިވެރިޔެއް، ދުނިޔޭގެ ތަޖްރިބާ ހުރީމަ އެވިދާޅުވީ؛ ރ ޔާމިން އިޒް ބެސްޓް އޮފް ބެސްޓް އިން އޯލް..

  51
 19. މަހޭޝް

  އަހަރުމެން އޭރުވެސް ބުނިން ޔާމީން ވަރެއްނެތޭ އަދިވެސް މިބުނަނީ ޔާމީނުވަރެއްނެތޭ ފަހުން ނަމަވެސް ތިގޮތަށް ވެސްނޭކަމީ މަމެން އުފާކުރާ ކަމެއް.

  37
 20. ޝައުކަތު

  ހެޔޮ ނުވާނެ ޖަމީލު/އުމަރު/މުސްތަފާމެން ކަހަލަ މީހުންނަށް ޕީޕީއެމް ނުދޭތި. ޕާޓީ އިތުރަށް ފުނޑޭނީ. ޢައްސާންއަށް ޕީޕީއެމް ލީޑާޝިޕްދީ.

  35
  1
 21. އިރަމާ

  މުޞްތަފާބެ ބުންޏަސް ތެދެއްވާނީ ތެދެއްވާނީ ތެދެކަށް

  31
 22. Anonymous

  މުސްޠަފާ ބޭ މެކުނު ފުމުނަކަސް ގާހަކަ އަކަށް ނުފުމުވޭނެ

  27
  1
 23. ހޫން

  އެވާނީ އޮޅިގެން ބުނެވުނު އެއްޗަކަށް. މަޖްލިހުގަ ބަޓަނަށްވެސް އޮޅިގެން ފިތޭ މީހެއް.

  26
  2
 24. މަންސޫރު

  ވަރަށް ރަނގަޅު..މިހާރު ސަރުކާރު ހަމަ އިންޑިޔާ ގެ މޯދި ސަރުކާރު. ރައްޔަތުންނާ އުޅުވާލަ ސަރުކާރު

  15
 25. ވަގު ޔާނު

  ދެބޯގެރި އެކޭތީ ހަކުރުދެންޏާ ބޮޑުބެ

  16
 26. އަލިފު!

  ބަލަ މުސްތޮފާބޭ! މުޅިދުނިޔެވެސް އެކަން ޤަބޫލުކުރި، ދުނިޔޭގެ ބައެއް ނޫސްތަކުގައި ބުނެފައިވޭ! ޔާމީނުގެ ސަރުކާރު ބާރުގަދަކަމަށް އެކަމަކު 5 އަހަރަށްފަހުން ރައްޔިތުން އޭނާ ބަލައި ނުގަތްކަމަށް! ރަނގަޅު ނުރަނގަޅު ދެނެގަތުމަށް ދިވެހިރައްޔިތުންނަކީ ވިސްނުން ކޮށިބައެއްކަމަށް! އެއީ ކުރުމުއްދަތެއްގެ ތެރޭގައި ޤައުމަށް ގެނެސްދީފައިވާ ތަރަަައްޤީގެ ވާހަކަ ކަމަށް ދެކެނީ!

  18
 27. ރާއްޖެތެރެ

  ރައިސް ޔަމިންގެ ތަރައްގީ ހަބެސް މިސަރުކަރުން ރޔަމިންގެ ތަރައްގީތަ ހުއްޓުވަނީ.

  19
 28. ޒާ

  ސިޔާސީ ވާހަކަ ދައްކާނެ އެދި ދުވަސްވަރު އެކި އަތަށް. އެކަމަކު މިފަހަރު މުސްތަފާބުނީ ހަގީގަތެއް.

  13
 29. ޕިލިޕް

  ޔާމީން އަކީ ގަދަ މާލިމީއެއް. ހިތްވަރުގަދަ ކައްޕިއެއް.މުސްޓަފާމެން ކައިރީގައި އޭރުވެސް ބުނިން ތިގޮތަށް ނަހަދާށޭ. ފަހުން އަދި ތިސަރުކާރުގެނެވުނުނީތީ ރޯނެޔޭ.

  21
 30. ހުސޭން ސަލާޙް

  މި ގައުމުގަ ވެރިކަން ކުރި މީހުން ގެ ތެރެއިން އަބްދުﷲ ޔާމީން ވަރެއް ހަމަ ނެތޭ ބުނެވޭނީ. ޔާމީން އަކީ ފުރިހަމަ ހަރުދަނާ ހިކުމަތްތެރި ވެރިޔެއް. އަޅުގަޑު އެމަނިކުފާނަށް ފަށްފަށުން ޝުކުރު އަދާކުރަން.

  23
  1
 31. އަހުމަދު

  މުސްކުޅިން ބުނެއުޅޭ ހަރުބަހެއްގަ އޮވޭ އިބިލީސް ބުންޏަސް ތެދެއްވާނީ ތެދަކަށޭ މަމިބުނީ މުސްތޮފާޔަކީ އިބިލީހެކޭނޫން

  12