ޝިދާތާ ވަޒީރުކަމުގައި ހުންނަވައިގެން އެޅުއްވީ ކާމިޔާބު ފިޔަވަޅުތަކެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން މިހެން ބުނީ މިއަދު ނެރުނު ބަޔާނެއްގައެވެ. ނަމަވެސް ޝިދާތާ މަގާމުން ދުރުކުރަން ވެރިކަން ކުރާ އެމްޑީޕީ ޕީޖީން ނިންމި ނިންމުމަށް އަދާލަތުގެ ބަޔާނުގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޝިދާތާގެ އިސްތިއުފާ އާއި ގުޅިގެން އަދާލަތުން ނެރުނު ބަޔާނުގައި ބުނީ ސިދާތާ އިސްތިއުފާ ދެއްވި ދެއްވުން އެ ޕާޓީން ބަލައިގަންނަނީ ވަރަށް ހިތްވަރުގަދަ ޢަމަލެއްގެ ގޮތުގައި ކަމަށެވެ.

"ޚާއްޞަކޮށް އިސްތިއުފާ ދެއްވި ސަބަބުކަމުގައިވާ އެ މިނިސްޓްރީގެ އިތުބާރު ދެމެހެއްޓުމަށް ފުރުސަތު ދެއްވި ދެއްވުމަކީ މި ޕާޓީން ނުހަނު އުފަލާއެކު ފާހަގަކޮށް ބަލައިގަންނަ ކަމެކެވެ. އަންހެނުންނާއި ކުޑަކުދިން އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާ ގުޅޭ މައްސަލަތަކުގެ ވާހަކަ ގިނަބަޔަކު ދައްކައި، އެފަދަ ކަންކަން ހައްލު ކުރުމަށް ރައްޔިތުން ހޭލުންތެރިވުމުގެ އިތުރުން އެފަދަ މައްސަލަތައް ހައްލުކުރުމަށް ކުރައްވާފައިވާ ބުރަ މަސައްކަތާއި އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ވަރަށް ކާމިޔާބު ފިޔަވަޅު ތަކެކެވެ." އަދާލަތު ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީން ބުނީ ޝިދާތާ މަސައްކަތް ކުރެއްވުމުގައި ގެންގުޅުއްވި އިޚްލާސްތެރިކަމާއި ހަރުދަނާކަން އަދާލަތު ޕާޓީން ނިހާޔަތަށް ބަލައިގަންނަކަމަށެވެ.

ޝިދާތާ އަކީ 2010 ވަނަ އަހަރުން ފެށިގެން އަދާލަތު ޕާޓީއާއެކު ރައްޔިތުންނަށްޓަކައި އެތައް ޤުރުބާނީއެއް ވެވަޑައިގެންނެވި ބޭކަނބަލެއް ކަމަށާއި އަދި އެކިއެކި ފޯރަމްތަކުގައާއި މަގުމަތީގައި، އިސްލާހަށް ހިންގުނު ގިނަ ހަރަކާތްތަކެއްގައި ހިތްވަރާއެކު ބައިވެރިވެފައިވާ ކަނބަލެއް ކަމަށް ވެސް އަދާލަތު ޕާޓީން ބުންޏެވެ.

"ޝިދާތާ އަކީ ވަޒީރުކަން އަދާކުރެއްވުމުގެ ކުރިންނާއި ވަޒީރު ކަމުގައިވެސް ރައްޔިތުންގެ ހާލު ގާތުން ބައްލަވައި އެފަރާތްތަކަށް އެކިއެކި އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭކަނބަލެކެވެ. އެކަންކަމަކީ މިޕާޓީގެ އެންމެހާ މެމްބަރުންނާއި ޢާއްމު ރައްޔިތުންވެސް އިންތިހާއަށް ޝުކުރުވެރިވާ ކަމެކެވެ." އަދާލަތުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ވަޒީރުކަމުން އިސްތިއުފާ ދެއްވިނަމަވެސް ޕާޓީއާއެކު ދެމިހުރުމަށާއި ޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގައި
ދެމިހުންނަވަން ޝިދާތާ ނިންމަވާފައިވާކަމީ އަދާލަތު ޕާޓީއާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް އެޕާޓީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އިމްރާން

    ވަޒީރުކަމުން އިސްތިއުފާ ދެއްވިނަމަވެސް އަދާލަތު ޕާޓީއާއެކު ދެމިހުރުމަށާއި ޕާޓީ އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތުގައި ދެމިހުންނަވަން ޝިދާތާ ނިންމަވާފައިވާކަމީ............
    ތީ ތި ވެގެން އުޅޭ ގޮތަކީ!!!!!!!!!!!!!!
    ޝިދާތާގެ ތަރި އުދަރެހުން އޮއްސިދާނެތީ ކުޅޭ ޑްރާމާ

    21
  2. ބޭރުމީހާ

    މިގައުމުގަ އަދާލަތު ކިޔާ ޕާޓިއެއް އެބައޮތްތޯއެވެ. އަމިއްލަ އެދުމުން ފުރިގެންވާ ބައިގަނޑެއް މާމޮޅު ބަޔަކަށްވެގެން ސަރުކާރު ތަކަށް ބިރުދައްކާ ހެދިއެވެ. މިހާރު ތިއޮތީ ސައިޒަށް ތިރި ކޮށްފައެވެ. ދެން އިމްރާނެވެ!

    26
    2
  3. ސީދާތާ

    އެހެންވެދޯ ނުހިފެއްޓިގެން މިނިސްޓަރުކަމުން ބޭރުވާންޖެހުނީ ހެހެހެ

    21
    1
  4. މުފައްކިރު

    ޝިދާތާގެ މިނިސްޓަރ ކަމުގައި ފާޑުކިއުންތައް ގިނަވެ ޢާއްމުންގެ ލޯތައް އަމާޒުވީ ކަންކަން ގެންދަންވާ މިސްރާބަށް ނުގެންދެވޭތީ އެއީ ރައްޔިތުންނަށް އެގި ފެނިފައިވާ ކަންކަން. މުޅި ސަރުކާރުގެ ވެސް އެންމެ މުހިއްމު ކަމަކަށް ދެކުނީ ރައީސް ޔާމީން ނައްތާލުން. އެއީ ކަންކަން ގޯހުން ގޯހަށް ދާ ސަބަބަކީ.

    22
    1
  5. މޫސާމަނިކް

    އިމްރާން ކަލޭތީދެފުއްކެރިއެއްތާ

  6. ނަޝީދު

    ބޯގޯސްއިމްރާން

  7. ޔާމިން

    އާ ތީހަމަދެފުއްކެހެރިއެއް

  8. މާރިޔާ

    ގޮޅާބޯ ތީބޮޑުވަބާއެއް ލަދެއްނެއްދޯ

  9. ހަސަންބޭބެ

    މަގޭފުތު މަށަށް ރަންގަޑަކަށް ވާހެން މަގޭޕާޓީކުދިން މަށަށް މޮޅު މިވަނީ. އަޅޭފަހެ އަދާލަތުގެ އިސްވެރިން އޮނުއޮރޔާން ނިވާކުރަނީ ލަދުންބާ؟ އެއްދުވަހު ރައީސް ނަޝިދަކީ މިގައުމަށް ހުރި ނުރައްކަލެކޭ، އޭނަޔަށް މިގައުމުގެ ވެރިކަން ލިބިއްޖެއްޔާ ގައުމަށް އެވެނި މިވެނި ކަން ވެގެންދާނެއޭ، އެއީ ލަދީނީ މީހެކޭ ގޮވި ދުލުން، މިއަދު އެވަރުގެ ރަގަޅު މީހެއް ނެތްކަމަށް ގޮވާ، އޭނަ އަރިހުގަ އޮފަލުން ފޮޅިފަ ހުންނައިރު، ސިކުޑި ހަމަބާއޭ މީހުން ހިތަށް ނާރާނެ ބާ؟

  10. މަހުމޫދު ބެއްޔާ

    އިމްރާނު ޝޭއިޚޫ،. މިގޮތަށް ތުންފަތުގަ ކުލަޖައްސައިގެން ހިލޭފިރިހެނުން ކުރިމައްޗަށް މިކަމަނަ ނިކުންނަނީ، ދީނުގައި ސިޔާސީ މީހުނަަށް އިސްތިސްނާ ތަކެއްވާތީބާ؟ ނޫނީ އަދި ހަނދު ނުއޮއްސޭތީ މޫނުފުޅުން ހަދުވަރު ވިދާބަބުޅަނީ ބާ؟ ނަމުގެ ކުރިއަށް ތި ލައްވާ ޝޭޚް އަމިއްލަފުޅަށް އުނިކޮށްލައްވާ. ހެޔޮނުވާނެ. މާތްވެހެންވާ އިސްލާމްދީނަށް ޣައިރު މުސްލިމުން ފުރައްސާރަ ކުރުމަށާއި، އަޅުގަޑުމެންގެ ތެރެއިން އަޤީދާ ބަލަިކަށި ޒުނާނުން އިސްލާމްދީނަށް ނަފުރަތުކުރުމުގެ ސަބަބަކަށް ޝޭޚެއްގެ ތި އަމަލުތަށް ނަހައްދަވާ!

  11. ރަނާ

    އެދައިތަ ކުޅުނީ ބަތްކައްކާ! ދެން ސޯޓްބުރިލައިގެން ރިސޯޓްތަކުގައި ލެނގުނީ!

  12. ބޮލި މުލައް

    އިސްތިއުފާތިޔަދިނީ ދެން ރާއްޖޭގަ އެފަދަކަމެއް ނުހިނގާނެކަމުގެ ޔަޤީންކަން ލިބުނީތަ؟

  13. ދެބައިކުޅަ

    އެހަކައް ދުވަހު އެތައް ބަޔަކު ވަޒީފާއިން ކަނޑާލީ. މިހާރު ތިއޮތީ އަމިއްލަ ވަޒީފާ ގެއްލިފައި. ބަޔަކައް ދެރައެއް ދީފައި މާގިނަދުވަހަކު ނުހުރެވުނު ދެއްތޯ

  14. ހަހަހަހަ.....

    ޝިދާތާ ދެން އަމިއްލަ ރަށަށް ގޯސް މަގުމަތީ ކުނިކަހަން އޮތީމަ ރަގަޅުވާނެ...އަދިވެސް ލަދެއް ނުގަނޭދޯ އެއްތާކުން ބޯދަމައިގަންނަ އިރަށް އަނެއް ތަނޭ ކިޔާނީ.... ެ