އެން ހިފަން ފީނި މީހަކު ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން ފަރުވާ ދޭން ފަށައިފިއެވެ.

އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ މަސްވެރިކަން ކުރަން އުޅުނު "މީރާ" ނަމަކަށް ކިޔާ ދޯންޏަކުން ފުޅިއަޅައިގެން ފީނަން ފޭބި 27 އަހަރުގެ ދިވެއްސަކު އަވަސް ފަރުވާއަށް އެމްއެންޑީއެފް ސަދާން އޭރިއާގެ އެހީތެރިކަމާއެކު މިއަދު 10:50 ހާއިރު ގދ. ތިނަދޫގައި ހުންނަ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައި ވަނީ ހެނދުނު 09:20 ގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއްވައެވެ.

ޑީކޯވާ މީހުންނަށް ފަރުވާ ދެވޭނެ ވަސީލަތްތައް ރާއްޖޭގައި ވަރަށް މަދެވެ. އެފަދަ ވަސީލަތްތައް ގާއިމް ކޮށްފައި ހުންނަ ރިސޯޓްތަކަށް މީހުން ގެންދަން އެތައް ގަޑިއިރެއް ނަގައެވެ.

ނަމަވެސް ޑީކޯ ވުމަކީ ރާއްޖޭގައި ވަރަށް އާއްމު ވެފައިވާ މައްސަލައެކެވެ.

ޑީކޯގެ އެކި ސްޓޭޖްތައް ހުރެ އެވެ. ބައެއް ފަހަރު ގައިގެ ވަކި ހިސާބެއް ރަތްވެ އެވެ. އަނެއް ބައި ފަހަރު ބައެއް ގުނަވަންތަކުން ވާގިދަނީ އެވެ. އަތް ނުވަތަ ފައި، އަދި ބައެއް ފަހަރު އުނަގަނޑުން ތިރި ނުވަތަ މުޅި މީހާ ވެސް ވާވެ އެވެ. އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވެ މަރުވެއެވެ.

ޑީކޯ ވަނީ ފީނުމުގައި އަމަލު ކުރަން ޖެހޭ ރައްކާތެރި މިންގަނޑުތަކަށް އަމަލު ނުކުރާތީއެވެ. ގިނަ ފަހަރަށް މިމައްސަލަ ދިމާވަނީ އެއްވެސް ތަމްރީނެއް ނެތި ޑައިވް ކުރާ މީހުންނަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބެއްޔާ

    މެމްބަރު މުޣުނީ ބަހައްޓަންބުނި ޗެމްބަރުކޮބާ؟؟؟ ވައުދުވާންވާނީ ފެންވަރު ހުރެގެން. ކޮބާ އެއަރޕޯޓް، ޓާފް ދަނޑު؟؟؟ ތީ ވަރަށް ފޭކް މެމްބަރެއް. ހޮވުނީތީވެސް ދެރަވޭ.