އިއްޔެ އާއި ހަމައަށް ހިމަބިއްސަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 9 އަށް އަރާފާއިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން މިއަދު ވިދާޅުވީ، އިއްޔެ އާއި ހަމައަށް ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އަދި އެޗްޕީއޭ އިން ވިދާޅުވީ، ބަލިޖެހިފައިވާ ފަރާތެއް ފެނުމުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ ސަރަހައްދެއްގައި މައުލޫމާތު ދިނުމާއި އިތުުރަށް ދެނެގަތުމާއި އަދި ވެކްސިން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިވްއެޗްއޯ) އިން ވަނީ ހާމަކޮށް، ރާއްޖެ އިން ހިމަބިހި ނައްތާލާފައިވާ ކަމުގެ އެވޯޑުވެސް ރާއްޖެއާ ވަނީ ހަވާލުކޮށްފައެވެ. އެ އެވޯޑް ރާއްޖެ އާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

މި ބަލި ރާއްޖެއިން އަނެއްކާވެސް ފެނިފައި ވަނީ ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ.

މި ބަލި ‏‎ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް، އެމްއެމްއާރު އަދި އެމްއާރު މިއިން ކޮންމެވެސް އެއްޗެއްގެ 2 ޑޯޒް ހަމަކޮށްގެންނެވެ.