ބުޅަލުގެ ޒަރިއްޔާއިން ޖެހޭ ގިނަ ބަލިތައް ރާއްޖެއިންވެސް ފެންނަމުންދާ ކަމަށް ޑޮކްޓަރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިއަދު ވިދާޅުވީ، ބުޅާ މެދުވެރިވެގެން ޖެހޭ ބައިވަރުބަލިތައް ރާއްޖޭގައި މަދެއްނޫން ކަމަށެވެ.
އަދި ބުޅަލުގެ ޒަރިއްޔާއިން ބައެއްކުދިންނާއި، މީހުން ލޯ އަނދިރިވުމާއި، ހަމުގެ ބަލިތައް، ބައިގެންދިއުމާއި، އުފަންވާއިރު ހުންނަ އައިބުތަކުގެ ވާހަކަ އޭނާ ވަނީ ފާހަގަކޮށްފައެެވެ.
"އަދިވެސް ބައެއް ރަށްރަށުގައި ބޯނީ ވާރެފެން. ބުޅާ ފުރާޅަށް އަރާނަމަ އެ ފެން ކައްކަންޖެހޭ". ޑޮކްޓަރު ފައިސަލްގެ ޓްވީޓުގައި ވެއެވެ.
ޑރ. ފައިސަލް މިގޮތަށް ޓްވީޓް ކުރަައްވާފައި ވަނީ، މާލޭގައި މިހާރު ބުޅާ ގިނައިރު، ބުޅަލުން ކޮރޯނާ ވައިރަސް ބަލި މަޑުކަމެއް ފެތުރިދާނެތޯ މީހަކު ކުރި ސުވާލަކަށް ޖަވާބުދެމުންނެވެ.
ޑރ. ފައިސަލް ވިދާޅުވީ، 30%-10 އަރިދަފުސް ރޯގާ ޖެހެނީ ކޮރޯނާ ވައިރަސްއިން ކަމަށެވެ.
"މީގެ ނުރައްކާތެރިވައްތަރުތައް ފެންނަލެއްމަދު، ގިނަފަހަރަށް ނުރައްކާ ވަނީ ކޮންމެވެސް ޖަނަވާރެއްގައި އުޅޭ ވައިރަސްއެއް އިންސާނާއަށް ފޯރި". އޭނާ ވިދާޅުވިއެވެ.
ބުޅަލަކީ ވެސް ﷲ އުފެއްދެވި ސާފް މަޚްލޫޤެއް. އިންސާނުންނާއި އެއް ތަށިން ކެއުމުގެ ހުއްދަވެސް އޮތް އެއްޗެއް. އެތަކެއްޗަށް އިހާނެތިވެ ބިކަ ކޮއްލުމަށްފަހު ތިމާމެންގެ ނުސާފުތާހިރު ކަމުގެ ބްލޭމް ބުޅަލަކަށް ނުޖެހޭނެ. މިހާ ބުޅާ ގިނަ ގައުމެއްގައި ޖަނަވާރުންގެ ޑޮކްޓަރެއް ނެތް. ކްލިނިކެއް ނެތް. ސަރުކާރުގެ ޚަރަދުގަ ނަަމވެސް ވެޓެއް އެބަ ޖެހޭ އުފައްދަން. ބުޅާ ވާހަކަ ދައްކާއިރު ތިމާމެން ދެއިރު ގައި ދޮވެ ނުލާތީ ޖެެހޭ ބައްޔެއްވެސް މަދެއް ނޫން! ބުޅަލޯ
ބުޅަލަށް ޖެހޭ ބަލިތައް ގިނަވާނީ އެއެއްޗެއްސަށް ފަރުވާ ކޮށްދޭން ހާއްސަ ފެސިލިޓީސް ތަކާ ހިދުމަތްތައް ރާއްޖޭގަ ނުހުންނާތީ. އަދި ބުޅަލުގެ ޒަރިއްޔާއިން ބައްޔެއް ޖެހެންޏާ ޖެހޭނީ ހުންނަ ނުސާފު ތާހިރު ކަމުން. ހާއްސަ ކޮށް ރާއްޖެތެރޭ ރަށް ރަށުގަ ސާފު ބޯފެން ބޮވޭނެ ގޮތެއް ނެތި އެންމެން ހެން ވާރޭފެން ބޮނީ ސާފުތާހިރު ކަމަކަށް ނުބަލާ ބުއީމަ ހަމަ އެކަނި ބުޅަލުގެ ޒަރިއްޔާ ނޫން އެހެނިހެން ގޮތް ގޮތުން ވެސް ބަލި ޖެހޭލެއް މަދެއް ނޫން.
ދިވެހިން ބުޅާ ދެކެ އަންނަ ރުޅިއެއްގެ ބޮޑު ކަމުން.
ބުޅާވެސް ގިނަ.
މިއުޅެނީ އިންސާނަކު ބަލިވެގެން ދިހަ ބާރަ ދުވަސްވާއިރު އެބަލީގެ ޑޮޓަރަކަށް އެޕޮއިންޓްމަންޓެއް ނުލިބިގެން ! އަދިވެސް ބުޅަލުގެ ޑޮކްޓަރުންތަ ހޯދަންވީ ؟
ދެރައީ ޖާހިލުކަން އިތުރުވީމަ..
ބަލިވީމަ ޑޮކްޓަރަށް ދައްކަން ދާއިރުގަ ވެސް ނުދެއްކޭ ޑޮކްޓަރަކަށް. ހަމައެއާ އެއްގޮތައް ޖަނަވާރު އެއްޗެއްސަށް ފަރުވާ ދޭކަށް ވެސް ނުހުރޭ ތަންތަނެއް. އިންސާނުންނަށް ވަކި ނުބަލާއިރު ކޮން ޖަނަވާރަކަށް ވަކި ބަލާނީ. އަދިވެސް ބުނާނެ ރާއްޖެ ހަމަ އެހާވެސް ތިޔާގިއޭ. އަޑިބަޑި ބަލާލީމަ އިނގޭނީ ހުސް ވަހުށީ މީހުން އުޅޭ ތަނެއް ކަން މީ.
ބުޅަލަކީނުތާހިރު އެއްޗެއް ކަމަކަށް ކީރިތި ރަސޫލާ ގެ ހަދީޘް ތަކުން ވެސް އިނގޭކަށް ނެތް. ބުޅަލާ އިންސާނުން އެއްތަށިން ކެއުން ވެސް ހުއްދަ ވީއިރު ބުޅަލުގެ ފަރާތުން އިންސާނުންނަށް ބަލި ޖެހޭނީ އެއެއްޗެހި ބަލި ވީމާ ބޭސް ފަރުވާ ކުރެވޭނެ ގޮތެއް ނޯންނާތީ. ނޫނީ ބުޅާތަކަށް ބަލި ޖައްސާތީ.