ދިވެހި ކުޑަ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް ގައިގޯޅިވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އިއްޔެ ވަނީ ފެންމަތިވެފައެވެ. އެ މައްސަލައިގައި ގިނަ ބަޔަކު ދަނީ އެކުދިންގެ މައިންބަފައިން އަށް ފާޑުކިޔަމުންއެވެ. އަނެއްބަޔަކު ދަނީ އެ ވީޑިއޯ ނެގި މީހާއަށް ފާޑުކިޔަމުންނެވެ.

އެކަމާއި ގުޅޭ ބަހުސްތައް މިހާރު މީސް މީޑިއާގައި ދަނީ ކުރެވެމުންނެވެ.

އެކި ގޮތްގޮތައް އެކަމާއި ވާހަކަދެވެމުން އަންނަ ދަނޑިވަޅެއްގައި ރާއްޖޭގެ މަޝްހޫރު ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒް ކުރެއްވި ޓުވީޓެއްގައި ވަނީ މައިންބަފައިންނަށް ވަރަށް ރަނގަޅު ނަސޭހަތެއް ދީފައެވެ.

"މަންމައާއި ބައްޕަ ނިދާ ކޮޓަރީގަ، އެމީހުންގެ އެނދުގައި ނޫނީ އެނދު ކައިރީ ކޮޓަރިއެއްގައި ބޮޑުވަމުން އަންނަ ދަރިފުޅު ނިންދަވަން ނުބާއްވާ. މަންމައާއި ބައްޕަ ނިދަނއ ވަނި ކޮޓަރިއެއް ލިބޭނެ ގޮތް ހައްދަވާ ދެއްވާ. ކާފައާއި މާމަ ނިދާނެ ކޮޓަރިއެއް، އެކުގައި އުޅޭވޭނެ ގޮތް ހަދާ ދެއްވާ. ނޫނީ ހުރިހާ ތަރައްގީއެއް ދާނީ ފެނަށް" ކަމަށް ޑރ. އައިޝަތު އަލީ ނާޒުވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން އެންމެ ގިނަ ބަޔަކު އިނގިލި ދިއްކުރަނީ މުއައްސަސާތަކަށާއި އެކުދިންގެ މައިންބަފައިންނަށެވެ. ގޭތެރޭގައި އެ ކުދިން އުޅޭ އިރު، ޓީވީތަކުން ފެންނަން ނުޖެހޭ މަންޒަރުތައް އެ ކުދިންނަށް ދަސްވުމަކީ އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެކުދިންގެ މައިންބަފައިންގެ އިހުމާލެވެ. ދަރިން ތަރުބިއްޔަތު ކުރުމުގެ ޒިންމާ މައިންބަފައިންނަށް އަދާ ނުކުރެވެނީ ކަމަށް ވެސް ފާޑު ކިޔާ މީހުން ގަބޫލުކުރެއެވެ.

ވީޑިއޯ ކުރިފަރާތް ހޯދާ އެ މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެކަމަކު، މިކަމުގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

 1. ނަން

  އަހަންނަކީ މަންމަޔަކު ޕައްޕަޔަކު ކައިރީ ނިދި މީހެއްނޫން. އެސެމީހުންނާ ވަކިން އުޅެ ބޮޑުވީވެސް. ތިބުނާކަހަލަ މަންޒަރު ކުޑއިރު ޓީވީއަކުން ނުވެސް ދެކެން. ޓީވީ ނުވެސް ހުރޭ. އެކަމަކު ތިއުމުރުގަ ތިކަހަލަ ކަންތައް ކުރީކީ ތިބުނާ ގޮތްތަކެއް ވެގެންނެއް ނޫން.

  79
  17
  • އައިޝާ

   ކޮން އުމުރެއް
   އެ ވީ ޑި އޯ ގަ އެއީ ހާ ދަ ކުޑަ ދެކު ދިން ނޭ

   17
   2
  • Anonymous

   ތިބުނުއްވީ އުމުރު 7 ނުވަތަ 8 ދެމެދުތޯ؟

   13
   1
 2. ޢަންސާރު

  ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ

  28
  2
 3. ހގގފ

  ކ؛ިިިިިިިިރިތި؛ރަސޫލާގެ ހަދީސްގައިވާ އެއްޗެއް ޑރ ނާޒްއަށް ނޭގެނީތޯ. އުމުރުން7 އަހަރުގަ ނިދާ ތަން ބަދަލުކޮށް ވަކިން ބޭތިއްބުމަ؛ށް އެކަލޭގެފާނުގެ އިރުޝާދު ނުދެއްވާތޯ

  111
  2
 4. ބުއްޅަ

  އިންސާނުން ޢެމާހައުލެއްގައިވާ ކަންތައްތައް ދަސްވެސް ކުރޭ، ޢަދި އެއިގެޒާތުގައި ކަންތައްތައް ދަސްކޮށްނުދިންނަމަވެސް އެނގޭ!

  29
  3
 5. ޕުރޮބުލަމް

  މަލޭގެ ތޮއްޖެހުން ނޫނީ ގޯތިގެދޮރުގެ ހައްލުލިބިގެން ތިކަން ވާނީ ކަމަނާ، 15000 ރުފިޔާ އަށް ދެކޮޓަރި މުސާރަ 8000 އާދި 12000 ދެން މިޖެހެނީ އެއްކޮޓަރީ ދެން ޑަބަލް އެދު ފުލޯ ގޮދަޑި، މިކަހަލަ ގޮތަކަށް ގިަނަމީހުން އުޅެނީ. މުސާރާގެ ފަރަގު އެހާބޮޑު

  85
  5
  • ޢާލިމް

   15000ރ އަށް ދެކޮޓަރި ކޮންތާކުންތޯ ލިބެނީ. ދެއްވާ އަޅުގަނޑަށް 15000ރ އަށް ދެކޮޓަރީގެ އެޕާރޓްމަންޓެއް. މުލިބިގެން މި އުޅެނީ

   14
   2
   • މުހައްމަދު

    މާލެ ދޫކޮއްލައްވާ ރަށަށް ވަޑައިގަންނަވާ

    19
    1
    • އެމްއެމްއައި

     ރަށުގައި ތިޔަ ބޭފުޅާގެ ބައްޕަ އެމީހުންނަށް އަޅާދީފައިވާ ގަނޑުވަރެއް ހުރީތޯ؟

     10
     2
 6. ޓަކަފިރޯށި

  އިޖްތިމާއީ މައްސަލަ ގިނަވަމުންމިދާ އަސްލު މައްސަލަ އެގިތިބެ ނޭގޭކަމައް ހަދައިގެން އޭއްޗެކޭ މީއްޗެކޭ ނުކިޔާށެވެ. ގޯތިގެދޮރު ކަންތައް ހައްލުކުރާއިރަށް ވަރަށްގިނަ ކަންކަން ހައްލުވާނެއެވެ. އެކަމަކު އެކަމެއްނުކުރާނެއެވެ. އޭރުން މާލޭބޭ ފުޅުން އަތުން ފައިން މަސައްކަތް ކުރަންޖެހޭނެއެވެ.

  72
  10
  • މާލޭ ބޭފުޅެއް

   މާލޭ ބޭފުޅުން ވެސް މިއުޅެނީ އެއްކޮޓަރީގަ ތިން ހަތަރު ދަރިން ގޮވައިގެން. ކާާފަގެ ގޯތި ބަހައިގެން ބައްޕައަށް ތަންފުކެއް ލިބިފަ އޮތީމަ ފުލެޓަކަށްވެސް ޝަރުތު ހަމަނުވެގެން.

   38
   4
  • ޢަލިބެ

   ކޮންމެކަމެއްވާއިރަށް މާލޭބޭފުޅުންނޭ ތިޔަކިޔަނީ މިހާރުބެލިޔަސް މާލެއާ ވިލިނގިލި އަދި ހުޅުމާލެއިން ބޯހިޔާވަހިކަން ފަހުން ގިނައިން ދީފައިވަނީ ރަށްރަށުން މާލެއައިސް އުޅެމުންދިޔަމީހުންނަށް. ރަނގަޅަށް ބަލާބަލަ. މާލެއިން ކުލީގެލާރިވެސް ގިނައިންނަގަނީ ރަށްރަށުން އައިސްއުޅޭމީހުން ނޫންތޯ. ތިމާއަށް ލިބިފައިއޮތް ބޯހިޔާވަހިކަންދޫކޮށްފަ މާލެއައި އިރު އުޅެންޖެހޭނީ ކުއްޔަށްކަން ނޭނގުމަކީ އެހެންމީހުންގެބޮލަށް ކަންކަން ކަނޑާލަންޖެހޭކަމެއްނޫން.

   29
   16
   • އަސްލު

    މާލެ އައްނަން މަޖުބޫރުވީ ހުރިހާ ވަސީލަތެއް މާލެއައް ޖަމާކުރުމުން.
    1.މަތީ ތައުލީމު.
    2.ބޭސް ފަރުވާ
    3.ވަޒީފާ

    ސާފްވެއްޖެތަ މާލެމީހުންނައް!

    42
    13
 7. ކޮއްކޮ

  މާ ކުރިންވެސް އަހަރެމެންގެ މާތް ނަބިއްޔާ ޞައްލﷲ ޢަލައިހިވަސައްލަމް އިރުޝާދު ދެއްވާފައިވަނީ ކުދިން އުމުރުން 7 އަހަރު ފުރުމުން ކުދިންގެ ތަންމަތިތައް ވަކި ކުރަން. އެއީ ހުރިހާ ގޮތަކު ްވެސް ރައްކަލަކަާްޓަކައި.

  87
  2
 8. ފަރަަަަހަ

  ރަގަލު

  34
 9. ޔަޒީދު

  ކަލޭއަކައް ނޭނގޭތަ މި ތަކެތި ކުދީން ބަލަނީ ޔޫޓިއުބުންނާއި ގޫގަލްގައި ޖަހާލާ ކީ ވޯޑަކުން އަންނަ ފޮޓޯއަކުން ނޫނީ ވީޑިއޯއަކުންކަން.

  36
  10
  • ޔަޒީދާ

   ދެން؟ އެއީ އަހަރުމެން ދޭތީ އެމީހުންނަށް ޔޫޓިއުބް ބެލެނީ؟ ރީތި ވާހަކައެއް ބުނފިއެންނު!

   8
   1
 10. 1980-2020

  ވަރަށް ފަސޭހަވާނެ ތިހެން ބުނެލަން. މާލޭގަ އާއިލާތަށް އުޅޭ ހިއްދަތި ދިރިއުޅުން ބަލާލަން އުޅުނީމަ ފެންނާނީ. 1980 ގެ އަހަރުތަކުގަ މާލޭގެ ގެތަކުގައި ދިރިއުޅެމުން އައީ 8 ނުވަތަ 10 މެމްބަރުންގެ މައްޗަށް ހިމެނޭ އާއިލާތަށް އެއް ގެއެއްގަ. މި އަދު މިބުނެވުނު ކޮންމެ މެމްބަރަކަށް ވަކިވަކި އާއިލާތަކެއް އުފެދިއްޖެ އެކަމަކު އަދި ވެސް ގިނަ އާއިލާތަށް އުޅެނީ އެއް ފުރާޅެއްގެ ދަށުގަ ކުދި ކޮޓަރިތަކުގަ. މައިންބަފައިންނާ އެކީ އެއްކޮޓަރީގަ ނިދާ އާއިލާތަށް މަދެއްނުވާނެ. ވަކި ދިރިއުޅުމެއް ފެށީމަ ވެސް ވަކިންއުޅޭނެ ގެދޮރުވެރިކަމުހެ ފުރިހަމަ ނިޒާމެއް ނެތް. ފްލެޓެއް ލިބުނަސް ލިބެނީ ހަމަ ތަނަވަސްކަން ހުރި މީހުންނަށް. ޙައްޤުވާފަރާތަކަށް ނުލިބޭ. އޭގެ ނުބައި ނަތީޖާމިފެންނަނީ...

  89
 11. މީރަސް

  ފްލުޓް ވެސް ނިކަމެތިންނައް ލިބޭގޮތެއް ނެތެއްނު. ދެންކިހިނެއް ތިބުނާހެން ނި ދާނީ!!

  40
 12. ލައި

  ކިހިނެއް މިކަން ކުރާނީ .. 8 އަހަރުގެ ފިރިހެން ދަރިފުޅު ކޮޓަރީގަ ބާއްވާގެން ނިދަން ޖެހުމުން ކުރަން ޖެހޭ އިހްސާސް ބުނެއެއް ނުދެވޭނެ. ކުރާ ސުވާލު ތަކަށް ޖަވާބެއް ނުދެވޭ. އަހަރުމެން ތިބެނީ ގޮތް ހުސްވެފަ. މިކަން ހައްލު ކުރަން ތިބި މީހުނަށް މި އިޙްސާށް ނުވާނެ ސަބަބަކީ އެމީހުން ގެންގުޅޭ ބުޅާ ދޫނީ އަށް ވެސް ވަކި ކޮޓރި ހުރޭ

  39
  1
 13. ޙުބޭ

  އަހަރެންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ދަރިންނާއި އަނހެނުން ކޮޓަރީގަ ބާއްވާފަ ނިދަން އޮންނަނީ ބަދިގޭ ކާމޭޒު މަތީގައި. ޢަންހެނުންނާއި އެކު އެއްކޮޓަރިއެއްގައި ނުނިދޭތާ 5 އަހަރު ، އަދިވެސް ސަރުކާރުން ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދޭނެ ކަމުގެ އުންމީދުގައި ކޮންމެ ރެއެއްވެސް މޭގަފިރުމާލަ،ފިރުމާލާ މިއޮންނަނީ

  43
  1
 14. ޙަވާ

  ހުރީ އެއްމެކޮޓަރިއެއް އެންމެންއެތާ! ކުަޑަޔަސްބޮޑަސްއެތާ މިއީ ގިނަމީހުންގެހާލު ދެން ބުނޭ ހަދާނެގޮތެއް ؟

  28
  1
 15. ރަދީފް ހުސެން

  ކޮޓަރިއެއް 2.30ލ ދޭނަމަ މަ މަގޭ ކޮންމެ ދަރިއަކައް އަދި މަށާ މަގޭ އަނބި މީހާޔަށާ މާމަޔާ ކާފަޔައްވެސް ވަކި ކޮޓަރި އެއް ހޯދައިދޭނަން. މިއުޅެނީ އުޅެންވީ ގޮތާ ހިތްފަށޭހަގޮތް ނޭގިގެންތަ؟

  26
 16. ސަމްޕަތު

  30 އަހަރު ވެރިކަން ކުރިމީހާ ކޮބާ.

  19
  1
 17. މާރިޔަތު

  ދެން ކޮންތަނެއްގައި ބާއްވަންވީ ؟
  އެއްމެ ކޮޓަރިގަނޑެއްގައި މިއުޅެނީ .

  23
 18. ބޯކިބާ

  ބަލަ ތިކަން ނޭނގިގެނެއްނޫނޭ މިއުޅެނީ، އެއް އެނދެއްގަ 2 ޝިފްޓަށް ނިދައިގެންވެސް 3 ދުވަހުންނޭ ގޭ އެންމެނަށް ނިދެނީ. ކަލޭމެންހެން ހަވޭލީތަކުގަ އުޅޭނަމަ ދަރިންވެސް އުޅޭނީ ވަކި ފުލޯތަކުގައޭ.

  34
 19. ދިވެހިސޮރު

  ބަލަ އެންމެން އުޅެން އޮތީ މާޅެ އެކަނި.. ހުރިކާމެރއް މިތާ އެކަމު ވަންނާނެ ތަނެއް ނިދާނެ ތަނެއް ނެތް. އެހެންވީމަ ހުރިހާ މަންޒަރެއެްވެސް ފެންނާނެ ސަރިުކާރު އިސްތިއުފާދޭންވީ ފުރަތަމަ

  23
  6
 20. ާކކކކކ

  ޙަމަ އެކަނި ނިދަންޔާ ރަަނގަޅު ބާއްވަން

  11
  1
 21. އިހުމާލު

  މިކުރެވެނީ ކޮންކަހަލަ ކަމެއްކަންވެސް ނޭންގޭވަރު ކުޑަކުޑަ ދެކުދީންނެވެ..
  އެނގޭކަމަކީ ކޮންމެވެސް ތަނަކުން އެކުދިންނަށް ފެނިދަސްވެފައިވާކަންތައްތަކެއް ވީމަ ކުރެވެނީއެވެ..
  ހާމަވެގެން ދިޔައީ ގަބޫލުކުރިޔަސް ނުކުރިޔަސް އެކުދީންގެ ބެލެނިވެރި ފަރާތްތަކުގެ އިހުމާލް އޮތްކަމެވެ..
  މިހާރުގެގިނަ މައިންބަފައިންގެ މަސައްކަތަކީ ދަރީންކުރާ ނުކުރާކަމެއް ނޭންގި ރެޔާދުވާލު ސޯސަލްމިޑިއާގެ އަޅުންނަށްވެގެން ތިބުމެވެ.
  ދަރިން މަސަލަސްކުރާ ހަތިޔާރަކީ (ނެޓްކަނެކްޓްކޮއްފަ) ހަވާލުކުރާ ޓެބްލެޓާ'ޓީވީއާ'ލެޕްޓޮޕްފަދަ އުމުރާނުގުޅޭ ސާމާނެވެ...
  ނަތީޖާ އަކަށްވަނީ ފެންނަންނުވާ އެތަކެއް މަންޒަރެއް ބަލާދަސްކުރުމެވެ..
  ހިތާމައިގެ ކޮޅެއްނެތެވެ.

  12
 22. އަލިފު!

  ކޮން މަޝްހޫރު ނަފުސާނީއެއްތޯ؟ ރަސޫލުﷲ ޞޢވ ޙަދީސްކުރައްވާފައިވަނީ ބޮޑެތި ވަމުން އަންނަ ކުދިން އަންހެން ކުދިންނާ ފިރިހެން ކުފިންގެ ނިދާތަންމަތި ވަކިކުރުމަށެވެ. ދެޖިންސުގެ ހިލޭމީހުން އެއްތަންވެ އުޅުނަނުދިނުމަށެވެ. މިކަންކަން މިއުސޫލުން ރާއްޖޭގައި ކުރަމުން އައިސްއައިސް ހުއްޓައި ދެޖިސް މަސްހުނިކޮށް ސްކޫލުތަކުގެ ތެރޭގައި ރެއެއް ދުވާލެއް މެންދަމެއްނެތި ކިޔަވައި ދިނުމުގެ ނަމުގައި ހިތައްއެރިހައިގޮތަކަށް އުޅުމުގެ މިނިވަންކަންދިނުމާއި، މީހުންނަށް ބޯހިޔާވެހިކަންނުދީ މަޔާ ދަރިޔާ ބަފަޔާ ދެންވެސް ތިބި ބަޔަކާ ކުޑަކުޑަ ކޮޓަރި ގަނޑެއްގައި ނިދުމަށްމަޖުބޫރު ކުރުވައި، ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން ބަލިކަށިކުރުވައި، މުޅި ޖީލު ޝަހުވަތުގައި ޖައްސާފައި މިއޮތީ!

  14
 23. ކޮސްބެ

  ކޮންމެ ގެޔަކު ނުހުންނާނެ ކޮޓަރި ބަރި ލާފައެއް. އެއް އެނދުގައި ދެއަނބިންނާ ތިން ދަރީން ވެސް ނިންދަވާ އެބަ

  14
 24. އަހްމަދު

  ނާޒްއައް އެނގިލައްވާތޯ ރައްޔިތުންއުޅޭނިކަމެތިހާލު ކޮންމެމީހަކުފާޑުާޑުގެވާހަކަދައްކާއިރު އައްފޫޓު އައްފޫޓްގެ ކޮޓަރިއެއްގަ ދެދަރިންގޮވައިގެން އުޅެންޖެހެނީ ކިތައއޢާއިލާތޯ ތިޔަވިދާޅުވާ ފުރުސަތުހޯދާނީކިހިނެއްތޯ

 25. ާޝަނީ

  ކަލޭމެންހެން އަހަރުންނައް 4 ރޫމް އެޕާރޓެއް އެފޯޑް ނުކުރެވޭ

  11
 26. ޢަބްުދުއްސައްތާރު.

  ދަރިން ގެންގުޅުމުގައި އިސްލާމީ ގިޔުގަޑެއްގެ ތެރޭގައި ތަރުބިއްޔަތުކުރެވިއްޖެނަމަ އެކަހަލަ މައްސަލަތައް މަދުވާނެ.

  12
 27. ބުރޯ

  ބަލަގަ އިސލާމްދީން ގަ އަނގަވަފައިވަނީ އުމުރު 9 އަހަރުގަ އެކުދިން ތައްމަތިތައް ވަކިކުރުމަށް ނާޒް އިސްލާމީ އުސޫލުތައް ކިޔަވަން

 28. ހިތާމަ

  ނާޒު ބުނީމާދޯ އެކަން ކަމަކަށްހަދަންވީ. މާކުރިންވެސް ދީނުގައި އެކަން އަންގަވާފައި އެބައެޮތް. އެކަމެއްނޭނގޭދޯ. ދެން އެކަހަލަ ކަންކަން މިހާރު ގިނަވަނީ ކަންބޮޑުކުރަންނުވާހާ މިންވަރަށް ކަންބޮޑުކޮށް މީޑިއާތަކަށް އަރުވާތީ. އެކަން ހައްލުކުރުމުގެ ވިސްނުންވެސް ނުހުންނާތީ. ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފާނަމަ ތިކަން ހައްލުކުރާން ނަގާނީ ސިކުންތެއް. ނުބައި ވާހަކަ ދައްކާ ވަރަކަށް އެކަންކަމުން ނުބައި އަސަރު ކުރާލެއް އަވަސްވާނެ. ވިސްނަބަލަ މިތިބަ ޖާހިލުންނޭ

  5
  1
 29. ސަޓޯ

  ޑރ ނާޒުއަށް އަހަރެމެންގެ ނަސޭހަތް: ސަރުކާރަށް ދަންނަވައިގެން އަހަރެމެނަށް ދިރިއުޅޭނެ ތަނެއް ދައްކާ

  14
  2
 30. ފީކޮއި

  ދެން ޖެހޭނީ ގެއިން ނެރެލަން. ބާއްވާނެ ތަނެއް ނެތް. އެވަރު މާލީ ތަނަވަސްކަމެއް ނެތް. ރާއްޖޭގެ އެއްވެސްތާކު ގޯއްޗެއް، ބިމެއް ނެތް. ފްލެޓެއް ނުލިބުނު. މައިންބަފައިންގެ ބިމުން ނުލިބުނު ތަންކޮޅެއްވެސް. ނާޒް މެން ވަކީންތިބެ ތަރައްޤީ ވިއަކަސް އެންމެނަކަށް އެފުރުސަތެއް ނެތް. ނާޒްމެންފަދާއިން އަހަރެމެންވެސް ތަރައްޤީގެ އިމާރާތްތައް ކޮންމެދުވަހަކު ކޮޅައްޖެހެޔޭ!

  11
 31. ލަބީބު

  ކުޑަކުދިން ކައިރީގައި ބައިތިއްބައިގެން ޅަދަރިއަށް ކިރު ދިނުމަކީވެސް މިހާރު އާދައެއް! މިކަންވެސް އެބަ ހުއްޓާލަންޖެހޭ!

  10
  2
 32. ސަލީމް

  މީނަ ހުރިހާ މީހުންނަށް ކޮޓަރި ދޭންވީނު. ކޮޓަރި ދިނީމަ މި ގޯސްވަނީ ގޯސްކަންތައް ކުރަނީ. އެކަމެއް ސިއްރުގަ ނުވަތަ ފާޅުގަ ކުރިޔަސް ވަކި ހިސާބަކުން އެބަ ފަޅާއަރާ.

 33. ދިރާސާ

  އެކުދިން އެކުރި ކަމަކީ ވަކި މީހަކު ކުރަނިކޮށް ފެނިގެން ކުރިކަމަކަށް ނުވެދާނެ.. ކާޓޫނުތަކުގައި އެކަހަލަ މަންޒަރު ހުރޭ

 34. ސޯކާބެ

  "މަންމައާއި ބައްޕަ ނިދާ ކޮޓަރީގަ، އެމީހުންގެ އެނދުގައި ނޫނީ އެނދު ކައިރީ ކޮޓަރިއެއްގައި ބޮޑުވަމުން އަންނަ ދަރިފުޅު ނިންދަވަން ނުބާއްވާ. ދެން ކޮންތާކުތޯ ބާއްވާނީ 6 ފޫޓް 6 ފޫޓް ކޮޓަރިގަޑެއްގައި މުޅި އާއިލާ އުމުރު ހުސްކޮއްލަނަ މިޖެހެނީ ބިންތައް ހިސޯރްގެން ރައްޔަތުން ދަތި ކުރަމުން އެގެންދަނީ ސަރުކާރު ތަކުން ގަސްތުގައި ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ވިޔަފާރިކުރަންވެގެން ތިޔަ ޑޮކްޓަރު ރާއްޖެއައް ދުރުވީ އަލައްތޯ