ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓްގައި ވާދަ ކުރާ ފަރާތައް ހޮވުމަށް ބާއްވާ، ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ ތިން ތަނެއްގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު "ވަގުތު"އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، މިދިޔަ ހަފްތާ ބުދަ ދުވަހު ޖޭޕީގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު ހަމަވެފައިވާ ކަމަށާއި، ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހަފްތާގެ ބުދަ ދުވަހު ކަމަށެވެ.

އޭނާ ވަނީ ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ޕްރޮސެސް ކުރުމުގެ ކަންކަން ޕްރޮސެސްކުރަމުންދާކަމަށްވެސް ވިދާޅުވެފައެވެ.

ސައުދު ވިދާޅުވީ،ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ، މާފަންނު ހުޅަނގު އުތުރާޢި، އދ. މާމިނގިލި، އަދި އދ. ފެންފުށީގައި ކަމަށެވެ.

މިވަގުތު ޕްރައިމަރީ ބާއްވަން ނިންމީ 3 ތަނުގައި ކަމަށް ވީނަމަވެސް އެއަށް ބަދަލު އައުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގެ ޕާޓީތަކުގެ ޕްރައިމަރީތައް މިހާރު ދަނީ ބާއްވަމުންނެވެ. އެގޮތުން މިހާތަނަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ ޕީޕީއެމުން ވަނީ ބާއްވާފައެވެ.

ކައުންސިލް އިންތިހާބު އޮތީ އަންނަ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުމަރާ މޯޑް

    ޢަސްލުތަ؟ ޤާސިމް ހާދަރަނގަޅޭ ؟

    2
    16
  2. މާމިގިލީ މީހާ

    ގާސިމަކީ ބޯގޮވި ބޮޓެއް. 2އަތައް އެބުރޭ މޮޔަ ބުރުމާ. ނޫދޭނަން ކަލޭއަކަށް ވޯޓެއް، ބާގީ ބުރުމާ.

    21
    5