ޖެންޑާ މިނިސްޓަރުކަމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމަނާ އާ ވަޒީރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުދުއެވެ.

ޖެންޑާ މިނިސްޓަރ ކަމާއި އައިޝަތު ހަވާލުވެވަޑައިގެންނެވީ އިންޑިއާގައި ހުންނަ ރާއްޖޭގެ ސަފީރުކަމުގައި ހުންނެވުމަށް ފަހުއެވެ.

ޖެންޑާ މިނިސްޓަރު ކަމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމުން އެމަގާމު އައިޝާއަށް ދެއްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އިއުލާނުކުރެއްވީ ތިން ދުވަސް ކުރިންނެވެ.

ޖެންޑާ މިނިސްޓަރު ކަމަށް އަލަށް އައްޔަން ކުރައްވާ އައިޝާ އަކީ ކުރީގެ ރައީސް މައުމޫންގެ އެމްއާރްއެމް އަށް ނިސްބަތްވާ ބޭކަނބަލެކެވެ.

އައިޝާ ވަނީ މައުމޫންގެ ވެރިކަމުގައި 2005 ވަނަ އަހަރުން 2008 ވަނަ އަހަރުގެ ނިޔަލަށް ޖެންޑާ މިނިސްޓަރު ކަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރަނި ދަންތުރަ

    ދެނަމާލޭ މޭގަނޑު ސިފާ އިންޑިޔާ އަށް ފޮނުވާ އޭރުން އިންޑިޔާ ސުންނާފަތި ކޮށްލާނެ

  2. Anonymous

    އަންނި އިން ތި އީވާ އަނެއްކާވެސް ރުޅިއަންނަގޮތް ތިވީ