ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރުމަށް ޕްރޮޖެކްޓެއް ދިވެހި ސަރުކާރާއި ޔޫރަޕިއަން ޔުނިނަން ގުޅިގެން ލޯންޗްކޮށްފިއެވެ.

މި ޕްރޮޖެކްޓަކީ ރާއްޖެ-އީޔޫ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވާ 43 މިލިއަން ރުފިޔާ (2.5 މިލިއަން ޔޫރޯ) ގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި ޕްރޮޖެކްޓް ލޯންޗްކޮށްދެއްވާފައި ވަނީ، ދިވެހިރާއްޖެއާއި އީޔޫ ދެމެދު ބެއްވި ސީނިއަރ އޮފިޝަލުން ފެންވަރުގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެ ބައްދަލުވުން އޮތީ މިއަދު މެންދުރު ފޮރިން މިނިސްޓްރީގައެެވެ.

މި ޕްރޮޖެޖްޓާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ، މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އާއި، ދިވެހި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެން ކަމަށެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ، މިއަދު އީޔޫއާއެކު އޮތް ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އީޔޫއާއި ދެމެދު މަޝްވަރާތައް ބާއްވާނެ އާ ނިޒާމެއް ޤާއިމްކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިދިޔަ އަހަރުގެ ޖޫން މަހު ބްރަސަލްސްއަށް ކުރެއްވި ދަތުރުފުޅުގައި އީޔޫގެ އޮފިޝަލުންނާއިއެކު ކުރެއްވި މަޝްވަރާތަކަށް ފަހު ބޭއްވުނު ފުރަތަމަ ބައްދަލުވުން ކަމަށެވެ.

މި ބައްދަލުވުމަކީ މަޝްވަރާ ކުރެވުނު އިތުރު ކަންތައްތަކަށް ބަލާރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއަރުވައި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ އިތުރަށް ހަރުދަނާކުރުމަށް އީޔޫ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ހިމެނެއެވެ. އަދި ރާއްޖޭގެ ޝަރުޢީ ދާއިރާ ވަރުގަދަކޮށް، ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކެއް ބަލަމުންދާކަން އީޔޫއިން ވަނީ ފާހަގަކޮށްފައެވެ.

އަދި ދިވެހި ސަރުކާރާ އީޔޫ އިންވެސް މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ފަދަ ބައިނަލްއަގްވާމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުމަށާއި، ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވް މެދުވެރިކޮށް ދެފަރާތުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް އީޔޫ އާއި ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ.

އަދި ދިވެހިރާއްޖެއިން އީޔޫއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން އީޔޫގައި ވަނީ އެދިފައެވެ.

މި ބައްދަލުވުމުގައި ދިވެހި ރައްޔިތުންނަށް ވިސާއާއި ނުލައި އީޔޫގެ މެމްބަރު ޤައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު ހޯދުމާއި ބެހޭ ގޮތުން އީޔޫ އާއިއެކު މަޝްވަރާތައް ކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. Anonymous

    ކަލޭމެން ވެރިކަމަށް އައިފަހުން ފެނިގެން އުޅޭ ހަރުކައްޓެއްތީ، މިގައުމަށް ފައި ދާކުރުވަނިވި ކަމެއްކޮށްބަލަ، ކޮންމެވެސް ކަހެރުވަކެކޭ ކިޔާފަ ތާކުންތާކު ނުޖެހޭ ކޮސް ކަންތައް ކުރުން ނޫންކަމެއް ނުކުރޭ.

    50
    2
  2. ބޮޑު ހަސްންބެ

    ލާދީނިއްޔާތު ފެށުނީ. ދެން ބުނާނީ އެހެން ދީނ

    37
    2
  3. ބޮޑު ހަސްންބެ

    ލާދީނިއްޔާތު ފެށުނީ މި. ދެންބުނާނީ އެހެން ދީން ތަކަށް ހުއްދަ ދޭށޭ. އޭގެ ފަހުން ބުނާނީ، އެއްޖިންސުން ކައިވެނިކުރަން ހުއްދަ ދޭށޭ. އާން ވާނު ދޮން މީހުން އުޅޭ ގޮތައް އުޅެން. އެޖެންޑާ 19 އެފެންނަނީ މެކުހަށް ޖަހާފަހުރިތަން.

    45
    2
  4. ޑަމީ

    ވަރަށް ރަނގަޅު!

    5
    28
  5. ކުޑަދުންމާރި

    އިންސާނީ ޙައްޤުގެނަމުގަ ހުރިހާދީނީމީހުންހައްޔަރުކޮއްފަ އެމީހަކުއުޅޭނެ ދީނަކައްއުޅުމުގެ ދީނީމިނިވަންކަމެއް އެކަކައްވެސްނުދެވޭނެ

    32
    1
  6. ސިޒާން

    އިގްތިސޯ ދު އޮތްތާގަ މަރުތަން މަތީ ބާއްވާފަ އަ ދިވެސް އުޅޭ ތިކަހަލަ ބޭކާރު ޚަރަ ދު ކުރުވަން. އީޔޫ ތަންތަނުންނެއް ޗައިނާއިން ރާއްޖޭގެ އިގްތިސޯ ދައް ކޮއް ދޭކަހަލަ ހަރު ދަނާ ކަންކަ މެއް ނުކޮއް ދޭނެ. އަބަ ދުވެސް މިލިޔަން ޑޮލަރު ޚަރަ ދު ކުރުވަން އުޅޭނީ މީހުން ހެ ދުން އަޅާގޮތް ބަ ދަލު ކުރުވަންށާއި އެ މީހުންގެ ލާ ދީނީ އާ ދަކާ ދަ އަށަގަންނަވަން.

    33
    1
  7. އެނަލިސްޓް

    ހަރުކަށި ފިކުރޭ ކިޔާފަ އެކަމަށް ފަންޑު ހޯދުމުގެ ބޭނުމުގައި ރާއްޖޭގައި ހަރުކަށި ފިކުރައި ދެކޮޅު ފިޔަވަޅު ތައް އަޅައި ހަރުކަށި ފިކުރު ވިއްކާ ނުވިތާކަށް ދީނަށް އުޅޭ ކުދިންނަށް ސަރުކާރުން ހަރުކަށި ކަން ދެއްކުމުން ބޭރުމުގައި ހިގަމުންދަފަދަ ދަހިލީ ހަމަނުޖެހުމަކަށް ގޮސްފާނެކަމުގެ ބިރު އެބަ އޮތް. ތިޔަ އީޔޫ އަކީ އިސްލާމީ ޤައުމުތަކުގައި އަލިފާން ރޯ ކުރަން ހިކިއުއި އަޅަމުންދާ ބައެއް ކަން ހަނދާނުގައި ބެހެއްޓުން ވަރަށް މުހިންމު

    31
    3
  8. އަންނި

    އިސްލާމް ދީނާއި ދެކޮޅަށް ކެންޕޭން ކުރަން. ރީނދޫ ކުދިން ހެއްލޭނެ

    31
    3
  9. ބޯގޯސް

    މިއޮތީ ވަރެއްގެ ސަރުކާރެއް ގެނަސްފަ!! މީޖަންގަލީގެ ސަރުކާރު!! މިވެރިކަން ގެނައީ މުސްކުޅިވެފައިވާ ސާރިދޯޅަކާ، މޭބބިސްކަދުރު ކާން ވަރުހުންނަ ހިޔަޅަކާ، އިލްމުވެރި ރޯނުއެދުރު ބޮކަކާ، ޖަންގަލީގަ އެކަނިވެ ފެންބޮވައިގެންފައިއޮތް ކިނބުލަކާ، ހަމައިން ނެއްޓި ބުއްދި ފިލާފައިވާ މަކުނަކާ އެކުވެގެން!! މި ފަސް ޖަނަވާރުންގެ ފައުޖު އެކައްޗެއް ކިޔައިގެން މިވެރިކަން ގެނައުމުގައި ބޭނުންކުރީ ކުރިން އަތުޖެހުނުހާ އެއްޗެއް ތަނެއްދޮރެއް ނުބަލާ ކެއުމުގެ ސަބަބުން ބިއްޖެހި ގޮތްހުސްވެ ބިކަވެ އެކަހެރިވެފައިވާ ބެއަރ އެއްގެ ނިގުލަށް ފިތައި ބާރުކޮށްލައިގެން އަދި އޭތީގެ ބުރީގައި ހަންމުށި އަޅައިގެން!! މިހެން މިކަން އޮތަތީ ދެން ކަންހިގާނެ ގޮތަށް ޖަންގަލީގެ ސަރުކާރު ހިނގާނީ!!

    6
    1
  10. ހުސޭނުބޭ

    އެންމެ ހަރުކަށި ފިކުރަކީ ލާދީނީ ފިކުރެވެ.

    35
    2
  11. ބަކުރުބެ

    ކޮބާތޯ ދީނަށް ފުރައްސާރަ ކުރާމީހުންނަށް އަޅާ ފިޔަވަޅު

    31
    1
  12. ފަސީ

    ހަރުކަށި ފިކުރު ފައިސާކޮޅު އޮންނާނީ ލާ ދީނީ މީހުންތަކެއްގެ ޖީބައްވަންނަގޮތައް ރާވާފަ.

    26
    2
  13. އީޔޫ

    މައުމޫނު ނޭވާލާހާ ދުވަހަކު ތިމީހުންނަކަށް ތިޔަކަންތައް ވިޔަކަ ނުދޭނެ

    1
    14
    • ކޮސް

      މައުމޫނު އަކީ މިހާރު ތި ބައިގަޑެއްގެ ދަށުވެ ފިތިބާރުވެފަ ހުރިމީހެއް...އޭނަޔައްވެސް ބަހެއްބުނެވޭނީ ދެން ތި ބައިގަޑާ އެއްކޮޅައް.....

  14. އަލީ

    އެއްޖިންސުގެ ގުޅުން ހިންގުމުގެ މިނިވަން ފިކުރު ފަތުރަން ލިބުނު ފުރުސަތެއް. އެމްޑިޕީގެ އަކީ އިސްލާމީ ޝިއާރުތަކައި ދެކޮޅަށް އަބަދުވެސް މަސައްކަތް ކުރާ ބައެއް. އެމީހުންގެ ފިކުރަކީ މިނިވަން ފިކުރު.

    14
  15. މިނިވަން ފިކުރު

    ބިރަކާއި ނުލައި މަަޖާކުރުން
    މިނިވަން ފިކުރު
    ގަންޖާ ބޯން ވާނެ ބޮވެން ޖެހޭނެ
    އެޖެންޑާ 19 ރަށަށް
    ހަރުކަށި ފިކުރު ބޭރުގައުމުތަކަށް ވިއްކައިގެން ލިބޭ ފަންޑު ފައިސާއިން ވައްކަން.

    15
  16. އެސޮރު

    ބޭކާރު...މިގައުމުން މޑޕ ފޮހެލެބަލަ އެއީ މިގައުމަށް ޖެހިފަވާ ބޮޑު ވަބާ އެއް.

    16
    1
  17. ބްރޯ

    ބަލަގަ ތިޔައީ ޕްރޮޖަކްޓަކުން ކުރެވޭނެ ކަމެއްނޫން ތިޔައި ލާދީނީ ފިކުރު ތައާރަފް ކުރަން އުޅޭ ޕްރޮޖަކްޓަކަށް ވާނީ ލަދިނީ ޕްރޮގްރާމްޓީވީން ދެއްކުމާ އޮރިޔާމުންތިބުމުގެ ފިކުރު އާލާކުރުން ހިމެނިދާނެ. އިހަކަށްދުވަހު އެފެނުނީ އޭގެ ބޮޅެއް ކަމުގަވެދާނެ.

    3
    1
  18. ......

    މިތާ ކޮމެންޓްް ނުކޮށް ހިނގާދޯ އަހަރެމެން ހެޔޮލަފާ ދީންވެރި އިލްމިވެރި ވެރިކަމަށް ދަހިވެތިނުވާ ވެރިކަމާ ހަވާލުވުމަށް ބިރުވެތިވާ މީހަކާ ގައުމު ހިންގަން ހަވާލު ކުރަމާ...އަހަރެމެންދޯ އަމިއްލައަށް އާޖެއް ފާޖެއް ދީނުގެ ކަންފުޅެއްވެސް ނުދަންނަ ބަޔަކާ ކޮންމެ ފަހަރަކު ގައުމު މި ހަވާލު ކުރަނީ...ދޭން ބުނެ ނުވަތަ ކޮށްދޭން ބުނެެ ދައްކާލާ އަވާމެންދުރަކަށް ހެއްލިތިބެ ނޭފަތު ކުރިޔަށްވުރެ ދުރަށް ނުުބަލާ ހުރެ ހިޔާލީ ފޮލައެއްގަ ސިނކުޑި ހިންގަން އިނދެ ހުވަފެނީ މާލަމެއްގަ ހޭލާ އޮވެ މިގޯސް ހެދީ އަމިއްލަ އަތުން އަހަރެމެންކަން ގަބޫލު ކުރަން ވެއްޖެ...މިއީ މައުމޫނު އޭނާގެ ވެރިކަމާއި ޖާހަށްޓަކައި އަދި ލިބި ބޮޑުވަމުންދިޔަ މާލަށްްްްްްްްްްްޓަކައި ކުރަމުންދިޔަ އިޖްތިމާއީ ފޭރާން ވީދިދާ ކަންްތައްތަކާއި ޅަކުދިންގެ ފިކުރާއި ބުއްދި ތަޣައްޔަރުވާނޭ ފަލސަފާތައް އެކި ގޮތްގޮތަށް އެކި ނަންމުގައި ފަތުރަމން ދިޔަ އިރުއްސުރެން ހައްޕު ކިޔައިގެން ތިބި ތިބުމުގެ ހިތި ނަތީޖާއެވެ..ރަސްރަސްކަލުންގެ ދިރިއުޅުގެ މާމުއި ބޯވަގުތު ކޮޅު އެކަނި ފެނި އެއަށް ބޭނުންވެގެން އަހަރެމެން ވީީ ގުރުބާނީ އެވެ..ކާކަށްތޯ މިގައުމުގައި ހަމަ ޖެހިލެވުނީ...ކާކަށތޯ އަނބިދަރިންގެ ވަގުތު އޭގެ ގޮތުގައި ދޭންްްް ލިބުނީީ...އެކަމަކުވެސް ހަމަ ލިބޭނޭ ކިޔާ ތެޅި ފޮޅެވެނީ މި...ދެންވެސ އަހަރެމެންނަށް އޮތީ ވެރިޔަކު ގެންނައިރު ދީންވެރިލަމަށް ފުރަތަމަ ބަލައިގެން އެންމެންވެގެން ވެރިއަކ ގެނައުން...އަހަރެމެންފަދަ ނާތަހުޒީބު އިލްމު މަދު ބަޔަކު ހައްލަމުން ދާ އަދި ބޮލަށް ތެތް ގނި މަހަމުންދާ ހިޔަޅުތަަކަކަށް ވެރިކަން ހަވާލު ކޮށްފަ ދެން މިސްރާބު ގޯސވީމާ ބަލާލާއިރު ރަށް އޮންނާނީ މޯހިރުންފިލާ ލޮލަށްވެސް ގެއްލިފަނޫންތޯ...

    4
    1
    • ކޮސް

      ތި ލާދީނީ ބައިގަޑަށް އަހަނެއް ވޯޓު ނުދެން މީގެ ކުރިންވެސް ފަހުންވެސް....އަދި ކުރިޔައްއޮތްތާގަވެސް ﷲ ގެ އިރާދަފުޅާއެކު ތި ބައިގަޑަކަށް ވޯޓެއްނުދޭނަން....

      2
      1
    • އަހްމަދު

      30 އަހރު ވެރިކަން ކުރީ އިލްމުވެރި ދަންނަ ބޭކަލެއް. އެވެރިކަންވެސް މިރާއްޖޭ މީުންނަކަށް ކަމަކު ނުދިޔަ.

      2
      1
  19. ކިނބޫ

    މިނިވަން ފިކުރު ހިންގުމަށް ހިންގާ ޕްރޮޖެޖްޓް ވާހަކަ ނުއެއް ދައްކާނަމުތަ؟

    1
    1
  20. ނަޖްވާ

    އެންމެ ފުރަތަމައިނުން ތި ޕާކިސްތާނުގެ ރަށްބޭރުގެ ހުރި މަދަރުސާތަކުން އަނގައިން އަނގަޔަށް އަޅާދީގެން ކިޔެވި އެއްޗެއް ކިޔަވައިގެން އައިސްތިބި ޝޭހުން ލަަޤަބު އަމިއްލައަށް ލިބި ގަނެގެން ތިބި މީސްމީހުނަށް ދީނޭ ދީނޭ ކިޔައިގެން އާއްމުންނަށް ވައުޒު ބުނުމަށް ދީފަ އޮތް ހުއްދަ ބާތިލު ކުރަންވީ! އަހަރުމެން ޅަ ކުދިންގެ ވިސްނުން ހަލާކު ކުރަންވެގެން އުޅޭ ބަޔެއް އެއީ! ހުރިހާ ހަރުކަށި ކަމެއް ވިހަނީ އެމީސްމީހުންގެ ސަބަބުން!

  21. އަލީ

    ތިޔަ ޕްރޮޖެކްޓު ދަށުންތޯ މާފުށީގަ އޮރިޔާމުން އަންހެނަކު ހިންގުވީ؟ ކޮންބައެއްތޯ ހަރުކަށީ ބަލަން؟

    3
    1
  22. މުޙައްމަދު

    ރާއްޖޭގައިއޮތް އެންމެ ހަރުކަށި ފިކުރަކީ އެމް.ޑީ.ޕީ ފިކުރު، އެފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް ޕްރޮޖެކްޓެއް ފެށުމަކީ ލިބުނު ވަރަށްބޮޑު ހިތްހަމަޖެހުމެއް

    3
    1