ޕްލޭނިން މިނިސްޓަރ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން، ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ، އަތުން ގިނަ އަދަދެއްގެ ފައިސާ އަނބުރާ ދައްކާ ގޮތައް ހޯދުމަށް ފަހު އެފައިސާ އަނބުރާ ނުދިން މައްސަލަ މިރޭ ޓްވިޓާގައި "ހިލިފައި ވަނިކޮށް" އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އެމައްސަލައިގެ ތެރެއަށް ވަދެއްޖެއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުސްތަފާ ދައްކަވާ ވާހަކަފުޅުތަކަކީ ހަޤީޤަތެއް ނަމަ މިއި ސީރިއަސް މައްސަލައެއް ކަމަށެވެ.

"ޕްލޭނިން މިނިސްޓްރީ މިވަނީ ވިޔަފާރިވެރިއެއްގެ މުށުތެރޭގައި. ޕްލޭނިން މިނިސްޓްރީގެ ކަންކަން ނިންމުމުގައި ވިޔަފާރިވެރިޔާގެ ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑު." އާޒިމް ވިދަޅުވިއެވެ.

ރާޢްޖެ ޓީވީގެ ކުރީގެ ޗެއާމަން އަކްރަމް ދަރަންޏަށް ނެގި ފައިސާތަކެއް ނުދިން ކަމަށް ވިދާޅުވެ މުސްތަފާ ޓްވިޓާގައި ޗެކްތަކެއްގެ ފޮޓޯ ވަނީ އާއްމު ކުރައްވާފައެވެ.

މުސްތަފާ ވިދާޅުވާ ގޮތުގައި އަކްރަމް ދެމިލިއަން ރުފިޔާ އޭނާގެ އަތުން ދަރަންޏަށް ނެންގެވީ "ރާއްޖެޓީވީ" ގެ ސާވާތަކެއް ގަތުމަށެވެ.

މުސްތަފާއަށް ރައްދު ދެއްވަމުން އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ރާއްޖެޓީވީ" ގެ ނަމުގައި އެއްވެސް މުއާމަލާތެއް އެއްވެސް އިރެއްގައި މުސްތަފާ އާއި އެކު ކޮށްފައި ނުވާނެ ކަމަށެވެ.

މުސްތަފާ އާއްމު ކުރެއްވި ޗެކްތަކުގެ ތެރޭގައި 1.1 މިލިއަން ރުފިޔާގެ ޗެކަކާއި، ތިން ލައްކަ ރުފިޔާގެ ޗެކަކާއި، ދެލައްކަ ރުފިޔާގެ ޗެކަކާއި އެއްލައްކަ ރުފިޔާ އޮތް ތިން ޗެކާއި އަދި 60000 ރުފިޔާގެ ޗެކެއް ވެސް ހިމެނެއެވެ. ހަތަރު ޗެކެއް ދީފައި ވަނީ 2015 ވަނަ އަހަރުގެ ތާރީޚްގައެވެ. ދެން ހުރި ޗެކްތައް ދީފައި ވަނީ 2019 ވަނަ އަހަރުއެވެ. ހުރިހާ ޗެކެއް ވެސް ދީފައި ވަނީ އަކްރަމްގެ އެކައުންޓުންނެވެ.

މުސްތަފާ ވިދާޅުވީ އަކްރަމްގެ މައްސަލަ މިހާރު ކޯޓަށް ހުށަހަޅުއްވާފައި ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ާައަހުމަދު

    މީހުން ވަރަށްގިނައިން ކިޔާއަޑުއިވޭ ޕްލޭނިންގ މިނިސްޓްރީއަކީ ވިޔަފާރި ކުންފުންޏެކޭ. އެއީ ތެދެއްބާ؟

    22
  2. އަހޫ

    ރާއްޖެޓީވީ ހުރިހާ ބޮޑެތި ވެގެން އުޅުނު މީހުންނަށް މިސަރުކާރުގެ ބޮޑެތި މަޤާމްތައް ދީފައިއެވަނީ އިބޫ އަކްރަމާ ގުޅިގެން ހިންގި ބޮޑު ފްރޯޑުންތާދޯ

    26
  3. ދިރާސާ

    އާޒިމްގެއަތުންމީހަކު ފައިސާތަކެއްނަގައި ނުދޭނަމަ އާޒިމްވެސްމަސައްކަތްކުރައްވާނެ އެފައިސާ
    ހޯދުމަށް ވީމާ، މުސްތަފާއަށްކީއްވެތޯ އެފައިސާހޯއްދެވުމުމަށް މަސައްކަތްނުކުރެއްވޭނީ މުސްތަފާ
    އުޅުއްވަނީ އާޒިމްގެއަތުންފައިސާހޯދާކަށްނޫން ވީމާ، ޒާތީނުވެ އާޒިމްވެސް މަޑުންހުންނަވާ

    13
  4. ނާޒުކު

    ރައިސް ޓޮލަރެންސްބޭ އަށް ފައްފަށުން ށުކުރުކުރަމޭ. ތީ ހަމަ ފައްކާ ޒީރޯ ޓޮލަރެންސެކޭ. މަވާ ހީކުރީ މައިނަސް ޒީރޯ ކަމަށޭ ތިޔާވާނީ. އެކަމަކުވީ + ޒީރޯއަކަށޭ އަވަހަށް އިސްތިއުފާދީފާ ފުރައިގެން ދާށޭ.

    10
  5. މ

    އަކުރަމަކީ މިހާޜުވެސް ފުލުހުންގެ ވޯންޓަޑް ލިސްޓްގައި އޮތް މީހެއް ތިނަދޫ އިންޖީނުގެ އަންދާލި މައްސަލާގައި ހޯދަން ފެށުމުން ފިލައިގެން ގޮސް ހުރީ ލަންކާގައި ...މީނާ އަށް ކިޔާ އިތުރު ނަމެއް ވެސް އޮންނަ ކަމަށް ވަނީ މާވާަގޭ ސައްތާރު

    10
  6. ތިނަދޫ

    ތިނަދޫ އިންޖީނުގެ ރޯކޮށްލުމުގެ މުގުލުގައި ހުރީ ކާކުތޯ ސުވާލުކޮށްލަ ދިނުން އެދެން. .އެތަހުގީގު އަދި ކުރަން ޖެހޭ އިންޖިކްޝަން ނުޖަހައިގެން މީހުން ހައްޔަރު ކޮށް ސުވާލު ކުރާ ފަދައިން އެކަން ވެސް ޖެހޭ ބަލަން... އެމައްސަލަ ބަލަން ފެށުމުން ފިލައިގެން ދިޔައީ ކޮންބައެއްތޯ ބަލަންޖެހޭ

  7. ބޭކާރު

    ރާއްޖެ ޓީވީ އަށް ފައިސާއާއި މުދާ ކުރީގެ އެމްއެންބީސީ އިން ވެސް ގެންގޮފާވާނެ ކުރީގެ ހަވީރު ނޫހުން ދުށިން 110،000 ޑޮލަރެއް ގެއްލުނުވާހަކަ. މުދާ ނުވިއްކަން ކޯޓް އަމުރެއް ނެރެފާއޮއްވާ ކެމެރާ އާ އެހެންތަކެތި ނީލަމުގަ ވިއްކި ވާހަކަ.މިއިން މައްސަލައެއް ބަލާނެ ވެރިޔަކު ނުވި