ކ. މާފުށީ މަގުމަތީގައި ބިކިނީގައި އުޅެނިކޮށް އަންހެން ޓޫރިސްޓަކު ފުލުހުން ހައްޔަރުކުރި ގޮތުން، ރައްޔިތުންގެ މަޖިލިހުން މާފަށް މިއަދު އެދިއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އުމުރުން 26 އަހަރުގެ ސެސިލިއާ ޖަސްޓްޒެމްބްސްކާ ހައްޔަރުކުރީ ރާއްޖޭގެ ރީތި ރަށެއް ކަމަށްވާ މާފުށީގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ކަމަށެވެ. އަދި ސެސިލިއާ ހައްޔަރު ކުރީ މުޖުތަމައުގެ އާންމު މިންގަނޑުތަކާ ހިލާފަށް ހެދުން އެޅި މައްސަލައެއްގައި ކަން ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އަންހެން މީހާ ހައްޔަރު ކުރުމުގެ ތެރޭގައި ހިނގި ކަންކަމާ މެދުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ މާފަށް އެދިވަޑައިގެންފައެވެ. އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ އެ ކަން ހިނގި ގޮތް ތަފްސީލްކޮށް ދެއްވާފައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސެސިލިއާ މާފުށީ ޕޮލިސް ސްޓޭޝަންގައި ގަޑިއިރެއްހާ އިރު، ބޭންދުމަށް ފަހު ވަނީ ދޫކޮށްލައިފައެވެ.

"އަޅުގަނޑަށް ޔަގީން ޓޫރިޒަމް މިނިސްޓަރު (އަލީ ވަހީދު) އަދި ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ދައުވަތު ދޭނެ ސެސިލިއާ ރާއްޖެ އަންނަން. މާފުއްޓަށް އެނބުރި އަންނަން،" އިނގިރޭސި ބަހުން ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީގައި ފަތުރުވެރިޔަކު ހައްޔަރު ކުރީ ގޯހުން ނޫންކަމަށް ދެކެވޭ ކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ.

"ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، އަންހެނެއްގެ ގަޔަށް ބޮލަށް ފިރިހެން ފުލުހުން އެރުމާއި، މިއެންމެ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ކިނލަބުވާ ޓުއަރިސްޓް ވިޔަފާރިއަށް ނުހަނު ގެއްލުންވާނެ ކަންކަން." ނަޝީދު ވިދާޅުވިއެވެ.

މާފުށީގައި ބިކިނީގައި އުޅެނިކޮށް ހައްޔަރުކުރީ "އާދައިގެ މީހެއް ނޫން"

އުމުރުން 26 އަހަރުގެ ސެސިލިއާއަކީ ޓްރެވަލް ބޮލަގައެކެވެ. އޭނާ އެކި ތަންތަނަށް ދަތުރު ކުރުމަށް ފަހު، ތަފާތު ލިޔުންތައް ލިޔާ ބައެކެވެ.

މާފުށީގައި ސެސިލިއާ އަށް ދިމާވި ކަންތައްތަކާއި ގުޅޭ ގޮތުން އޭނާ އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. ސެސިލިއާ ރާއްޖެ އައީ ހަފްތާއެއްގެ ޗުއްޓީއަކަށް ކަމަށް ވެއެވެ. ނަމަވެސް ޗުއްޓީގެ ތިން ވަނަ ދުވަހު ދިމާވި ހާދިސާ އާއި ގުޅިގެން ޗުއްޓީ ކުރުކޮށްލުމަށް ފަހު އޭނާ ވަނީ ޖެހިގެން އަދި ދުވަހު ރާއްޖެ ދޫކޮށް ފުރައިގެން ގޮސްފައެވެ.

ސެސިލިއާ އަކީ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ވެއެވެ. އޭނާގެ ރަސްމީ ވަޒީފާ އަކީ ބައެއް ގާނޫނުތަކުގައި ހިމެނޭ ކަންކަމަށް ހިޔާލާއި މަޝްވަރާ ދިނުމެވެ.

ސެސިލިއާ ހައްޔަރު ކުރުން އިނގިރޭސިވިލާތުގެ ބައެއް މީޑިއާތަކުން "ބޮޑު މައްސަލައަކަށް" ހަދާފައި ވީނަމަވެސް އޭނާ ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތައް ބައެއް ފަރާތްތަކުން އަންނަނީ ތައުރީފް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

56 ކޮމެންޓް

 1. މާރިޔަތުދ

  ރާއްޖެއްށް އަންނަންޖެހޭނީ ރާއްޖޭގެ ސަގާފަތާއި ދީނަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކު.

  231
  1
 2. ކަރީމް

  މުޖެހޭ މާފަށް އެދޭކަށް.. ރައްޔިތުންގެ ލާރިން މުސާރަ ނަގައިގެން ތިކަންކުރާކަށް ނުން ތިތަނަށް ވެއްދިކީއެއް.. އެހެން ގައުމެއްނަމަ ތިޔަބުނާ އަންހެމީހާ އޮންނާނީ ގޮޅީގަ.

  185
  2
 3. އަލީ

  ނުޖެހޭނެ މާފަށް އެދޭކަށް. ރާއްޖޭގެ ގާނޫނު ހިނގަން ޖެހޭނެ އެންމެންގެ މައްޗަށް! ތިއީ ގާނޫނު ހަދާ މަޖިލިސް. ތިއީ ރައްޔަތުން މޫނުގަ ޖެހި ތަފާޔެއް. ޗިޗަންޑާ 19އަށް ސަލާމް!

  172
 4. އާންމުން

  ފުލުހުންނަށް ސެލިއުޓް

  169
  5
 5. ޢަލީ

  ކިހާ ދެރަކަމެއް. މިނިވަން ގައުމަކަށް އައިސް އެގައުމުގެ ގާނޫނާއި ގަވާއިދު މުގުރާ އިރު މި ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލިހުން އެކަމާ ފިޔަވަޅު އެޅި ބަޠަލުންގެ އަގުވައްޓާލައި މައާފަށް އެދުމަކީ އަޅުގަނޑުމެންނަކީ މިނިވަންކަމެއް ނެތް ބައެއްކަން މުޅި ދުނިޔެއަށް އިޢުލާންކުރުން. ދެން އަންނަ ބަޔަކުވެސް ބޭނުން ގޮތަކަށް މިގައުމުގައި އުޅެފައި ދާންވީ. މިއީ އަޅުގަނޑުމެންގެ މުޅި މުސްތަގުބަލްވެސް ބަނަކުރުވަނިވި ވިސްނުންތަކެއް މިތަނުގައި އަށަގަނެފައިވާ ކަމުގެ ހިތާމަހުރި ހެއްކެއް. އަޅުގަނޑުމެންގެ ރައީސަށް ގޮވާލަން މިކަހަލަ ކަންކަމުގައި ހިމޭނުން ނުހުންނަވައި ހައްގުބަސް ބުނަން.

  136
  1
 6. ާާާޢަލީ

  އާދައިގެމީހެން އެއީވެސް ހަމަ އަހަ ރެމެން ކަހަލަ އިންސާނެއް ތަންކޮޅެއް ލަދުކުޑައީ..ހަމައެހެން ހެދުންއަޅާމިހުން އުޅޭ ރާއްޖޭގެ މަޖިލީސް މެންބަ ރުންވެސް..ތަފާތެއް ނެތް..މާފެންވަ ރުދަށް މީހެއްވިމަނުން އެހާލުގައުޅުނީ...ގޮތްހުންނަ މިހުންތިހެން ނޫޅޭނެ...

  81
  3
 7. ޙިދް

  ނުޖެހޭ އެދޭކަށް !!!

  98
 8. އެރުން

  މިއީ ވަރަށް އާދައިގެ ތަންތަނު ގެ ގަވައިދަށް ބޯނުލަބާމީހެއް.ދުނިޔެއަށް އެހެން މީހުން ގެ ގޯސް ކަންކަން ދެއްކުމަށް މަސަައްކަތް ކުރާމިހެއް ކަން ހާމަވޭ. މިފަދަމީހުންގެކިބައިން ވެސް މާފަ އެދެން ޖެހެމީހުން ތިބީމަ ހައިރާން ވޭ.ކުރިން ކުށް ކުރެވުނު މިހާ އެބަޖެހޭމާފަށް އެދެން.ކަމުގެ ފޯކަލް ޕޮއިންޓު ބާއްވާފަ އެހެން ކަމަކަށް ވާހަކަމިދެކެވެނީ.މުހިންމީ އޭނަ ކުރިކަންތަށް. ފުލުހުން ކަމެއްކުރީ މާފަހުން.އަދި އެތަށް އިންޒާރެއް ދީފަ.

  76
 9. ސަމި

  މިއޮތީ ވާ ސަރުކާރެއް .ސާބަސް ސާބސް ކެނރީ މޯދީ .އަހަރު މެންގެ ފަރާތުން މާފައް އެދޭނެ ކަ މެއް ނެތް ލދުކުޑަ

  90
  3
 10. ރައްޔިތުން

  ނުޖެހޭ މާފައް އެދޭކަށް... އަންނިބެ ރަށު ކުއްޖަކަށްވީމަ މިހާ ފޯރި މިހިރީ ދޯ..

  71
  1
 11. ފިތިފަ ތިބިވެރިން

  އަޅެ ކެރެންޏާ އިންޑިއާ އަށް ގޮސް އެގައުމުގެ ރައްއިތުން ކުރިމަތީ ގެރިމަސް ކައިބަލަ.. އޭރުން އެންގޭނެ ވާގޮތް ފުރާނާ ނެތް މަސްގަނޑު ކަންނޭގެ ގައުމުން ބޭރުކުރަން ޖެހޭނީ . އެގައުމެއްގަ ހެދިފަ ހުންނަ ޤާނޫނު ޤަވައިދު ތަކައް ބޯލަންބަން ނޭގޭ މީހުން އެގައުމު ތަކައް ނުދިޔައީމަ ވީނުން. މި ރާއްޖޭގަ އިހުޒަމާނުގަ ރައްއިތުން އުޅުނީ ޓްއަރިޒަމް އިން ލިބޭ ފައިސާ އަކުން ނޫން. ދޮންކުއްޖަކު ބަސްނޭހީމަ ހައްޔަރު ކުރީމަ ޕޮލިހުން ގޯސް ވީ . ޕޮލިސް އަށް ބުނެލަން އޮތީ ރޯ އޮރިޔާމާ މިގައުމުގެ މަގުމަތީ ބަޔަކު އުޅުނަސް އަޅާވެސް ލާނެކަމެއް ނެތް .

  58
  3
 12. އިބޫ ހުޅުމާލެ

  މީ ސީދާ ރާވައިގެން ހިންގާ ޖަރީމާއެއް، ތިފަދަ މީހަކު ކީއްވެބާ ގެސްޓު ހައުސްއަކަށް ދާންވީ؟؟ ހުސް ސުވާލު

  71
 13. ރައްޔިތުން

  ފުޓް ބޯޅަ ކުޅެނި ކޮއް ދަނޑަށް ބިކިނީ ގަ އެެރި މީހާ ވެސް ހައްޔަރު ކުރީ ފިރިހެން ފުލުހުން. ކުއްވެރި ވީ ކުއް ކުރި އިންހެން މީހާ. ފުލުސްމީހާ އެއް ނޫން. އެގައުމެކުން ވެސް އެމީހުން ގެ ގާނޫނު އައް ތަބާވެ. މިގައުމުގަ ލާދީނީ ކަމެއް ވިއްޔަ ކުއްވެރި ވަނީ ކުއް ހުއްޓުވާ މީހުން

  45
 14. މަހޭޝް

  ރާއްޖޭގެ ރައްޔިތުން އަޅެއް ލަދެއްނުގަނޭތަ. ރާއްޖޭގެ ރައްޔިތުންނަށް އަޅެ އެއްޗެއް ވިސްނޭތަ.

  35
 15. ޒަނާޝި

  ("އަޅުގަނޑަށް ޔަގީން ޓޫރިޒަމް މިނިސްޓަރު (އަލީ ވަހީދު) އަދި ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ދައުވަތު ދޭނެ ސެސިލިއާ ރާއްޖެ އަންނަން. މާފުއްޓަށް އެނބުރި އަންނަން،" އިނގިރޭސި ބަހުން ނަޝީދު ވިދާޅުވިއެވެ.) ގައިމު ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު ބޭނުމެއް ނުވޭ އޭނަ ދެވަނަ ފަހަރަށް ރާއްޖެ އަންނާކަށް. ޤައުމުގައި ހެދިފައި ހުންނަ ޤާނޫނުތަކާއި ރާޢްޖޭގެ ސަޤާފަތަށް އިޙްތިރާމްކުރާ ބަޔަކު އަންނަޖެހޭނީ. މަޖިލީހުން ހަދާ ޤާނޫނުތަކަށް މަޖިލީހުގަ ތިއްބަވާ ބޭފުޅުން ފާޑުވިދާޅުވުމަކީ އަންތަރީސް ވާންޖެހޭވަރުގެ ކަމެއް.

  35
 16. Anonymous

  މަޖްލިހަކީ ކީއްކުރާތަނެއްކަން އެނގޭ ފެންވަރުގެ މީހުން މަޖްލީހުގެ މެންބަރުކަމަށާއި ރައީސް ކަމަށް ލާންވީނު. މިހާރު މިއިންނެވި ބޭފުޅާއަށް ހީވަނީ އޭނައަކީބޯވައެއް ކަމަށް. އޭގެ ފައިތައް ނުފޯރާ ތަނެއްނެތް. 3 ބާރު ވަކިވެފައިވާ ފުރިހަމަ ޑިމޮމްރަސީގެ ސިފައެއް މިގައުމުގައި ނެތް. މިއީ، ކޮމިއުނިސްޓް ތަނަކާ ވައްތަރީ. ޗައިނާ މީހުނަށް މަލާމަތް ކުރީ ޑިމޮކްރަސީ ނެތިގެން. އެކަމަކު، ޑިމޮކްރަސީގެ އުސޫލުން ހިންގާ ގައުމެއްގެ ގޮތުގައި ހެދި ގާނޫނު އަސާސީއާ ހިލާފަ ހިންގާ އަށްޓަމަހެއް މަޖްލީހަކީ މިހާރު.

  47
  1
 17. އަހުމަދު

  ތިފަދަ މުއައްސަސާތަކުގަ ތިފަދަ ޒިންމާދާރު މަގާމުތަކުގަ މަސައްކަތްކުރާ މީހުން އެހެން ގައުމުތަކަށް ޒިޔާރަތްކޮށް އެގައުމުތަކުގެ ގާނޫނުތަކާ އާދަކާދަތައް ފޫވައްޓާލަނިވި ޢަމަލުތައް ހިންގުމަކީ އޭނާގެ ގައުމަށާ އޭނާ މަސައްކަތްކުރާ ދާއިރާއަށާއި އިދާރާއަށް އަދި ރައްޔިތުންނަށް ދެވުނު ހުތުރުކަން ބޮޑު ލަދުވެތި ކަމެއް. އޭނާ މަސައްކަތްކުރާ އިދާރާއިން ޑިސިޕްލިނަރީ ފިޔަވަޅުއަޅައި މަޤާމުން ވަކިކޮށް އޭނާގެ މައްޗަށް ދައުވާ އުފުލަން ޖެހޭނެ.

  29
 18. Anonymous

  ބަރަހަނާގައި މީހުން އުޅުން އެންމެ ރަނގަޅުކަމަށް ޤާނޫނަކުން ކަނޑައަޅާ ފުރަތަމަ. ދެން އެއާ ޖެހިގެން ހަދަންޖެހޭނީ ބަރަހަނާގައި އުޅޭ ފަތުރުވެރިން ހިމާޔަތްކުރާ ގާނޫނު. މީގައި ލިޔެފައި އޮންނަންވާނެ، ބަރަހަނާ ފަތުރުވެރިއަކަށް ދިމާވާ ކޮންމެ ކަމެއްގައި އެމީހާގެ ކިބައިން މަޢާފަށް އެދޭނީ ރައްޔިތުންތުންގެ މަޖްލީހުންނޭ. މިނޫން ގޮތަކަށް މަޖްލީހުގެ އިހްތިސާސްގެ ތެރޭގައިވާކަމެއް ކަމަކަށް ތި މަޢާފަށް އެދުން ނުހެދޭނެ. ތިއުޅެނީ ދަލުބޭރުން ޖެހިގެން އުޅޭ ރާބުޅާ ގަނޑެއްހެން.

  33
 19. Anonymous

  ކީއްވެބާ ބޭފުޅާ ނުލިޔުނީ، ސިސީލިއާ ބޭނުންގޮތަކަށް ހެދުން ލައިގެން ނުވަތަ ނުލައިވެސް މާފުށީގައި ރޯމް ކުރަންވީއޭ.

  30
 20. ސަޓޯ

  ނަޝީދު ކަލޭ ދެން ވީނު ގޮސް ތި ސިސިލިސިޔާ އަކާ އިންނަން... ބޮޑު ކަމެއްނު ކަލެޔާ ހެދި.. އޭނަޔޭ ދިވެހިން ކިބައިން މާފައް އެދެން ޖެހޭނީ...

  27
 21. Anonymous

  ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ 3 ބާރުގެ ތެރޭގައި ހިމެނޭ ގާނޫނު ހަދާ ބާރުގެ ޢަމަލުތައް ހުރިގޮތުން، ގައުމުގެ އާދަކާދައާއި ޘަގާފަތާއި، ޤާނޫނުތަކާއި އެގާނޫނު ތަކުގެ ދަށުން ހަދާފައިވާ ޤަވާއިދު ތަކަކީ ބޭކާރު ތާކުންތާކުނުޖެހޭ އެއްޗެހިކަން އެނގޭ. އަމުދުން. ގައުމުގެ ޝަރަފާ މިނިވަންކަމާ މުސްތަޤިލްކަމާއި އިޖްތިމާއީ ފޭރާން ހަލާކުކުރާކަން ދޭހަވާފަދަ އަމަލު މަޖްލީހުން މިހިންގަނީ. ސްޕްރީމް ކޯޓަކީ މަޖްލީހަށް ފާރަވެރިވާ ތަން. އެތަނުގެ ތިބި މީހުންތިބީ ނިދާފަތަ!! ޤާނޫނުތައް މުގުރާ މީހުންގެ ހިމާޔަތުގައި އެގާނޫނުތައް ހެދި މަޖްލިސް މިތެދުވީ.. ދެން މަޖްލިސް އުވާލަންވީނު.

  12
 22. އިބޫ

  ކޮންމެހެން ނުޖެހޭ މާފަށް އެދޭކަށް ނުޖެހޭ.

  21
  1
 23. ވަތުކިބަ

  ހައްޔަރުކުރީހަމަރަގަޅަށް މާފައްއެދޭކައްނުޖެހޭ އަންނިއުޅޭހިއްވާ ގޮތްއެޔަކީ ސާބަސްޕޮލިސް

  25
  1
 24. މެކް

  މި ނަސީދު ކަލޭގެ މީ މިގައުމައް ހުރި ވބާއެއް

  28
  1
 25. ާއަހުމަދު

  ދިވެހިން މާފުށިމީހުންބޭނުންތަ އެކަހަލުގެ މީހުން ރާއްޖެއަންނަން

  19
 26. އަސީ

  ގައިގެކުލަ ދޮންވީމަ ގާނޫނުތަކާއި ގަވާއިތަކައް އުޅެންނުޖެހޭގައުމު ކޮންގައު؟ ދިވެހިގައުމު

  15
 27. ޟދ

  މާފު އެދޭކަށް ނުޖިހޭނެ ކުޑަ ކުދިންނާ އާއިލާ މީހުންގެ ކުރިމަތީ އޮރިޔާމުން ދުވާކަށްނުޖިހޭ މަޖިލިސް މެމްބަރުންނާއެކީ ރިސޯޓެއްގައި ނަމަ އޯކޭ މަށެއް ނުބުނީމުސް އެކައްޗެއްވެސް

  16
 28. ފޮރިން

  މިއީ ފޮރިން މިނިސްޓަރ ތޯ ... ބާރުތައް ވަކިވެފައި އޮތް ތަނެއްގައި މިވަނީ ކިިހިނެއްތަ ޕައްލަނބެއަށް ރަސްކަން ލިބުނީމާ ވީހެން މިވަނީ ގޮނޑީގެ ހައިބަތާ އުސްކަން ނޭގި ގޮނޑިއަށް އެރުނީމާ ވާގޮތް ،،،، ކިޔޭ ނުކިޔޭ ނޭގެނީ ހެދޭ ނެހެދޭ ނޭގެނީ ވާނުވާ ނޭގެނީ ... ދެން ކޮންކަމެއްބާ އިނގޭނީ

  11
  • މުހައްމަދު

   އިސްލާމްދީނާ ޚިލާފްކަންކަން.

 29. ވަޒީރެއާލާ

  ކޮބައިތޯ މިގައުމުގައި ދުނިޔޭގައި ތިބި އެންމެބޮޑު އިލްމުވެރިން ކަމުގައި އަމިއްލައަށް ހެދިގެންއުޅޭ އިލްޔާސާއި އިޔާޒް. މީންމީހަކު މިކަމާ އެއްވެސް އެއްޗެއް ނުބުނަނީ ހަމަ ތިމާމެން ގެނާ ސަރުކާރަކަށްވާތީތޯ؟ އިސްލާމް ދީނާ ޚިލާފަށް، ރާއްޖޭގެ ގާނޫނާ ޚިލާފަށް މިރާއްޖޭގައި ކާފަރަކު އުޅެމުންދާތީ އެކަން ހުއްޓުވި މީހުން މިވީ އެންމެނުބައި މީހުނަށް. އެކަން ހުއްޓުވުނީތީ ދިވެހިރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ހިތާމަ ކުރައްވާ އެކާފަރު މީހާގެ ފަރާތުން އެއެދުނީ މައާފަށް. މަޖިލީހުގެ ރައީސްގެ ނަޒަރުގައި އެކާފަރު މީއަށްވުރެ ދިވެހިން މާނިކަމެތި.

  12
 30. ބަޒުރާ

  އެއީ އާދައިގެ މީހެއް ނޫންކަން މާރަނގަޅަށްވެސް އެނގިއްޖެ. ރިސޯޓަކަށް ދެވޭފެންވަރަށް އަތުގައި ލާރިހުރި މީހެއްނޫން. އަދަބެއް އަޚުލާގެއް ހުރި މީހެއްނޫން. ޤާނޫނުތަކަށް ބޯލަނބަން ދަންނަ މީހެއްނޫން. ޖާހިލެއް.

  22
  • ޑަރޭ

   އެއީ އަންނި މެން ރާވައިގެން ވަކި މަގު ސަދެއްގަ ރާއްޖެ ގެނެ ސްގެން އުޅޭ މީހެއް.

   10
 31. ސައްފަތު

  ޑޮލަރުދެންޏާ ހެޔޮދޯ އޮރިޔާމުން އުޅުނަސް. ތިހާވަރަށް ނިކަމެތިވެގަންނާކަށް ނުވާނެ. މީ އަހަރުމެންގެ ގައުމު. މިތަނަށް އައިސް އުޅެންވާނީ މިތަނުގަ ހެދިފަ އޮންނަ ޤާނޫނުތަކާ އެއްގޮތަށް. އެއާ ޚިލާފުވީމަ ހަމަމަގަށް އަޅުވަންޖެހޭނެ. މާފަށް އެދެންޖެހޭނީ އެމީހުން. މަޖިލީހުން މާފަށް އެދުނީއޭ ބުނީމަ މި ހިތަށްއަރަނީ އެތަނުގަ އިންނަނީ ވަހުތާނެއްބާވައޭ!

 32. މީހާ

  ރާއްޖޭގައި އޮތް އިންސާނީ މިނިވަންކަން ނަގާލަން އަރާތިބި ޖާހިލު ޖައްބާރުން ބުނާހާ ގޮތެއް ހަދަން ޖެހޭތަ؟

 33. Anonymous

  އަންހެނަކު އަތްލުމާ ފިރިހެނަކު އަތްލުމާ ތަފާތަކީ ކޮބާ?ނުރައްކާތެރި ހާލަތްތަކުގަ ފެނެ ފިރިހެނުން އަންހެނުން އުރާގެން އުޅޭތަންވެސް.މިހާރު އަންނި ހުއްދަ އެކުރީ އޮރިޔާމުން އުޅުން

 34. ބަރުގޮނު

  ޣައިރު މުސްލިމެއް ގެ ކިބައިން ދިވެހިރާއްޖޭގެ ރަޢިއްޔިތުންގެ މަޖްލިހުން މަޢާފަށް އެދުމަކީ ވަރަށް ދެރަ ކަމެއް. އެވަގުތުގެ ޙާލަތު ހުރިގޮތުން ފިރިހެން ޕޮލިހުން އުޅެން ޖެހުނީ ރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތާ އާދަކާދައަށް ޙުރުމަތްތެރިކޮށް ހިތްތެވުމުގެ ގޮތުން. މިކަމުގައި މަޖްލިސުން މަޢާފަށް އެދުމުން އެއީ އިސްލާމީ ޝަޚުޞިއްޔަތަށާ އަޚްލާޤީ ހަމަތަކަށް ކުރެވުނު މަލާމާތެއް. އެހެންކަމުން ދިވެހި ރަޢިއްޔަތުން ކިބައިންވެސް މަޖްލިސް މަޢާފަށް އެދެންޖެހޭ. އިގިރޭސި އަންހެނަކަށް ދިމާވި ކަމެއް ވީމާ ނަޝީދު ލަދުގަތީ.

  8
  1
 35. ކަނަމަނަ

  މީމަޖިލިހުން މައާފައްވުރެބޮޑައް ފައިބުޑައްވެއްޓި ރޯވަރުވެސްކަމެއް، މީވާގައުމެއް

  5
  1
 36. ޝޭޚްރުޝްދީ

  އިނގިރޭސިވިލާތުގެ ޤާނޫނެއްނޫން އެހެން ޤަވްމުތަކުގަ އޮންނާނީ. އޮރިޔާމުން ނޫޅެވޭ ތަންތަން ބަލަންޖެހޭ ތި ސިސިލިޔާއެއް.

 37. މޯދީ

  ކުށެއްގެ އިސްލާހު. އަންހެން ފަތުރުވެރިޔާ ހައްޔަރުކުރި ގޮތުން ބޮޑުވަޒީރުގެ އޮފީހުން މާފަށް އެދެފި!

 38. ޖަޒީރާ

  އޭނަ ހެދުންނައަޅާ އުޅުނީމަ ވެސް މުސްލިމްގައުމެއްގަ ތިބި މުސްލިމްރައްޔިތުން މާފައެދެން ވީ ވޯޓްދޭއިރު ވިސްނަން ވީ ދެ ވޭ ވޯޓަކުން ޖެހިދާނެ ކަމައް ބެންކޮކްގަހުރި އަލަނާސި ވިއްކާ ގެއަކު އުޅުނުކުއްޖަކު ރާއްޖޭގަ ޗިޗަންޑާ ވިއްކަން އުޅެނިކޮއް މާފައްއެދެން ޖެހިދާނެކަމަތް

 39. ރާއްޖެތެރެ

  މި ނަސީދޭ ކިއުނު މީހާގެ ކިބައިން ސަލާމަތްވާން ރައްޔިތުން ހޭއަރާކަށް ނުވޭތަ އަދިވެސް. އެމް.ވީ ކްރައިސިސް އޭ ކިޔުނު ސޯސަލްމީޑިއާ ގްރޫޕްގަވެސް ނަސީދު ޕްރޮމޯޓް ކުރާއިރު ހީވަނި އެހެންފަދަ ކަމެއްހެން! އޭނާ މުޅިގައުމި ބައިބައިކޮށް މުޅިގައުމުގަ ހުޅުޖެހި ވާހަކަވެސް ލިޔެބަލަ! ޕްރައިމަރީގަވެސް އެއްޗެހިތަށް އަންދާފަ މިބުނަނި ޖޯސުގަޔޯ! ދިވެހިންނަށް ހެޔޮވިސްނުން ދެއްވާށި.

 40. ބިފާސާ

  އާދައިގެ މީހެއް ނޫންނަމަ ކީއްކުރަން އާންމުން ދިރިއުޅޭ މާފުށްޓައް ދިޔައީ ރިސޯޓަކަށް ދިޔަނަމަ ނޫޑް ބިކިނި ޕިކިނީ ޕާޓީ ބާއްވަން

 41. ބުރިޓޯ

  މީމާފަށް އެދެންޖެހޭ ޒާތުގެ ކަމެއްނޫން.މިފަދަ މީހުންނަށް ކަންކުރަން ޖެހޭގޮތަށް ފުލުހުން ކަންތަށް ކޮށްފަ އެވަނީ.އޭނަ ކިބައިން މާފަށް އެދުމުގެ ބަދަލުގައި މާރަގަޅުވާނެ ފުލުހުންނަށް ތަޢުރީފް ކޮށްފަ ހިއްވަރު ދިނުންވެސް.

 42. ބޯހަލާކު

  މީނަ ޕޮލިހުނާދިމާލައް އަވަގުރާނަ ގޮވީމަ މީނަ ނުޖެހޭދޯ މާފައް އެދޭކަށް....ކުށްވެރި ވަންޏާ ހަމައެކަނި ޕޮލިހުންތަ ކުށްވެރިވާން ވާން ވީ...މީނަވެސަ ކުށްވެރިވާން ޖެހޭނެދޯ...މިދެން ބޮޑުކަމެއް.....ހަމަ ބޯހަލާކު...

 43. ކޮރަލް

  މަޖްލިސް އަންނި ގެ އަޅުވެތި ކަމުގެ ދަށުގަ އެވެ.

 44. ސޮއްބެ

  މި ނަޝީދު އެތާ އިނދެގެން މުޅި ރާއްޖެ ހަލާކުކުރަނީޔޭ...

 45. ޗިޗަންޑާ ބުއްޅަ

  ތި ދުރާލާ ރާވައިން ކުރިކަމެއް އިސްލާދީނާ ދެކޮޅު އަމަލެެއް. މިތަނުގެ ދީނަކީ އިސްލާމް ދީން. ދިވެހި ދަރީންނަކީ ކާފަރު ލާދީނީ އަމަލުތަކައް ފުރުސަތު ދޭނެބައެއް ނޫން #ނޯ ލާދީނީ

 46. އިބްރާ

  ރައީސްނަޝީދަކީ ރާޢްޖޭގެ ޢާއްމު އިޖްތިމާޢީ އަޚްލާޤް ހަލާކުކޮށް ، މަގުމައްޗަށް ރައްޔިތުން ނެރެ ޙަޔާތްކެޑުވިމީހެއް. ބިކިނީގައި އާއްމު ރައްޔިތުންގެ ތެރޭގައި އުޅުމަކީ އަދިވެސް ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާކަމެއްނޫނެވެ. މި މީހާ މިގޮތަށް އުޅުނީ ފަހަރެއްގައި ނަޝީދުގެ އެދުމަކަށް ނޫންކަންވެސް ނޭނގެ. އިނގެރޭސިއަކަށްވެފައި ގާނޫނު ހެދުމުގެ މަސައްކަތުގައި އުޅޭތީ ނަޝީދު ނައްޓާފައި ދިއުމަކީ ދުރުކަމެއް.

 47. މަބޭ

  މީމިގައުމުގެ ސިޔާސީމީހުންގެ ހާލަތު ގަވާއިދުތަކާއި ގާނޫނައްވުރެ ދޮންމީހުންގެ ރުހުންހޯދުން އެންމެއިސްކަމެއްގެ ގޮތުގަމިދެކެނީ.

 48. ޓްވީޓް

  މި އަންހެނާ ކައިރިން މި ބޭފުޅާ މަންފާ އަކަށް އެދެނީ ތޯއްޗެއް. މީނާ މިވެސްދެން ކުރަނީ ފާޑެއްގެ ދީނަށް ފުރައްސާރަ ކުރުމެއް. ދުނިޔޭގެ ސަމާލުކަން ހޯދަން ބޮއްޅަބޭ މި ގައުމުގެ އަގުވައްޓާލަނީ އަމިއްލަ އެދުމާއި މަސްހޫރުކަން ހޯދަން.

 49. ހަކީމު

  ދޮންއިނގިރޭސި އަންހެނެއްނޫން، ބުރުސްލީ މަރުދޭނެ.

 50. ނަމަ

  ނަސީބެއްނު މަޖިލިހު މެންބަރުން ބިގިނީ ލައިގެން ގޮސް މާފައް ނޭދުނު ކަން

 51. ބީތާ

  މުހައްމާ ކަލޯ އާއި އަޅާކިޔާއިރު ތިޔައީ އާދައިގެ މީހެއް.. ޓްރެވަލް ބްލޮގާ އެކޯ އެކަމު 100 ފޮލޯވަރުން ކިރިޔާ ހަމަވަނީ...ވަގުތަށް އާދަޔާ ޚިލާފު މިވާގޮތެއް ނޭނގުނު!!!

 52. ޙގ

  އަންނި އިސްތިއުފާ، މަސްތުވެގެން ބިކިނީގަ ޔޫކަގަ ވެސް ނުއުޅެވޭ!!! މި ގައުމްގަ ވެސްް ނުއުޅެވޭނެ

 53. އެސޮރު

  ބަލަ ނަސީދާ ތިޔަކީކުރަން މީހުން ދިރިއުޅޭ ރަށްރަށުގަ ގެސްޓު ހައުސްތައް އަޅަން ހުއްދަދީނީކީ...ބޯގޯސް. ގަމާރު ، އިސްތިއުފާދީފަ މިގައުމުން ބޭރުވާސޭ.

 54. މިނިވަންހިޔާލް

  ތިކަމުންމިއިނގެނީ ކުރިޔައް ރާވައިގެން ކުރިކަމެއްކަމައް އެހެނީ ބުއްޓޫ ވިދާޅުވީ މައާފައް އެދޭނީ ކުއްވެރިންނޭ މީވަރަށްސާފު މާނައެއް އެކުލެވިގެންވާ ބަސްކޮޅެއް އެހެންނޫނީ ގޭގައި ތިބިބަޔަކު ކުއްލިޔަކައް މައާފައް އެދޭތަ މިޔޮއްރާއްޖެއެއްތާދޯ