އިޒްރޭލްގެ ނުބައި ނުލަފާ މީހުންނާއި އަތޮޅުތަކުގެ މީހުންނާއި އެއްވަރު ކުރުމަކީ ލަދުވެތިވާ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޔައުގޫބް މިހެން ވިދާޅުވީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެެއިން ޝަހީމް (އަނދުން ހުސެއިން) ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، މާލޭގެ ރައްޔިތުންނަށް ފްލެޓެއް ނުވަތަ ބިންކޮޅެއް ނުލިބޭ ކަމަށާ، މާލޭގެ ރައްޔިތުން އެޅެމުން އަންނަނީ ފަލަސްޠީނު ރައްޔިތުން އުޅެމުންދާ ގޮތަށްކަމަށް ސިފަ ކުރައްވާ ދެއްކެވި ވާހަކަ އާއި ގުޅިގެންނެވެ.

ޔައުގޫބް ވިދާޅުވީ، އެ ވާހަކަތަކާއި މެދު ކަންބޮޑުވެ ދެރަވެވަޑައިގަންނަވާ ކަމަށެވެ.

ޔައުގޫބް ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ކަަށަވަރު ކުރަން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެހެންނަމަވެސް އަތޮޅުތަކުގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުންނާއި ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށް ޔައުގޫބު ވިދާޅުވިއެވެ.

"އިޒްރޭލްގެ ނުބައި ނުލަފާ މީހުންނާއި އެއް ހަމަޔަކުން މި ރާއްޖޭގެ ރާއްޖެތެރޭ މީހުންނާ މިނެކިރީތީވެ އެކަމާ ލަދުވެތިވެ، ކަންބޮޑުވެ ދެރަވޭ. އަޅުގަނޑު ވެސް ގަބޫލުކުރަން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ކަަށަވަރު ކުރަން ޖެހޭކަން، އެކަމަކު ތަފާތު ކުރުން ނައްތާލަން ޖެހޭ." ޔައުގޫބް ވިދާޅުވިއެވެ.

 

ޔައުގޫބްގެ އިތުރުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވެސް ވަނީ އަނދުން ހުސައިންގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

"އެގޮތް މަޖުބޫޫރު ކުރުވުމުން. މިއަދު އެސިޔާސަތުތަކުގެ ގެއްލުން މާލޭގެ ރައްޔިތުންނަށާއި ދިވެހި އެންމެހާރައްޔިތުންނަށް ފޯރަމުންދާއިރު، މާލެއަށް ހިޖުރަކުރަން މަޖުބޫރުކުރުވި ރައްޔިތުންނަކީ އިޒްރޭލުގެ މީހުން ކަމުގައި ސިފަވާގޮތަށް ވާހަކަފުޅު ދެއްކެވުމީ ހިތާމަހުރި ކަމެއް." ޔާސިރު ވިދާޅުވިއެވެ.

ޔާސިރު ވިދާޅުވީ، 1911 ވަނަ އަަހަރު ފުރަ މާލޭގެ އާބާދީއަކީ 5236 މީހުން ކަމަށާ މާލެއަށް މީހުން ހިޖުރަކުރަން މަޖުބޫރު ކުރުވީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ބަދަލުވެ އައި ވެރިންތަކުގައި ސީދާ އެމަޤުސަދުގައި ސިޔާސާތުތަކަށް ގެެނެވުނު ބަަދަލުތަކުގެ ސަބަބުން ކަމަށެވެ.

މާލޭގެ ރައްޔިތުންނާއި އަތޮޅު ތެރޭގެ ރައްޔިތުންނާއި ތަފާތު ނުކުރުމަކީ ސަރުކާރުގެ ވައުދެކެވެ.

އެހެންނަމަވެސް ސަރުކާރު ހިންގާ ޕާޓީގެ ބައެއް މެމްބަރުން މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ރައްޔިތުންނާއި މެދު ދައްކާ ވާހަަކަތަކުން އާއްމުންގެ ނުރުހުމާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ާައަހުމަދު

  ހުޅުމާލެވެސް ހިއްކީ މާލޭގެ ގެދޮރުނެތް މީހުންނަ ގެދޮރުދޭން ، ބަލާބަލަ މާލޭގެ ރައްޔަތުންގެ ކިތަށް ޕަސެންޓްތޯ އެތަނުން ގެދޮރުލިބުނީ.

  5
  4
 2. ދ

  ސުވައިދީބު ސަރުކާރެއް ހަދާ ދެކުނުގެ ހަތަރު އަތޮޅު ވަކިވާން މަސަޢްކަތް ކުރުމުން ހަވަރުތިނަދޫ އަށް މާލޭގެ ކަމުވޮށި ވެގެންވާ އެންމެން ގޮސް ހުރިހާ ގެއެއް ޕެޓްރޯލު އަޅާ ރޯކޮށް ހުރިހާ ފިރިހެނުން ގެނެސް ޖަލަށް ލާ އަބިން ތަކާ މާލޭގެ ސިފއިން އިދެ ބާކީތިބި އަންހެނުން އުތުރުގެ ރަށްތަކަށް އަރުވާލާ އެތަށްބަކު މަރުވި! ތިނަދޫ ފަޅުކޮށް ފަސް އަހަރު އޮތް! ފިރިހެނުން ނަށް ހުޅުލޭން ގޯތި ދީ އެތަނުގައި ގަދަކަމުން ވަޒަން ވެރިކުރުވި! ޢެމީހުން މާލެއަށް ބަދަލުކުރުވި!މިވީކީއް! ޜައްޔިތުންގެ މަންދޫބުން ތަސައްރަފު ފުދެންޖެހޭ!

 3. ވާވާ

  އަނދުން ހުސޭނުގެ ފުރަތަމަ އަނބި ގޮއްޔެއަކީވެސް އެބުނާ ރާއްޖެތެރޭގެ މީހެއް ވެދާނެ އެހެންވީމަ ކަމަށް ރާއްޖެތެރެ މީހުން ދެކެ މިކަލޭގެ މިހާ ރުޅި މިއަންނަނީ މިހާރު މާލޭގެ ދޮން ގޮއްޔެއަކާއި ކައިވެނި ކޮށްގެން އުޅޭތީވެ

  9
  1
 4. Anonymous

  މާލޭގެ ރައްޔިތުންނާއި އަތޮޅު ތެރޭގެ ރައްޔިތުންނާއި ތަފާތު ނުކުރުމަކީ ސަރުކާރުގެ ވައުދެކެވެ.
  އެކަމަކު އެމްޑިޕީގެ މެޖޯރިޓީ ލީޑަރު ބުނީ ރާއްޖެ ތެރޭ މީހުން އެއީ އިޒުރޭލް މީހުންނޯ. އެޖެންޑާ 19