ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ، ރައްޔިތުންގެ މަޖިލިހުގެ ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޣައްސާން މައުމޫން މާފުށީ ޖަލަށް މިއަދު ވަޑައިގެންފިއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ޣައްސާން މައުމޫން މާފުށީ ޖަލަށް ވަޑައިގެންނެވީ އާއިލީ ބައްދަލުވުމަކަށެވެ.

ޣައްސާން، ޔާމީންއާ ޖަލުގައި ބައްދަލު ކުރެއްވި އިރު، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓެރަރިޒަމްގެ ތުހުމަތުގައި ޖަލުގައި އޮންނެވި އިރު، އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް އެކި ފަހަރު މަތިން ޣައްސާން މާފުއްޓަށް ވަޑައިގެންނެވިއެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އެ ހުކުމާ ގުޅިގެން ޔާމީން އަދިވެސް ހުކުމް ތަންފީޒު ކުރައްވަނީ މާފުށީ ޖަލުގައި ހާއްސަ ޔުނިޓެއްގައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު، އެ ހުކުމް އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމަށް ފަހު އިސްތިއުނާފް މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން ހައި ކޯޓުގައި އެދުނެވެ.

އެކަމަކު، ހައި ކޯޓުން ދާދި ފަހުން ނިންމީ ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ކަފާލާތުގެ ދަށުން ބަންދުން މިނިވަން ނުކުރެވޭނެ ކަމަށާއި އަދި އެމަނިކުފާނުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެވެން ވެސް ނެތް ކަމަށެވެ.

ޔާމީންގެ ސިއްހީ މައްސަލަތަކެއް ހުރި ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަމަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދަވަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޔާމީން ވަނީ ކުރިން ވަނީ ވިދާޅުވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޒާތީހަސަދަ

    ސާބަހޭ. ސާބަހޭ. ސާބަހޭ އިންސާނުންނަކީ ވެރިކަމާ، އާރާއި ބާރު ހޯދުމަށް ހަމަ ކޮންމެފަދަ ކަމެއްވެސް ކޮށްފާނޭ ބަޔަކެވެ. ތިމާގެ އަމިއްލަ ބައްޕަ ތިޔަ ގޮޅިއަށް ލާފަ 9 މަސްވަންދެން ބެހެއްޓި އިރު މި ކަލޭގެ އަށް ބައްޕަ ކައިރިއަށް ނުދެވުނެވެ. ނަމަވެސް ބައްޕަ ޖަލަށް ލީ އަނިޔާވެރިޔާ ބޮޑުބޭބެ ކައިރިއަށް ދެވިއްޖެއެވެ. ސަހަރޯއެވެ.

    28
    135
    • ގަރުމީނާ

      ފައިދާވާ ކޮޅަކަށެއްނުން ދާނީ އެއީ ދިވެހިންގެ އާދައެއްނުން،

      11
      21
    • ދޮޅު ރޯނާ

      ޣައްސާން، ޔާމީންއާ ޖަލުގައި ބައްދަލު ކުރެއްވި އިރު، އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓެރަރިޒަމްގެ ތުހުމަތުގައި ޖަލުގައި އޮންނެވި އިރު، އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް އެކި ފަހަރު މަތިން ޣައްސާން މާފުއްޓަށް ވަޑައިގެންނެވިއެވެ.

      25
      2
    • މީހާ

      ކަލޭ ކަނުތަ. ބައްޕަ ކައިރިއަށް ވަރަށް ގިނައިން ދާ ކަމަށް އެއޮތީ ބުނެފަ ގަމާރު

      39
      1
    • ނާހަމަތެދެއްތަ

      ގައިމު ދިޔަ ވާހަކަ މިނޫސްތަކުގައި ލިޔެފައި ހުރި. އަނެއްކާ ނޫސްވެރިން ދޮގުވާހަކަ ފެތުރީތަ؟

      20
    • އަދި އެތަން ފެންނާނެ

      މައިން ބަފައިންނަށް އިހާނެތިކޮށް ހިތުމުގެ ހިތި ނަތީޖާ އަދި ފެންނާނެކަން ޔަޤީނެވެ.

      7
      24
    • ނޭފަރީ

      ޒާތީ ހަސަދަ ތިޔަ ފިލުވަނީ މިލިޔުން ކިޔާފައެއްވެސް ނޫންތާ؟ ސުރުޚީ ބަލާލާފާ ކޮމެންޓް ލިޔުނީމާ މަލާމާތްލިބޭނީ. މިލިޔުމުގައި އެބައޮތް ބައްޕައާ ބައްދަލުކުރަން ޖަލަށްދިޔަ ވާހަކަ.

      26
      1
    • Anonymous

      ”އޭނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޓެރަރިޒަމްގެ ތުހުމަތުގައި ޖަލުގައި އޮންނެވި އިރު، އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް އެކި ފަހަރު މަތިން ޣައްސާން މާފުއްޓަށް ވަޑައިގެންނެވިއެވެ.“
      އަޅެ ފޫކޮޅުންތައް ތި ކީ؟

      21
      2
    • ސަމްސިއްޔާ

      ދަރިންވެސް ބައްޕާއާއި މެދު ހިތް ނުބައިވެދާނެދޯ.

      16
      1
    • ޢަލިބެ

      ޣައްސާންގެ ބައްޕަ މައުމޫނާ ބައްދަލުކުރަން ކިތައްފަހަރު ޖަލަށް ވަޑައިގެންކަން ނޭނގޭޙާލުގައި ކޮމެންޓް ނުކޮށް ހުރިއްޔާ މާރަނގަޅުވީސް.

      33
    • Anonymous

      ބައްޕަ ހެއްދެވީ ގޯ ސް، ޔާމީން ހެއްދެވީ ރަނގަޅަށް، އެއީ ތަފާތަކީ

      32
      2
    • ހެހެހެ

      ޒާތީހަސަދަ ކަލޭގެ މިޚަބަރު އެއްކޮށް ކިޔާލިނަމަ ތިކޮމެންޓް ނުކުރީސް، މިޚަބަރުގެ ތިންވަނަ ޕެރެގްރާފް ބަލާބަލަ ލިޔަން ކިޔަން އެގެންޏާ ކަލޯ އެގޭނެ ހަމަގަނެތް ވަގުތުކޮޅެއް ގޮސްފިކަން

      16
  2. ޅޮލީ

    ސާބަހޭދަރިޔާ

    25
    1
  3. މަންޖެ 10 ފެ

    އެއީ މިޤައުމުގެ ހަލާކު އަދިވެސް ޖަލަށް ލާންވީ ސާބަހޭ ޢައްސާން

    19
  4. މުބީނު މާރނީ

    ޑޮކްޓަރ ކަން ކިޔަވަން އިންގްލަންޑް ގައި ހުރިއިރު މީނާއަށް ދިމާވި ކަމަކުން މުޅިރާއްޖޭގެ ބޭތުލް މާލު ފޮނުވައިގެން މީނާ ސަލާމަތް ކުރީ މައުމޫނެވެ. ޑޮކްޓަރ ކަމުގެ ފާސް ނުދޭ ވަރުގެ ކަމެއް އިންގްލަންޑް ގައި ވެގެން މީނާ ރާއްޖެ އައީ ޑޮކްޓަރ ކަން ނުނިން މައެވެ.

    27
  5. ޙާލުގެ ދުލުން

    އަމިއްލަ ބައްޕަ ކައިރިއަށްވެސް ދާންވީމާ ދާނެ.ޒާތީހަސަދަވިޔަސް ތިވަރުބޮޑު.

    25
    1
  6. ބޮކި

    ހަމަ ރަގަޅަށް ޒާތީހަސަދަ ތިބުނީ....

    22
  7. ބުރިޓޯ

    ލިޔެފަ އޮއްނަ އެއޗެއް ފަހުމް ނުވަނޏާ ކޮމެންޓް ނުކުރަން ވީނުން.އަދި އެއްފަހަރު ރަގަޅަށް ޚަބަރު ކިޔާލާ އެއިރުން ރަގަޅުވާނެ.

    22
  8. ޡާރާ

    ޚަބަރު ނުކިޔާވެސްކޮމެންޓްކުރެވޭތޯބަލާތި.

    21
  9. ކަމަނަ

    މިލިޔުން ރަގަޅަށް ކިޔާލާފަ ކޮމެންޓް ކުރި ނަމަދޯ

    19
    • ތުމްސޭ

      އަދްލުވެސް. ޚަބަރެެް ފެންނައިރަށް ކެކިފަ

      18
  10. ހާލުގެދުލުން

    ޒާތީ ހަސަދަވިޔަސް ތިވަރު ފުކެއްބޮޑު

    12
  11. މުޙައްމަދު

    މަށަށް ހީވަނީ ޒާތީހަސަދައިގެ ނަމުގައި ކޮމެންޓްކޮށްފަ މިހިރަފެންނަ ކަލޭގެއަކީ، ނުކުޅެދުން ތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތް ލިބޭ މީހެއްހެން އެހެންނޫންނަމަ، މިޚާބަރުގެ 03 ވަނަ ޕެރެގްރާފު އެސޮރަށް ފެނުނީސްތާ.....

    12