މާލޭގެ ހެންވޭރުގެ އިމާރާތެއްގެ ހަތް ވަނަ ބުރިން ވެއްޓުނު މީހަކަށް އޭޑިކޭ ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ، ހެންވޭރުގެ ގެއެއްގެ ވައިގޮޅިން މީހަކު ވެއްޓިފައިވާ މައްސަލައެއް މިއަދު މެންދުރު 14:30 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާގައި އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވެފައި ވަނީ ބަންްލަދޭޝް ރައްޔިތަކަށް ކަމަށެވެ.

އެ މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނައިރު، އެ މީހާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި އެނގިފައެއް ނުވެެއެވެ.

އޭޑީކޭގެ އޮފިޝަލަކުވެސް ވަނީ އިމާރާތަކުން ވެއްޓުނު މީހަކުއެ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.