މާލޭގައި ދަރިފުޅު ކުރިމަތީގައި މާރާމާރީ ހިންގި ބައްޕައެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަންޒަރު ދުށް މީހަކު ބުނީ، މީގެ އިރުކޮޅެއް ކުރިން ބުރުޒު މަގުގައި ހުންނަ ޔޫއެން ބިލްޑިންގ ކައިރީގައި މި މާރާމާރީ ހިނގާފައި ވަނީ، ޖަމާލުއްދީން ސްކޫލަށް ދަރިފުޅު ބަލާ ދިޔަ ފިރިހެނަކު، އެތާ ކައިރީ ހުރި ފިހާރައެއް ކުރިމަތީ ސައިކަލު ބަހައްޓަފައި ދަރިފުޅު ބަލާ ސްކޫލަށް ގޮސް އެނބުރި އައިއިރު ސައިކަލުގައި ކޫރުމެއް އެޅިފައިވާކަަަމަށް ބުނެ ކަމަށެވެ.

"ޖަމާލުއްދީން ސްކޫލުން ނިމުނު ކުއްޖަކު ބަލާ، އޭނާގެ ބައްޕަ މި ދިޔައީ ފިހާރައެއް ކައިރީ ސައިކަލު ބަހައްޓާފައި، އޭނާ އައިއިރު ވީ ގޮތަކީ މުދާ އުފުލާ ގާޑިއަލެއް މި އިންނަނީ އެ ސައިކަލު ކައިރީގައި ބަހައްޓާފައި.. ދެން އެ ސައިކަލުގައި މި އިންނަނީ ދެ އިންޗީގެ ކޫރުމެއް އެޅިފައި. އެއްވެސް ގޮތަކަށް ނެތް އެ ސައިކަލުގައި ގާޑިޔާ ޖެހިފައިވެސް ޖައްސާފައިވެސް". މަންޒަރު ދުށް މީހަކު "ވަގުތު"އަށް ބުންޏެވެ.

އޭނާ ބުނީ، އެ މީހާ އެކަމާއި ރުޅި އައިސްގެން ގޮސް ފިހާރައިގައި އިން ބިދޭސީ މީހާއާ ޒުވާބުކޮށް އޭނާއަށް އަނިޔާ ކުރީ ކަމަށެވެ.

"އެ ކޫރުން އިނީމަ އޭނާ ތުހުމަތު ކުރަނީ ފިހާރައިގެ ބިދޭސީ މީހާއަށް އަތުން އެޅުނު އެއްޗެއްކަމަށް، އެ މީހާ ދެން ފިހާރައަށް ވަދެ މި އަހަނީ ކާކުގެ ގާޑިއަަލެއްހޭ. އަހާފައި އެ މީހުންގެ އެއްޗެއްކަމަށް ބުނުމުން، ދެން އެ މީހާ މި ބުނަނީ "ކަލޭ މި އިނީ މީގައި ކޫރުން އަޅާފައޭ". އޭނަ ބުނި މިތަންނަ އަތުން ވީކަމެއް ނޫނޭވެސް. އޭނާ އަތުން ވީކަމެއް ނޫނަސް އެކަމާއި އޭނާ މައާފަށް އެދުނު، ނަމަވެސް އެ މީހާ އަތުންނާއި ފައިން ތަޅާ އެ މީހާގެ މޫނުމަތީގައި ޖަހާ މާރާމާރީ ހިންގީ".

މާރާމާރީގައި އަނިޔާވި މީހާ - ވަގުތު އިމޭޖްސް

އެ ހުރިހާ ކަމެއް ވެގެން ދިޔައިރު، އެ މީހާގެ ދަރިފުޅު ކައިރީގައި ރޯލާ ރޯލާ ހުރިކަމަށް މަންޒަރު ދުށް މީހާ ބުންޏެެވެ. އަދި މި މާރާމާރީ ހިނގިއިރު، އެ ސަރަހައްދުގައި ސްކޫލް ނިންމާފައި ދިޔަ އެހެން ކުޑަކުދިންވެސް ތިއްބެެވެ.

އޭނާ އެ ސަރަހައްދުން ދާން އުޅުމުން އެ މީހާ ފުލުހުންނާއި ހަވާލުކޮށްފައި ވަނީ އެ ސަރަހައްދުގައި ތިބި އާއްމުންގެ ބައެކެވެ.

"އެ ސަރަހައްދުގައި ތިބި މީހުން އޭނާ ކައިރީ ބުނި، ޒުވާބު ކުރިޔަސް ނުޖައްޗޭ..ބުނީމަވެސް އޭނަ ޖެހީ

އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ސަރަހައްދުގައި ހަރަކާތްތެރެވި ފުލުހަކު ވިދާޅުވީ، އެ މައްސަލަ ޖެންޑާ މިނިސްޓްރީއަށްވެސް ހުށަހަޅާނެ ކަމަށެވެ.

އެ މައްސަލާގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލިކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޗީޗީ

    ހާދަ ފިނޑި ބަފައެއް. ބަފައިންނަށް ވެސް ހުތުރު.

    55
    2
  2. ިހހގ

    އޭނަހިތުން ވަރަށް ގަޓު ކަމެއް އެކުރީ. ދެއިންޗި ކޫރުމަކާހެދި ޖަލަށް ދާންޖެހުނީމަކަ މާރީއްޗެއްނޫން. މާދަމާ ދަރިފުޅު މީހެއްގެ މޫނު މަތި ދުއްވާ ލާނީ

    52
    2
    • ާާާޢަލީ

      ހަމައަސްލުވެސް ވިސްނާނުލާ ކުރާ ކަންތައް...

      32
  3. ފާތުން

    އެމީހާގައިގަ ޖަހާއަނިުާކުރީމަ .އެ ސައިކަލުގާ އިން ކޫރުން ފިލަނީ ކަންނޭގެ އެތްނު.ކީކުރާނީ ދޯ

    36
  4. ސިނެކް

    ބޮޑުގޮޅި ޖެހިގަމީ ސް ލާފަ ހުރިތޯ ބަލާ

    23
    2
    • ފުތު

      ދެން އެމީހާ ފެނިއްޖިޔާ ބިރުން ފިލޭނީ ހެހެ

      17
      2
  5. ހައްޕު

    ދިވެހިންގެ ބަތާކައިގެންތިބި ބަންގާޅު ފުލުހުން ބަންގާޅުންނާ ބައިވެރިވެގެން ދިވެހި ގައުމު ފަނާކޮށްލަނީ. މިހާރުން މިހާރަށް ބަންގާޅުން މިގައުުމުން ބާލާ.

    7
    39
  6. ފާތުން

    ކޮންކަހަލަ ނުބައި މީހެއްމީ. ދަރިފިޅުކުރިމަތީ ބަލާ ކުރި ގޯސްކަންތައް. ޢެކުއްޖާ ރޯލަ ރޯލާ ހުރީ. ޙެޔޮވާނެތަ.

    23
  7. ކޮތަރު

    މައްސަލަ ނިމޭއިރު ތިޔަމީހާ ހައްޔަރުކުރި ފުލުހުން ގޯސްވާނީ. މަޖިލީހުގެ ބޮޑޭ އާ އެމް.ސީ އެމީހާ ކައިރިން މަޢާފަށް އެދި އޭނާ ހައްޔަރުކުރި ފުލުހުން ސަސްޕެންޑް ކޮށް ފުލުހުންގެ މައްސަލަބަލާ ހުރިހާ ޑިޕާރޓްމަންޓްތަކުން ތިމައްސަލަ ބަލާ އެފަކީރުން (ފުުލުހުން) ގެ ޒިންދަގީ ދޮވެލާނެ މިފަހަރު.

    11
    1