ސިހުރު ހަދާ ކަމުގެ ތުހުމަތު ކުރެވުނު މީހެއް އަތުން ހުއްދަ ނޫން ފަންޑިތަ ފޮތްތަކެއް ފެނުމުން 3 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގައި އޮތް ޝަރީއަތުގެ މަޖީލީހުގައި ސިހުރު ނުވަތަ ހުއްދަ ނޫން ފަންޑިތަ ފޮތްތަކެއް ގެންގުޅެގެން ތިން އަހަރަށް ޖަލަށްލުމަށް އެ ކޯޓުން ހުކުމްކޮށްފައިވަނީ ކުޅުދުއްފުށީ، ރެޑިއަމްގެ އުމުރުން 72 އަހަރުގެ އާދަމް ގާސިމްގެ މައްޗަށެވެ.

ސިހުރު ހަދާ ކަމުގެ ތުހުމަތުގައި އާދަމް އެންމެ ފުރަތަމަ ހައްޔަރު ކުރެވުނީ 2013 ވަނަ އަހަރު ހދ. ކުރިނބީގައި ހުއްޓައެވެ. އޭނާ ކުރިނބީގައި ހުރި ގެ ފުލުހުން ބަލާ ފާސް ކުރި އިރު ސިހުރު ހަދަން ބޭނުންކުރާ ބައެއް ތަކެތި ވެސް ފެނިފައި ވެއެވެ.

އާދަމްގެ މައްޗަށް ހުކުމްކޮށްފައިވަނީ ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ 13 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ. މި މައްސަލައިގައި އާދަމް ތިން އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތުތަކަށް ޝަރީއަތުގައި އިއުތިރާފުވެފައި ވާތީއެވެ.

"ކުޅުދުއްފުށިއޮންލައިން" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި2014 ވަނަ އަަހަރުގެ ތެރޭގައި އާދަމް ވަނީ އޭނާ ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރުމަށް ކޯޓު އަމުރު ނެރުއްވި ފަނޑިޔާރާ މަގުމަތިން ދިމާކޮށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް މަރާމާރީ ހިންގަން ވެސް މަސައްކަތް ކޮށްފައެވެ. އަދި އެކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރެވުނު ކަމަށްވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ޙަސަން އަޙްމަދު ސަލީމް

    ސިހުރުހަދާ ނުލަފާ މުޖުރިމުން ލާންވީ ޖަލަކަށްވެސް ނޫން. ކުރަންވީ ރަޖަމް ނޫނީ ޖިންނި މާރިދުންނާ ހަވާލުކުރަންވީ

  2. ފާތިމާ

    ޝަރުޢީ ރުގުޔާކުރަނީއޭ ކިޔައިގެން މިއުޅޭ އެންމެންވެސް ޖަލައް ލާންވީ. ރުގުޔާއޭ ކިޔައިގެން ހަދަނީ ސިހުރު. މީހުންގެ ލާރިކޮޅު ކައްވާލައިގެން ފިލަނީ.

    • އެނގޭތަ

      ރުޤްޔާގެ ނަމުގައި ސިހްރު ހަދާމީހުން އެބައުޅޭ. އޭގެ މާނައެއްނޫން ޝަރުޢީ ރުޤްޔާ ކުރާ މީހުން ނޫޅޭކޭ.އެބަ އުޅޭ ހަމަ ރަނގަޅަ އެކަން ކުރާމީހުންވެސް.

    • ޔޫސުބު

      ޖިންނި މާރިދުންނާ ހަވާލުކުރަންވީ އޭ ބުނީމަ ހީވޭ ތީ ވެސް ސިހުރު ހަދާ މީހެކޭ

  3. ނާނު

    2013 ގަ ކެމްޕޭނުގަ ސިހުރު ބޮނޑިބަތް މަތިން ހަނދާން ވަނީ

    • ޢާދަނު

      ތި ބޮނޑިބަތް ކެއި މީހުން އަދިވެސް އެކަމުން ސަލާމަތް ނުވެގެން އެ އުޅެނީ! އެމީހުން އެމްޑީޕީގެ ހާޑްކޯ އެކްޓިވިސްޓުންނޭ ކިޔައިގެން އެ އުޅެނީ. ގިނަ މީހުން ބޯ ސަކަރާތް ވެފަ އެ ތިބެނީ

  4. ފިލި

    ސިހުރު ހުއްދަ ނޫން ފަންޑިތަ؟ މިއީ ކޯޗެއް؟ ހުއްދަ ފަންޑިތައެއްވޭތަ؟

    • އަންބިލީވަބަލް

      ހުއްދަ ފަނޑިތަ އަކީ ޝަރުޢީ ރުޤްޔާ

      • ހަކީމު

        ޝަރްޢީ ރުޤްޔާއޭ ކިޔާފަ އިތުބާރުކުރެވޭ ޢިލްމުވެރިން ބުނެފަ ހުންނަނީ ދުޢާތަކެވެ. އެމީހުންބުނަނީ އެނޫންކަންކަން ޙަރާމެވެ. އަދި މި ޢިލްމުވެރިން ބުނަނީ އެއްވެސް އުޖޫރައެއް ނުނަގާށެވެ. އަނެއްބަޔަކު ދުޢާތަކުގެ އިތުރުން ޝިރުކު ނުހިމެނޭކަންކަން ކުރުން لا بأس به އޭބުނެއެވެ. އަނެއްބަޔަކު ކުރެވޭ ކަންތަކުގެ ހަގީގަތް ނެއެގި ތިބެވެސް ކަންކަން ކުރެއެވެ. ރުޤްޔާ ޝަރްޢިއްޔާއޭ ބުނެ ފައިސާ އަތުލުމުގެ ބަދަލުގައި މިވެނި މިވެިނިހެން ދުޢާކުރަން ބުނެދިނިއްޔާ މާހެޔޮކަން ބޮޑުވާނެއެވެ.

  5. ކައުންސިލް އިދާރާ

    ރާއްޖޭގަ މިހާރު ތިކަން ކުރާ މީހުން އެންމެ ގިނައީ ށ މާއުނގޫދޫގަ ކަން ފާހަގަ ކޮއްލަން.

    • ޢަބްދުﷲ މޫސާ

      ށ އަތޮޅުގަ ތިކަން ކުރާ މީހުންވަރައް ގިނަ.
      ގޮއިދޫ. ކޮމަންޑޫ. މިލަންދޫ ފުނަދޫ. ފޭދޫ. ފީވައް. ބިލެށްފަހި. ފޯކާދޫ. މާގޫދޫ. ނޫމަރާ. ނަރުދޫ
      މީ އެކައްވެސް ސިހުރު ފަންޑިތަ ހަދާ ރައްރައް

      • އަލިފުޅު.

        އަބްދުﷲ މޫސާއަށް އެނގިލައްވާތޯ ސިހުރާއި ފަންޑިތައިގެ ތަފާތު. ސިހުރަކީ ޝައިޠާނާގެ މަދަދު ލިބިގެންނޫނީ ހެދޭއެއްޗެއް ނޫން. ސިހުރަކީ ޝިރުކު. އެއީ ކޮންމެ ސިފައެއްގާ ކުރިއަސް އެއީ ޝިރުކު. ފަންޑިތައަކީ ﷲ ގެ ބަރަކާތް ލިބިގަނެގެން ބަލިބައްޔަށް ފަރުވާކުރުމުގާ ކުރެވޭ އެންމެހައި ކަންތައް. މިއަށް ސިހުރޭ ޝިރުކޭ ކިޔަންފެށީމަ އެބަޔަކު އިސްލާމުންކަމުގައި ވާނެތޯ؟

  6. ކޮރަކަލި

    ވީމާ މި ބޭބެ 75 ވަނަ އުފަން ދުވަސް ފާހަގަ ކުރާނީ ޖަލުގައި ތާއެވެ.

  7. ފަޑުއްކަ

    70 އަހަރުން މަތީގެ "އިސް ރައްވެހިން" ނަށް ހުރި ހުތާމައެއްގެ ބޮޑު ކަމާއެވެ.

  8. އެނގޭތަ

    ތިބުނާ ފޮތަކީ ސިހުރަކުން އެމީހާގެ ގެއަށް ގެނައި ފޮތެއް ހެއްޔެވެ؟ ތިޔަ ފޮތެއް އެތެރެ ކުރި އިރު، ކަސްޓަމްސް ކޮބައި ހެއްޔެވެ؟ އެމީހާ ޕްރައިވެޓް ޖެޓެއްގައި ކުރިނބީއަށް ގެނައި ފޮތެއް ހެއްޔެވެ؟ ތިޔަ ފޮތް އެތެރވުމުގައި އިހުމާލުވި މީހުންނަށް ވެސް ފިޔަވަޅު އެޅުން އެދެމެވެ. އަދި ބުނަމެވެ. ތިޔަ ކަހަލަ މީހަކު ޖަލަށް ލައިގެން ސިހުރުގެ ޢަމަލުތައް ހުއްޓުވިދާނެ ކަމަށް ދިވެހި ސަރުކާރަށް ނުވަތަ ޤާނޫނުތަކަށް ފެންނަ ނަމަ އަންނަނީ ހިންޏެވެ. އެމީހާ ޖަލުގައި ވެސް ބޭނުމިއްޔާ ސިހުރު ހެދިދާނެ އެވެ. ސިހުރުވެރީން ޖަލަށް ލުމުގެ ބަދަލުގައި އެފަދަ މީހުން ގެންގުޅޭ ޖިންނީންގެ ބާރުތައް ކަޑުވައި ސިހުރުވެރިޔާގެ ކިބައިން ޖިންނިތައް މިނިވަން ކުރުމުން އެ ވީއެވެ.

    • ކަތީބު.

      ވަރަށްބޮޑު ތެދެއް. ސިހުރޭ ކިޔަނީ ފަންޑިތައަށް. އެއީ ބަލިމަޑުކަމަށްކުރާ ފަރުވާ. އެކަމަކު މިއަދު ބަޔަކު މިވަނީ ޝަރުޢީ ރުގުޔާއޭ ކިއައިގެން ދީނުގައި ބިދުޢައެއް އުފައްދާ ސިހުރާ ފަންޑިތަވެސް ޝިރުކާ ވަހުދާނިއްޔަތުވެސް އޮޅުވާލާފަ

      • ޢައިޝާ

        މާބޮޑަށް ތިއޮތީ އެނގިފަ

    • ކަތީބު.

      ވަރަށްބޮޑު ތެދެއް. ސިހުރޭ ކިޔަނީ ފަންޑިތައަށް. އެއީ ބަލިމަޑުކަމަށްކުރާ ފަރުވާ. އެކަމަކު މިއަދު ބަޔަކު މިވަނީ ޝަރުޢީ ރުގުޔާއޭ ކިއައިގެން ދީނުގައި ބިދުޢައެއް އުފައްދާ ސިހުރާ ފަންޑިތަވެސް ޝިރުކާ ވަހުދާނިއްޔަތުވެސް އޮޅުވާލާފަ ހިތާމަހުރި ކަމެއް.

  9. ބޮލި މުލައް

    ހަމަ އެހެންކިޔައިގެން ހިޖާމަ ޖަަހައިގެންވެސް އެވަރަށް މީހުން ލޫޓުވަ

    • މަރީ

      ތީ ތެދެއް..

    • އެނގޭތަ

      ހިޖާމާ އަކީ ކީރިތި ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުން ސާބިތުވާ އިލާހީ ފަރުވާއެއް.

  10. ޕިޗޮހޮ

    ތިކަން ކުރާ މީހުން ނިސްބަތުން ގިނައީ ލ.ދަނބިދޫގަ އެމީހުންގެ ބަލާ ފުދޭވަރަކަށް ބޮޑު، ދެމަފިރިންގެ ދިރިއުޅުން ހަލާކު ކުރުން އާއިލާތައް ރޫޅާލުން، ތަންތަން ބަގުރޫޓު ކުރުން މީ މިމީހުންގެ ރެއާދުވާލުގެ މަސައްކަތަކީ. ލައްކަ ފައިދާ އެމީހުނަށް ލިބެ އެކަން ކޮށްގެން.

  11. އެނގޭތަ

    ސިހުރު ހަދާ މީހާއައް އިސްލާމީ ޝަރިއްތުގައިވަނީ ގަތުލުކުރުން ( ބޮލާ ކަނދުރާ ) ވަކިކުރުން. އެމީހަކައް ނަސޭހަތް ދިނުމެއްވެސް ތައުބާ ލައިދިނުމެއްވެސް މާފް ކުރުމެއްވެސް ނެތް.ފަހެ އޭނާ އަކީ ތޯގޫތެއް. އިސްލާމީ ޝަރިއްޔާ ޚިލާފައް ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީ ބަސްފުޅާ ޚިލާފައް ކުރާ ކޮންމެ ހުކުމަކީ ބާތިލް ހުކުމެއް. އަދި އެހުކުމް ކުރި ކޮންމެ މީހަކު މުރުތައްދުވާނެ

  12. އަހަރެން

    އުމުރަތް ޖަލައްލާ ތިކަހަލަ މީހުންނާ ހެދި މުޅި ގައުމު ހަލާކު

  13. ހުސެއިން ފަޒުލީން

    ސިހުރުހަދާ ނުލަފާ މުޖުރިމުން ލާންވީ ޖަލަކަށްވެސް ނޫން. ކުރަންވީ ރަޖަމް ނޫނީ ޖިންނި މާރިދުންނާ ހަވާލުކުރަންވީ

  14. ހާ

    ތިކަން ކުރާ ސީރިޔަލް ކިލާރއެއް އެބައުޅޭ

  15. ޕެރަބޯލާ

    މުހައްމަދުވެސް ހަމަ ހައްޔަރު ކުރަނވީ

  16. ނާނު

    ކޮމެންޓުތަައް ކިޔާލީމަ އެެގެނީ ދީނީ ހޭލުންތެރިކަން ވަރަށް ދަށް މީހުންވެސް އުޅޭކަން....ޝަރުޢީ ރުގުޔާވެސްނޭގޭ....