މިދިޔަ ހަފްތާގައި ކ. މާފުށީގައި ބިކިނީ ލައިގެން ރަށު ތެރޭގައި އުޅެނިކޮށް ބިޑި އަޅުވައިގެން ހައްޔަރުކުރުމުން އެކަމަށް ފަތުރުވެރިޔާގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ރައީސް މުހައްމަދު ނަޝީދު މާފަށް އެދުނު މައްސަލަ ގައުމީ ފެންވަރުގައި ބަލަންޖެހޭ ކަމަށް ސަލަފްގެ ރައީސް އައްޝައިހް އަބްދުﷲ ބިން ޖަނާބް ވިދާޅުވެއްޖެ އެވެ.

ފަތުރުވެރިޔާގެ ކިބައިން ނަޝީދު މާފަށް އެދިވަޑައިގަތުމުން އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށް ޖަނާބް ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި އިޖްތިމާއީ ފޭރާމަށް ގޮންޖަހަމުން ދަނިކޮށް ހައްޔަރުކުރި އަންހެންމީހާ ގެ ކިބައިން މަޖިލީހާއި ފުލުހުންގެ އިދާރާ އިން މާފަށް އެދުނު މައްސަލަ ގައުމީ ފެންވަރުގައި ބެލެންޖެހޭ ކަމަށާއި އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ރަނގަޅަށް ކަމަށް ޖަނާބް ވިދާޅުވިއެވެ.

"އެއްކޮޅުން ދެ ޖިންސު ހަމަހަމަ ކަމަށް ދައުވާވެސް ކުރަމުން އަނެއް ކޮޅުން ކުށް ކުރަމުން ދިޔަ އަންހެނަކު ވަކިގޮތަކަށް ހައްޔަރު ކޮށްގެން އަޑުގަދަކުރަމުން ދިއުމަކީ އެބައި މީހުން އެކިޔާ މިންތީގެ ހަމަހަމަ ކަމުގެ ވާހަޔަކީ ހުދު އެބައިމީހުންވެސް އީމާންވާ ކަމެއް ނޫންކަން އެނގޭ ކަމެއް." އަބްދުﷲ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި އިނގިރޭސިބަހުން ވާހަކަ ދައްކަވަމުން ހިނގައިދިޔަ ކަންތަކާއި މެދު ނުހަނު ބޮޑަށް ހިތާމަ ކުރައްވާ ކަމަށާއި އަދި އެކަމަށްޓަކައި ފަތުރުވެރިޔާ ކިބައިން މާފަށް އެދެމުން، ނަޝީދު ވަނީ ފަތުރުވެރިޔާ އަލުން ރާއްޖެ ޒިޔާރަތް ކުރުމަށް މަޖިލީހާއި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ދައުވަތު އަރުވާކަން ހާމަ ކުރައްވާފައެވެ.

މާފުށިން ހައްޔަރު ކުރި އަންހެން މީހާ މަސްތުގެ ހާލަތުގައި ހުރެގެން ފުލުހުން ދިން ނަސޭހަތަށް ދެކޮޅު ހަދައި، އަމުރަށް ނުކިޔަމަންތެރިވެ، ފުލުހެއްގެ އައިނު ޖަހައިގަތުމުން ފުލުހުން ވަނީ އޭނާ އަތުގައި ބިޑި އަޅުވައި، ތުވާއްޔަކުން އޭނާގެ ހަށިގަނޑު ނިވާކޮށްގެން ގެންގޮސްފައެވެ. އަދި މިކަން އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އައިއިރު، އެ ގައުމުތަކުގެ މީހުން ކޮށްފައިވާ ކޮމެންޓުތަކުގައި ބުނެފައި ވަނީ އެއީ އަންހެން މީހާގެ ކުށެއް ކަމަށާއި ގައުމަކަށް ޒިޔާރަތް ކުރާއިރު އެތަނެއްގައި ހެދިފައި ހުންނަ ގާނޫނުތަކަސް ބޯލަނބަން ޖެހޭނެކަމަށާއި އަދި ދިވެހި ފުލުހުން އެ އަންހެން މީހާ ހައްޔަރު ކުރީ ނަސޭހަތްވެސް ދިނުމަސް ފަހުގައިކަމުން ފުލުހުން ގޯސްކުރާނެ ތަނެއް މިކަމުގައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ާޔާސް

    ޙަޤީގަތުގަވެސް ތިމައްސަލަ ބަލަންއެބަޖެހޭ.. ނަޝީދު އެމީހާއަށް ރާއްޖޭގެ ޤާނޫނާ ޤަވާއިދުގެ އެއްވެސް އަގެއް ނެތްކަން އަންގަދެނީތޯ؟ ނޫނީ ދޮންމީހުންވީމަ އިސްތިސްނާވަނީތޯ؟ދީނަށްތީ ކުރިން ވެސް އެއްވެސް ޤަދަރެއްކުރި މީހެއްނޫން، އެންމެ ކުޑަމިނުން ތިޔަބޭފުޅުން އަމިއްލަޔަށް ހެދި ޤާނޫނަށް ބޯލަނބާލިނަމަ ހާދަ ރަނގަޅޭ ހިތަށްއަރާ

    73
    8
  2. އަޙުމަދު މުޙައްމަދު

    ރާއްޖޭގެ ޤާނޫނާއި އިސްލާމް ދީނަށް ގޮންޖަހައި ފުލުހެއްގެ މުދަލަށް އަރައިގަތް މީހަކު ހައްޔަރުކުރުމުން އެކަން ކުރި މީހުންނަށް ސެލިޔުޓުކުރަން. މި ފުލުހުންނަށް މަޖިލީހާއި ފުލުސް މޮމިޝަނަރު ވެސް ޖެހޭނީ ތަޢުރީފުކުރަން. އެކަމަކު ދިވެހި ޤައުމިއްޔަތު ނިކަމެތިކޮށް ބިދޭސީ ރައްޔިތަކަށްވުރެ ދިވެހި ޤައުމިއްޔަތުގެ އަގު ދަށްކަމަށް ދުށް ދެ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހޭ. މި ފަދަ ސަބަބުތައް މިހެން ހުރުމާއެކު މި ފަހަރުގެ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި މީހަކަށް ނަމަކަށް ފެންވަރަކަށް ނުބަލައި ފިކުރަށް ބަލައިގެން އެމްޑީޕީއަށް ނޫނެކޭ ބުނުމަކީ ޤައުމީ ވާޖިބެއްކަމަށް މިވަނީ ވެފައި.

    70
    6
  3. އެއްމެން

    އައްނި އަކީ އިސްލާމީ ގައުމެއްގެ އިސްލާމީ ރައްޔިތުން ތަމްސީލު ކުރުމަށް ކުފޫ ހަމަވާމީހެއްނޫން.

    97
    6
  4. ސަލަފު

    އަދިވެސް ސަލަފު މަންޒަރުން ބޭރުކުރާކަށް ނުވޭތަ؟

    5
    42
    • ފފފފފ

      ﷲ ގެ ދީނުގެ ހުޅުކޮޅު ނިއްވާލުމަށް ކިތަންމެ މަަސައްކަތެއް ކަލޭމެން ޝައިޠާނާގެ އަޅުން ކުރި ކަމުގައި ވީނަމަވެސް ﷲ ތަޢާލާ އެދީން ދަމަހައްޓަވާނެ. އެއީ ސަލަފްކަހަލަ ޖަމިއްޔާތަކާއި ތުރުކީ ފަދަ ގައުމުތަށް މެދުވެރިކުރައްވާ. އެއިލާހް އެދިވޮޑިގެންފިނަމަ ކޮންމެފަދަ މުސީބާތެއް ފޮނުއްވާފާނެ. ސުނާމީއެއް އަރާފާނެ. ހޮނުއަޅާ އިންސާނު ނެތިކުރައްވާފާނެ. އިންސާނީ ދަރިފަސްކޮޅު ނެތިކުރައްވާނީ މިބިމުގައި ﷲ އަށް އަޅުކަން ކުރާނޭ އަދި އެދީން ހިމާޔަތްކުރާނެ އެކަކުވެސް ނެތުމުން.

  5. Anonymous

    ރާވައިގެން ހިންގާ ޖަރީމާ.
    ނަޝީދު ޒިންމާ ނަގަން ޖެހޭ ކަމެއްމީ. މިކަލޭގެމީ މިޤައުމަށް ޖެހިފައިވާ ދުއްޕާނެއް. މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ނެހެދިގެން ދުވެއެރުވީ ކިހިނެއް. އޭގެ ނަތީޖާމީ. ދުރާލާ ރާވައިގެން. ފުލުހުންނަށް އެވޯރޑް ދޭން ޖެހޭ. އެމީހާ މުޅި ރަށުތެރޭގައި ދުވާނެ ވަރަކަށް ދުވަން ދޫކޮށް ނުލާ ހައްޔަރުކުރަންޖެހޭ. ނަޝީދު ވެސް އެމީހާޔާއެކު ހައްޔަރު ނުކުރިކަން ދެރައީ. މިތާނގެ އިސްލާމީ ވަހުދަތު ނަގާލަން ކިތައް ކަންތައް މިކަލޭގެ ކޮށްފިތަ.

    29
    1
  6. ކިޔާން

    ވަރަށް ބޮޑަށް ތާއީދު... ޔޫކޭ ގަ ވެސް ބޮއިގެން ބިކިނީގަ ނުއުޅެވޭ... އަޅުގަނޑު ދެކުނީން ޔޫކޭގަ ފިރިހެން ފުލުހުން އެހެން ބޮއިގެން އުޅޭ މީހުން ހައްޔަރު ކޮށްގެން ގެންދާތަން....

    29
    1
  7. ކަނބިލި

    ފަހަރެއްގާވެދާނެ ވިދާޅުވެގެންއައި ކަނބަލަކައްވެސް

    37
    1
  8. ދުއްމާރި

    ވަރަށް ބޮޑު ތެދެއް. 100 ޕަސެންޓް މުސްލިމް ގައުމެއްގައި ފަތުރުވެރިން ނިވާކޮށްގެން ނޫނީ މީހުން އުޅޭ ރަށްރަށުގައި ނޫޅެވޭ ގޮތަށް ޤާނޫނުތައް ހަދާ އެހިންގަމުން ދަނިކޮށް ދިވެހި ގައުމުގެ ދީނާ ޘަގާފަތާ ދިވެހި ގައުމުގެ ޤާނޫނުތައް މުގުރާފައިވާ އިނގިރޭސިވިލަތުގެ ގާނޫނު ހަދާ މަޖްލީހުގެ މުވައްޒަފަކު ކުރި ގޮތްނެތް އަދި އެހެން ގައުމުތަކާއި ޘަގާފަތާ ޤާނޫނުތަކަށް ގޮންޖަހަމުން ކުރި މުޑުދާރު އަމަލު އެއީ ރަނގަޅު އެއްޗެއްގެ ގޮތުގައި އެގާނޫނުތައް ހަދާ މަޖްލިހުން ދެކި ބަރަހަނާގައި އުޅޭށޭ ބުނުން ފަދަ ގޮތަކަށް އަމަލު ކުރުމަކީ، މަޖްލިހުގެ މެންބަރެއްގެ ހައިސިއްޔަތު ތި ތާނގައި ތިބި އެކަކުގެވެސް ނެތްކަން އެނގިގެން ދިޔަ ކަމެއް. މަޖިލިހަށް މެންބަރުން ނެރުނު ރައްޔިތުން ޕެޓިޝަން ހަދާ މަޖްލިސް އުވާލަން ގޮވާލަންވީ ދުވަސް މިއައީ.

  9. Anonymous

    މަޖްލިސް އުވާލާ. އާމަޖިލިހެއް ހަދަންވީ. ގައުމުގެ ޝަރަފު ވެއްޔާ މޮޑޭ ގޮތެއްފޮތެއްނެތް. ގައުމުގެ އަބުރު ނުހިފަހައްޓާ ބައެއް ތި މަޖްލިހުގައި ތިބީ.

  10. Anonymous

    ރައްޔިތުންގެ މަޖްލިހުގެ މެންބަރުންނާ މެދު ސުޕްރީމް ކޯޓުން ފިޔަވަޅު އަޅާ މަޖްލިސް އުވާލަންޖެހޭ. ގައުމުގެ ގާނޫނު މުގުރި އެހެން ގައުމެއްގެ ގާނޫނު ހަދާ މަޖްލިހުގެ މުވައްޒަފު ދިފާއު ކުރުމުގެ ބަދަލުގައި މަޖްލިހުން ޖެހޭނީ އިނގިރޭސި ގާނޫނު ހަދާ މަޖްލިހަށް މި ގޮތް ނެތް އެހެން ގައުމުތަކަށް އިޙްތިރާމް ނުކުރާ މީހާއަށް އެކަށީގެންވާ އަދަބު ދިނުމަށް އެދެން ޖެހޭނީ.

    4
    1
  11. Anonymous

    މަޖްލިހުން މިކުރީ ގައުމެއްގެ ހައިޘިއްޔަތު ވަރަށް ދެރަވަރުގެ ކަމެއް. އެމަޖްލީހުގެ ގާނޫނު މުގުރުމުންވެސް މަޖްލީހުގައި އިން މީހާއަށް ހީވީ 1800 އަހަރު ތަކުގައެޭ އަދިވެސް މިތިބީ. އެހެންވެ، އިސްތިއުމާރުކޮށްގެން އޮތް އިނގިރޭސިން ދިވެހި ގައުމުގެ އަގު ވެއްޓުމުންވެސް އަޅެއްހެން އަވަހަށް މަޢާފަށް މިއެދެނީ.. ޖާރިޔާ އިންނަށްވުރެވެސް ނިކަމެތިވެ ގަނެގެން މިއުޅެނީ. އެއަންހެނާގެ ގޮތް ނެތްކަން ކުށްވެރިކުރަން ނުކެރި.

  12. ދިރާސާ

    އިސްލާމީގައުމެއްގައި އިސްލާމްދީނާޚިލާފަތްއުޅުމުންއެކަންބައްލަވަން، އެކަންހުއްޓުވަންތިއްބަވާބޭފުޅުން
    ( ﷲގަންދީހުވައެއްކުރައްވާފައެކަމަށްކަނޑައަޅުއްވާފައިިތިއްބަވާބޭފުޅުން) އަޅުއްވާރަގަޅުފިޔަވަޅަކަށް
    މަޖިލީހުން މާފަށްއެދުން އެއީ މައްސަލައެއް ވީމާ، މި މައްސަލަ ގައުމީފެންވަރުގައި ބަލަންޖެހޭ
    ފަތުރުވެރިއެއްވީމަ ފަތުރުވެރިންތިބޭގައުމުގެ ގާނޫނާގަވާއިދާޚިލާފްވެ އެގަމަށްލިބިފައިވާ ބޮޑުނަސީބު
    އިސްލާމްދީނާޚިލާފްވެ މީހުންމަރާ.ވައްކަންކޮށް، މަސްތުވާތަކެތިވިއްކާ އެބޭނުންކޮށް ގައުމުގެރަށްޔިތުން އަޅުވެތިވާގޮތަށް އުޅުމުންވެސް ރަގަޅުވާނެތޯ އެފަދަފަރާތަކާމެދުފިޔަވަޅުނާޅަންވީތޯ
    ފިޔަވަޅު އަޅުއްވަފިނަމަ މާފަށްއެދެންޖެހޭތޯ؟

  13. ސަޓޯ

    މަޖުލީހެއްގައި ރައީސަކަށް އިން ރާ ބޯންވީކަމަށް ގޮވާފަ ހުރު މީހަކު ބޭންދީމަވަނީ މިހެން... އެމްޑީޕީ މީހުން ތިބޭ އަތްޖަހަން.. މިގައުމަށް އެތައްހާސް ގެސްޓުންނެއް އަންނަ އިރު މިކަހަލަ ކަމެއް ނުވޭ...

  14. ނަޖީބު އައްބާސް

    ގާނޫގެ ވާހަކަދައްކަނީ ގާނޫހަދާމީހުން! ބަގުރާލާ އޫރުމަސް ވިއް ކަނީވެސް އަމިއްލަޔައް ގާނޫހަދައިގެން އެއީ ހާރާންކަމެއް ކަމައް ބުނައްނުކޭރޭސަލަފުން މީހަކު ބިގިނީގަ ހުއްޓަ ނޭގިއާސް އެމެރިކާގެ އެފް ބީއައިން ނުރައްކާތެރި ޓެރަރިސްޓަކު ހައްޔަރުކުރާ އުސޫލުން ފަތުވެރިޔަކު ހައްޔަރު ކުރީމަ ތިބުނާ ގާނޫނު ހަދާމަޖިލީހުން މާފައް އެދުނީމަ އެކަމާ ކެކިއަރަނީ ތިބައިގަނޑުގެ ހުންނަ ހައްދު ފަހަނަ އެޅުމުގެ އުސޫލުން ނޫންތޯ

    1
    4