މާލޭ މީހުންނާއި "ރާއްޖެތެރޭ މީހުން" ގެ ބަހުސް ނިމުނުތާ އެތައް އަހަރެއް ފަހުން ފާއިތުވި އަހަރެއްހާ ދުވަހު މިއީ އަނެއްކާވެސް އެންމެ ހޫނު މައުލޫއަށް ވަނީ ވެފައެވެ. މިއަދު އަދި އިތުރަށް މިބަހުސް ހޫނުވެފައި ވަނީ ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) "ރާއްޖެތެރޭ މީހުން" އިސްރާއީލް މީހުންނާއި "އެއްވަރު ކުރުމުންނެވެ."

އަނދުން ހުސޭނަށް ރައްޔިތުންގެ މަޖިލީހުގެ އެތައް މެންބަރުންނަކާއި ސިޔާސީ ބޭފުޅުންނާއި އާއްމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސައިން ވެސް މިރޭ ވަނީ "ރާއްޖެތެރެއާ މާލެ" ގެ ބަހުސްގައި ބައިވެރިވެ ވަޑައިގެންފައެވެ.

ފާއިޒް ވަނީ ވަނީ މާލެއަށް ބަރޯސާނުވެ، ކާބަފައިން އަތޮޅުތަކުން ލިބޭ އާމްދަނީ އެކްސްޕޯޓުކޮށްގެން އަތޮޅުތަކުގެ އިޤްތިޞާދު ކުރިއަރުވައި ރަށްވެހިކަން ބިނާކުރަމުން އައި ދުވަސްތައް ބަދަލުވެގެން ދިޔަ ގޮތް އެންމެ މިސާލަކުން ސާފުކޮށްދެއްވާފައެވެ. ފާއިޒް ވިދާޅުވީ މާލެއަށް ބަރޯސާވާން މަޖުބޫރު ކުރުވީ ފުރުޞަތުތައް މަޑުމަޑުން ބަންދުވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ތާރީޚުގެ ތެރެއިން ފާއިޒް ދެއްވި މިސާލް ތިރީގައި އެވަނީއެވެ.
————————-
۷۳/۱/۳ ھ މިދުވަހު 1.00 ވީއިރު ابراھمیہ ގައި ތިލަދުންމަތީ ގެ ކުރިއަށް ތިބި މީހުންނާއެކު جلسہ އެއްކުރެވުނެވެ.
ތިލަދުންމަތީ ގެ މީހުންގެ އިތުރަށް جلسہ ގައި ބައިވެރިވެވަޑައިގަތީ سموالامیر ابراھیم ފާމުލަދޭރި ކިލެގެފާނާއި، صاحب المعالی ابراھیم محمد دیدی އާއި. الفا ضل ابراھیم شھاب އާއި الفا ضل سید سعید އެވެ.

ގަޑިޖެހުމުން، صاحب المعا لی ابراھیم محمد دیدی، ތިލަދުންމަތީގެ އަތޮޅުވެރިކަން الفا ضل سید سعید އަށް ދެއްވައިފިކަން އެންގެވުމަށްފަހު ވިދާޅުވިއެވެ.

މިފަހަރު ކޮޅުބަށް ފޮނުވޭނީ ގިނަވެގެން ތިލަދުންމަތީގެ ތިން ގަޑެތި ކަމާއި،. އެއީ ދިއްދޫ خطیب ކަލޭގެފާނުގެ ބައްތެއްޔާއި، ހޯރަފުށީން ބައްތެއްޔަކާއި، ކުޅދުއްފުށީން ބައްތެއްޔެކަން އެންގެވިއެވެ.
—————————–

ދެން ފާއިޒް ލިޔުއްވާފައި ވެއެވެ. "އެދުވަސްވަރަކީ ތިލަދުންމަތީން ގިނަ ޢަދަދެއްގެ އޮޑިފަހުރު ކޮޅުބަށާއި ބަންގާޅަށްށާއި އިންޑިޔާއަށް ދަތުރުކޮށް އުޅުނު ދުވަސްވަރެކެވެ. ވިއްކާ އުޅުނީ ކުފުރާ އާއި ހިކިމަހާއި އެނޫންވެސް ބައެއްބާވަތުގެ ތަކެއްޗެވެ. ކޮށްއުޅުނީ މޫސުމީ ދަތުރުތަކެއް ކަމަށް ވާތީ، ބާކީ އޮޑިފަހަރަށް އެމޫސުމެއްގަ ކޮޅުބު ދަތުރުތައް ނުކުރެވިއްޖެނަމަ، އަންނައަހަރަށް އިންތިޒާރު ކުރަންޖެހެއެވެ. އަދި ތަނަވަސްކަމުގެގޮތުން ރަށްރަށުގެ ޙާލަތު ގޯސްވެގެން ދެއެވެ."

https://www.facebook.com/permalink.php?story_fbid=2542697286012290&id=100008161305083

އަހަރުތަކެއް ކުރިއަށް ބަލާއިރު ރާއްޖެތެރޭ މީހުން މާލެ އަންނަން ޖެހުނު އެއްވެސް ސަބަބެއް ނޯވެއެވެ. ނަމަވެސް މީގެ 70 ވަރަކަށް އަހަރު ކުރިން ފެށިގެން އެކަން ބަދަލުވަމުން އައިސް 2000 ގެ އަހަރުތައް ފެށުނުއިރު ހުރިހާ ކަމެއް ކުރަން ވެސް އަންނަން ޖެހެނީ މާލެ އަށެވެ. އެއްވެސް މުހުތާދެއް އެހެން ރަށަކުން ނުފުދެއެވެ. ތައުލީމީ ފުރުސަތާއި، ސިއްހީ ޚިދުމަތާއި، ވަޒީފާގެ ފުރުސަތު ވެސް އޮތީ މާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. Anonymous

    ކޮބާ މާލޭމީހުން އެނގިއްޖެތަ ސާފުވެއްޖެ ދެންވެސް ރާއްޖެތެރެޔޭ އެނދު ދޭތެރެއޭނުކިޔާ މަޑުން ތިބޭ! ކައްވަޅުގަ ފުރަތަމަ ސުވާލުކުރެވޭނީ ތީ މާލޭމީހެއްތޯ ކިޔާފަކާއެއްނޫން! މާލޭމީހަކަށްވީމަ ސުވަރުގެދެވެނީއެއްވެސް ނޫން!އެންގެވިގޮތަށް އުޅުނީމަ މާލެއަކަސް އެހެންރަށެއްގެ މީހަކަސް ﷲގެރުއްސެވުމާ ފުއްސެވުން ލިބޭނެ!

    124
    1
    • Anonymous

      ކޮން ރާއްޖެތެރޭ މީހާ މާލޭ މީހާ ކީޔާކަށްތަ؟ މިތާކު ނެތް ރާއްޖެތެރޭ މީހުން މާލެ މީހުންނަށް ގޮވާ ބަޔަކު ނޫނީ އެހެން ބައެއް.

      5
      20
      • ޛ

        ހަޖަމުކުރެވޭތޯ ބަލާ ފުރަތަމަ !ތިހެން ތިކިޔަނީވެސް ކަލޭ!ގުދޯގުދޯކިޔާބަލަ

        15
        • Anonymous

          އަޑު އެހީމަ ހަޖަމު ވާވަރު އެބަ ފެނެއެއް ނުން ދިމާ ދިމާ އަށް ނުވަދެބަލަ ތިވަރުން

          1
          1
  2. ބަތޫތާ

    ބޭނުމަކީ އެއްގޮތުން ނުވިއްޔާ އަނެއްގޮތުން ވެސް ގައުމުބައިބައިކޮއް މަސްލަހަތު ނާގާލާ އެއްބަޔަކު އަނެއްބަޔެއްގެ މެދުގަ ރުޅިވެރިކަން އުފެއްދުމެވެ ހަގީގަތުގަ މިގައުމުގަ އުޅެން އެއްގޮތަކައްވެސް ބޭނުންނުވާ އަދި މިގައުމު މިނިވަން ކަން މަތީދެމިއޮންނަނަން ބޭނުން ނުވާބަޔަކާ މަތްވެގެންވާ އިސްލާމްދީން މަތީ ގައުމުގެ ރައްޔެތުން ތިބެން ބޭނުން ނުވާބަޔަކާ ގައުމު ދުނިޔޭގެ މުއްސަންދި ގައުމަކައް ދޫކޮއަލާފަ އެހެންތަނަކައް ހިޖުރަ ކުރަން ބޭނުންބަޔަކު އުޅެއެވެވިސްނާލަންޖެހޭކަމަކީ ﷲސވއަހަރެމެންނައް ދެއްވާފައުވާ މަތިވެރި ނިއުމަތްކައް ފުރަގަސްދީ އެހެންގޮތަކައް ގައުމު ބަދަލްކުރަން ބެނުންވާބަޔަކު ފާޅުގަޔާއި ސިރުން ދިވެހި މުޖުތަމަތައުއައް އެންގުމެއްނުވާގޮތައް ކަންކޮއް ނިއްމާލާއިރުވެސް ބަޔަކައް ހިލަމެއް ނުވުމެވެ

    55
    1
  3. މާމިގިލީ މީހާ

    މާލޭ މީހުންނަކީ ކަންނެއް ފުޅަ ބައެއް. އެހެންވެ ކޮންމެ ވެރިކަމަކު ވެސް ތަރައްގީ ކުރަނީ މާލެ. ރާއްޖެ ތެރެ ތަރައްގީ ކޮއްފިޔާ، މާލޭ މީހުންނަކައް ލާރިއެއް ނުލިބޭނެ. ރާއްޖެެތެރޭގެ މީހުން ބުރަ މަސައިކަތް ކޮއްގެން ހޯދާ ލާރީގެ ފޮނި މީރުކަން ހޯދަނީ މާލޭ މީހުން. ސަރުކާރުގެ ރޭވުން މީ، ކޮންމެހެން ރާއްޖެތެރޭ މީހުން ވޯޓް ލާނެކަމެއް ނެތް ސަރުކާރު ހޮވާކަށް. ރާއްޖެތެރޭ މީހުންނަކައް އެއްކަމެއް ވެސް ނުކޮއްދޭނެ. އެހެންވެ މާލޭ މީހުން އަބަދުވެސް ބުނާނެ، ރާއްޖެތެރޭ މީހުންގެ 5ކުޅަދު ހަމައެއް ނުވާނޭ. ބަލަ 5ކުޅަދު ހަމަ ނުވަނީ ވެސް މާލޭ މީހުންގެ ޔާ ސަރުކާރުގެ. އޭރުވެސް ރާއްޖެތެރޭ މީހުންނައް އިނގޭ ވާނުވާ. އެކަމު މަޖުބޫރު ވަނީ މާލެ ދާން.

    83
    3
  4. Anonymous

    މާލެމީހުން މާމޮޅުވެގެން މާލެމާރީތިވެގެނެއް ނޫނޭ ރަށްރަށުމީހުން މާލޭގައުޅެނީ!ވަސީލަތްތައް ހުރި ކުދިންނަށް އެދެވޭ ތައުލިމު މާލެއިން ލިބޭގޮތަށް ރަށުންނުލިބޭތީ !އެހެންނޫންނަމަ ރަށްދޫކޮށްލާފަ އެކަކުވެސް މާލެއަކަށް ނާންނާނެ!ހުރިހާވެސް މައްސަލައަކީ ސަރުކާރުން ރަށްތައް ތަރައްގީނުކުރާ މައްސަލަ އޯގާތެރި ސަރުކާރެއް ނާދޭ ރަށްރަށައް ހެޔޮއެދޭސަރުކާރެއްނެތް ރައްރަށުގެ މީހުންފެންނަނީ ވޯޓުލާންވީމަ އެކަނި އައްޑޫ އެއޮތީ އިންޑިޔާ ކައިވެނިކުރުމައްޓަކައި ތައްޔާރުކުރުމުގެ މަރުހަލާގަ!ގައުމުގެ އެއްބައިވަންތަކަން ގެއްލި އަޅުވެތިވުމުގެ މަރުހަލާގަ!އިންޑިޔާ ސިފައިން ނުފައިބާ އެތިބެނީ ބަގުޑިބައްދައިގެން ގައުމުގަ!އަދިވެސް ރާއްޖެތެރެ މާލެތެރެ ބިކިނީ ފަތުރުވެރިޔާ ހިމާޔަތް ކުރުމުގަ ދީނައް ފުރައްސާރަކުރުމުގަ އަވަދިނެތި!

    67
    2
  5. ޙ

    ކަސްޓަމްސް އަށް ރާއްޖޭގަ ފައިވިއްދާލައިގެން އުޅޭ އިންޑިޔާ ސިފައިންގެންނަ އެއްވެސް އެއްޗެއް ބަލާފާސްކުރުމުގެ ހުއްދަނެތީ ކީއްވެގެންތޯ މިކަން ވަރަށް ރަނގަޅަށް ވަގުތު ނޫސްވެރިން އޮޅުންފިލުއްވާލަދެއްވުން އެދެން

    62
  6. އައިމަން

    ކީއްކުރާނީ ދޯ؟
    އެހެންމީހުން ލޮލުގައި އަނދުން އެޅުވުމުގެ ގޮތުން ނެގި ދެކެވުނީ ވާހަކަ އަކުން ތިމާމީހާ ބޭޒާރުވެ ފަލީހަތްވީ

    47
  7. Anonymous

    މާލޭމީހުންނަށް ވުރެ މާބޮޑުކޮށްވެސް އައްޑޫ މީހުންއުޅެނީ ޕޯޝް ކޮށް!ގަނޑުވަރުހެން ގެއަޅާ ތާހިރު ދިރިއުޅުމެއް އުޅޭބައެއ!ތައުލީމީގޮތުންވެސް މޮޅު!އެހާމެ ރީތިމީހުން އުޅެނީ!އެކަމަކު ވަރަށް ވަރިހަމަ ބައެއް!މުޅި އަތޮޅު އަންދާ ހުޅުރޯކުރިޔަސް އޯކޭވެފަ!ބޮޑު އިންޑިޔާ މިލިޓަރީ ބިސް އަޅާއިރުވެސް ހެވިދިއްލިފަ!ރަށަށް އެއްވެސް ކަމެއްކޮއްނުދޭއިރުވެސް ރީނދޫ ކުލަ އަށް މަރުދެމުން ކަސޯޓީބަލަން ސިޓިންގރޫމުގަ ހެވިދިއްލިފަ!ރީތިކަމުގެ ޕޯޝްކަމުގެ އަގެއް އެބައޮތްތަ؟ މިހެން ބުނާއިރުގަ ވަރަށް ހެޔޮވިސްނޭ މަދުބަޔަކު އައްޑޫގައުޅޭކަންވެސް ފާހަގަ ކޮއްލަން!

    50
    2
  8. ބްރޯ

    ބަލްަގަ 60 ގެ އަހަރު ތަކުގަޔަ އޭގެ ކުރިން މާލެއަށް މުދާއެތެރެ ކޮށްދި ހަދަނި ތިލަދުންމަތީ އޮޑިފަހަރަ ހުވަދޫ އޮޑިފަހަރުން މާލެ އަކީ އެކައްޗެއްވެސް އޮތްތަނެއްނޫން .އަތޮޅުތަކުގެ މީހުން ހޯދަިފައިސާއިން މާލެ މުއްސަނދި ތަނަކަށްހެދީ. މާލޭ މީހުނަށް ކާންބޯންދެނީ އަތޮޅުމީހުން މާލެ އައިސް މަސައްކަތް ކޮށްލިބޭ އާމްދަނީން .ފަހަކަށް އައިސް މާލެ މީހުން ބޭރުގައުމުތަކުގަ ފައިދާމާލައިގެން އެ ތިބެނިވެސް އަތޮޅުތަކުގެ މީހުން ދޭފައިސާ އިން.

    41
    2
  9. ސަހީދާ

    ސުކުރިޔާ އަހްމަދު ފާއިޒް ތިލަދުންމަތީ މީހުންނަކީ އަމިއްލަ ފުއްދުން ތެރެރި ކާމާއެކު އުޅުނުބަޔެއްކަން ޔަންޖަގު ޖަނެރޭސަނައް އަންގާލަދިނީމަ މިހާރުވެސް ބާރުތައް ދޭންނުކެރިގެން އުޅެނީ ޖޯގުރަފީގޮތުން ތިލަދުންމަތި އެގައުމުތަކާ ކައިރިވީމަ އެފަދަ ފުރުސަތު ދީފިނަމަ މާލެޔައް ބަރޯސާނުވެ އުޅޭނެކައް އެގޭތި

    39
    2
  10. ސިކަންދަރު

    ތިޔަބޭފުޅުން ތިޔަ އުޅުއްވަނީ 33 ގެ އަހަރުތަކުތޯ ބައްލަވާ ނިއުކުލިޔަރ ފަވަރެއްކަމައްވާ އިންޑިޔާގައި މި 2020 ވަނައަހަރުވެސް ތިޔާވިދާޅުވާ ތައުލީމާ ބޭސް ފަރުވާޔާ ފާހާނާކޮއްލާނެ ފާޙާނާތައްޓެއް ލކޮލުންވެސް ނުދެކޭ ކިތައް މިލިޔަން މީހުން އުޅޭތޯ ތިމާމެންގެ ސަރުކާރުގޯސް ވެގެން ތިޔަވާހަކަދައްކަނީ މިންވަރައް އީމާން ނުވާކަން ސީދާ ކީރިތިގުރުއާނުގެ މާނައިގައި އެއޮއްކިޔާ ނަގަނީ ތިޔަބައިމީހުން އެކިއެކި ރައްރަށައް ލެއްވީ އެއްބަޔަކު އަނެއްބަޔަކައް ތައައާރަފްވެ ފެނިދެނިވެ އުޅުމަށޭ ދެން އެކަމައް ކޮންޖަހާފައި ތަނެއްދޮރެއްނުބަލާ އެއްރަށަކައް ޖަމާވެ އުޅެންދިމާކުރީމަ ވާނެ ހަޔެތި މިވަނީ ވައްސަލާމް

    23
    5
  11. ރާއޖެތެރޭ

    މިހާރުވެސް މަސައްކަތްފަށާއިފި، އަތޮޅުތަކާއި ރައްތަށައް ހިންގާހޮވާ ކައިންސިލްތަކުގެ މުސާރަތައް ކުޑަކުރުމުގެ މަސައްކަތް. މީގެބޭނުމަކީ ލާމަރުކަޒީނިޒާމު ފެއިލްކޮއްލާ މާލެއައްބާރުތައް ޖަމާކުރުން، ހުނަވެރި ގާބިލްމީހުން ނިކުމެ އަތޮޅުތަކާއި ރައްތައް ހިންގުމުގެ ފުރުސަތުގެއްލުވާލާ މިނިޒާމް ފެއިލްވެއްޖެކަމުގައި ރައްޔިތުންނައްދެއްކުން.

    ޒިންމާދާރުކަމާއިއެކު މަސައްކަތްކުރާނެ ހަރުދަނާ ގާބިލްމީހުން ރައްށާއި އަތޮޅުތަކުގައި ހަރަކާތްތެރިވެ ޚިދުމަތްކުރަން، ދިވެހިރާއްޖޭގެ ރައްޔިތުންގެމަޖިލީހުން ބޭނުންނުވަނީތޯ؟
    ސިޔާސީ މަސައްކަތްތަކުގައި މާލޭގައޮފީސްތަކުގައި ބޮޑަތިމުސާރަލިބޭގޮތައް ތިބި އެތަަައްބައިބަރު ސިޔާސީމަގާމުތަކުގައި ތިބިބޭފުޅުންނައް މުސާރަދެވޭނަމަ ރައްރަށާ އަތުތައްހިންގުމުގައި މަސައްކަތްކުރަން، އެތަންތަނުގެރައްޔިތުން އިންތިޚާބުކޮއް ޒިންމާތައްހަވާލުކުރާބަޔަކައް އެކަށީގެންވާ މުސާރަޔާއުޖޫރައެއް ދެވެންވާނެ!

    އަތޮޅުތެރެއާ މާލެ ތަފާތުކޮއް އަތުތެރޭމީހުން ނިކަމެތިކުރުމުގެސިޔާސަތު ނިމުމަކައްގެންނަންޖެހޭ.
    ހަގީގަތުގައި މިހާރުކަނޑައަޅާފައިހުރި އުޖޫރައަޚިވެސް ނިސްބަތުން ކުދި އަދަދުތަކެއް. ގާބިލް ފަންނީ ހުނަރުވެރިން އަތުޅުތެރެހިންގަން ދިއުމުގެފުރުސަތު ބޮޑުވާނީ މިހާރުހުރި އަދަތުތައްވެސް މިއައްވުރެން ރަނގަޅުކޮއްގެން

    12
    2
  12. މޮޔަބެ

    އަސްލުގަ މާލޭ ގިނަ ރައްޔިތުންވަނީ ތައުލީމުން މަހުރޫމްވެފަ. ނުކިޔަވައިދީ ތިބީ؛ ރާއްޖެތެރޭމީހާ މަރުފަލުޖެހީ ދަރިންނަށް ކިޔަވައިދޭން... ރާއްޖޭގައި 170 ޕީއެޗްޑީ ހޯލްޑަރުން ތިބި އިރު 85% ބޭފުޅުން ރާއްޖެތެރެ. މާލޭ މީހުންނަށް ދަސްކޮށްދެއްވާފައިވަނީ ބަންޑާރަ ގޯތީގެ ކޮޓަރި ކުއްޔަށްދީގެން އަތުންފައިން މަސައްކަތެއްނުކޮށް ދުނިޔެ އާރާސްތުކުރަން..ނަތީޖާ އަކީ ފަހުގެ ދަރިންވެސް ހަލާކުވުން
    މާލޭގެ ވަރަށްގިނަ ބިންތައްވަނީ ވިއްކާލާފަ، ބިންތައް ގަންނަނީ ރާއްޖެތެރޭ މީހާ..ފައިސާ ހޯދަނީ އޭނާކުރާ ބުރަ މަސައްކަތުން...މާލޭ އަސްލު އާބާދީ މިހާރު ވ މަދުވާނެ؛ މާލޭ ރައްޔިތުންނަކީވެސް ވ ހިތްހެޔޮބަޔެއް، ރާއްޖެތެރެއިން ގެންނަ ކުދިން ލައްވާ ގޭގަ ނޯކިރީ ކަން ކުރެއްވިއަސް އެފަދަ ކުދިންނަށް ތައުލީމު ލިބުނީ މާލޭމީހުންގެ ބޯހިޔާވަހިކަމުގެ ތެރެއިން... މިހާރު ތަފާތުކުރުމުގެ ވާހަކަ ދެއްކުމަކީ އަދުނުގެ ހުސައިންމެން އުޅުނު ހާލު ނޭގޭތީ؛ ތަފާތު ނުކުރެވޭނެ؛ މާލެއަކީ އެންމެންގެ ރަށެއް...
    ރ.ނާސިރު ( މަންމަ ފުވައް މުލައް)
    ރ.މައުމޫނު، ( ބަފާގެ އާއިލާ ގއ.ވިލިގިލި)
    ރ.ނަޝީދު ( މާލެ)
    ރ.ޑރ.ވަހީދު ( މަންމަ ގދ.ތިނަދޫ)
    ރ.ޔާމިން ( ބައްޕަގެ އާއިލާ ގއ.ވިލިގިލި މަންމަ ނ. ވެލިދޫ)
    ރ.ސޯލިހު ( ޅ.ހިންނަވަރު)4 ކަށިމަތި
    ނައިބް ރައީސް. ވަހީއްދީން (މާލެ)
    ނައިބް ރައީސް ޑރ.ޖަމީލް ( ޏ.ފުވައް މުލައް)
    ނައިބް ރައީސް .އަދީބް ބައްޕަ( ރ.ކިނޮޅަސް)
    ނައިބް ރައީސް .ޖިހާދު .ގދ.ތިނަދޫ
    ނައިބް ރައީސް. ފައިސަލް. ޏ.ފުވައް މުލައް....
    .........................................
    އަދުނު ހުސައިން މިވަރުން ވިސްނާލާށެވެ.....

    37
    3
  13. ގދ ތިނަދޫ

    ވެލާނާގޭ އިބަރާހިމް ނާސިރު ދުވަސްވަރު ސަރުކާރު މުއައްޒިފުންނަށް ދައުލަތުން ދޭނެ މުސާރަ ނުލިބިގެން ގދ. ހަވަރު ތިނަދޫ ހިރިހިމާދި ކަލޭފާނު އަތުން 7 ލައްކަ ރުފިޔާގެ ލޯނެއް ނެގި ހުޅުލޭ އެއާޕޯޓް ހެދުމަށާއި ޝިޕިން ލައިންއަށް ބޮޑެތި ހަރަދުތަކެއް ބަޖެޓުން ކުރަންޖެހުމުން ތިބުނާ މާލޭމީހުން ދިރި ދުނިޔޭގައި ބޭތިއްބުމަށް (ކާނެ އެތިކޮޅު ހޯދުމަށް) ވެލާނާގޭ އިބުރާހިމު ވަނީ ރާއްޖެތެރޭ ހަވަރު ތިނަދުއަށްއަރާ މުޅި ރަށުން މީހުންބާލާ ރަށުގަ ހުރި ހުރިހާ މުދަލެއްް ސަރުކާރަށް ނަގާފައެވެ. އޭރު އަދި ކުރިން ނެގި 7 ލައްކަ ރުފިޔާގެ ލޯނު ވަނީ ނުދައްކައެވެ. މިހާރުވެސް ތިބުނާ މާލޭ މިހާވެގެން އުޅޭ އަދުނޭމެންގެ އާއިލާ ކަހަލަ ބައެއް އާއިލާތަށް މުއްސަދިވީ ރާއްޖެތެރޭ މީހާ ފޭރިގަނެގެން ހޯދި ފައިސާއިންކަން ހަދާން ބަހައްޓާށެވެ

    8
    3
  14. Anonymous

    މިކަން އެންމެ ބޮޑަށް ވެރިކަމުގެ ދަހިވެތިކަމުގައި ތިމާ ވަރުގެ މީހެއް ނެތްކަންދައްކަން އެކަން ކުރި މީހަކީ 30 އަހަރުވަންދެން ވެރިކަންކުރި ކުރީގެ ރައީސެެއްކަމަށްވާ އަލްއުސްތާޛް މައުމޫނު ޢަބްދުލް ޤައްޔޫމު.
    ހުރިހާކަމެއް މާލެއަށް ބަރޯސާކުރުވީ.
    2004 ޑިސެމްބަރު 26 ގެ ސުނާމީއަށްފަހު އަގުތައް ހެސްކިޔާފައި ބޮޑުވާން ފެށި
    ދެންވެސް އިތުރާއި ދެކުނުގައި ހުރިހާ ޚްދްމަތެެއް ލިބޭގޮތަށް ކަންކަން ނުފެށުނު

    8
    2
  15. ބޮޑުގޮހޮޑާ

    މިދެން ކޮންކަމެ.މި ރާއްޖޭގަ ދެނަސްލެ ދެދީނެ ދެމިއްލައްތެއްގެބަޔަކު ދި ރިއުޅެނީތަ.މިވަ ރަށް ޖެހިގެންމިއުޅެނީ..އެއްކޮޅުން ގޮވާނަގަނީ މިއީ އެއްބަޔަކޭ އެއްބައިވަންތަކަމޭ އެއްބައިވަންތަކަމޭ..އަނެއްކޮޅުން ބައިބާކު ރުމާ ނަފް ރަތާ ފިތުނައުފައްދަނީ..މާލެއަކީ ދުނިޔޭގައޮތް ހަމައެކަނި ރަށެއްނޫން ވެ ރި ރަށުގެމީހުން ނޫންބަޔަކު ހިޖު ރަކޮއްގެންއުޅޭ..ދުނިޔެމިއޮތީ ހުޅުވިފަ އަތުގައޮތް ސްމާޓްފޯނުން ގޫގުލްކޮއްބަލަ ވެ ރި ރަށާ އެހެން ސިޓީތަކާ ޓައުންތަކާ ވިލެޖްތަކާ ހުންނަތަފާތު އެތަފާތު ހުންނަނީ ކީއްވެތޯ ވެ ރި ރަށަށް މި ރާއްޖޭގަނޫނީ މީހުން ހިޖު ރަނުކު ރަނީތޯ.މާލޭގަ ރައްވެހިން އެކަނިތޯ މާލޭން ގޯތިލިބިގެންތިބީ..މާލޭ އުފަން ކިތައް ރައްޔިތުންތޯ ކުއްޔަށް ދި ރިއުޅެނީ އަމިއްލަ ބޯހިޔާވަހިކަމެހު ރީ ކިތައްމީހުންގެތޯ..މާލެއަށް ހިޖު ރަކޮއްގެންތިބި މީހުން ތިބީ ހަމައެކަނި ވަޒީފާ ތައުލީމު ސިއްހަތަށް އެކަނިއެދިގެންނޫން..މަދުންނަމަވެސް ހަގީގަތަކީ ރަށުން ވަޒީފާލިބުނީމަވެސް އެބަތިބި މާލޭގަނޫނީ ނުތިބެން ތައުލީމު ގް ރޭޑް 10ހަމަޔަށް ނުކިޔެވޭ ރަށެއްމަދުވާނެ.އައްޑޫ ހުވަދޫ ކުޅުދުއްފުށިން މީހުން ހިޖު ރަކޮއްގެން މިއުޅެނީ ބޭބީނާސަ ރީ ތައުލީމުވެސް ނުލިބިގެންތަ....ރައް ރަށުގަ މިހާ ރުވެސް ދި ރިއެބައުޅޭ މަދުބައެއްނަމަވެސް އެމީހުންނަ ބޭނުންނުވަނީތަ މިހާ ރު މާލޭގަތިބި މީހުންބޭނުންވާކަންތައްތަ..ކަންކަމުގެ ހަގީގަތަށް ވިސްނާ ވާހަކަދައްކަބަލަ .ކޮންމެކަމެއްގަވެސް ދެކޮޅުއޮންނާނެ..

    9
    2
  16. ކައުންސިލް

    ލާމަރުކަޒީނިޒާމޭ ކިޔަކަސް ކަމަކުނުދޭ ތިނިޒާމް އޮވެގެން އެއްވެސްގައުމަކައްލިބުނު ކުރިއެރުމެއްއޮތިއްޔާ ލިބިފައޮތީ އިދިކޮޅުޕާޓީއައްބާރުތައްލިބިގެން އެހެންނޫނީ ސަރުކާރުހިންގާޕާޓީއައްލިބިއްޖެއްޔާ ޕްރޮވިންސްމިނިސްޓަރުން ތިބެފަ ޒިންމާދާރު ވެރިޔެއްހުންނަންޖެހޭ އެކަމު ލާމަރުކަޒީނިޒާމް ކައުންސިލަރުންމަސައްކަތްކުރަންޖެހެނީ ޕްރޮވިންސް މިނިސްޓަރުއަންގާގޮތަކައް އެކަމަކު ހުރިހާބާރެއްދީފައޮތީ ކައުންސިލައް ނަމެއްގަ

  17. އިއްލެ

    ދުނީޔޭގެ ހުރިހާ ގައުމެއްގައިވެސް ސްޓޭޓް، ސިޓީ، ޑިސްޓްރިކްޓެއްގެ ތަރައްޤީ މިންވަރު އެއްވަރެއްނުވާނެ. އަދި އެހެނެކޭ ކިޔާފަ އެންމެން އެއްވަރެއްވެސް ނުކުރެވޭނެ. މީގެ ޕޮއިންޓަކީ މާލޭ ރައްޔިތުން ބިކަވަމުންދާކަން. 200 އަކަފޫޓުގެ ތެރޭގައި 10 ދަރިން ގޮވައިގެން އުޅެންޖެހިފައިވާއިރުވެސް ފްލެޓުގަނޑެއް ނުލިބި ދުރުންއަންނަ މީހާއާ ކޮމްޕީޓްކުރަންޖެހޭތީ. ކޮބާތަ މާލެމީހާގެ ހައްޤު. ބަލަ ތުރާކުނުން މާލޭމީހުނަށް ގޯތި ދޫކުރޭތަ. ބުނަންމިއުޅެނީ ތަކަންދޫ މާރަންދޫންވެސް ގޯތިދޫކުރުމަށް ޝަރުތު ކަނޑައަޅާއިރު މާލޭމީހާ ބާކީވަނިއްޔޭ. ރައީސް މަޢުމޫނު ހުޅުމާލޭ ފޭސް1 ހިއްކާފައިވަނީ މާލޭމީހުނަށް ގޯތިދުނުމަށްކަން ތާރީޚުން އެނގޭނެ. ރަށްރަށުގެ ބިންހިއްކާ ބިން ބޮޑުކުރުމަށް ސަރުކާރުތަކުން ބިލިއަނުން ބިލިއަނުން އެދަނީ ޚަރަދު ކުރަމުން. މާލޭމީހުނަށް ގޯތިދޭކަށްނޫން. ވީއިރު މާލޭން ނޫނީ ހުޅުމާލޭން ފްލެޓުގަނޑެއް ދޫކުރިޔަސް ބާކީވަނީ މާލޭމީހުން. މާލެ ކެޕިޓަލް ސިޓީއަކަށްވެ ހުރިހާ ޚިދުމަތްތަކެއް ލިބިފައިވުމަކީ މާލޭ ރައްޔިތުންގެ މައްސަލައެއްނޫން. މާލޭ ރައްޔިތުންގެ ހައްޤުގައި ވަކާލަތުކުރަންޖެހޭ. ހަމަހަމަވާންޖެހެނީކީ މާލޭން ފްލެޓް ދޫކުރުމުގައި އެކަންޏެއްނޫން. ހިތަދޫ ތިނަދޫންވެސް ފްލެޓް ދޫކުރުމުގައި ހަމަހަމަވާންޖެހޭ. އަހަރެން ހަނިމާދޫގައި ދިރިއުޅޭތާ 10 އަހަރުވެއްޖެ. ހަނިމާދޫން ގޯއްޗެއް ނުވަތަ ގެއެއް ލިބުމަކަށް އަދިވެސް ޝަރުތު ފުރިހަމައެއްނުވޭ މާލޭ މީހެއްވީމަ. . މާލޭ ރައްޔިތުންގެ ހައްޤުގައި އަޑުއުފުލާ އަނދުން ހުސެއިނަށް ހައްސަރިބަހުން ސާބަސް.

    4
    4
  18. އެމްޑީޕީ ބުރޯ

    ކަލޭމެން ބުރަ މަސައްކަތް ކުރީމަ މާލޭ މީހުން ބުރަ މަސައްކަތް ނުކުރާނީތަ. ހަމަ ބުރަ މަސައްކަތުން ހޯދާ ލާރި ކޮޅުން ގޭގޭ ވެސް ހަދާފަ ހުރީ ކަލޭމެން ވެސް ބުރަ މަސައްކަތް ކުރަންޏާ ކީއްވެތަ އަމިއްލަ ގެދޮރު ނުހަދާ ވަޒަން ތަރައްގީ ނުކޮށް ބަހައްޓާފަ މާލެ ތި އަންނަނީ؟.. ތެދު ހަގީގަތަކީ ވެސް ކުށް ކުރުން މިހާރު ގިނައީވެސް ރާއްޖެތެރޭގަ ބޮޑެތި މުޖުރިމުން ފިލާ ތިބެނީވެސް ރަށްފުށުގަ ވައްކަމާ މީހުން މެރުމާ މާރާމާރީ ވެސް ގިނައީ ރާއްޖެތެރޭގަ ކީއްވެތަ ކަންކަން މިހެން ހުންނައިރު މާލެ އަންނަނީ ކަންކަން އިސްލާހު ނުކޮށް.. ؟ ހަސީލަތް ނުބައި މީހުންނާ މުނާފިގުން ވެސް ގިނައީ ރަށްފުށް ތަކުގަ. ޒުވާބެއް ކުރަނޏާ ކަނޑިކި ކަކުލަށް ވުރެން މައްޗައް ހިއްލާފަ މީހުންނާ ދިމާލަށް އައުގުރާނަ ގޮވަން ދަންނަނީ ވެސް ރާއްޖެތެރޭ މީހުން. މިއޮތީ ހުސް ވާހަކަ ތިހެން މާލޭގެ ވާހަކަ ދައްކާ އިރު ތިމާމެންގެ ކަންތައްތައް ހުންނަގޮތް ބަލާފަ ކިޔާ އެއްޗެއް ކިޔާ އަދި މި ނިމުނީކީ އެއް ނޫން މިހެން ކިޔަންޏާ ކިޔަންވީ ހުސް ކަންކަން.

  19. މަވެސް ގެމަނަފުށި

    ޢަމީންގެ ދައުރުގައި މާލެއައްވުރެ ހުވަދޫ އައްޑޫ އެކްސްޕޯޓްސް ގިނަ ވެ ކުރިއަރަން ފެސުމުން ސަރުކަާރުން އެކަންތައް ހުޓުވީ. މާލެއިން ލިބޭ ހުރިހާ ޚިދުމަތެއް އަހަރުން ހުވަދޫ މީހުންނައް އޭރު އައްޑޫ އިން ލިބޭ. ޢެފަހުން ނާސިރު އަދި މައުނޫނުވެސް އެބަހުރި އެކަހަރަ ހުރަސްތައް އަޅާފަ. ޥީމާ ސަރުކާރުން ގަސްތުގައި މީހުން މާލެއަށް ޑިޕެންޑް ކުރަނީ މާލެ ތަރައްގީ ކުރަން.

    5
    3
  20. ހަގީގަތް

    ހަގީގަތަކީ ރާއްޖެތެރޭގަ ކުރީ ޒަމާން ތަކުގަ މީހުންނަށް ވާ ބަޔަކު އުޅުނީ. އެވެސް މާލޭ މީހުންނަށް ބަރޯސާ ނުވެ. ފަހަކަށް ޖެހުނު ފަހުން މީހުން ކަންނެތް ވެ ގޯތި ގެދޮރު ވިއްކާލާފަ އަންނަނީ މާލެ އަށް. ކުށް ތައް ކުރުން ގިނަވެ ހައްދު ފަހަނަ އަޅާ ދާވަރަށް މީހުން ނުބައިވެ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ހަބަކަށް ރަށް ރަށް ވީމަ އަންނަނީ މާލެއަށް. ދެން މާލޭ ވަރެއް ހަމަ ނެތީމަ މާލޭ ރައްޔިތުންނަށް ވާން ބޭނުން ވަނީ ހަމަ. ކަންކަން އިސްލާހު ނުކޮށް

    7
    2
  21. ނިޒާމް

    އެއީ މިގައު މުގެ ވެރިން ގަސްތުގާ ކުރިކަ މެއް.

    3
    1