"ރާއްޖެތެރޭ މީހުން" ވަނީ އިސްރާއީލް މީހުން ފަލަސްތީންގެ ބިމަށް ވެރިވެގަތްހެން މާލެ އަށް ވެރިވެގެންފައިވާ ކަމަށް ދޭހަވާ ގޮތައް ވާހަކަދެއްކެވި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ ދެ ގޯތި އައްޑޫ ސިޓީ ހިތަދޫގައި އޮތް ކަމުގެ މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

އައްޑޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އައްޑޫ ސިޓީ ކައުންސިލް އިދާރާ ކައިރީގައި އަނދުން ހުސޭންގެ ދެގޯތި އޮންނަ ކަމަށާއި އެއިން އެއް ގޯތީގައި ގެއެއް ވެސް އަޅާފައި ހުންނަ ކަމަށެވެ.

"ވަރަށް ފެންވަރު ރަނގަޅުކޮށް ހަދާފައި ހުންނަ ގެއެއް އެބަހުރި. ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުން އައްޑުއަށް ކުރައްވާ ދަތުރުފުޅުތަކުގައި އާއްމުކޮށް މަޑުކުރައްވާނީ އެގޭގައި. ދާއިމީކޮށް ބަޔަކު އެގޭގައި ދިރިއެއް ނޫޅޭ." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އޭނާ ބުނީ ޖެހިޖެހިގެން އޮތް ދެގޯތީގެ ތެރެއިން އެއް ގޯތީގައި ގެއެއް އަޅާފައި ވާއިރު އަނެއް ގޯތީގެ ވެސް ވަށާފާރު މިހާރު ރާނާފައިވާ ކަމަށެވެ.

އައްޑޫގައި އޮތް އަނދުން ހުސޭންގެ ގޯއްޗެއް
އައްޑޫގައި އޮތް އަނދުން ހުސޭންގެ ގޯއްޗެއް

އަނދުން ހުސޭން ރޭ "ރާއްޖެޓީވީ" ގައި ދެއްކި ވާހަކަތަކާއި ގުޅިގެން އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

އަނދުން ހުސޭން މީގެ ކުރިން ވެސް ވަނީ އެންމެ ހާލުގައި ދިރިއުޅެނީ މާލޭ ރައްޔިތުން ކަމަށް ވިދާޅުވެ މާލޭ ރައްޔިތުންނަށް މާލޭ ސަރަހައްދުން ގޯތި ދިނުމަށް ވަކާލާތު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ޑިސާރާވެރިޔާ

    އަދު ންގޭގައި ކުއްޔަށް އުޅޭ ރާއްޖެތެރެ މީހު ންނ އެގެއި ން ނުކުތުމަށް ގޮވާލަ ން. އަދި އަދު ންގެ ގަރާޖު ން ހިދުމަތް ހޯދާ ރާއްތެރެ މީހު ން އެގަރާޖުން ނޫ ނން އެހެ ން ގަރާޖުތަކު ން ހިދުމަތް ހޯދަ ންވީ. މާ މާލެ ވެގަ ނެގެ ން ތިޔަ އުޅެ ނީ، މިހާރުވެސް އަމިއްލަ ވިޔަފާރި ހި ންގައިދެ ނީ ރާއްޖެތެރޭ މީހު ން.

    180
    6
    • ދޮގެއް؟

      ރާއްޖެތެރޜޭ މީހުންގެ ހިތްވަރެއް ހުރިއްޔާ މީތި ސައިޒު ކޮށްލުމަކީ އެއްވެސް ކަމެއް ނޫން. އެކަމަކު ރީނދޫ ގުންޑާއެއްތަ ހޭބަލިވެފަ އަހަރުމެން ތިބެނީ. މިސޭކާ ދެއްކި ބާހަކައަށްވެސް ސާބަސްދީ އާނއާނއާނ ތެދެކޭ ތެދެކޭ ކިޔާނެ ރަށްރަށުގަ މިތެޅޭ ރީނދޫ ގުންޑާތައް. ކަލޯ އަދި ތިވަރު ކުޑަ. ކަލެއަށް ގޮވުނުހާ އެއްޗެއް ގޮވާ.

      89
  2. Anonymous

    މާލޭމީހުންނަށް ވުރެ މާބޮޑުކޮށްވެސް އައްޑޫ މީހުންއުޅެނީ ޕޯޝް ކޮށް!ގަނޑުވަރުހެން ގެއަޅާ ތާހިރު ދިރިއުޅުމެއް އުޅޭބައެއ!ތައުލީމީގޮތުންވެސް މޮޅު!އެހާމެ ރީތިމީހުން އުޅެނީ!އެކަމަކު ވަރަށް ވަރިހަމަ ބައެއް!މުޅި އަތޮޅު އަންދާ ހުޅުރޯކުރިޔަސް އޯކޭވެފަ!ބޮޑު އިންޑިޔާ މިލިޓަރީ ބިސް އަޅާއިރުވެސް ހެވިދިއްލިފަ!ރަށަށް އެއްވެސް ކަމެއްކޮއްނުދޭއިރުވެސް ރީނދޫ ކުލަ އަށް މަރުދެމުން ކަސޯޓީބަލަން ސިޓިންގރޫމުގަ ހެވިދިއްލިފަ!ރީތިކަމުގެ ޕޯޝްކަމުގެ އަގެއް އެބައޮތްތަ؟ މިހެން ބުނާއިރުގަ ވަރަށް ހެޔޮވިސްނޭ މަދުބަޔަކު އައްޑޫގައުޅޭކަންވެސް ފާހަގަ ކޮއްލަން!

    78
    4
    • ިކާކުކީކޭ

      ތިޔަ އައްޑޫ މީހުންނަކީ ތިޔަ ބުނާހައި މަތީ ބައެއް ނޫން. ރާއްޖޭގެ އެހެން މީހުންނަށްވުރެ ތާހިރު ދިރިއުޅުމެއް އުޅޭ ބައެއް ނޫން. ތައުލީމީ ގޮތުން ބެލި ނަމަވެސް އިރެއްގައި ތަޢުލީމީ މީހުން ތިއްބެއް ކަމަކު މިއަދު އެހެން މީހުންވެސް އަރާހަމަކޮށްފި. މާލޭ މީހުންނެކޭ އެއްގޮތަށް އަބަދާ އަބަދު މަމޮޅު ގޮވާ ބައެއް. އެކަމަކު ރާއްޖޭގައި ތިބި އެންމެ ބުއްދި ފަސްވެފައި ތިބި މީހުން.

      6
      10
      • Anonymous

        އައްޑޫމީހުންދެކެ ހާދަހަސަދައެއް ތިވަނީ!ކޮންމެ އެއްޗެކޭ ކިއަކަސް އައްޑޫ އަކީ ނަލަނަލަ ތަނެއް އެންމެ ރީތިމީހުންއުޅެނީވެސް އެތާ !ދެން ޕާޓީފިކުރު އެކަނި ގޯހީ!ހަމަ ވަރަށް ވާވް ބައެއް!ރުޅިއަންނާނެ ވަރަށްގިނަމީހުން އެމީހުން ސަޅިވީމަ ބޮލުގަ އުކުނު ނުހުންނާނެ ސާފުތާހިރުވާނެ ވާނެ މީރުކޮށް ހުރަހާކަމެއްކުރާނެ ހެވޭ ރުޅިއަޔަސް ޓްރުތް ހާޓްސް ދޯ

        13
        2
  3. Anonymous

    މާލޭގެ ވަރަށް ގިނަގޭގެ ގަނެގެން ަރަށް ގިނަ އައްޑޫ ބޭފުޅުންވެސް އުޅޭ އިނގޭތޯ އެކަމަކު މި އަނދުންހުސޭނު އުޅޭ ފާޑަކަށް އެމީހުން ނޫޅޭ އެމީހުން އަނދުނެއް ނާޅާވިއްޔާ އައިލައިނާ މަސްކަރާ ވިއްޔާބޭނުންކުރަނީ ދެން މި ހުސައިނު އުޅޭފާޑެއްދޯ އަމައްޔާއި

    76
    2
  4. ޙަސަން ޒަރީރު

    ރާއްޖެތެރެއިން މާލެ އިން ލަންޑަނުން ގޯތިގައްނަން ފައިސާހޯދީ ގެދޮރުކުއްޔަށްދީގެން ދެންކޮން ފާފަޅޮލެކޭމިކިޔަނީ އަމިއްލަޔަށް ބޭޒާރުވުންނޫންކަމެއް ވެއްޖެތަ

    46
    4
  5. ބޭޗާރާ

    މިހާރުން މިހާރަށް މިކަލޭގެ ހިފައި ހައްޔަރުކޮށް، ރާއްޖޭގައި ނަސްލީ ތަފާތު ކުރުމާއި ބައިބައިވުން އުފައްދަން އުޅުނު ކަމުގެ ދައުވާ އުފުލަންޖެހޭ. މީނާ މިވާހަކަ ދެއްކީ ރައްޔިތުންގެ މަޖިލީހަކު ނޫން. އެހެންވީމާ މައްސަލަ ނުބެލެންވީ އެއްވެސް ސަބަބެއް ނެތް. މީ ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދައި ރައްޔިތުން ބައިބައިކޮށް ގައުމު ހަމަމަގުން ނައްޓުވަން އުޅޭ މުރައްކަބު ޖާހިލެއް. މީނާ މަޖިލީހުގެ މެންބަރުކަމުން އަޒުލުކުރަންޖެހޭ. ހަމަހަމަކަމަށް ގޮވާލާ އެމްޑީޕީންވެސް މީނާގެ ސުލޫކީ މައްސަލަ ބަލައި މީނާގެ މައްޗަށް ހަރުކަށި ފިޔަވަޅެއް އަޅަންޖެހޭ. އެހެން ނޫނީ އެޕާޓީއަކީވެސް ހަރުކަށިކަމާއި ނޭއްގާނީ ކަމާއި ނަސްލީ ތަފާތުކުރުމާއި ގައުމު ބައިބައިކޮށް ރައްޔިތުން ކެޓެގެރީ ކުރާ ޕާޓީއަކަށް ވެދާނެ. މިހާތަނަށް އެޕާޓީ އޮތީ ޑިމޮކްރަޓިކްގެ ނަމުގައި ކަމަށްވިޔަސް މިކަމަށް ފިޔަވަޅެއް ނާޅާނަމަ ހަރުކަށި ޕާޓީއަކަށް ވެދާނެ. އެމްޑީޕީގެ ސުލޫކީ ކޮމިޓީންވެސް މީނާގެ ހަރުކަށި ފިޔަވަޅު އަޅުއްވައިދެއްވާ!

    52
    1
  6. ޖ

    މީމީނަޔައް ކިހިނެއްލިބުނުގޯތިތަކެއް މިކަންބަލަން ވެއްޖެއެއްނުން އައްޑޫމީހުންނައް މިހާ ރުވެސް ގޯތިނުލިބިގެން އުޅޭއި ރު މިގޯތިއަތުލަން އައްޑޫމީހުންޖެހޭނެ.

    56
    1
  7. ނަގޫރޯޅި

    އދނ ހުސޭނަކީ ސާހިދު ފަދަ ހިޔަޅެއް. އެކަހަލަ މީހުން މޑޕ ފިޔަޖަހާލެއް ގަދަ ވާނެ

    55
  8. މާލެބޭފުޅާ

    ކޮނުނު ކޮނުނުހެން ފަސްގިނަވާނޭ ބުނާހެން ތަންތަންހާވާލަނިކޮއް އަދިވެސް މިކަލޭގެ ގެތައްރައްރަށުން ފެންނާނެހެންހީވަނީ

    49
  9. ނޮޅިފިސް

    އަނދުންސޭޓް ބޭނުންވަނީ 1932ގަ މިމާލޭގަ އޮތް ހަތަރުކަށިމަތި އަލުން އިޔާދަކޮށް އަލުން ވިއްކަން ހިސާބުޖަހަން. ބަލައަނދުންސޭޓޫ ދޮންކަލޯ މާލޭގެ ކުދިންނަށް އަދިވެސް ކަމުދަނީ ރާއްޖެތެރޭގެ ކެޔޮގަހުގެ ބޮޑެތި ދަޅިގަނޑު. މާލޭގަ ހުރިގަސްތަކުގަ ހުރީ ގުރުޑު ދަޅިގަނޑުވީމަ ތިޔެއްކަމަކު ނުދެޔޯ. ދެންކިހިނެތްތޯ އަނދުންސޭޓާ މިކަންކަން ބަދަލުކުރާނީ.

    30
    1
    • ފައިރޫޒު

      1932 ކީއްކުރަން އެއަށްވުރެ ކުރިޔަށް ޖެހިލިޔަސް، މީދޫ ތަކުރާއި ހުރާ ދޮންހަސަން މަނިކާއި އުތީމު ރަދުންނާއި މުލަކު އެދުރުބެއާއި ފެންފުށީ ތަކުރުފަދަ އެތައް ބައެއް މާލެ މާލެ އަކަށް ހަދާފައި އެ އޮތީ. އެއީ އިންޑިޔާއިން ޕޯޝްގީޒު ނަސްލުގެ އެނދި މަރިޔަބާ އަނދިރި އަނދިރިންނެއް ނޫން.

  10. އުދައްޔު

    މީހާދަ މާލެވެގެން އުޅޭ މީހެކޭދޯ.މީނަ ނޫނީ މާލެމީހަކު ނެތީތަ؟ބަލަގަ ރާއްޖެތެރޭމީހުން މާލޭގަ އުޅޭތީދޯ މާލޭމީހުން ގެދޮރުހަދަން ނަގާފަހުރި ލޯނުތައް ދެއްކެނީ.މިވަރު ނޭގޭ މީހުން މަޖިލިހަށް ގެނެސްގެން އަތްޖަހަޖަހާ މިތިބެނީ ހެވިފަ.މަޖިލީހުގަވެސް މާލޭ މީހަކު ނެތީތަ މިނޫނިއްޔާ.އަބަދު މާލެ މާލެ ރާއްޖެތެރެ މީނޫން އެހެން އެއްޗެއް ކިޔަން ނޭގެނީތަ؟ރާއްޖެއަށް ލިބޭ ރުފިޔާބަހާފަ ރާއްޖެތެރޭމީހުންގެ ބޮލަކަށް ޖެހޭވަރު ރާއްޖެތެރޭ މީހުންނަށް ދީބަލަ.އެއިރުން އަހަރުމެން ތިބެދާނަން މާލެނުގޮސް.

    35
  11. ނީނާ

    ތިހެންބުންޏަކަސްނިކުމެވޭކަައްނެއް،މާލެދިޔަމީހުންހަނދާންނެތިއްޖެެއެންބުރިރަށައްއަންނަންރައްތަރައްގީކުރެވޭނީރަށުގަތިބެގެން" ޢާދޭރަށައްހުރިހާކުދިން

    18
  12. އަހަންމަދޭ

    އައްޑޫ ރައްޔިތުންގެ ހިތްވަރެއް ހުރިއްޔާ މާދަމާ އިރު އޮއްސުމުގެ ކުރިން ތި ބިންތައް އައްޑޫ އަހުލުވެރިންގެ ދަށަށް ބަދަލު ކުރެވެންވާނެ.

    29
  13. ޢާސީ

    ޢއަދުން ހުސޭނު ބުންޏަސް ތެދެއްވާނީ ތެދަކައްދޯ..ރުޅި އައުމުގެ ބޭނުމެއްނެއް..

    8
    39
    • ބެއްޔާ

      އޭނާ އެއިއްވަނީ އެމްޑީޕީގެ ރޫހާނީލީޑަރުގެ ބަސް.

  14. ބޯކިބާ

    އަނދުނެއް މޭކަޕެއް ކިޔާނެކަމެއްނެތް، ރާއްޖޭގެ އަތޮޅެއްގަ ފަޅުރަށެއް ފަޅެއް ފަރެއް ގިރިއެއް ނޫނީ މުރަކަކޮޅެއް އޮތަސް މާލޭ ކޮންމެވެސް މީހެއްގެ ނަންމަތީ ހުރީ. ނުވިތާކަށް ދައުލަތުގެ ހަޒާނާވެސް ދޮވެލައިގެން އެކަމަކުން އަރައިނުގަނެވިފަ މިތިބީ.

    35
    1
  15. ސުޢޫދު

    އައްޑޫރައްޔިތުންނައް ނުދީ އޭނަޔައްދެގޯތި ލިބުނުގޮތެއްބަލަންޖެހޭ ގާނޫނުބުނާގޮތުން އޭނަޔައް ދެގޯތިއެއްނުލިބޭނެ ގެއެއްނެތިސްބިމުގަ މޭޔަރު ނިޒާރުޖެހޭނެބަލަންމިކަން ސ ފޭދޫގަ ވެސްހުއްނާނެހަދާފަ އިސްރާއިލްގެ ހުރިހާރައްތަކެއްގަ ހުރިވިޔަފާރި ކުރާތަންތަނުން ހިދުމައްނުހޯދަންވީ އޭރުން ވާގޮއްއެގިދާނެ

    20
  16. ަސދަ

    ކޮހުންވެސް ބަލާނެ ކޮސްނުގޮވައިވޭތޯ.
    ނަމަވެސް މިކަލޭގެ އެކެޓަގަރީއަކަށްވެސް ނުފެތޭ.

    25
  17. މަހުދީ

    ބަލަގަ މިހިރަ އަދުރާ މާލޭމިހުން ދިހަބާރަބުރިޔަށް ގެހަދާފާ ފައިސާ ހޯދަން ގެތައް ކުއްޔަށދީފައި ކޯސްޓް ކިރުދަޅަކަށް އެރެނީ އަމިއްލައަށް

    25
    1
  18. އަލީ

    އަދުން ބެއްޔާ ހާލުގައި ތިޔަ އުޅެނީ އަދުންބެއެއްނޫން! އައްޑޫއިން ދެގޯތި

    26
  19. އައްލާބެއްޔާ

    ރާއްޖެތެރޭމީހުންގެ ބޯ ރަނގަޅުވީމަ މާލޭ މީހުންގެދޮރުންބޭރުކޮށް ވެރިވެގަތީ ބޯރަނގަޅީކީނޫން ގަމާރީ ހިލޭރަށުގައި އުޅެވެންއޮއްވާ މިމާލެޔައް އައިސް ކުދިކުދި ހޮރުހޮރުގައި ބޮޑުކުލިދީގެން ގަނަތެޅެނީ މެލޭސިޔާގައި 3 ކޮޓަރިއެޕާޓްމެންޓެއް ފެނާކަންޓާއެއްކޮއް 500 ޑޮލަރ އައް އުޅެވެން އޮއްއިރި މިމާލޭގައި ތިޔާ އުޅެނީ 1200 ޑޮލަރު ހަމައެކަނި ކުއްޔައް ވީމާ ކިހާބޯރަނގަޅު ގިނަ ފަހަރައް އަހަރުނުވަނީސް އަންހެނުން ދުވޭ އެހެން ފިރިހެނެއްގެ ފަހަތުން އާއިލާރޫޅި ކޮށިދަނޑުގެ

    10
    9
  20. މަވެސް

    ޙުރިހަާ ބާރުތައް އަމިއްލަ އަށް ބައްކޮށްފަ އަދި އެވަރުންވެސް ނުފުދިގެން އުޅޭ ބަޔެއް މިއީ.

    21
  21. އައްޑޫ ލެއި

    ކިހާތަ މި ބީތާ އައްޑޫ އިން ނަގާފަ އޮއް ދެބިމުގަ އައްޑޫގެ ނިކަމެތި ދެއާއިލާޔައް ނުއުޅެވޭނެތަ އަންދުން ހުސޭނާ ކަލޭ ތިހިރީ ހޭބަލިވެފަތަ

    26
  22. މުހައްމަދު

    އައްޑޫގަހު ރި އަދުން ހުސޭނުގެ ދެގޯތި އައްޑޫސިޓީކައުންސިލައް ނެގުމަށް ސިޓީކައުންސިލައް ގޮވާލަން

    26
  23. މިހުރީ ހަނު

    ތިސޮރު އިނދެގެން ތިއިޅެނީ ފަލަސްތީނު މީހަކާތޯ. މީނަގެ ފެންވަރު ހުދު މީނަގެ އަމިއްލަ ނަފުސައްވެސް ނޭގޭނެ. މޑޕގެ ޕާލަމަންޓު ގުރޫޕުގެ ނައިބު. ހަހަހަ

    24
  24. ޒަބީބު

    ރާއްޖެތެރޭ މީހުންނޭ ކިޔާފައި މިގޮތަށް މާމޮޅު ބައެއް ކަމަށް ހެދިގެން މާލޭ މީހުންކަމުގައި ދައުވާކޮށްގެން އުލޭ އަނދުން ހުސޭނު ކަހަލަ ބޮޑާ ކިބުރުވެރިން މިޒާތަށް ރާއްޖޭގެ އެހެން ރަށްރަށުމީހުންނާއި ދިމާލަށް މިގޮތަށް ބަދުބަސް ބުނާއިރު ރާއްޖޭގަ ތަރައްޤީކުރާނެ ކަމަށް ސަރުކާރަކުން ނަމެއްކިޔާލި ކޮންމެ ރަށަކުން މާލޭ މީހުންކަމަށް ދައުވާ މިކުރާ ހުރިހާ މީހުން އޮތީ ބޮޑެތި ބިންތައް ނަގާފައި. ލާމުއަތޮޅުން މާލޭ މީހުންކަމަށް މިބުނާ ބައިގަނޑު ނަގާފައި އޮތީ ބޮޑެތިވެގެންވާ ކިތައް ބިން؟ މަރިއާއެކޭ ކަމާލުއްދީނެކޭ، އިލްޔާސެކޭ، އައްބާސެކޭ، ރީކޯ މުސައެކޭ، ނައީމެކޭ، ސަލީމެކޭ، މާހިރެކޭ..... މިހެންގޮސް ނަންކިޔާނެކަމެއް ނެތް. ލާމު އަތޮޅުން އެއަތޮޅު މީހަކަށްވެސް އެވަރު ބޮޑު ބިމެއް ނުލިބޭނެ. އެއިން ކޮންމެ ތަނެއްގައި ހަދާފައި ހުރި އިމާރާތާއި އިންދާފައި ތިބި ރުކާއި ގަހާއި ހުރިހާ އެއްޗަކަށް ޚަރަދުކުރީ އެބުނާ ރާއްޖެތެރޭ މީހުން އަތުން މާލޭގެ ކުލީގެ ގޮތުގައި ފެލައިގެން ހޯދި ފައިސާ. އަދިވެސް ރާއްޖެތެރެ އޭ ފަލަސްތީނޭ ގޮހޮރޭ ކިޔާކަށް ލަދެއް ނުގަނޭނު!!!!

    2
    1
  25. ގައްބަރު

    ރ މީދޫގަވެސް މީނަ ގޯތި އެބަހުރި.

    12
  26. އަޙްމަދު

    ބޯއިކޮޓް އަދުން އެޕާރޓްމެން، ގަރާޖް އަދި އެހެނިހެން ވިޔަފާރިތަށް!

    18
    1
  27. ހަވަރު ތިނަދޫ

    ވެލާނާގޭ އިބަރާހިމް ނާސިރު ދުވަސްވަރު ސަރުކާރު މުއައްޒިފުންނަށް ދައުލަތުން ދޭނެ މުސާރަ ނުލިބިގެން ގދ. ހަވަރު ތިނަދޫ ހިރިހިމާދި ކަލޭފާނު އަތުން 7 ލައްކަ ރުފިޔާގެ ލޯނެއް ނެގި ހުޅުލޭ އެއާޕޯޓް ހެދުމަށާއި ޝިޕިން ލައިންއަށް ބޮޑެތި ހަރަދުތަކެއް ބަޖެޓުން ކުރަންޖެހުމުން ތިބުނާ މާލޭމީހުން ދިރި ދުނިޔޭގައި ބޭތިއްބުމަށް (ކާނެ އެތިކޮޅު ހޯދުމަށް) ވެލާނާގޭ އިބުރާހިމު ވަނީ ރާއްޖެތެރޭ ހަވަރު ތިނަދުއަށްއަރާ މުޅި ރަށުން މީހުންބާލާ ރަށުގަ ހުރި ހުރިހާ މުދަލެއްް ސަރުކާރަށް ނަގާފައެވެ. އޭރު އަދި ކުރިން ނެގި 7 ލައްކަ ރުފިޔާގެ ލޯނު ވަނީ ނުދައްކައެވެ. މިހާރުވެސް ތިބުނާ މާލޭ މިހާވެގެން އުޅޭ އަދުނޭމެންގެ އާއިލާ ކަހަލަ ބައެއް އާއިލާތަށް މުއްސަދިވީ ރާއްޖެތެރޭ މީހާ ފޭރިގަނެގެން ހޯދި ފައިސާއިންކަން ހަދާން ބަހައްޓާށެވެ

  28. ކާފަރ

    ފަލަސްތީނު މީހަކު ޓެލްއަވީވުން ދެ ބިން ފޭރިގަނެފަދޯ މިއޮތީ. އައްޑޫގަ ގޯތި ނުލިބިގެން އުޅޭ ކިތައް މީހުން އެބަތިބި؟ އައްޑޫގައި ހުރި އެހެން ރަށްރަށުގެ މީހުންގެ ބިންތަކުގެތެރެއިން މީހުން ދިރިނޫޅޭ ބިންތައް ވަގުތުން ނަގާފައި ގޯތޮ ނުލިބިވާ އައްޑޫ މީހުންނަށް އެތަންތަންދޭން ކައުންސިލަށް ގޮވާލަން

  29. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ދުނިޔޭގެއެންމެ ނުބައިމީހުން އުޅޭތަންތަނަވު ރެން މިމާލޭގަ އުޅޭމީހުންގެ ނުބައިކަން އެތަކެއްހާސްގުނަމަތި މީހަގީގަތް މިތާދި ރިއުޅެނީ ހުސްކައްޒާބު

  30. އެމްޑީޕީ ބުރޯ

    ކަލޭމެން ބުރަ މަސައްކަތް ކުރީމަ މާލޭ މީހުން ބުރަ މަސައްކަތް ނުކުރާނީތަ. ހަމަ ބުރަ މަސައްކަތުން ހޯދާ ލާރި ކޮޅުން ގޭގޭ ވެސް ހަދާފަ ހުރީ ކަލޭމެން ވެސް ބުރަ މަސައްކަތް ކުރަންޏާ ކީއްވެތަ އަމިއްލަ ގެދޮރު ނުހަދާ ވަޒަން ތަރައްގީ ނުކޮށް ބަހައްޓާފަ މާލެ ތި އަންނަނީ؟.. ތެދު ހަގީގަތަކީ ވެސް ކުށް ކުރުން މިހާރު ގިނައީވެސް ރާއްޖެތެރޭގަ ބޮޑެތި މުޖުރިމުން ފިލާ ތިބެނީވެސް ރަށްފުށުގަ ވައްކަމާ މީހުން މެރުމާ މާރާމާރީ ވެސް ގިނައީ ރާއްޖެތެރޭގަ ކީއްވެތަ ކަންކަން މިހެން ހުންނައިރު މާލެ އަންނަނީ ކަންކަން އިސްލާހު ނުކޮށް.. ؟ ހަސީލަތް ނުބައި މީހުންނާ މުނާފިގުން ވެސް ގިނައީ ރަށްފުށް ތަކުގަ. ޒުވާބެއް ކުރަނޏާ ކަނޑިކި ކަކުލަށް ވުރެން މައްޗައް ހިއްލާފަ މީހުންނާ ދިމާލަށް އައުގުރާނަ ގޮވަން ދަންނަނީ ވެސް ރާއްޖެތެރޭ މީހުން. މިއޮތީ ހުސް ވާހަކަ ތިހެން މާލޭގެ ވާހަކަ ދައްކާ އިރު ތިމާމެންގެ ކަންތައްތައް ހުންނަގޮތް ބަލާފަ ކިޔާ އެއްޗެއް ކިޔާ އަދި މި ނިމުނީކީ އެއް ނޫން މިހެން ކިޔަންޏާ ކިޔަންވީ ހުސް ކަންކަން.

    2
    3
  31. ބޮލި މުލައް

    އެމްއެމްޕީ އާރުސީގެ ބޮޑު ހިޔާނަތް ޢާއްމުވާދުވަހު ސަލާމަތުންހުރެވޭތޯ ބަލަން ތިބެބަލަ.

  32. ނަދުން

    ދެ އަނބިން ތިބި ެިރުވެސް ހުސް ރާއްޖެ ތެރެއިން ހޯދި ކުދިން އައްޑޫގަ ގޯތި އޮންނާނެންނު ދޮށީ އަންތްބަކީ އައްޑޫ މީހެއް

  33. ސަޅި

    އަދުންއަށް އިތުރު ގެއެއް މާލޭން ދޭން ފެނޭ، އޭރުން އެކަން ނިމޭނެ. އިތުރަށް ވަހަކަ ނުދައްކާނެ...

  34. ބިންގޯ

    އަދުން ހުސޭނު ތިޔަތަނަށް ވަދެ އިދެގެން ތިޔަ ގޮވަނީ ކޮސް. ތިޔަބުނާ މާލޭ މީހުންގެ އަނބިން ނާ ފިރިން ގިނައީ ރާއްޖެތެރޭގަކަންވެސް ހަނދާ ކުރާތި. މަމޮޅު ހުސޭނު. މިރާއްޖޭގެ ތާރީހް ކޮންމެސްވަރަކަށް ކިޔާލަބަލަ. މަމޮޅު ހުސޭނު.މަމޮޅު ހުސޭނު.

  35. އަދުނ

    ކަލޭ ލަދު ހަޔާތް ކެޑިފަ ދޯ ތިހިރީ، ކަލޭ ތީ ނަތަން ޔާހޫ އަށް ވުރެ ކުރީގައި އުޅޭ ބުލައެއް

  36. Anonymous

    ޢަތުލާ އާދާގެ ރައްޔަތު މީހާ ރަޝުގަވެސް އިތުރު ގޯޗެއް އޮތިޔާ އަތުލާނެ. މާލެގަ ގެއް އޭނަ ބޭރު ކުރިން ފެނޭ މެންބަރު ކަމުން