ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން އިންވެސްޓް ކުރި ފައިސާ އަށް ވުރެ ގިނަ އިން ހަރަދު ކުރެއްވީ އިންސާނިއްޔަތަށްޓަކައި ކުރެއްވި މަސައްކަތަށް ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.

ވިލާ ފައުންޑޭޝަނަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ވިލާ ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ 1976 ވަނަ އަހަރު ވިޔަފާރި ފަށައިގެން މިހާތަނަށް އައިއިރު، އެހީތެރި ނުވާ އެއްވެސް ދާއިރާއެއް ނުހުންނާނެ ކަމަށެވެ. އަދި ވިލާ ކުންފުނީގެ ދަށުން ހުރިހާ ފްލައިމީ އާއި ވިލާ ކޮލެޖާއި މަސް ފެކްޓަރީތައް ފަދަ ވިޔަފާރިތައް ފެއްޓެވީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމުގެ ބޭނުމުގައި ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އެކަމަކު، ގާސިމް ވިދާޅުވީ ގައުމަށް އިޖުތިމާއީ މަސައްކަތްތަކެއް ކުރައްވަ ނުކުންނަވާ އިރު، ކުރީގެ ބައެއް ސަރުކާރުތަކުން އޭނާ އަށް އެއްބާރުލުން ނުލިބޭ ފަހަރުދެއެވެ. އެގޮތުން ގާސިމް ވަނީ ކުރީގެ ސަރުކާރުގައި އޭނާގެ އެކައުންޓުތައް ފްރީޒް ކުރުމާއި އެކިއެކި ތުހުމަތުތައް ކުރައްވައި ޖަލަށްލި ކަން ފާހަގަ ކުރައްވައިފައެވެ. އަދި ވިލާ ކޮލެޖު "ކިއުއައި ޔުނިވަސިޓީ" އަށް ބަދަލުކުރަން އޭރުގެ ސަރުކާރުގެ އެއްބާރުލުން ނުލިބުނު ކަން ގާސިމް ފާހަގަކުރެއްވިއެވެ.

މިއަދާ ހަމައަށް އައިއިރު ވެސް ވިލާ ކޮލެޖް، ޔުނިވަސިޓީއަށް ބަދަލު ނުވެ އޮތުމުން ގާސިމް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"ގައުމަށް އިޖުތިމާއީ މަސައްކަތްތަކެއް ކުރަން ނިކުންނަ މީހަކަށް ސަރުކާރުން އެއްބާރުލުން ދޭނަމަ، އަޅުގަނޑު ދަންނަވާނީ ވަރަށް ބޮޑަށް ކުރީގައޭ ތިބޭނީ މިހާރަށް ވުރެ. އަޅުގަނޑު އެއްގޮތަކަށް ވެސް ސަރުކާރުގެ ބޮލުގައި އަޅުވާކަށެއް ނޫން،" ޖުމްހޫރީ ޕާޓީގެ ލީޑަރު ކަން ކުރައްވާ ގާސިމް ވިދާޅުވިއެވެ.

އެކަމަކު، ގާސިމް ވިދާޅުވި ގޮތުގައި އަބަދުވެސް ފެންނަނީ "ފަހަތުގައި ވަލެއް ޖަހާފައި ދަމާ" އަދި "ލަކި" ޖަހާ ތަނެވެ.

"މިއީ ކިހާ ދެރަ ކަމެއްތޯ؟ މިގޮތަށް ލަކި އަޅަން ޖެހޭތޯ؟ ފައިގައި ވަލެއް ޖަހާފައި ދަމަން ޖެހޭތޯ މީހުންނަށް ބިރު ދައްކަން؟ އެއިން އެއްވެސް ކަމަކުން ކުރިއެރުމެއް ނުލިބޭނެ. ހަމަ ގުދުރަތީ ގާނޫނުގައި ކަންކަން ހިނގަން މިންވަރު ކުރައްވާފައި އޮތް ގޮތަށް ކަންތައްތައް ހިނގަމުންދާނީ،" ގާސިމް ވިދާޅުވިއެވެ.

ވެރިކަމަށް ވަޑައިގަތުމާ އެކު، ކޮންމެ މީހަކު ވެސް ގަބޫލު ކުރަނީ އެއީ އެންމެ ބާރުގަދަ މީހާގެ ގޮތުގައި ކަމަށް ގާސިމް ވިދާޅުވިއެވެ. އެކަމަކު، "އިރުކޮޅަކުން" ބަލާ އިރު، އެއީ އެއްވެސް މީހަކަށް ނުވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

އެހެންވެ، ގައުމަށް ކުރިއެރުން ހޯދައި ދޭން ތިބި މީހުންނަށް އެއްބާރުލުން ދެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

"ގައުމުގައި ދިރިއުޅޭ މީހުންގެ އިންސާނިއްޔަތަށްޓަކައި އަޅުގަނޑު ކުރަމުންދާ މަސައްކަތަކީ މީހުންނަށް އެހީތެރިވުން އެކި ދާއިރާތަކުގައި. އެއީ ތައުލީމީ ރޮނގުން އެކަންޏެއް ނޫން. ސިއްހީ ރޮނގުން އެކަންޏެއް ނޫން. ހުރިހާ ދާއިރާއެއް، ކްލަބު ޖަމިއްޔާތަކަށް ދާންދެން، ރަށްރަށުގެ އަމިއްލަ މީސް މީހުންގެ ގެދޮރަށް ދާންދެން އެހެން ގޮސް، ނަން ހުސްކޮށް ކަންކަން ހުސްކޮށް އަޅުގަނޑު އެހީތެރި ނުވާ ދާއިރާއެއް ނުދާނެ،" ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެއާލައިނެއް ކަމަށްވިޔަސް، ވިލާ ކޮލެޖަކަށް ކަމަށްވިޔަސް، ހުޅުމާލެ އަށް ބެލިޔަސް، ތިލަފުއްޓަށް ބެލިޔަސް، އެއާޕޯޓަށް، މަސް ކުންފުނިތަކަށް ބެލިޔަސް ހުރިހާ އެއްޗެއް އަޅުގަނޑު އިންވެސްޓް ކުރީ އިގްތިސާދު ކުރިއަރުވަން. އިންވެސްޓްކުރި ލާރިއަށް ވުރެ މާ ގިނަ ފައިސާ އަޅުގަނޑު ހަރަދު ކުރިން އިންސާނިއްޔަތަށްޓަކައި ކުރެވުނު މަސައްކަތްތަކަށް. އެހެންވީމަ އޭގެ ކުރިއެރުން އަޅުގަނޑަށް ލިބިއްޖެ. ލިބެމުންދާ ތަން ފެނި އަޅުގަނޑު މިހުރީ އުފަލުން،"

ބައެއް ތަފްސީލްތައް ދެއްވަމުން ގާސިމް ވިދާޅުވީ ވިލާ ފައުންޑޭޝަންގެ 20 އަހަރު ދުވަހުގެ ތެރޭގައި 7000 ކުދިންނަށް ތައުލީމް ހާސިލް ކުރަން އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށެވެ. ވިލާ ފައުންޑޭޝަންގެ އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖެއަށް ބޭނުންވާ ތަފާތު ދާއިރާތަކުން މީހުން ބިނާކުރުމުގައި އެ ފައުންޑޭޝަންގެ މުހިންމު ހިއްސާއެއް އޮތުން ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ވިލާގެ ފައިސާއިން ކިޔެވި އެއްވެސް ދަރިވަރެއް ފައިސާ ނުދައްކައިގެން މިހާތަނަށް ދުވަހަކުވެެސް ކޯޓަށް ވަޑައިގެންފައި ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ވިލާގެ ފައިސާ އިން ކިޔެވި ދަރިވަރުންގެ ތެރެއިން ފައިސާ ދައްކަން ދަތި މީހުންނަށް މާފުކޮށްދީފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ތައުލީމް ހާސިލްކުރަނިކޮށް ނުވަތަ އޭގެ ފަހުން ފައިސާ ނުދައްވަނިކޮށް އެ ދަރިވަރަކު މަރުވެއްޖެނަމަ ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް އެއްބަސްވުމުގައި ލިޔެފައިވެސް ވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ތަފާތު ބަލިތަކުގެ ޝިކާރަކަށްވި އެތައް ދިވެހިންގެ ބޭސްފަރުވާގައި ވިލާ ފައުންޑޭޝަނުން އެހީތެރިވެދީފައިވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ވޯޓްވަގު

    ކަލަ ނުގޮވާ މަޑުން ހުރޭ، އާޚްރަތަށްވުރެ ދުނިޔެއަށް ދަހިވެތި ނުވޭ، މިއީ ގާސިމަށްދޭ ނަސޭހަތެއް

    61
    13
  2. އާލިމް / މާލެ

    ހީވަނީ ވިލާ އިން ކުދިންނަށް ހިލޭ ސާބަހަށް ކިޔަވާދޭހެން. ބޮޑު އަގުދީގެން ކިޔަވާ ކަމެއް ހަނދާނެއް ނެތް. ކޮސް ނުގޮވާ ހުރެ

    56
    11
  3. ޢަބްދުﷲ

    ޙަޤީޤަތުގައިވެސް ޤާސިމް އިބްރާހީމަކީ ދިވެހި ރައްޔުތުންނަށް ޤައުމަށް އަގުނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދެއްވި އަދި ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އެކަމަށް ޝުކުރު ދަންނަވަން. އަދި މާތްﷲ އެމަނިކުފާނަށް ހެޔި ޖަޒާ މިންވަރު ކުރައްވާށި!

    59
    20
  4. ޖަޒީރާ ބޯއީ

    ކަނޑައެޅިގެން ބޮޑު ދޮގެއް. އިންސާނިއްޔަތަށްށޭ ސާރިދޯޅު މިކިޔަނީ އޭގެ 10 ގުނަ ރައްޔިތުންގެ ފައިސާ ދަވާލާފަވަނީ.

    37
    22
  5. ?ރޮނޑާ

    މިހާރަކު އޮޅުވައެއްނުލެވޭނެ. ގާސިމުގެ ރިސޯޓު މުވައްޒަފުންނައް ލިބެންޖެހޭ ސަރވިސްޗާޖު ނުދީ އެއިން އެތިކޮޅެއް ފަގީރުންނައް ބަހާ ލަނީ. ފާތުމާ ކަދުރު ބަހާހެން ގާސިމުގެ އެހީ ވެސް ބަހަނީ.

    3
    9
  6. މުރާސިލް

    އޮނަރަބަލް ޤާސިމް އިބުރާހިމްގެ ތިޔަ ޤައުމީ ޚިދުމަތަކީ އަބަދުވެސް އަޅުގަނޑު ބަލައިގަންނަ އަދި ޝުކުރުވެރިވާ މަސައްކަތްޕުޅެކެވެ. އަބަދުވެސް އަޅުގަނޑު އެދެނީ މަނިކުފާނަށް ކާމިޔާބެވެ. މަނިކުފާނުގެ މަސައްކަތް ޕުޅުގައި ބަރަކާތްލައްވާ ކާމިޔާބު ލިބުމަކީ އަޅުގަނޑުގެ ދުޢާއެވެ.

    9
    7
  7. ސައިއްޓޭ ރ އުނގޫފާރު

    ހޭފުޅުބަލިވީތޯ ތިކިޔާލި ލިސްޓައް ބެލީމަވެސް އެނގިއްޖެ އިންސާނިއްޔަތައް ކަންކަން ކޮއްފަ ހުރިމިންވަރު ދިވެހި އުޑުދަށުގަވީ އެންމެ އަގުބޮޑެތި ބިންތަކާއި ފަޅުތައް ނަގާގެން ތިޖަހަނީ ކޮންސަކަރާތެއްތޯ ރައްޔިތުންގެ ލާބަޔައް ކަންކޮއްދޭވާހަކަ ބުނާއިރު ސޭޓުގެ ހުރިހާވިޔަފާރިއެއްގަ ތިބި މުއައްޒަފުންގެ %67 އަކީ ބިދޭސީން މީތޯ ދިވެހި ރައްޔިތު ންގެ ލާބަޔައް ކޮއްދޭކަމަކީ އަނގަނުޅާ މައިތިރިވެގެން ހުރެވޭތޯބަލާ

    12
    2
  8. އ. ޖ. އ

    މިއީ ޝުކުރު ޙައްޤު ފަރާތެއް

    7
    8
  9. ރޮންދާ ޤާސިމް

    ޤާސިމް އިބްރާހީމް ދިވެހި ނިކަމެތި ރައްޔިތުންނަށް އެހީވުމަށް އޭނާއަށް ދެއްވިފައިސާއާއި މުދަލުން ހޭދަކުރަނީކީ މިއަދަކު އިއްޔެއަކުނޫން، މީގެ އެތައް އަހަރުތަކެއް ކުރިން ދިވެހިރައްޔިތުންގެ އަތްމަތި ދަތިދުވަސްވަރުން ފެށިގެންވެސް ހޭދަކުރައްވާ! ރައްޔިތުންގެ ތެރެއިން އެމަނިކުފާނުންގެ އެހީތެރިކަން ލިބުނުފަރާތްތަކުން މިއަދުވެސް އެކަމަށް ޝުކުރުވެރިވޭ، އެން ސްޕާ އަކާއި މަދަނައަކާއި، އާސަންދަ އެއް ވުޖޫދުވީ އިއްޔެމެންދުރު، މީހަކަށް ލިބިފައިވާ ތަނަވަސް ކަމަކާއި، ކުރިއެރުމަށް ހަސަަދަވެރި ނުވެ ތިމާއަށް ވެސް އެފަދަ ނަސީބެއް ދެއްވާތޯ ﷲ އަށް ދުޢާ ދަންނަވާ! ހުރިހާ މުއުމިނުންގެ އާމީން ތިބާއަށް ލިބި ކާމިޔާބު ދެއްވާނެ. އިންޝާﷲ

    4
    8
  10. ޙަޤީޤަތް

    އަނިއްލައެދުމެއްނެތި ތިކަންކޮއްދިންކަމައްވާނަމަ ތިވަރައްކަލަނުގޮވާ ތިހެންކަންތައްކުރީމަ ތިޔަކަމުން ކަލެޔައް ލިބޭނެސަވާބެއްނެތް މީއަހަރން އަމިއްލައައްބުނާވާހަކައެއްނޫން ދީނީޢިލްމްވެރިންނާސުވާލުކޮއްބަލަ މިކަންއޮތީމިހެންނޫންތޯބަލަން

    9
    1
  11. ބޮޑު ހަސްންބެ

    އޭގެ ބަދަލުގަ މަނިކުފާނުގެ ރިސޯޓުތަކުގަ އުޅުއްވާ ބޭފުޅުންނަށް ހަސްކާ. އެ ބޭފުޅުންނަށް ހަމައަކަށް ސާވިސްޗާޖް ނުދީ އިންސާނިއްޔަތައް އެހީވަނީއޭކިޔާފަ ކަލަނުގޮވާ ބޭފުޅާ. ތިހާ އިންސާނިއްޔަތު ކަމެއް ހުރިއްޔާ ހަމަޔައް މުސާރައާ ސާވިސް ޗާޖް ދީބަލަ މުވައްޒަފުންނަށް.

    8
    1
  12. ބޮޑު ހަސްންބެ

    އޭގެ ބަދަލުގަ މަނިކުފާނުގެ ރިސޯޓުތަކުގަ އުޅުއްވާ ބޭފުޅުންނަށް ހަސްކާ. އެ ބޭފުޅުންނަށް ހަމައަކަށް ސާވިސްޗާޖް ނުދީ އިންސާނިއްޔަތައް އެހީވަނީއޭކިޔާފަ ކަލަނުގޮވާ ބޭފުޅާ. ތިހާ އިންސާނިއްޔަތު ކަމެއް ހުރިއްޔާ ހަމަޔައް މުސާރައާ ސާވިސް ޗާޖް ދީބަލަ މުވައްޒަފުންނަށް. ﷲ އަށް ބިރުވެތިވެބަލަ

    8
    1
  13. އޮމަދޫ މީހާ

    ޖާސިމްގެ އެހީ ލިބެނީ އިންތިހާބާ ދިމާކޮށް. ކީއްވެ؟ ކެމްޕެއިން ޚަރަދުތައް ވެސް އިންސާނިއްޔަތަށް ހެދީމަ ކޮރަޕްސަން ފްރީވީތަ؟؟؟؟

    9
    3
  14. ލަލީ

    ޤާސިމަކީ އެހީތެރިވާ ބޭކަލެއް! އެހެނަސް މައްސަލައަކީ ސިކުޑީގައި ކަމެއް ނެތްކަން!

    10
    5
  15. ދުނިގަނޑި

    އިންސާނިޔަތަށް ސާވިސް އެލެވެންސްގެ ގޮތުގައި ދެނީ ގިނަވެގެން 10 ޑޮލަރު! ގިނަފަހަރު އެވެސް ނުދީ އިންސާނިއްޔަތު ދިރުވާލަނީ! މުއައްޒަފުންގެ އިންސާނިއްޔަތު ނުހޭލާތީ މުސާރަކޮޅުވެސް ދެނީ މަހުގެ މެދަށް ދިޔާމާ! ރިސޯޓު ކުނިކަހާށޭ ކިޔާފައި އަންހެންވެރިން ގަނަތަޅުވާފައި އިންސާނިއްޔަތު ނިކަމެތިކަމުން ދެނީ މަހަކު 1500 ރުފިޔާ! ޕާޓީގެ އުޅޭ ކުދިން އިންސާނިއްޔަތުގެ ފޮނިކަނޑާތީވެ ރައީސްކަން ހޯދުމަށް މިލިއަނުން ޚަރަދުކުރަން! އަހަރެމެންނަށް އެނގޭ ކަލޭ ތީ އިންސާނިއްޔަތުކީ ހޭޔަންބޯ ކަން!

    10
  16. ބޮލި މުލައް

    ދޭނެމީހަކަށް ދިނީ.
    އެންމެފަހަރަކުވެސް މުދަލު ޒަކާތް ދެއްކިންތަ؟

    9
    2
  17. ނުރަބޯ

    ކަލަ ގޮވުމަކީ ބުރުމާގެ އާދައެއް. އެއްފަހަރަކު ކަލަގޮވަމުން ގޮވަމުން ގޮސް ޖަޒްބާތުގަ ޖެހި، ކިޔޭނުކިޔޭ ނޭނގިގެން ބުނި. “ މި ގާސިމްގެ ޖީބުން ކިތަންމެ ބަޔަކަށް ރަޙުމަތުގެ ވާރޭ ވެއްސަވާފަ ހުންނާނީ “ ރަޙްމަތުގެ ވާރޭ އާއި ކޯފާގެ ވާރޭވެސް ވެއްސަވަނީ މާތްﷲ ކަން މި ޖާހިލު ކަލޭގެ އަކަށް ނޭނގުނު.

    9
    1
  18. ތިންސިކުނޑި

    ތިޔަވަރު ގިނައިން ކަލަގޮވާ މީހަކު ނުދެކެން އަދި އޭނަކެ ރިސޯޓްތަކުގަ އުޅޭމީހުނައް ސައުވީސް ޗާރޖު ނުދީ އެފައިސާކޮޅު ބޭނުންކުރި އަދަދު ބުނަނވެސް ނޭންގެ

  19. ކަންނާޑި

    އަހަރެންގެ އުމުރުގެ ފެހިޒަމާން ހިނގަމުން އެދިޔައިރު ތެޔޮމިނަން
    އަހަރެންގެއަތް އުފުލާލިއަސް އެންމެން ތިބޭނީ އުފަލުގައި
    ފުނިޖެހިވަށާގެން އުސްވެފާ ހުރި ނޫޓުތައް އަދަދެއްނުވާ
    ގުނިއަތް މިހާރު ސަލާންޖަހަން ދިއްކުރެވެނީ އާދޭހުގައި
    ރަހުމަތް ތެރިންނާ ރަށްޓެހިން އިހުދުއް އެވޭލާ އެކުވެރިން
    އަހަރެންގެ ހަތުރުންނަށްވިޔޭ އަތްހުސްވެގެން ދިޔަ ވަގުތުގައި
    ވެރިކަމުގެ ހުވަފެން ދުށުމުގައި ފައިސާތަޅާބުރުވާލިއަސް
    ގެރިއެއްގެ ވެސް ދަށު ދަރަޖައަށް އަހަރެންވަނީ މޮޔަވެސްވެފައި

  20. ލުޓޭރުންގެ ސަރުކާރު

    ގާސި މޫ ކޮންދޮގެ ތިހަދަނީ އިޖުތި މާއީ ކަންކަންކުރާ ކިތައް މެބައެއް މިއަދުވެސް އިއްޔެވެސް އެ މަސައްކަތިގަ އެބަތިބި.ގާސި މުގޮތަށް ކަލަގޮވަން އެ މީހުން ނުނިކުންނާތީ ނޭގެނީ..ކުރީސަރުކާރުން އެކައުންޓްތައް ފްރީޒުކުރިއޭ ބުނާއިރު ގާސި މު ދައުލަތަށް ކިހާއަދަދެއްގެ ޓެކްސްނުދައްކާ ތިހުންނަނީ ފްރީޒްކުރި އެކައުންޓްތަކުގަނެތޭ ލޯލާރިއެއްވެސް..ދައުލަތަށް އެއްޗެދިނު މުގެ ބަދަލުގަ އަބަދު ދައުލަތް ލޫޓްވާ މީހެއް ގާސި މަކީ..ތިގޮތަށް މުސައްދިވެދާނެ އަހަރެ މެންވެސް ދައުލަތުގެ ބި މާ ފަޅާ ގިރިތަކާ ދީފަ ޓެކްސްދައްކަނުޖެހި ކޮއް މެސަރުކާރަކުން ގާސި މަށް މިލިޔަން މިލިޔަނުން ފައިސާދިނީ މަ. ސި މްޕަތީ ހޯދަން ކުރީސަރުކާރޭ ދޮންކޭލޭ ނުކިޔާ ތިއީ ހުރިހާ ސަރުކާރެއްގެވެސް ހަލާކު...

  21. ާައައިސީ

    މާތްﷲ އެމަނިކުފާނަށް ހެޔޮ ޖަޒާ މިންވަރު ކުރައްވާށި!

    7
    5