ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ ވަޔާއި ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް ލަފާކުރެވޭތީ އާއި ކަނޑުތައް ގަދަވާނެތީ ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ އިރުއުތުރާއި އިރުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 17 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު މެންދުރު 11:15 އާއި ހަމައަށް ހދ.އަތޮޅާއި ތ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެއީ އެސަރަހައްދުތަކަށް 27 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މީސްތަކުންގެ ޢަ މަލު ނުބައިވެއްޖެނަ މަ މިފަދަ މުޞީބާތްތައް ކުރި މަތިވާނެ.

    3
    1