ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގައި ތިބެނީ ދީނަށްވުރެ ޕާޓީ ދެކެ ލޯބިވާ ބަޔަކު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނޮޅިވަރަމު ދާއިރާގެ އަމިއްލަ މެންބަރު މަހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް ސީއެންއެމްގެ "އިތުރުކާފް" ޕްރޮގްރާމްގައި މެމްބަރު ނަޝީދު ވަނީ ވަނީ މާލެއަށް ޖެހިފައި އޮތީ ފަލަސްތީނަށް ޖެހިފައި އޮތް ހާލު ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެެއިން ޝަހީމް (އަނދުން ހުސެއިން) ދެެއްކެވި ވާހަކަތަކަށް ފާޑު ވިދާޅުވެފައެވެ. ނަޝީދު ވަނީ ހުސައިން ދެއްކެވި ވާހަކަތަކާއި އޭނާ ތަމްސީލް އެމްޑީޕީ އަށް އެއްވެސް ގެއްލުމެއް ކުރިމަތިވެދާނެތޯ ސުވާލު އުފައްދަވައިފައެވެ.

އަނދުން ހުސައިން މާލެ އާއި ފަލަސްތީނާއި އެއްހަމަ ކުރެއްވުމާއި ގުޅިގެން ނަޝީދު ވިދާޅުވި އެމްޑީޕީގެ އިސްވެރިއަކު ކޮންމެ ވާހަކައެއް ދެއްކި ކަމުގައި ވީނަމަވެސް އެކަން އެމްޑީޕީ މެންބަރުންނަށް ނުފެންނާނެ ކަމަށެވެ. އަދި އެމީހުންނަށް ތިބެނީ ދީނަށް ވުރެވެސް ޕާޓީ މުހިންމުވެފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. އަނދުން ހުސައިން ދެއްކެވި ވާހަކަތަކަށް އެމްޑީޕީގެ ފިކުރާއި ދެކޮޅު ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

"އަޅުގަނޑުމެންނަށް އެމްޑީއެން ކަންތަކުގައި ވެސް ވަރަށް ގިނަ މީހުން ފެނުން ދެން ތިމަންނަމެން އެމްޑީޕީއަކަށް ތާއީދެއް ނުކުރާނަމޭ. އަޅުގަނޑަށް ވެސް ފޭސްބުކް މެސެޖްކޮށްފަ ވަރަށް ގިނަ މީހުން ބުނި ދެން ތިމަންނަ، އެކަމަކު މިއަދު އަނެއްކާ ކައުންސިލާ ހަމައަށް ދިޔައިރު އަނެއްކާ ވެސް އެއްކަލަ އެމްޑީޕީ. ހިތާ ހިތުގެ ގުޅުމެކޭ އެހެން އެއްޗެކޭ ކިޔާފަ،" މެންބަރު މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ދިވެހިން ހަމައެކަނި ގަބޫލު ކުރަން ޖެހޭ ދީނަކީ އިސްލާމް ދީން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަލީހް

    ސާބަސް ޙައްޤުބަސް ބުނަންޖެހޭ ތަންތާނގައި ބުނަންޖެހޭ، ބިރުވެތިވާންޖެހޭ ފަރާތަކީ އެއްކައުވަންތަ ﷲ ޞޥ އަށް އެކަނި.

    58
    1
  2. އަޙްމަދު

    ވަރަށް ބޮޑު ތެދުފުޅެއް!

    1
    1
  3. ހާހޫރަ

    ދެން އެމީހުން ލޯބިވާންވީ ސަލަފު އައިސިސް މީހުން ދެކެތަ؟

  4. މަގޭބަސް

    މައުމޫނު ފައިބާގެން ދިޔައީ މަސްތަކާ އުޑުގައި ވާ ވާ ރޭ ހިފައިގެން ކަމަށް ނައިފަ ރު ދާއި ރާ ގެ ކު ރީގެ މެންބަ ރު އަހުމަދު މުހައްމަދު ޑީއާ ރުޕީ ގައި ހުންނަވާ ވިދާޅުވެ ކުފު ރު ވި .ކޮބާ ތަފާތެއް

  5. އަޙްމަދު ޒަކީ

    ބައެއްމީހުން ދީނަށްވުރެ ކެމްޕަސް ފިހާރައަށް ލޯބިކުރޭ..

  6. ހުސައިން އިބްރާހީމް

    މިއަދު މަނިކުފާނަށްވެސް އަދި ކޮންމެބޭފުޅަކަށް ހައްގުބަސް ބުނުމުގެ މިނިވަންކަން މިސަރުކާރުން
    ދޭނެއެވެ. ނިމިގެންދިޔަ ސަރުކާރުން ރައްޔަތުންގެ އަގަބަންދުކޮށް ގައުމުގައިއޮތް އެއްބައިވަންތަކަ
    މާއި މިނިވަންތަކަންނަގާލާ ރައްޔަތުން މަޖިސްގެ މެންބަރުންތައްގޭޓުމަތިން އުކާލިމަންޒަރުވެސް ފެ
    ނިފައިވެއެވެ.