އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް، ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ އަށް ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް މިއަދު ކުރައްވައިފިއެވެ.

އިސްރާއީލް މީހުން ފަލަސްތީން ބިމަށް ވެރިވެގަތް ގޮތަށް "ރާއްޖެ ތެރެ މީހުން" މާލެ އަށް ވެރިވެގެންފައިވާ ކަން ދޭހަވާ ގޮތަށް އަނދުން ހުސެއިން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވި އެއް ބޭފުޅަކީ ޔައުގޫބެވެ.

ޔައުގޫބް މީގެކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްރާއީލްގެ ނުބައި ނުލަފާ މީހުންނާ އެއް ހަމައަކުން މި ރާއްޖޭގެ، ރާއްޖެތެރެ މީހުން މިނެކިރާތީވެ، އެކަމާ ލަދުވެތިވެ، ކަންބޮޑުވެ ދެރަވާ ކަމަށެވެ. މާލޭގެ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުވާން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޔައުގޫބް ވިދާޅުވިއެވެ. އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި މާލެ އާއި ރާއްޖެ ތެރޭގެ ތަފާތު ކުރުން އޮންނާކަށް ނުޖެހެއެވެ.

ޔައުގޫބް ކުރެއްވި ޓުވީޓަށް ރައްދު ދެއްވައި އަނދުން ހުސެއިން ކުރެއްވި ޓުވީޓުގައި ވަނީ ޔައުގޫބްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރައްވައިފައެވެ. މިއީ 19 ވަނަ މަޖިލިސް ފެށުނު ފަހުން، އެމްޑީޕީގެ، މެމްބަރަކު، އެ ޕާޓީގެ މެމްބަރަކާ ދިމާލަށް ކޮރަޕްޝަންގެ ތުހުމަތު ކުރެއްވި ފުރަތަމަ ފަހަރެވެ.

އަނދުން ހުސެއިން ވިދާޅުވީ ސީ ޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭން އުޅޭތީ ޔައުގޫބް "ބެވި" ވަރު ތާރީހުން ފެންނާނެ ކަމަށެވެ.

"ދެން ތިއްބަވާ ބަލަން. އެހުރީ ކޮޅު ގޮހޮރަށް ކައިގެން. ކޮންމެ ކަމެއް ވެސް އޯކޭ ވާނެ މިކަމުގައި. މިހާރު އެ ހުރީ ދަށުވެފައި. މިއީ ފެންވަރަކީ،" ޔައުގޫބަށް އަމާޒު ކުރައްވައި އަނދުން ހުސެއިން ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނާއި ރާއްޖެ ތެރޭގެ ރައްޔިތުންގެ ބަހުސް އަނެއްކާ ވެސް ފޯރިގަދަވެފައިވާ އިރު، ރާއްޖެ އެއް ރަށާއި އަނެއް ރަށާ އަޅުވާ ކިޔުމަކީ ހަމަނުޖެހުން ހިންގުމަށް މަގުފަހިވެދާނެ ކަމެއް ކަމަށްވާތީ އެފަދަ ކަންކަން ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވައިފައެވެ.

ޔައުގޫބްގެ އިތުރުން ދެން އަނދުން ހުސެއިނަށް އެންމެ ބޮޑަށް ފާޑު ވިދާޅުވި އެއް ބޭފުޅަކީ ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސެއިނެވެ. ސައުދު ވިދާޅުވީ މާލެ އަކީ ވަކި ބައެއްގެ ތަރިކައެއް ނޫން ކަމަށާއި ގްރޭޓާ މާލެ ތަރައްގީ ކުރުމަށް ނެގި ލޯނުތަކާއި ކުރަމުންދާ ޚަރަދަކީ ދިވެހި ރައްޔިތުންގެ އެސެޓް ކަމަށެވެ. އަދި ނަސްލީ ތަފާތުކުރުން ބޮޑު ކުރާ ނަމަ، މާލެ ހިފަން ޖެހިދާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

ރާއްޖެތެރޭ މީހުން، މާލެ ހިފަން ޖެހިދާނެ - ސައުދު

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބޮޑު ހަސްންބެ

    ކޮންމެހެން ރާއްޖެތެރެ ކިޔާނެކަމެއްނެއް. މާލެ މީހުން ބަނޑުގަ ހުންނަ ކާނާއަކީ ހަމަ ރާްޖެތެރެ މީހުންގެ ދަލާ ، ލޭ. ބަލަ މާލޭމީހުން ކޮއްޅައް ނަގާފަ އެހުރީ ރާއްޖެތެރެ މީހުންވެގެން. ދެން ލަ ލަލަ

    138
    207
  2. ދަންނަ

    އަނދުނާ، ކަލޭ މާ ބޮޑާވެގެން މާލޭ ރައްޔިތުންނޭ ކިޔައިގެން ނޫޅެއްޗޭ! ބަލަ ތިޔަ މާލޭއަކީވެސް ކ.އަތޮޅުގެ ރަށެއް، ދާންދޫ އަކީ ގއ. އަތޮޅުގެ ރަށެށް. ރާއްޖެތެރޭ މާލޭއެކޭ ކޮންތަފާތެއް ކުރާކަށް. މުޅި ދައުލަތް ދިރުވާލައިގެން މާލެ ހުލުމާލެ ތަރައްގީ ކުރަނީ ހަމަ ދިވެހި ރައްޔިތުންގެ ފައިސާއިން. މާލޭ އުފަން މީހުން ގެދޮރު ވިއްކާލައިގެން ރާއްޖެއިން ބޭރުގަ ދިރިއުޅެނީ، ބޯދު އަގުގަ ގޯތި ވިއްކާފަ ދެން ތިބެ ގޮވަނީ ބިން ކޮޅެއްނެތޭ. މިގައުުގަ ފިތުނަ ހަދަން ނޫޅެ މަދުން ހުރެވޭތީޯ ބަލާ! މާލޭ އަކީ ބޮންދުންގެ ކިއްލާއެއް. މާލެއަސް ވަކި ސަރުކާރެއް ހަދާ، އޭރުން އެގޭނޭ މާލޭ ރައްޔިތުން ތޯ ގަދައީ ރާއްޖެތެރެ ތޯ!

    126
    276
  3. ކުދުބެއްޔާ

    ތިޔަގޮތަށް މާލެހިފަން ވަކިސަރުކާރެއްހަދަން އިގިރޭސިން މެދުވެރިވެގެން ބަޔަކު މީގެ އެތަކެއް އަހަރުކުރިންވެސް ބަޔަކު އުޅުނެވެ އެއާއިލާގެ މެމްބަރުން އަދިވެސް އުޅުއްވަނީ އިގިރޭސިންގެ ތަނެއްކަމަށްވާ ސީސެލްސްގައެވެ އޭރު އެސަރުކާރު ހަދަންވެގެން އުޅުނު ރަށުން ދިވެހި ފައިސާއަށް ތަކެތިވެސް ނުވިއްކައެވެ ވިއްކަނީ ޕައުންަޑަށެވެ

    51
    3
  4. Anonymous

    އަދުން އަޅާ ހުސައިން ޕާލިމަންޓްރީ ގުރޫޕް ގެ ލީޑަރު ކަމުން ވަކި ކުރޭ. އެއީ ފިތުނަ ފަސާދައިގެ މުގޫ އޭނާ އަކީ. އެހެން ނޫނީ ދެން މަޖިލިސް ބައިބައިވާނެ. އެއީ މަޖިލީހުގައި ގިނައީ ރާއްޖެތެރޭގެ މީހުން.

    30
    59
  5. ޢަހުމަދު

    އަނދުންކޮޅާ ކަލޭގެ ފެންވަރު މީހުން ދަނެޔޭ...

    18
    6
  6. ޢަންސާރު

    ޔާ ﷲ މިނުލަފާ އަނިޔާވެރިންގެ ކިބައިން ގަދަ ހިއްޕެވުމަކުން ހިއްޕަވާނދޭވެ.

    127
    11
  7. ދެކުނު

    ތި ހުސައިނު އުޅެނީ ކުޅުދުއްފުށިން މާލެ އަރައި މާލޭގެ ބިމެއް ވެރިކޮށްލި މީހެއްގެ ދަރިއަކާއި އިދެގެން....

    63
  8. ޢެއްކަލަސޮރު

    މާލޭގެ އަތްފައި ހެލޭ މީހަކުނަމަ އެއުޅެނީ އަރާމާއި އުފަލުގައި!ރާއްޖެން ބޭރުގައި! ޜާއްޖެތެރޭގެ މީހުން މާލެ ގެނެސް ގެތަށް ކުއްޔަށް ހިފުވައި ގުދާރު ބިދެންދެން ރެޔާދުވާލު ކުރާ މަސައްކަތުން ކުލީ ލާރިކޮޅު ކިރިޔާ ހަމަވަނީ! މާލޭން ދިހަޙާސް ރުފިޔާ އަށް މަހަކަށް ލިބަެކޮޓަރި ރާއްޖެތެރެއިން އެއްހާހަށްވެސް ހިފާނެ ބަޔަކު ނުވޭ! ގެދޮރު ހެދުމަށް މާލެން ތަކެތި ގަނެ މަޖޫރީ ކުއްޔާއި ނާލު ދީފައި ތަނެއް ހަދައިފިއްޔާ ކުއްޔަށް ހިފާނެ ބަޔަކު ނެތް! ތަފާތު ކުރުން އެދުކެޑިފާ! މާލޭގެ ބޯހަމަޖެހޭމީހަކު ރާއްޖެތެރެއިން ފްލެޓެއް ބޭނުންވާނެތޯ ނަޝީދޫ؟

    13
    48
  9. ކޮލި އާއިލާ

    ވެލާނާގޭ އިބަރާހިމް ނާސިރު ދުވަސްވަރު ސަރުކާރު މުއައްޒިފުންނަށް ދައުލަތުން ދޭނެ މުސާރަ ނުލިބިގެން ގދ. ހަވަރު ތިނަދޫ ހިރިހިމާދި ކަލޭފާނު އަތުން 7 ލައްކަ ރުފިޔާގެ ލޯނެއް ނެގި ހުޅުލޭ އެއާޕޯޓް ހެދުމަށާއި ޝިޕިން ލައިންއަށް ބޮޑެތި ހަރަދުތަކެއް ބަޖެޓުން ކުރަންޖެހުމުން ތިބުނާ މާލޭމީހުން ދިރި ދުނިޔޭގައި ބޭތިއްބުމަށް (ކާނެ އެތިކޮޅު ހޯދުމަށް) ވެލާނާގޭ އިބުރާހިމު ވަނީ ރާއްޖެތެރޭ ހަވަރު ތިނަދުއަށްއަރާ މުޅި ރަށުން މީހުންބާލާ ރަށުގަ ހުރި ހުރިހާ މުދަލެއްް ސަރުކާރަށް ނަގާފައެވެ. އޭރު އަދި ކުރިން ނެގި 7 ލައްކަ ރުފިޔާގެ ލޯނު ވަނީ ނުދައްކައެވެ. މިހާރު އެއުޅެނީ މާލެއާއި ވިލިގިއްޔާ ދޭތެރޭ ބުރިޖު އެޅުމަށް އަނެއްކާ ލާރި ހޯދުމަށް ރާއްޖެތެރޭ ކޮނަމެސް އެހެން ރަށެއް ފުނޑާލާށެވެ. ވިސަނައިގެން ތިބޭށެވެ.

    119
    126
  10. ނަސީދު

    އޭ ރާއްޖެތެރޭ މީހުން އަރާ މާލެ ހަމަ ރަނގަޅަށް ހިފާނަން.. ބަލަން ތިބޭ

    126
    417
  11. ސަންސެޓްބަލަން ހޮޑާފުށި

    ގޮތެއްފޮތެއް ނެތް ނާގާބިލު ބަޔަކާ ވެރިކަ ން ހަވާލުވީމާ ވާ ނެ ހައެތި ވަ ނީ.

    8
    11
  12. އަލީ ރަސީދު އިބުނު ހަސަން

    ތިއަ ބުނާ އަނދުން ކަލޯ ނިކަން ރައްޔަތުން ކުރިމައްޗަށް ނެރެބަލަ، ބަލަ ހޭބަލިވަނީ ތިޔަބުނާ މާލޭ މީހުނަކީ ތިކުޑަކުޑަ މާލެ ދޫކޮއްލާފަ އާމްދަނީހޯދަން ތަނެއްގަ މަސައްކަތް ކުރި ބައެންނޫން އަދި އާމްދަނީ ހޯދަން ތަނަކައްދިޔަބައެއްވެސްނޫން، 400 ކިލޯމިޓަރު 200 ކިލޯމިޓަރު ދުރުން ބޭރުމީހުނެކޭ އެއްގޮތައް އަނބިންނާއި ދަރިން ދޫކޮއްލާފަ އައިސް ތިބެ ރާއްޖެތެރެއައް ނިސްބަތްވާމީހުންގެ ލޭބޮވެގެން ތިމާލެ ތިހާވަރު ކޮއްފަ ތިއޮތީ،

    6
    52
  13. Anonymous

    މަާލެއަކިީ ދިވެހި ރަށްޔިތުންގެ ތަނެށް ކިހަާބޮޑު އުނދަގުލެށް

    3
    13
  14. ބަކުރުބެ

    ހުސް ވަގުން ހަމަ

    2
    4
  15. ޙަމަހަމަ

    މޑޕ އިސްވެރި ން ނުބައިކޮށް ކަމެއް ކުރިޔަސް ދިފާއު ނުކޮށްދޭ މީހު ން ނަކީ ކޮރަޕްޓު ބާގީ ޓެރަރިސްޓު ން ނަށް ވެފަކަ ން އޮ ނާ ނީ މިހާރު ޔައުގޫބަށާއި އަތޮޅުތަކުގެ އާ ންމު މެމްބަރު ން ނަށް އެ ންގޭ ނެ.

  16. ދަޑުވެރިޔާ

    ބަލަ މި ރާއްޖެތެރޭ މީހުން ރެޔާދުވާލު ކުރާމަސައްކަތުން ލިބޭ ކިތައް އެއްޗެއްތަ ތި މާލެ މީހުން ބަނޑަށް ކާނާގެ ގޮތުގަ އެ އަޅާލަނީ....މިވެރިން ލަދެއްވެސް ނުގަނޭތަ މި ޒާތުގެ ވާހަކަ ދައްކަން...ރާއްޖެތެރޭ މީހުން މާލެ އަރާ މާލެ ހިފީމަ ތިވެރިން ތިބޭނެ އަނގަކޮޅު ވަތައް...

    1
    19