މިދިޔަ ސެޕްޓެމްބަރު މަހު ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި ގެދޮރު އެއްކޮށް އަނދައިގެން ގޮސް ހާލުގައި ޖެހުނު ބަޔަކު މިހާރު ދިރިއުޅެމުންދާ ގާކޮށި ފްލެޓުންވެސް ނިކުންނަން އަންގާފައިވާ ކަމަށް ބުނެ މިއަދު ނުރުހުން ފާޅުކޮށްފިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގެދޮރު ގެއްލުނު އާއިލާއެއްގެ މީހަކު "ވަގުތަށް" މައުލޫމާތު ދެމުން ބުނީ ސެޕްޓެމްބަރު 20 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އޭނާ ދިރިއުޅުނު ގެ އެއްކޮށް އަނދައި އަޅިއަށްވެފައިވާ ކަމަށެވެ. ގެ އެނދި އިރު، އެއީ ލޯނު ނަގައިގެން އިމާރާތްކޮށްފައިވާ ތަނެއް ކަމަށާއި ލޯން ދައްކާ ނުނިމެނީސް އެތަން އަނދައިގެން ދިއުމުން އެމީހުން މިހާރު ތިބީ ހަދާނެ ގޮތް ހުސްވެފައި ކަމަށް އޭނާ ބުންޏެވެ.

އެކަމާ ގުޅިގެން ސަރުކާރުގެ އެހީތެރިކަމެއް ހޯދުމަށް އެތައް ގިނަ އިން މަސައްކަތް ކުރި އިރު، އަށް މިލިއަން ހަރަދުކޮށްގެން އަޅާފައިވާ ގެއަށްވީ ގެއްލުމުގެ ބަދަލު އެސެސްމަންޓެއް ހަދައިގެން ސަރުކާރުން ދީފައި ވަނީ 1.5 މިލިއަން ރުފިޔާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެފައިސާ އިން ލައްކައެއްހާ ރުފިޔާ ބޭންކަށް އިންޓަރެސްޓްގެ ގޮތުގައި ދައްކަން ޖެހުނު ކަމަށް ވެސް އެމީހާ ބުންޏެވެ.

ހަލާކުވެފައިވާ ގެ ހަދާނެ ގޮތަކާ މެދުގައި ނުވިސްނިގެން އުޅެނިކޮށް، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ގެއިން ނިކުތުމަށް އަންގާފައި ކަމަށް އޭނާ ބުންޏެވެ. އަދި މިހާރު އުޅޭ އެޕާޓްމަންޓު އޭޕްރީލް މަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުސް ކުރުމަށް އެންޑީއެމްއޭ އިން ފޮނުވާފައިވާ ނޯޓިސް ސިޓީގައި ބުނެފައިވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

އަބަދަށްފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހުން ދިރިއުޅޭ ގިނަ ގެތަކެއް ވަނީ ހަލާކުވެފައެވެ. އެމީހުންނަށް ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވަނީ ގާކޮށި ފްލެޓާއި އަރަބިއްޔާ ފްލެޓުންނެވެ.

"ދެން އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ. އަތުގައި ފައިސާއެއް ނެތް އެ ވަރަކަށް. މިހާރު އެ އެންގީ ގެއިން ނިކުންނަން. އެއްވެސް އިދާރާއަކަށް ގޮސްގެން ވާ ކަމެއް އޮތީއެއް ނޫން. އެހީވުމުގެ ނަމުގައި މަގުމަތި ދެއްތޯ އެކޮށްލީ؟" އޭނާ ކިޔައިދިނެވެ.

އެމީހާ ބުނީ އެނދި ގެ ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން މީހުން އެތަނަށް ވަދެ ނަރުތަކާއި، ރަނގަޅަށް ހުރި ހުރިހާއެއްޗެއް ވަގަށް ގެންގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

ނަަމަވެސް މިވާހަކަތައް އެންޑީއެމްއޭ އިން ވަނީ ދޮގުކޮށްފައެވެ.

އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ އެއްވެސް އާއިލާއަކުން މަގުމަތި ނުކޮށްލާނެ ކަމަށާއި މި ހުރިހާ ކަންކަން ވެސް ކުރަމުން ދަނީ ހަރުދަނާ އުސޫލެއްގެ ދަށުން ކަމަށެވެ.

އަދި ގޭގެ ވެރި ފަރާތަށް ފޮނުވައިފައި އެވާ ސިޓީ އަކީ، މިތަންތަނުގެ އެސެސްމެންޓު ހެދުމަށްފަހު އެއްކޮށް އެތަންތަން އަލުން މަރާމާތުކޮށް ނިމުމުން ބަދަލުވުމަށް އަންގާފައިވާ ސިޓީއެއް ކަމަށާއި، އެގޮތަށް ކަންކަންކުރަނީ ސަރުކާރުގެ ވަގުތީ ބޯހިޔާވަހި ކަމުގައި އަބަދު އުޅުމުގެ ބަދަލުގައި އަމިއްލަ އަށް އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް ބާރު އެޅުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް އާއިލާއަކަށް ނުވާނެ ގެއިން ނިކުމެގެން ދިއުމަށް އަންގާފައެއް. އެކަމަކު އަބަދު ސަރުކާރުގެ އެހީތެރިކަމުގައި އުޅޭ ނަމަ އެ ފަރާތްތަކަށް ދަތިވާނެތީ އަމިއްލަ ގެދޮރު މަރާމާތުކޮށްގެން ދެވޭނެ ކަމަށް އެސެސްމެންޓުގައި ބުނެފައިވާ ދުވަހަށް ދިއުމަށް މަސައްކަތް ކުރުމަށް ވާނީ އިލްތިމާސްކޮށްފައި. އެހާ ދުވަހު ނުނިކުމެވުނު ކަމުގައި ވިޔަސް ސަރުކާރުން އެމީހުން މަގުމައްޗެއް ނުކުރާނެ. އޭރުންވެސް ދެން އެހެން ގޮތެއް ހަމަޖައްސާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" ހިސާން ވިދާޅުވިއެެވެ.

ހިސާން ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި މަރާމާތު ކުރުމަށް ނުވަތަ ވެފައިވާ ގެއްލުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކަށް ހުރިހާ ހަރަދެއް ދީފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ޝަހާއަދޫ

  ރަނދުވާނިޔާ ގެއަށް އެކަނި ވެސް 1.5 މިލިއަން ރުފިޔާ ލިބުނީމަ ވެސް ނުފުދުނީތޯ؟ ގޭގެ ވެރިފަރާތުން ނޫސްތަކަށް މައުލޫމާތު ދެއިރު ގޭގެ ނަމާއި މީހާގެ ނަންވެސް ޖަހާލާނަމަ ހާލުގައި ޖެހުނު އެހެން މީހުންނަށް ވެސް އިގެނެދޯ ކާކު ކަން ދޮގު މައުލޫމާތު ދެނީ. މިގޮތަށް އެން.ޑީ،އެމް.އެ ކުސްވެރި ކުރީމަ ބަނދުނާމުވަނީ އެހާދިސާގއި ގެއްކުންވި އެންމެން

  14
  4
 2. ހާމަ

  ސެޕްޓެމްބަރު 20 އިން 30 އޭޕްރީލްގެ ނިޔަލަށް އުޅޭނެ ތަނާއި ކެއުން ބުއިމާއި ނުވިތާކަށް ހުރިހާ ބިލްތަކެއް ސަރުކާރުން ދައްކައިދިނީމަވެސް ސަރުކާރުން ކަމެއް ނުކޮށދެވޭތޯ؟ މީގެ އިތުރަށް ގެއަށް ލިބުނު ގެއްލުމުގެ އެހީއަށް މިލިއަނުން ވެސް ލާރި ދިނީމަވެސް ނުފުދުނީތޯ؟ 07 މަސް ވީއިރު ވެސް އަމިއްލަ އަށް ވަޒީފާ ގަނޑެއް ހޯދައިގެން ކާނެ ގޮތެއް ވެސް ނުހޯދުނީ ކީއްވެތޯ؟

  13
  4
  • ޣސހޖސސޖ

   ހުރިހާ ވަޒީފާއެއް ވެސް އޮތީ ނިކަމެތި ރާއްޖެތެރޭ މީހާއަށް

   8
   4
  • Anonymous

   އެކަމަކު ކަލޭމެންގެ އަތުން މާލޭގަ އުޅޭއިރު އެއްޗެއް ދިޔާއިމަ އެންމެ ބޮޑަށް އަނގަ ތަޅާނީ ވެސް ކަލޭ މެން ރާއްޖެތެރެއިން އައިސް އުޅޭ މާލޭގަ ކުލި ދައްކައްކައިގެން އުޅޭ މީހުން. ހޭ ބުއްދި ހުރޭތަ ތިގޮތަށް ވާހަކަ ދައްކާއިރު

   2
   2
 3. ފާތިމަތު

  ތިޔަބުނާ ސިޓީ އެއްގެ ފޮޓޮއެއް ހިމަނާލީމަ ދޯ ދޮގު ތެދު އެނގޭނީ!!!!

  12
  2
 4. ނޫރު

  ހިސާނު ރަގަޅު ސަރުކާރުން ތާ އަބަދު ބޯހިޔާވަހިކަން ދޭށެކޭ ނޫން ދޯ އެބުނަނީ. ގެއަށް ވަދެވޭނެ މަގެއް ނުވަތަ ލުއި ގޮތެއް ހައްދަވައި ނުދެއްވާ މުއްދަތެއް ދިނީމަ ވާނީ ކިހިނެތް. ތިޔަ ބުނާ އެސެސްމަންޓް ރިޕޯޓްއަކީ ވަކި ބަޔަކަށް ފައިދާވާނެ ގޮތައް ހަދާފަ ވާ އެއްޗެއް

  10
  1
 5. ހހހހހ

  އިޒްރޭލު މީހުން ފަލަސްޠީނު މީހުން ގެދޮރުން ބޭރިކުރަނީ ދޯ؟ ކެކެކެ

  9
  2
 6. އަހުމަދު

  ސަރުކާރުން ކީއްވެބާ ގުދަން ހިފައިގެން އުޅުނު ގްރީންޕާތު ކުންފުނިން ކުރަންޖެހޭ ޚަރަދުތައް ސަރުކާރުގެ ބަޖެޓުން މިކުރަނީ. ނުގަވާއިދުން ކެމިކަލް ބެހެއްޓީކީ ސަރުކާރުގެ ގުދަނެއްގައެއް ނޫން. އެކަމު ޒިންމާ ނަގަން މިޖެހެނީ ސަރުކާރުން. ގުދަނުގެ ވެރިން ހިމާޔަތް ކޮށް ރައްކާތެރިކޮށްފަ

  15
 7. އަސްލު

  މި ހެޔޮފުޅު ސަރުކާރުން ތިަކަހަލަ ކަމެއްކޮއްފާނެ؟

  10
  4
 8. ލޫތު

  ތިމައްސަލައިގައި އިހުމާލުވެފައިވަނީ ފްރީ ޕާކް އާމިރު. އަލިފާން ރޯވި ގުދަން ކުއްޔަށް ހިފައިގެން އުޅުނު މީހާ. މީނާގެ ޖީބަށް ލުއި ކުރަން ސަރުކާރުން ނުޖެހޭ ޚަރަދުކުރާކަށް.

  15
 9. ްައައްޔުމަން

  އެއްވެސް ކަމެއް ނުކޮށްދޭނެ މާލެ ރައްޔިތަކަށް. މާލޭގަ ގެދޮރު ހުންނަ ކޮންމެ މީހަކީ މަހުޖަނެކޯ.

  13
  1
 10. ޒާ

  އެއްކަމަކީ ސަރުކާރުން ބޯހިޔާވަހިކަން ދިނަސް ތިމާމެން އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރަންވާނެކަން. އަނެއްކަމަކީ މީ ރައްޔިތުންގެ ތެރެއިން ބަޔަކު ދަމާކޫތާފައި ވެރިކަމަށް ގެނައި އޯގާތެރި ސަރުކާރުވީމާ ތިޔަކަހަލަ ވާހަކަ ދައްކަންވާނެތޯ؟

  10
  1
 11. ނާޒިއު

  ކޮންމެ ކަމަކަށްވެސް ކޮންމެސް މުއްދަތެއް އޮންނަންވާނެ، ތާއަބަދަކަށް ވަގުތީ ކޮށް ތިބެވޭނެކަމަކަށް ދެކިގެން ނުވާނެ. އެގޮތުން އެޕްރިލް މަހާ ހަމައަށް ދީފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއްކަމަށް ދެކެން

  9
  4
  • ޣދޖދޖދ

   4 މަސްދުވަސް ތެރޭގަ 7 ބުރީގެ އިމާރާތެއް ކުރެވޭ ބާ ؟. އެވެސް 1.5 މ ރުފިޔާއަށް. ބޯހަލާކު

   6
   2
   • އގއގއގ

    4 މަސް ތެރޭ ހަތްބުރި ޢިމާރާތެއް ނޭޅުނަސް އަމިއްލަ މީޙުން ދިރި އުޅެވޭނެވަރުކުރެވޭނެ. ސެޕްޓެމްބރު މަހުގެ 21 ފެށިގެން މިއަދާހަމައަށް ކުރެވުނު ކަމަކީ ކޮބައިތޯ އަމިއްލަ ދިރިއުޅުން އާރާސްތުރުމަށް؟ އެންމެ ގައުމެއް ދައްކާލަބަލަ ކާރިސާތަކުގައި ލިބޭ ގެއްލުމުގެ 100% ސަރުކާރުން ދައްކާ!! އިންސާނުންގެ ހިތެއް ނުފުރޭނެ ދުވަހަކުވެސް!

    2
    3
  • ކަށިމަތި

   މި ރާއްޖެތެރޭ މީހުން މާލޭ ބަޔަކަށް ހެވެއް ނޭދޭނެ

   2
   5
 12. ޙަމްރައިދާ އެޑް

  ތިހާލަތުގައި ކެތްތެރިވެ ޝުކުރު ކުރޭ. 1.5 މިލިއަން ނުލިބެ ކިތައް މިހުން އެބަ އުޅޭ. ތީ އިމްތިހާނެއް ކަމަށް ދެކިގެން ހިތްވަރާ އެކު މަސައްކަތް ކުރޭ. ޝަކުވަ ކުރުން މަދުކޮށް ހިތްތިރި ކުރޭ.

  18
  3