ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވައިޓް އެލާޓް މިއަދު ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނި ގޮތުގައި އެ ސަރަހައްދަށް ވައިޓް އެލާޓް ނެރުނީ މިއަދު 11:45 އިން ފެށިގެން ހަވީރު 17:45 އާ ހަމައަށެވެ. މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް 23 މޭލާއި 29 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކުރިއަށް އޮތް 48 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ބުނެފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނީ ވަޔާއެކު ކަނޑުތައް ގަދަވެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެ ކަމަށް ލަފާކުރެވޭތީ އާއި ކަނޑުތައް ގަދަވާނެތީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު