ކޮމަންވެލްތުގެ މެމްބަރު ގައުމަކަށް ދިވެހިރާއްޖެވުމާއި ގުޅުގެން އެޖަމާއަތުގެ މެމްބަރު 40 ގައުމަކަށް ދިވެހިންނަށް މިހާރު ވިސާ ނެތި ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވީ، ކޮމަންވެލްތުގެ މެމްބަރުކަން ލިބުމާ އެކު އެ ޖަމާއަތުގެ 40 ގައުމަކަށް ދިވެހިން ދަތުރު ކުރާއިރު ދުރާލާ ވިސާ ހޯދަން ނުޖެހި، އޮން އެރައިވަލް ވިސާ ލިބޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ ކޮމަންވެލްތުގެ 54 ވަނަ ޤައުމުގެ ގޮތުގައި އެޖަމާޢަތާއި އަނެއްކާވެސް ގުޅިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
އަދި ކޮމަންވެލްތުގެ އެހެން ޤައުމުތަކުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް، "އެމްބަސީ"ތަކުގެ ބަދަލުގައި ހައިކޮމިޝަންތަކަށް ބަދަލުވުމާއި ގުޅިގެން، އެތަންތަނުގައި ހުރި ނަންބޯޑުތައްވެސް ވަނީ ބަދަލުކޮށްފައެވެ. އަދި ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ.
ކޮމަންވެލްތުން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 އޮކްޓޯބަރ މަހުގެ 13 ވަނަ ދުވަހުއެވެ.
ރާއްޖެ ފުރަތަމަ ކޮމަންވެލްތާ ގުޅުނީ، 1982ގަ އެވެ. ކޮމަންވެލްތުން ވަކިވީ އޭގެ 34 އަހަރު ފަހުންނެވެ.
ތީވަރައް ބޮޑުކަމެއް ތިކުރެވުނީ އިސްތިހާރުކުރޭ ތިޔައްވުރެ އަހަރުމެންގެ މިނިވަންކަން މާމުހިއްމު
ޝާހިދޫ ފައިސާ ނެތި 40ގައުމަށް ދަތުރުކުރެވޭ ގޮތްހަދާދީބަލަ...ވިސާއެކަ ނި ނެތި ނުދެވިގެ ން ނެ ނޫ ނޭ މިއުޅެ ނީ..ފައިސާ ފައިސާ ޑޮލަރު ޔޫރޯ މިއޭ ނެތީ...ފާޑެއްގެ ރުޕޭކާޑެ މިތަ ނަށްގެ ނެސް މިތާއޮތް ޑޮލަރުކޮޅު ގެ ންދަ ނީއޭ ގެރިމޯދީ..،.ކާޕެޓެ ދި ނަސް އޯކޭ. ދަތުރުކުރެވޭކަހަލަ...
ޢަހަރުމެން ބޭނުމެއްނޫން ވިސާނެތި ބޭރުގައުމުތަކަށް ދަތުރުކުރާކަށް، ބޭނުމީ ވިސާވެސް ނަގައިގެން ދަތުރުކުރަން، ތިޔަ ހިބަރުވަދުގެ އެކިއެކި ދަތުރުތަކަށް ވަޔަށް އުދުއްސާލި ޚަރަދުތަކަށް އަޅާބަލާއިރު ސުމެއްގެކަމެއްތިއީ، ރަޢްޔިތުންގެ ގުބޯހައްދަން ނުއުޅޭ
ތީ ހަަމަ ކުރިންވެސް ދެވޭ ގައަމުތަކެއް، ކޮމަންވެލްތުން ކެނޑުމަކުން ތީގެ ގިނަ ގައަމުތަކުން ވިސާ އުސޫލަށް ބަަދަލެއް ނުގެނޭ، ތީގަ ގިނަވާނި ދިވެސަކުު ގިނަފަހަރު ނުދާނެ ގައުުމުތައް، ވަގުތުން މިލިސްޓު ހޯދާލުން ރަނގަޅު
ވިސާ ނެތި 40 ގައުމަކަށް ދަތުރު ކުރެވޭ ގޮތް ހަމަޖެހުމުން ހިލޭ ދެވޭނެބާ ނޫނީ ކޮންބަޔަކަށް ދެވޭތީބާ؟
ގެނޑިޔާ ނަގާ
އަހަރެމެންމިއުޅެނީ ޓިކެޓްގަނޑެއްގަންނާނި 1ރުފިޔާވެސްނެތިގެން ތިކަމުންފައިދާވާނީ މުއްސަނދިންނަށް ތިޔަކަންތައްކުރުމަށްވުރެން ރަށްރަށުގެ ސްކޫލް ތަކާ ހޮސްޕިޓަލްގެތަކުގެ ހިދުމަތްދިނުމުގެ ފެންވަރު ރަނގަޅުކޮއްދިނުންމު އަހަރެމެންހިންހަމަޖިހޭނެ
ކޮބާ އެ 40 ގައުމަކީ؟
ދުރާލާ ވިސާ ނެގުމަކާއި ނުލާ ދަތުރުކުރެވޭ ޤައުމުތަކުގެ ނަނނ ންތައް ހާމަކުރި ނަމަ ޙަބަރު ވަރަށް ފުރިހަމަވީސް
ހުރެލާފަ ހަދާލާނެ ބޮޑެތިދޮގު ކާޕެޓް
ވިސާ ހޯދައިދޭންތަ ގައުމިއްޔަތު ވެއްޔާ މޮޑެލީ. ކަލޭ ދެއިރު ދެދަޅައަށް އެގައުމުތަކަށް ދަތުރުކުރިޔަސް މިއަދު ދިވެހިންވަނީ ނިކަމެތިވެފާ. އެހެންވީމާ ވިސާޔާ ނުލާ ކަލޭ ދަތުރުކޮށްފަ ބަހައްޓާ ގައުމުގެ ޚަޒާނާ ހުސްވަންދެން.
ތިޔަކަމުން މަންފާ ވާނީ ހަމަ ތިޔަ ރައްޔިތުންގެ ލާރި ގަނޑު ކަައިގެން ދުވާލަކު ދެދަޅަޔައް ގައުމުން ބޭރައްދާ ބޭފުޅުންނައްނޫނތޯ...ގައުމަށް ފައިދާއައްވުރެ ތިޔަކަމުން ގެއްލުންތާވާނީ އެހެންވީމާ.