ކޮންމެ މަހެއްގެ ފުރަތަމަ ބުރަސްފަތި ދުވަހު ސުޕްރީމް ކޯޓުގެ އޮޕެން ޑޭ ގައިޑެޑް ޓުއަރ ކުރިއަށް ގެންދަން ނިންމައިފިއެވެ.

ކޮންމެ މަހެއްގެ ފުރަތަަމަ ބުރާސްފަތި ދުވަހަކީ އޮޕެން ޑޭއެއްގެ ގޮތުގައި ހަމަޖައްސައި، އާއްމުކޮށް އެންމެނަށް ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރެވޭ ގޮތަށް މިހާރު ވަނީ ހުޅުވަލާފައެވެ.

ފުރަތަމަ އޮޕެން ޑޭ އެއްގެ ގޮތުގައި ކަނޑައަޅައިފައިވަނީ މި ފެށޭ މާޗު 5 ވަނަ ދުވަހެވެ.

އޮޕެން ޑޭ ކުރިއަށް ގެނ1ދިޔުމަށް ހަމަޖެހިފައިވަނީ ތިން ސެޝަނަކަށް ބަހާލެވިގެންއެވެ. ފުރަތަމަ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިގައިވަނީ ހެނދުނު 09:00-10:00، 10:00-11:00، 11:00-12:00 އަށެވެ. ކޮންމެ ސެޝަނެއްގައިވެސް ބައިވެރި ވެވޭނީ 10 މީހަކަށެވެ.

ސެޝަނަށް ބައިވެރިމަށް ފެށޭ ގަޑީގެ ފަހުން ވަޑައިގަންނަވާ ބޭފުޅުންނަށް ކަނޑައެޅިފައިވާ ގަޑީގެ ސެޝަންގައި ބައިވެރިވުމުގެ ޖާގަ އޮތްނަމަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ޓުއަރގައި ކޯޓުގެ ސެކްޝަންތަކަށް ޒިޔާރަތްކޮށް ކުރާ މަސައްކަތަކާއި ބެހޭ މައުލޫމާތު ދިނުމާއި، ޝަރީއަތުގެ މަޖިލިސް އަދި ކޯޓުގެ އިމާރާތް ދައްކާލުން ވެސް މި ޓުއަރގައި ހިމެނެއެވެ. އަދި ޝެޝަންތައް ކުރިއަށްދާ ވަގުތު ކޯޓުގައި އަޑުއެހުމެއް ކުރިއަށްދާ ނަމަ އެ އަޑުއެހުމަކަށް ވަނުމުގެ ފުރުސަތު ދޭނެއެވެ.

ސުޕްރީމް ކޯޓުން ވިދާޅުވި ގޮތުގައި އެ ޓުއަރގައި ބައިވެރިވެވޭނީ ކޯޓުގެ ހުރުމަތާ އެކަށީގެންވާ ފޭރާމެއްގައެވެ. އަދި ސްކޫލުތަކާއި ޖަމިއްޔާތައް ފަދަ ފަރާތްތަކުން ހާއްސަ ޓުއާއަކަށް އެދެފި ނަމަ އެކަމެއްވެސް ހަމަޖައްސައިދޭނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    އާނ... ކަލޭމެން ޓުއަރ ޖެއްސީމަ އެއޮތީ އިންސާފު ގާއިމުވެފަ. ތިއީ ހަރުގެ ވިއްޔާ! ޓުއާރ ޖައްސާ ނާޗަރަންގީ ކުޅެން ތިބޭ. ތިއީ ނުވެފަ އޮތް ކަމަކީ މިގައުމުގަ މިހާރު.