ފަނޑިޔާރުން ތަމްރީނު ކުރުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސޫ) އާއި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއާ ދެމެދު މެމަރަންޑަމް އޮފް އަންޑަރސްޓޭންގ (އެމް.އޯ.ޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ ބޯޕާލްގައި ހުންނަ ނޭޝަނަލް ޖުޑީޝަލް އެކަޑަމީގައި އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ކޮމިޝަނުގެ ފަރާތުން ސޮއި ކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖޭއެސްސީގެ ރައީސް ޙިސާން ޙުސެއިންއެވެ. އަދި އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީގެ ފަރާތުން އެމް.އޯ.ޔޫގައި ސޮއިކުރެއްވީ އެ އެކަޑަމީގެ ޑިރެކްޓަރ ޖަސްޓިސް ޖީ. ރަގުރާމްއެވެ.

ޖޭއެސްސީން ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތު ރާއްޖެއަށް ހުޅުވިގެން ދާނެ ކަމަށެވެ.

އެގޮތުން އިންޑިއާގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީއިން ދިވެހިރާއްޖޭގެ ފަނޑިޔާރުންއަށް ހާއްސަ ކުރެވިގެން 200 ފުރުސަތު ދިނުމަށް އެއްބަސްވެފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީއަށް ލިބުނު ވަރަށް އަގުހުރި ފުރުސަތުތަކެއްކަމުގައާއި، މިފުރުސަތު ތަނަވަސް ކޮށްދެއްވީތީ އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސުބުހަނަﷲ! ހުރިހާ ގޮތަކުން ވެސް އިންޑިޔާ. އެހެންވީމާދޯ ރޭޕްގިނައީވެސް. ޔާﷲ މި ޤައުމު ދެވަނަ ކަޝްމީރަށް ވެނުދެއްވާށި. އަމީން

    14
  2. އިއްބެ

    އިންޑިޔާއަށް ދިނީ އިސްލާމީ ޝަރީޢަތާއި ދުރު ލާދީނީ ގޮތްތަކަށް ޝަރުޢީ ދާއިރާ ބިނާކުރުމަށެވެ.

  3. ޙަސަނާ

    ސުބުހާނައްލާހު އިންޑިއާގަ އެގައިމުގެ ސަރީއާހިންގާވަރައްވެސް ގާޒީންނެތް މީކޮންކަހަލަ ބައެެއް އިސްލާމީސަރީ އަތާދިމާއިދިކޮޅައް ގައުމު މިސްރާބު ޖަހާފަ މީދޯ ސަރުއީނިޒާމު އިސްލާހުކުރަންބުނިގޮތް....