ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާ އަކަށް ކުރިމަތިލާނެ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ބުނެފިއެވެ.

ޑީއާރުޕީން ރޭ ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވަނީ އެ ޕާޓީން އަންނަ އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާ އަކަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި މަހުގެ ފަހު ކޮޅު ގާފަރުގައި ބާއްވާ ކޮންގްރެސްގައި ޓިކެޓް ހަވާލު ކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޑީއާރްޕީން ބުނެއެވެ.

އެ ޕާޓީން މިގޮތަށް ނިންމާފައިވަނީ އިއްޔެ ކުރިއަށްދިޔަ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ.

ޕާޓީގެ ޓިކެޓާއި އެކު ކެމްޕޭނަށް ފަންޑުވެސް ހަވާލު ކުރެވޭނެ ކަމަށް ޑީއާރުޕީން ވަނީ ބުނެފައެވެ. އެ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ ނިމިގެން ދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އޭރު އެ ޕާޓީން ބުނެފައިވަނީ ޕާޓީގެ ޓިކެޓް ދިނުމުގައި 100 އާ މެމްބަރުންގެ ފޯމް ހުށަހެޅުމާއެކު ގާނޫނީ ޝަރުތު ފުރިހަމަ ފަރާތްތަކަށް ބަލާނެ ކަމަށެވެ.

ޑީއާރްޕީގެ ލީޑަރުކަމާއި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ހަވާލުވެ ވަޑައިގެންނެވި ފަހުން އެޕާޓީގެ ހަރަކާތްތައް ވަނީ ވަރުގަދަ ކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އިންތިހާބުގައި ވަދާކުރާ ކެންޑިޑޭޓުން ހޮވުމަށް ވެރިކަން ކުރާ އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އިން ވަނީ އެ ޕާާޓީގެ ޕްރައިމަރީ ބާއްވާފައެވެ. ޖޭޕީގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާން

    ޖާބިރޫ ގައިގަ އަތް ނުލާބަލަ

  2. އިބުރާހީމް

    ޖާބިރު ތެޅޭގޮތުން ބޮލާއުނދަގޫ. ވާނުވާ ނޫގެމަކީ ހާދަ ހިތާމަހުރިކަމަކޭ!

  3. މުޙައްމަދު

    ކުރިމަތި އަދި ފުރަގަސް ވެސް ލެވިދާނެ އެކަމަކު ކާކު ވޯޓް ދެނީ ......