ދެބައިކުޅަ އެއްބައި ޖީބަށް ލައިގެން، ލޫޓުމާރު އަރުވައިގެން ހިންގާ ތަރައްޤީއެއް ހޯދަން ދިވެހިން ބޭނުން ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

"ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީ ކުރި ނަމަވެސް އެކަންކަން ކޮށްފައިވަނީ ނުއަގުގައި ކަމަށާއި، އެސަރުކާރުން ތަރައްޤީކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަ ޖީބަށް ފައިސާ ވަންނަ ގޮތަށް ކަމަށެވެ.

ޖާބިރު ވިދާޅުވީ، މިދިޔަ ސަރުކާރުން ތަަރައްޤީ ގެނެސްފައި ވަނީ ރަނގަޅަށް ނޫން ކަމަށާ، މިދިޔަ ސަރުކާރުން ގޯސްކޮށް ކުރި ކަންކަމުގެ ސަބަބުން މި ސަރުކާރަށް ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކަށް ބަަދަލު ދޭން ޖެހިފައިވާ ކަމަށެވެ.

"ލޫޓުމާރު އަރުވައިގެން ހިންގާ ތަރައްޤީ ރައްޔިތުން ބޭނުމެއް ނޫން. މީހުން ޖަލަށްލާ، ދެބައިކުޅަ އެއްބައި ޖީބަށްލާ، އެކަހަލަ ތަރައްޤީ ރައްޔިތުން ބޭނުމެއް ނުވާނެ. ކޮންމެހެން ޑޭ ވަން އަކުން ފެށިގެން ނިއުޔޯކަކަށްވެސް ސިންގަޕޫރަކަށްވެސް ނުވެވޭނެ. ހަމަޖެހިގެން ދާން ޖެހޭނީ. ގައުމު ދަރުވާލައިގެންވެސް ނުވާނެ. މިހާރު ކުރީ ސަރުކާރުން ގޯސްކޮށް ހެދިހާ މިސްޓޭކްތައް، ބިލިއަނެއްހާ ޑޮލަރު ދައްކަން ޖެހޭ ކޮމްޕެންސޭޝަނަށް." ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ މިދިޔަ ސަރުކާރުން އެޅި ބްރިޖަކީ ނަޖިސް ބްރިޖެއް ކަމަށްވެސް ސިފަކުރައްވާފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް ޔާމީން ޖަލަށް ވަޑައިގަންނަވަން ޖެހުނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މިހާރު ކަންކަން ދަނީ އިސްލާހުވަމުން ކަމަށާ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ރަނގަޅަށް ހިނގަމުންދާކަމަށެވެ.

ޖާބިރު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފްކުރައްވާ ވާހަކަދައްކަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. Anonymous

    މިސަރުކާރުން ބަދަލުގެ ނަމުގައި ފައިސާ ދެނީ ޕާޓީ މީހުނަށާއި، ވެރިކަމަށް ގެނެސްދިން ގައުމުތަކަށް.. ކަލޭމެންނަށް ކޮށްދެވޭނެ ތަރައްޤީއެއްނެތް. ގައުމަށް ލިބޭ 50 ބިލިއަން ރުފިޔާ އަމިއްލަ ޖީބައްލަނީ. އެވެސް އެކީގަ. ނިމުނު ސަރުކާރުން ތަރައްޤީ ކުރީ އެއްބައި ޖީބައްލައިގެންނޭ ތިކިޔަނީ.. ކަލޭމެން މިގައުމަށް ލިބޭ ހުރިހާ ފައިސާއެއް ލަނީ ޖީބަށް.

    62
  2. Anonymous

    ތަރައްޤީގެ ނަމުގައި ލޫޓުމާރު ކުރިނަމަ، 2019 ގައި އެހުޅުވި އެނބޫދޫ ފިނޮޅު ނުހުޅުވުނީ. 21 ރިސޯޓް ނުހުޅުވުނީސް. 4 އެއަރޕޯޓް ނުހުޅުވުނީސް.. ޖާބިރުމެން ހަދަނީ ހުސްދޮގު. ރައްޔިތުން ގުނބޯ ހެއްދުން ކަމަކީ. 1 އަހަރާ 4 މަސް ނިމުނު އިރު ސަރވޭ ކުރުން ނޫންކަމެއް ނުކުރެވޭ. އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައިނުވޭ.

    60
  3. Anonymous

    ދެން އެއްވެސް ފައިސާއެއްގައި ނުޖެހޭ މީހުނަށް 18 މަސްތެރޭ ކުރެވުނު ކަމެއް ދައްކަބަލަ. އީވާ ފިރިމީހާގެ ކުންފުނިން ސަރވޭގެ ނަމުގައި ދައުލަތަށް ވަންނަހާ ފައިސާއެއް ނެގުންނޫން ކަމެއް ކުރޭތަ؟ ބަދަލުގެ ނަމުގައި ފައިސާ ނަގަނީ ނުހައްޤުނ. ބުރުމާ ގާސިމް ކުންފުންޏަށް 130 މިލިއަން ޑޮލަރު. ދޮންބިލެތް ވަރމިލިއަންއަށް 80 މިލިއަން ޑޮލަރު. އިބުރާއަށް 50 މިލިއަން ޑޮލަރު. ނަޝީދުގެ ޔޫކޭ ފްރެންޑުގެ ކުންފުނި ނޫމަޑިއަށް 390 މިލިއަން ޑޮލަރު. އިބުރާ ކޮއްކޮގެ ބިގަށް 70 މިލިއަން ރުފިޔާ.

    51
  4. މާމި

    ހޮނޑާދޫ ވެލިކާ އަށް ބުނަން ކިތައްމެ ވަރަކަށް ޔާމީނު ޔާމީނު ކިއަސް ޑީއާރުޕީ އަކަށް ކައުންސިލް އިންތިޚާބުގަ އެންމެ ގޮނޑި އެއްވެސް ނުލިބޭނެ ހީކޮއްގެން ތިއުޅެނީ ޔާމީނަށް ވަގައްގޮވީމަ ވަރައްގިނަވޯޓު ލިބޭނެ ކަމައް ދޯ ހޮނޑާދޫ ވެލިކާ ދިވެހި ހުރިހާ ރައްޔިތުން ވަރަށް ރިގަޅައް ރަގަޅައް ދަނޭ....

    53
  5. ސިޔާމު

    މޮޔައިން ދައްކާ ވާހަކަ އަޑުއަހާނީ ހަމަ މޮޔައިން

    48
    • ހޫން

      އެއީ މާލިއްޔަތު ކޮމިޓީގެ ރައީސް، ތީން ވަގުތުގައި ކޮމެންތް ކުރަނީ! ލޮލް ވަޓް އަ ލޫޒަރ

      15
  6. ގާސިމް

    ރައީސް ޔާމީނަށް ވަގަށް ގޮވުމުން މިހާރު ލިބޭ ވޯޓެއް ނޯންނާނެ. ދިވެހި ރައްޔިތުންނަށް ވީގޮތަކީ ރައީސް ޔާމީން ވަގަށް ދިވެހިންގެ ފައިސާތައް ކަނީއޭ ގޮވީމަ މޮޔަވީ. އެކަމަކު ހަގީގަތް އެނގުނީ ކޯޓުގައި ދައުލަތުން ހެދި ދޮގާ ފާސިގު އަދީބާ ޒިޔަތުގެ ދޮގު ހެކިބަހުން ނޫންގޮތަކަށް ރައީސް ޔާމީނާ ދެކޮޅު އެއްވެސް ހެތްކެއް ނެތުމުންނާއި، ގާނޫނު ބުނާގޮތުން ބުނިބުނި އަށް ނިންމަން ނުޖެހޭ ކަމެއް ނިންމާ ނުހައްޤުން މީހަކު ޖަލަށް ލީކަން. ދިވެހިންގެ ތާއީދު އެތައްގުނައެއް ރައީސް ޔާމީނަށް މިހާރު ވަނީ އިތުރަށް ލިބިފައި.

    49
  7. ނަޖްވާ

    އެކި ފަހަރު އެކި އަނގައިން ވާހަކަފުޅު ދައްކަވާ ބޭފުޅެއް ކަމަށް ފާހަަގަ ކުރެވޭ!

    41
  8. އަހުރެން

    ނިކަން ދެކެބަލަ....! އަނެއްކާވެސް ބުނެފިއޭ.....! ތީ ހަމަ ޔާމީންގެންގުޅޭ ބެޓެރި ބުރިއެއް

    13
  9. ޒާ

    މިހިރަ ހޭބުއްދި ނުވާ މީހާއެ. މިސަރުކާރުން ޖީބަށް ފައިސާ ނާޅާހެއްޔެ؟ އެޅިވަރު ބަލާނެ ދުވަސް އައުމުން އެކަން ފަޅާއަރާނެއެވެ. ޖީބަށް ފައިސާ އަޅައިގެންވެސް ތަރައްގީ ކުރަން އެނގޭނީ އެނގޭ މީހަކަށް. އެކަމަކު މި ކަންޒުކަހަނބުގެ ދުވެލި ސަރުކާރަށް ގެނެސް ދެވޭނެ ތަރައްގީއެއް ނެތްކަން މިދަނީ ފެންނަމުން ބޭކާރު ވާ ދުވަސްތަކެއްމީ. ކަލޭ ބީތާވާކަހަލަ އަނގަތަޅަން ހުރޭ.

  10. ދެރިޔާ

    ސިޔާސީ ކަންކަމުގެ ތެރެއަށް ވަންނަން ޖެހެނީ ރައްޔިތުން ގެ ދިރިއުޅުން ފަސޭހަ ކޮށްދީ އުފާވެރިކަން ގެނެސް ދިނުމަށް! ތިކަހަލަ ލަޓޯފަޓޯ ވާހަކަ ދައްކާކަށް ނޫން!ހަވާލު ކުރެވުނު ޒިންމާ ތައް އުފުލިގޮތާމެދު ސުވާލު ކުރެވޭނެ! މިސަރުކާރުން ކޮންކަމެއްތޯ ރައްޔިތުންނަށް ކޮށްދެވެނީ! ސެލްފީ ނަގާ ފީތާ ފަށް ކަޑަންތޯ އެކަމާ ހަވާލުވީ! ޜައްޔިތުންގެ ފައިސާ އަށް އަމާނާތްތެރިވެވޭތޯ؟ވޭތުވެގެން މިދަނީ ދޮޅުއަހަރު! މިކަންކަމާ ރައްޔިތުން އެބަ ވިސްނާ! ޥެރިކަމަށް އައީ އެތަށް ތަރިއެއް ބާލާދޭނަމޭ ކިޔާފައި!ޔާމީން ދޫކޮށް އިންތިހާބެއް ބާއްވާ!

  11. Anonymous

    ތި ޖާބިރަކީ ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް ލާންޖެހިފައިވާ މީހެއް. މީހާގެ ތަނަވަސްކަމުން އުޅެވޭ ނޫޅެވޭގޮތް ނޭނގޭ ގަމާރެއް. ހޮނޑައިދޫ ގޮނޑުދޮށުގާ އެހެރަ ޖެއްސި ވައްތަރުތަކުގެ ހަނދާން އަދިވެސް ނުފިލާ. މާވަރުގަދަ ސިޔާސީ ލީޑަރަކަށްވެގެން

  12. ޒުހުރީ

    ތި ޖާބިރަކީ ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒަށް ލާންޖެހިފައިވާ މީހެއް. މީހާގެ ތަނަވަސްކަމުން އުޅެވޭ ނޫޅެވޭގޮތް ނޭނގޭ ގަމާރެއް. ހޮނޑައިދޫ ގޮނޑުދޮށުގާ އެހެރަ ޖެއްސި ވައްތަރުތަކުގެ ހަނދާން އަދިވެސް ނުފިލާ. މާވަރުގަދަ ސިޔާސީ ލީޑަރަކަށްވެގެން ލަދެއް ޙަޔާތެއްނެތި ހިތުހުރިހާ އެއްޗެއް މީހުންނަށް ގޮވަމުން ގެންދަނީ. އަދަބެއް ސަދަބެއްނެތް މަގުމަތީ ސޮރަކަށް ފައިސާކޮޅެއް ލިބުނީމާ ވާނެގޮތްވެސްމެ. ކާށިދޫ ދާއިރާގެ މީހުން މީނާ ހޮވީތީ ޙައިރާންވަން. އެހެންޏާފަހެ ރާއްޖޭގައި އޮތް އެންމެ ފުން އެއްކަނޑުގައި ދަނޑިޖަހައިގެން ކޭބަލް ކާރުގެ ޚިދުމަތްދޭ ވާހަކަ ބުނީމާވެސް އެތިބަ ތަސައްރުފު ފުދިފަވާ ބޮޑެތި މީހުން އަތްޖަހާވިއްޔަ. ކީކޭ ދެންބުނާނީ. އަހަރެންވެސް އެއްބަސް ރައީސެއްވިޔަސް ހުރިހާކަމެއް ރަގަޅުނުވެދާނެ. ޔާމީންވެސް ގޯސްހަދާފަ އެބަހުރި. އެކަމަކު ރައީސް މައުމޫން ރައީސް ޔާމީން މިބޭބޭފުޅުންގެ އެބަހުރި ވެރިކަން ކުރުމުގެ ޢިލްމާ ޤާބިލްކަމާ ތަޖުރިބާއާ ޝަޚުޞިއްޔަތު. ތިއުޅޭ ކެނެރީގޭ އަންނި ކަމަކުނުދޭ ކުޑަކުދިން ކުޅޭ ބައިބަލާގެ ލީޑަރަކަށްވެސް.

  13. ހޫން

    އަނެއްކާ އަންހެނުން ސުޕްރީމް ކޯޓަށް ވެއްދޭތޯތަ މިއުޅެނީ؟ ޔާމީނާ ދިމާއަށް ހެއްދެވިނުހެއްދެވިއަށް އެންމެންވެސް ގޮވާނީ މިސަރުކާރުގެ ފަރާތުން ވަރަށް ބޮޑު ކަމެއް ބޭނުންވީމަ.

  14. ހުސޭނުބޭ

    ހޮޑައިފުށީ ގޮނޑުދޮށުގައި ވެލައެއް އޮތުމަކީވެސް ހަމަ ލޫޓުމާރު އެރުވުން.

  15. އަހުމަދު

    ވާ ކިޔާ ބާތްހޭ . ކޮންމެސް ސިއްުރެއްވާނެ.

  16. ކޮބާ

    އަމިއްލަ ދަރިން މަގުމަތިކޮށްފަ އުޅޭމީހުންނަށް ވާގޮތްފެންނާނެ އެންމެންނަށްވެސް. އާއިލާއެއް ނުބެލެހެއްޓޭމީހަކަށް ރައްޔިތުންބަލަހައްޓާނެ ގޮތެއް ނުފެނޭ