ހުޅުމާލޭގައި ފުޓްބޯޅަ ކުޅެން ހުރި މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.

ފުލުހުން ވިދާޅުވީ މިރޭ 8:20 ހާއިރު ފުލުހުން ހުޅުމާލެ ޕެޓްރޯލް ކުރަމުން ދަނިކޮށް ހުޅުމާލެ ޓާފް ދަނޑު އެކަކުން ބަޔަކު މީހަކު އަތްދަނޑިމައްޗަށް ލައިގެން އަންނަތަން ފެނުމުން ފުލުހުން އެތަނަށް ގޮސް ބެލިބެލުމުން މީހަކު ފުޓްބޯޅަ ކުޅެން ހުއްޓައި ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ ވެހިކަލް ގެނެސް އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށާއި ނަމަވެސް ހޮސްޕިޓަލަށް އޭނާ ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން މައުލުމާތު ދޭކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގގ

    ޓާފް ދަޑުގައިވެސް ކުޅެނީ ބަންގާޅިންތަ؟

    9
    15
    • ދައްކާ ވާހަކަ

      އެމެރިކާ މީހަކު ކުޅެފިއްޔާ އޯކޭތަ؟

      6
      2
    • ބޯބުރި

      އެމީހުން ނޫޅޭ ތަނެއް ދައްކަބަ ލަ😬🤣

    • ހާލުފޮޅި

      ބަންގާޅީން ވީމަ ނުކުޅެވެންވީ ސަބަބެއް ބުނެބަލަ . . ބަންގާޅީއަކު އެއޮންނަ ޤަވާއިދުން ޓާރފްގަ ކުޅުން އެއީ މައްސަލައެއް ނޫން . .

      15
      1
  2. ައަހްމަދުފުޅު

    އެއްވެސް ބައްޔެއްގައި ނޫޅޭ މީހަކު ކޮންމެވެސް ކަމަކުން މަރުނުވާ ދުވަހެއް މިސަރުކާރުއައިފަހުން ދިޔަބާ؟ މީހާދަ ބަލާވެރި ސަރުކާރެކޭ.

    8
    13
    • މޮޔަ

      ޢޭ ބީތާ ކޮންމެ ސަރުކާރެއް އަޔަސް މަރުއައީމަ ޖެހޭނެ ދާން. ވަކި ބަޔަކު ވެރިކަން ކޮށްގެން ވާކަމެއްތަ އެއީ. ތި ކަހަލަ ޖާހިލުން ގިނަވާތީ މައްސަލަ އަކީ

      14