ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން ޔުނިޓްތަކެއް އެޅުމަށް ނޫމަޑިއާއެކު ހެދި އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ބޮޑު ބަދަލެއް ދޭން ޖެހުނު މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނާ މައްސަލަ ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އަމީރާ މެމްބަރުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ ދައުލަތުގެ ހުއްޖަތް އާބިޓްރޭޝަންގައި ބަލިކަށިވުމުގެ ސަބަބުން ކަމަށެވެ. އަދި އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރައްވާފައިވާ ކަމަށް ވެސް އަމީރު ތުހުމަތު ކުރެއްވިއެވެ.

އަމީރު ވިދާޅުވި ގޮތުގައި މިކަން ހިނގާފައި ވަނީ ޔާމީންގެ ސަރުކާރުގައި ކަންކަން ބަލަން ޖެހޭ މިންވަރަށް ނުބަލާ ހުރުމުންނެވެ.

"ސެޓަލްމެންޓު ކޮމެޓީގެ ފަރާތުން އަޅުގަނޑުމެން ވާނެ އެޓާނީ ޖެނެރަލް މެދުވެރިކޮށް ފުލުހަށް މައްސަލަ ހުށަހަޅާފައި އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒުގެ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންގޮސް އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ގެންދަން،" އަމީރު ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ މައްސަލަ ބަލަން ފުލުހުންނަށް ހުށަހެޅި އިރު، ނޫމަޑި އަށް ބަދަލު ދިނުމަށް ނިންމި މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ވެސް މުއިއްޒަށް ފިޔަވަޅު އަޅަން އެދިފައެވެ.

ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްގީ ކުރުމަށް ނޫމަޑި އާއި އޭރުގެ ހައުސްިން މިނިސްޓްރީއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން (ފޭސް 1) އެއްބަސްވުމާ ގުޅޭ މައްސަލައެކެވެ.

އަދި ދެވަނަ މައްސަލައަކީ 500 ހައުސިންގ ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް I އާއި، 3 ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ ހައުސިން މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން (ފޭސް 2) އާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.

ސަރުކާރުން ބުނާ ގޮތުގައި ކޯޓުން ބޭރުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަ، އާބިޓްރޭޝަން ނިމޭ ގޮތަކުން ބަދަލަށް 200 މިލިއަން ޑޮލަރު ވެސް ދޭން ޖެހުނީހެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަޒޫ

    ކައުންސިލަށް ކުރިމަތިލާތީ ޒާތިގޮތުންޖައްސަލާ އަނިޔާދެނީ އަނިޔާ ކުރަނީ އަނިޔާވެރި ސަރުކާރް

    13
  2. ލަބީބު

    މާލޭސިޓީ މޭޔަރުކަމަށް މުޢިއްޒު ކުރިމަތިލަން ނިންމުމުން ސަރުކާރު ބިރުގަތީއެވެ. ދެން އުފަންކުރި މައްސަލަތެރެއިން މައްސަލަތައް އުފަންކޮށްގެންވެސް ބޮޑިއެއް ދެވޭތޯ ބަލާނެއެެވެ.

    13
  3. މޮޔަބެ

    ނޫމަޑި ބަތާނަ މަޑި ވަގު މަޑި. ބަލަ ނޫމަޑީގެ ޒިންމާ ކޮބާތޯ، ނޫމަޑިއޭކިޔާ، ދިވެހި ދައުލަތު ދަވާލީ، ނޫމަޑިއަށް ބަދަލް ދޭންޖެހޭނީ ކޮންގޮތަކުންތޯ..މާވަގުންތައް ފައިސާކާލާފަ މުއިޒް ބޮލަށް ކަނޑާލީ، އެއީ 1 އެކެއްގެ ގެކިބަސް؛ އައުޓް އޮފް ކޯޓް ސެޓެލްމަންޓްގެ ތެރެއިން ފައިސާގެ 40 މިލިއަން ޑޮލަރ ނެގިވަގުން މިޖައްބާރު ސަރުކާރު ނިމުނީމަ އިނގޭނެ.. ނޫމަޑި 2011 ގައި ރާއްޖެ އައިސް ވިޔަފާރި ފެށީވެސް ދިވެހި ސަރުކާރުން އެޑްވާންސްއަށް 15 މިލިއަން ޑޮލަރ ހޯދައިގެން؛ އެއީ އެއްވެސް ފައިސާއެއްނެތް ފޭކް ޕޭޕަރ ކުންފުންޏެއް... އެއިރު އެމީހުންވަނީ ރާއްޖެކަހަލަ ތަނަކަށް ބޯކޮއްޕާއިރު ހަދަންޖެހޭ ހުރިހާ މަކަރެއް ހަދާފަ.ވެބްސައިޓާއި ކުންފުނިން ހިންގާފައިވާކަމަށްބުނާ ފޮރައުޑް ޕޮރޮޖެކެޓްތަކުގެ ރިކޯޑާއި؛ އެހެނިހެންކަންތައް..ބޮޑް މާފިޔާ ބަޔެއް އައިސް އެއިރު އެމްޑީޕީ ސަރުކާރުގެ ވަޒީރުން ގޮބް ހައްދާ އެމީހުންނަށް ބައި އަޅާގޮތަށް މަޅިޖެހީ...