އެމްއެމްޕީއާރްސީ މައްސަލައިގެ ތަޙްޤީޤު މިހާރު އޮތީ މަޑުޖެހިފައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ ޕީޖީ އޮފީހުގެ މަސައްކަތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަޙްޤީޤު "މީގެ ތެރެއިން ވަރަށް ބާރަށް ކުރިއަށް ދިޔަނަމަވެސް މިހާރު ވަނީ މަޑުޖެހިފައި." ކަމަށެވެ.

ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލަ އަވަސްކުރުމަށް ކަމާގުޅޭ މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރާއި، އެންޓިކޮރަޕްޝަން ކޮމިޝަނަރާއި ބައްދަލު ކުރައްވާ މަޝްވަރާތައް ކުރެވިފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ފައިސާ ލިބިފައިވާ އެކި މީހުންގެ މައްސަލަތައް އަވަސް ކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ އެފަރާތްތަކުގެ މައްޗަށް ދައުވާ ކުރަންޏާއި ދައުވާ ކުރަން، ދައުވާ ނުކުރަންޏާއި ނުކުރަން ވަރަށް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

"ވަކި ތާވަލެއް ހަދައިގެން މަސައްކަތްކޮށް އަޅުގަނޑުމެން މަސައްކަތް ނިންމާނަން. މިފަދަ މައްސަލަތައް ބަލާއިރު ވިސްނުން ބަހައްޓަން ޖެހޭ ކަންތައްތައް އެބަހުރި. ދައުލަތުގެ މުއައްސަސާތަކުގައި ތިބި މީހުންގެ މައްސަލަތައް އަވަހަށް ނިންމަން އެބަޖެހޭ. ކޮންމެވެސް އެއްގޮތަކަށް އަޅުގަނޑުމެން އެކަން ނިންމާނަން." ޝަމީމް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ އިން ދައުލަތައް ލިބެން ޖެހޭ ފައިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރުން، މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރުންނާއި ކުރީގެ ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި 30 ބޭފުޅުންނާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅުންނާއި ފަސް ފަނޑިޔާރުން (އޭގެ ތެރޭގައި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ) އަދި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރުން ހިމެނޭ ކަމަށް ފުލުހުންނާއި ރިޔާސީ ކޮމިޝަން އަދި އޭސީސީ އިން މިދިޔަ އޮކްޓޯބަ މަހު ވަނީ ވިދާޅުވެފައެވެ.

އޮކްޓޯބަރ މަހު އެމުއައްސަސާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނީ 177 މީހަކަށް ކަމަށް ކުރިން ބެލެވިފައި އޮތް ނަމަވެސް އެ އަދަދު 267 އަށް އިތުރު ވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ނަސީދު

  ޖޯކެއްތަ މީ ދައުވާކުރަންޖެހޭނެ އެެއްވެސް މީހަކު މިކަމުން ރެކިގަނެވިގެންނުވާނެ ދައުލަތައް ލިބެންޖެހޭހުރިހާލާރިއެއް ތިވަންކަންކުރި ހުރިހާމީހިންގެ ގެދޮރު ވެސް ވިއްކައިގެންނަމަވެސް ތިލާރިހޯދަންޖެހޭނީ އެހެންނޫނީ ކަރައްޕްސަން އަނެއްކާ ގިނަވެ މުޅިގައުމް ހުއްޓުވުމަކައްއައިސަދާނެ ، ގެދޮރުނެތިއްޔާ ކިޑްނީވެސް ނަގައި ވިއަކާލަވަރު ކޮއްލަންޖެހޭނެ

  15
  1
 2. އަހުމަދު

  އާނ ލާދީނީ ރީނދޫކުލަޖެހިފަ ތިބިކުދިންކޮަޅައް ދައުވާ ނުކުރާގޮތައް އެހެންމީހުނައް ދައުވާކުރާގޮތައް ނިންމާލާ މަށައް ހީވަނީ ސައިފޮދެއް އެރުވީހެން އާ މިސަރުކާރުގަ ކޮރަޕްސަންް އެއީ އޮންނަ އެއްޗެއްނޫންވިއްޔަ ތިޔަތިބީ އިންސާފާ ހަމަހަމަކަން ހޯދާދެވިފަ

  27
 3. ހިސެން

  ލިސް ޓުގެ 90% އަކީ ރީނދުލައް ނިސްބަތްވާ މީހުން. އެހެންވީމަ މަޑުވެސް ޖެހޭނެ، އެހެންގޮތްގޮތްވެސް ވާނެ

  30
 4. އަނދިރި އަނިދިރިން

  ބަލަ މމޕރސގެ މައްސަލަ ނިމިއްޖެނުންތަ..1މިލިޔަން ޑޮލަރު ގެއްލުނީ..5މިލިޔަން ދައުލަތަށް ހޯދައިފި..ދެން ކޯންޗެ ތަހުގީގުކުރަންއޮތީ....އެއްމެ މީހެއް ވައްކަންކުރީ މމޕރސއިން..އެވެސް ފުރާޅުން ޓިނުނައް ޓައިގެން...ވަގު ހިފަން ތިބި ދެއޮފިސަރުންކަމުގަވާ އަދީބު ޒިޔަތު ޕްރޮމޯޝަނއެކު ގޭގަ އަރާމުގަ...މިއީ ދުނިޔެ ހަކުރާޖަހައިގެން ކާންމިއޮތީ ހިތަކަށް..އާޙިރަތެވާކަން ދަންނަބަޔަކު ތިބިނަމަތާ މމޕރސގެ އަސްލު ވަގުންހޯދާނީ..ކަލޭމެން ކުރާކޮއްމެކަމަކާ ބުނާ ކޮއްމެ ބަހެއްގެ ހެކިވެރިޔަކީ ކަލޭމެންގެ އަމިއްލަނަފުސު..އިތުރު ހެއްކެނެތި ﷲގެއަހުޒަރުތުގަ ޖަވާބުދޭނެ..އެއްވެސްމީހަކަށް ނުހައްގުން ކުޑަނަމަވެސް ބޭއިންސާފެނުވާ ދުވަހަށް މުސްލިމުން ބިރުގަންނާނެ އެކަމަކު މިސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ މީހަކު ބިރެނެތި މަގާމުގަ ނިމުމެނެތް ނިއުމަތުގަ ތިބެވޭނެކަން ޔަގީންވީމަތާ ކުށެއްނެތް އިންސާނަކު ނުހައްގުން ހުރަގޭގެ ބަންދުކޮއްގެން ތިގެންގުޅެނީ..އާޙިރަތުގަ ތިމާމޭން ދުނިޔޭގަ ހެޔޮއަމަލެ ކޮއްފަވާނަމަ އެއަމަލެ ބަދަލަކަށް އެމީހަކަށްދީ އަނެކާގެ ފާފަތައް ތިމާއުފުލަންޖެހޭނެކަން ދަންނާނީ މުސްލިމުން.މިސަރުކާރަކަށް އެކަމެނުވިސްނޭނެ..

  17
 5. ބެއްޔާ

  ދައުވާ ކުރަންޏާ ކުރަން ނުކުރަންޏާ ނުކުރަން ނިންމާ؟ ދައުވާ ނުކުރަން ނިންމާއިރު މިސަރުކާރުން ގެންގުޅޭ ވަކިމުއްދަތެއް އޮންނަހެން އެމްޑީޕީގެ އެއްވެސް މެމްބަރެއް ތީގައި ހިމެނޭނަމަ އެމީހަކާމެދު ދައުވާ ނުކުރެވޭ ގޮތަށް ނިންމާ. އެއީ އެންމެމޮޅު އިންސާފު.

  21
 6. ބެއްޔާ

  ދައުވާ ނުކުރުން އެއީ އޮޕްޝަން އެއްތަ؟ ކޮބާ ހައްޤާ އިންސާފު؟ކޮބާ ޒީރޯ ޓޮލަރަންސް؟

  24
 7. އައިޝ

  މިލާދީނީސަރުކާރު ތިކަންކުރިޔަސް ނުކުރިޔަސް ރޔާމީން ގެސަރުކާރެއް އައިސް ފިނަމަ ފިސާރިރަނގަޅަ ށް އެމްއެމްޕީއާރް ސީގެލާރިގަނޑުކޭ އަސްލުވަގުން ސައިޒުކުރެވޭނެ މިހާރު ތިދައުވާކުރިޔަސް ނުކުރިޔަސް ތިއީކީ ނުބަލައި ދޫކުރާނެބަ އެއްނޫންކަން ހަދާންކުރާތި ތިހެން ސަލާމަތް ވާނެއޭހިތާ ކޮޅުކޮޅު ނެރޭނެ ކަމެއްތޭ ބުނެލާނީ ފަހުން ޖަހާބޮޑި މާބާރުގަދަވާނެކަން ދަންނާތި،

  14
 8. މާމީ

  މިސަރުކާރުގެ ވައުދަކަށްވީ ރައީސްޔާމީން ޖަލައްލުން އެވައުދު ފުދިއްޖެ އެހެންވީމަކަ ދައުވާކުރާނެ އިތުރު މީހަކު ނުހުންނާނެ ﷲއިރާދަ ކުރެއްވިއްޔާ ކަލޭމެން ކަލޭމެނައް ގިނަދުވަހެއް ނުވެ ތިކަންތައް ދައްކަވާނެ،، މީ ދޮގާ މަކަރުން ފުރިފައިވާ ޖާހިލު ބައެއް،

  18
 9. މިއަދު

  އެހެންތަވާނީ ބޭނުންވީ ކޮންމެގޮތަކުންވިއަސް ރޔ ޖަލަށްލާވަރުގެ ހުކުމެއްކުރަން ހައްގެއް ބާޠިލެއް ބެލުމެއްނެތި އެކަންކުރެވިހްޖެ ދެންކޮންޝަރީޢަތެއް

  17
 10. ބުރޯ

  ވަރަށް ބޮޑަށް ފާހަގަކުރެވޭ މީނާ ހަބަރު ތަކަށް އަރަން ބޭނުންވާ މީހެއް ކަމަށް. އެވައްތަރަށް އުޅެނީ އަދި ބަސްވެސް އެހާ ގިނަ

  16
 11. ގުއިރޭޓޮލަރެންސް

  އެމްއެމްޕީއާރް ސީގެ މަށްސަލަ މިސަރުކާރުންބެލީ ވަކިމީހަކަށް ނުހައްޤުން ބޮޑުއަނީޔާގަނޑެއް ދޭހިތުން އެކަންއެއޮތީ ވެފަނޫންތޯ ދެންތިކަން ކުރި މިސަރުކާރުގައި ތިބިއަސްލު ވަގުން ތިމަށްސަލަ ކޮޑުޖަހައި ގެނެތްނުހިގާނެނޫންތޯ މިހާރުތިވާހަކަދެއްކި މީހަކުވެސް ކުށްވެރި ވާނެއިގޭތޯ މަނިކުފާނުވެސް ހަނުހުރުން ބުއްދިވެރިނޫނީ އިބޫގެ ހަރާންސަރުކާރުން ވަޒީފާގެ ކަށަވަރުކަން ދައްކާލަފާނެ ރީނދޫ ފިކުރަކީ ހައްޤުބަސް ބުނާކޮންމެ މީހަކީ ހަރުކަށިމީހެއް ކަމަށް ނިންމާފަ ޖަލަށްލުން އެއީ ރީނދޫގެ އަސްލު ފިކުރުހުރި ކޮންމެ ގުންޑާއެއްގެ ނިންމުމަކީއެއީ ނާއިންސާފުގެ ނިމުން ﷲއެބަގަނޑަށް ދައްކަވާށި އާމީން

  13
 12. ާއަލީ

  ދެން ބަލާނެ ކަމެއްނެތް. ޔާމްޓޭ ޖަލައްލެވިއްޖެ. އިތުރު މަގުސަދެއް ނެތް.

  12
  2
 13. އިބްރާ

  އެމްއެމް ޕީއާރސީގެ މައްސަލައަކީ ރައީސް ޔާމީން ޖަލައްލުމާއި ހިސާބުން ނިމޭގޮތަށް އޮތްމައްސަލެއެކެވެ. އެމައްސަލާގައި ރައީސް ޔާމީނުގެ މައްޗަށްވެސް ދައުވާ ދައުވާކޮށްފައިވަނީ އެމްއެމް ޕީއާރުސީގެ ފައިސާކަން ކަށަވަރުނުވާ ފައިސާއެއް އެއް އެކައުންޓުން އަނެއް އެކައުންޓަށް ޖަމާކުރިކަމަށް ނިންމައިގެންނެވެ. ޙަޤީޤަތަކީ ކޮންމެ އެއްޗެއް ކިޔައިގެންވެސް ރައީސް ޔާމީނު ޖަލަށްލުމެވެ.

 14. ކެކެކެ

  މި "ގޮލާ" ލަދެއްވެސް ނުގަނޭ...