ކަނޑުއަޑީގައި ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހުށަހަޅައިފިއެވެ.

މިއަދު އޮތް އެންވަރަމެންޓް އެންޑް ކްލައިމެޓް ކޮމެޓީން ހުށަހެޅި ރިޕޯޓަށް ބަހުސް ކުރައްވަކުން އިކްރާމް ވިދާޅުވީ، މީގެ ކުރިންވެސް ކްލައިމެޓްގެ ވާހަކަތަކާއި، ކްލައިމެޓަށް މި އަންނަ ބަދަލުތަކާއި، އަދި އެއާ ގުޅިގެން ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ވާހަކަދައްކަމުން އަންނަ ކަމަށެވެ. އެ ވާހަކަ ދިވެހި ރައްޔިތުންނަށް އަޑު އިވޭ ކަމަށާއި، ނަމަވެސް އެކަން މިހާރު ދުނިޔޭގެ ސަމާލުކަމާށް ގެންނަން ޖެހޭނެ ކޮންމެވެސް ގޮތެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ ކުރިން މަޖިލީހުގެ އިއްޒަތްތެރި ރައީސް މި ވަނީ ކަނޑު އަޑީގެ ކެބިނެޓް ބައްދަލުވުމެއް ބާއްވާފައި މުޅި ދުނިޔެއަށް ފެނިފައި، އަޅުގަނޑު މިއަދު ހުށަހަޅަން ޕާލިމެންޓް ބައްދަލުވުމެއް ކަނޑުއަޑީގައި ބާއްވަން. އެ ބައްދަލުވުން ބާއްވާ ހަމަ މިގޮތަށް އަޑު މުޅި ދުނިޔެއަށް އިވޭނެ ކޮންމެވެސް ވިސްނުމެއް ގެންނަން". އިކްރާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދިވެހިން މި ވާހަކަދައްކާ ބަހުން، އެކަމާއި ގުޅޭގޮތުން ވާހަކދެއްކި ކަމުގައިވިޔަސް އެ ވާހަކަތައް އިނގޭނީ ދިވެހިންނަށް އެކަނި ކަމަށެވެ. އަދި މި ވާހަކަތައް މިއަށްވުރެ ބޮޑުކޮށް އިވިގެން ނޫނީ ހައްލެއް ނުލުބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަނޑުއަޑީގައި ނޫނިއްޔާ ކޮންމެވެސް އެހެން ގޮތެއް ހަދައިގެން ވިޔަސް މުޅި ދުނިޔޭގެ ސަމާލުކަމަށް މިކަން އެބަ ޖެހޭ ގެންނަން. އަޅުގަނޑުމެން ކްލައިމެޓް އެމާޖެންސީ އިއުލާނުކޮށްފިކަން. މި ކްލައިމެޓް އެމާޖެންސީއަކީ އެހެން ގައުމުތަކުން ވިސްނާ އަމަލު ކުރަން ޖެހޭ ކަން". އިކްރާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ކޮހޯސްފޮކްސް

  ބިމުއަޑީގަ މަޖިލީސްކުރުން ކިހިނެއްވާނެބާ؟

  28
  1
  • Anonymous

   ޑައިވް ކިޓުގައި 85 މެމްބަރުން 01 ދުވަހު ކަޑުއަޑީގައި ފޮނިދެއްކުމަށް. އެއީ ހަރަދުކުޑަކުރުމަށް..ދޯ. ނަޝީދު

 2. މުހައްމަދު

  ޖައްވުތެރޭގާ ތިބެ ބޭއްވިޔަސް އަހަރުމެންގެ ޝައުގުވެރިކަމެއް ނެތޭ.
  ތިތަނަކީވެސް ގައުމަށް ލިބޭއާމްދަނީޔާ އަޅުވާކިޔާއިރު ނައްތާލަން ޖެހިފާވާ ވައިރަހެއް..

  33
 3. Anonymous

  ކަލޯ މިކަހަލަ ދޮޅު ރޯނާއިންތަ ލާދީނީ އެމްޑީޕީގައި އުޅެނީ

  35
 4. އަލިބެ

  ޚަރަދު ކުޑަކުރަން ގޮވަމުން ދުވާއިރު ކާކުގެ ހިލޭ އެހީގެ ދަށުން ކުރަން އުޅޭ ކަމެއްތަތީ

  29
 5. ހުސޭނުބޭ

  ޝާހިދު ވަނީ އެންޓާޓިކާއަށް އޮން އެރައިވަލް ވިސާ ހޯދާފައި! އެތަނަށް ކަލޭމެން ދޭ! ދެން ނާންނާތި!

  34
 6. އަހައްމާ

  ކަނޑުއަޑީގައި ޖަލްސާބޭްވުމަށްވުރެ ރާއްޖޭގައި މީހުންދިރިއުޅޭ ރަށްރަށް މަދުކޮށް ކޮންމެ އަތޮޅެއްގައި މީހުން ދިރިއުޅުމަށް ސޭފް އައިލެންޑެއް ތައްޔާރުކޮށް އެތަނަށް އެއަތޮޅެއްގެ އެންމެން ގެންދެވޭގޮތަށް ބިލެއް ފާސްކުރުން މާ މުހިއްމުކަމަށް ދެކެން.

 7. މުލީ ހަމީދުބެ (މުއްސަނދި ހަމީދު)

  ސާބަހޭ ދަރިފުޅާ އިކްރާމް. ތީ ބޭބެ ބޭނުންވާކަހަލަގެ ކުއްޖެއް. ސާބިތުކަމާއެކު ކުރިޔަށް ވަޑައިގަންނަވާ. މާދަން ވާނެ ހަނދުގަ ނުވަތަ މާސްގަ ބައްދަލުވުމެއް ބާއްވާލަން ހުށަހަޅާލަން. ދުނިޔެއަށް ދައްކާލަންވާނެ ނިކަން ކަންކަންވާބައެއްކަން ތީ!!!

  33
 8. އަހްމަދު

  ކަނޑުއަޑީގައި ވަޒީރުންގެ މަޖިލިސް ބޭއްވީމާ އެންވަޔަރުމެންޓް ގަތްބިރުން ދުނިޔެ ދޫކޮށްފައި ހިގައްޖެ. އޭގެފަހުން ތިމާވެސްޓަކަށް އެއްވެސް ގެއްލުމެއްނުލިބޭ.

 9. ތީބާ

  ބާރމިއުޑާ ޓްރޭންގަލްގަ މަޖިލިސް ބައްދަލުވުމެއް ބޭއްވުމަށް ވަރަށް ތާއީދު

 10. ޚިލަ

  ކަންޑު އަނޑިން މާލޭ މީހުނައް ބިމެއް ނެތްތަ

  10
 11. މާރިޔާ

  ކަނޑު އަޑީ ބައްދަލްވުމަށް ކޮންމެ އެން ޕީ އަކަށް 100000(އެއްލައްކަ ޑޮލަރު) އޯކޭ ތޯ.

 12. ދެންއަތްޖަހާ

  ދާއިރާގެ ރައްޔިތުންނާ ވެސް ވާނެ ކަނޑު އަޑިން ބައްދަލުކޮށްލަން.. އެވެސް މަހަކު އެއްފަހަރު..

 13. ދެންއަތްޖަހާ

  ކީއްތަވާނީ އަޅެ މަސްވެރިންނަށް ބާނާ މަސްކޮޅައް ހަމަ އަގު ލިބޭގޮތެއް ހަދާލަ ދިނިއްޔާ..

 14. ދެންއަތްޖަހާ

  މިހާރު އެމްޑީޕީ ކުދިންނަށް އޯކޭޔޯ ސަރުކާރުގެ ހަރަދު ކުޑަކުރަން ލިބޭ އިނާޔަތާ އިތުރުގަޑީގެ ލާރިޔާ ނުވިތާކަށް މުސާރައިން ބަޔެއް ކަނޑާލިޔަސް.. ހަމަ ހެޔޮފުޅުކަން ދެއްތޯ...

 15. ބޮޑު ހަސަަންބެ

  ހޫން . ދެން ކަނޑު އަޑީގަ ޖިފުޓިއެއް އަޅާއިގެން އުޅޭ.