މި ސަރުކާރުން ބަދަލު ދެނީވެސް ބަޖެޓްކޮށްގެން ކަމަށާއި، ބަޖެޓުން ވައްކަން ކުރަން ބަޖެޓް ހިފަހައްޓާފައި ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކުރާ ކަމަށް ތުހުމަތުކޮށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ، މި ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި އެއްވެސް ވައްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

އަދި ގިނަ މައްސަލަތަކުގައި މި ސަރުކާރުން ބަދަލުދޭން ޖެހެނީ، މިދިޔަ ސަރުކާރުގެ ޤާނޫނީ ޒިންމާ އަދާ ނުކުރުމުން ކަމަށާއި، މި ސަރުކާރުން ނިންމައިގެން ބަދަލު ދިނީ ނޫމަޑި މައްސަލައިގައި އެކަނި ކަމަށް އަމީރު ވިދާޅުވިއެވެ.

"ބަދަލުގެ ގޮތުގައި އާސަރުކާރުން އަމިއްލަ އަށް ދޭން ނިންމާފައިވާނީ ހަމައެކަނި ނޫމަޑީގެ މައްސަލައިގައި، ނޫމަޑީގެ މައްސަލައިގައި އަޅުގަނޑު ދެންމެ ކިޔާދިނިން ކިހިނެތް ކިހިނެތްކަން ވެގެން ދިޔައީ. މިހާރު ވަރަށް ފަސޭހަވާނެ ތިގޮތަށް ނައިފަރު ދާއިރާގެ މެމްބަރަށް ވާހަކަދައްކަވަން. އަޅުގަނޑުމެން ސަރުކާރަށް އައި އިރު ނެކްސްބިޒްގެ އާބިިޓްރޭޝަން އެވޯޑަކާއި އެކު ނިމިފައި." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، މިހާތަނަށް ބަޖެޓްގައި ހިމަނައިގެން ކުރަން ނިންމި ކަންކަމުގެ 80 އިންސައްތަ ހާސިލްވެފައިވާ ކަމަށާ، ސަރުކާރުގެ ތަފާސްހިސާބުތަކުން އެކަން ސާފުވާނެ ކަމަށެވެ.

އަދި މި ސަރުކާރުން މަޝްރޫއުތައް ހަވާލު ކުރާ އިރު ބައެއް ވަޒީރުންނަށް މަންފާވާގޮތަށް އެ މަޝްރޫއުތައް ދޭ ކަމަށް މެމްބަރަކު ތުހުމަތުކުރެއްވުމުން، އަމީރު ވިދާޅުވީ ސަރުކާރުން ޓެންޑާ ކުރާ އެއްވެސް މަޝްރޫއުއެއް ވަޒީރަކަށް މަންފާވާ ގޮތަށް ދޫކޮށްފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން ހިންގާ އެއްވެސް ކަމެއްގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭކަަމަށް ތުހުމަތުވާ ނަމަ، އެ މައްސަލަ ބެލޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިއަދު މިނިސްޓަރ އަމީރު މަޖިލީހަށް ހާޒިރު ކުރީ، ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑެންސީޒްއިން ދިވެހި ސަރުކާރާއި ދެކޮޅަށް، ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓު އޮފް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް، ދިވެހިރައްޔިތުންގެ ފައިސާއިން އެތައް މިލިޔަން ޑޮލަރު (ބަދަލުގެ ގޮތުގައި) ދިނީ ކޮން ޤާނޫނީ ހައިސިއްޔަތަކުންތޯ، އަދި އާބިޓްރޭޝަނުން ނިންމާނީ ބަދަލުދޭންޖެހޭ ގޮތަށްކަން އެނގިވަޑައިގަތީ ކިހިނެއްތޯ އާއި އާބިޓްރޭޝަން ނުނިމެނީސް ނޫމަޑި ކުންފުންޏަށް ބަދަލުގެ ގޮތުގައި ކިހާ ފައިސާއެއް ދެއްވާފައިވޭތޯ ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ސުވާލާއި ގުޅިގެންނެވެ.

ނޫމަޑިއާ އެކު ސެޓްލްމެންޓް އެގްރީމެންޓެއް ހެދީ ސަރުކާރުގެ ދިފާއު ބަލިކަށިވުމުން: އަމީރު

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޒާހިރު 7948552

    އަމީރު ތިޔަހެއްދެވި ދޮގު އެއްގޮތަކަށްވެސް ބަޖެޓަކުނުހިމަނުއްވާ ވަކިކޮށްފައި ތިބިމީހުންނޭކިޔާފައި ޕާޓީ މީހުންނަށް ދެއްވާ މިލިޔަނުަން މިލިޔަނުން ފައިސާ ކޮންބަޖެޓެއްގައި ތިޔަޖެއްސެވީ ތިޔަށްކިޔާނީ އަމީރު ބޮޑުވަގު ސާލިހު ބޮޑުވަގު

  2. ހުސޭނުބޭ

    ވައްކަންކުރަނީވެސް ބަޖެޓްކޮށްގެން! ގަދަ ކަލޭ! ޕާޓީކުދިންގެ ވިޔަފާރިތަކަށް ބަދަލުދެނީ އެހެންވެ!

    16
  3. ހާމިދު

    އަމީރު ކަލޭތީ ހާދަދޮގުހަދާމީހެއްދޯ ކަލޭމެން ކުރީސަރުކަރުން ވަޒީފާއިން ވަކިކުރިމީންނޭކިޔާފައި ދޭފައިސާޔޯ؟ އަދި އަހުމެންގެ އިބްރާހިމް އިސްމާއީލަށް ދެއްވި ފައިސާޔޯ! އެއީވެސް ބަޖެޓު ނުހިމަނާ ފައިސާ ތިޔައީ ބޮޑުވަގު ރައްޔިތުންގެ ފައިސާ ވަގު

    14
  4. Anonymous

    ކަނީހަަމަ ކެވުނު ވަރަކަށް!އެކަމަކު ނުކަމޭ ރޯދައަށޭ މިތިބީ ބުނާނެ!ކެޔޮކޭވަރު އިނގޭނީ ބިތުފަންގި ނެގީމަ!ސެލްފީ ސަރުކާރު!

    13
  5. ސޯދިގު

    ކަލޯ ބަޖެޓް ގަ ވައްކަން ކުރާ އައިޓަމް އެއް އަލަށް އާ ބަޖެޓު ކޯޑެއްގެ ދަށުން ޖެހި. ވަގު ކޯޑުގެ ދަށުން ވައްކަން ކުރަނީ ބޮޑު ވަގު. ކަލޭ ތީ މިގައުމުގަ މިހާރު ހުރި އެންމެ ބޮޑު ވަގު. ގާނޫނު އަރާ ވަގާ ހަމަ ކުރާނެ! އެ ދުވަސް އޮތީ ވ ކައިރީގަ