މިހާރު ދުނިޔޭގައި ހަލުވިވަކަމާއެކެ ފެތުރެމުންދާ ކޮވިޑް 19 (ކޮރޯނާ) ވައިރަސް އާ ގުޅިގެން ޓީޗަރުންގެ މުސާރަ ބޮޑު ކުރުން މަޑު ޖައްސާލާފައިވާކަމުގެ އަޑުތައް ފެތުރެން ފަށައިފިއެވެ.

ޓީޗަރުންގެ މުސާރަ ބޮޑު ކުރުން މަޑުޖައްސާލާފައިވާކަމަށް މިހާރު ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި އެފަދަ ވާހަކަތަކެއް މީސް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ. މިކަމާއި ގުޅިގެން ސަރުކާރުގެ ބަހައް އަދި ނުލިބެއެވެ. އަދި ފިނޭންސް މިނިސްްޓްރީގެ ބަހެއްވެސް މިކަމާއި ގުޅިގެން އަދި ނުލިބެއެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކޮށް ކިޔަވައިދިނުމަށް އަމާން މާހައުލެއް ގާއިމް ކޮށްދިނުމަކީ ރައިސް އިބްރާހިމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދެކެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މިދިޔަ ނޮވެމްބަރު މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ، ޓީޗަރުންގެ މުސާރައިގެ އިތުރުން ޕްރިންސިޕަލްގެ މުސާރަ އާއި އެޑިއުކޭޝަން ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ޕޭ ކޮމިޝަނާއި މައުލޫމާތު ހިއްސާ ކުރެވިފައި ވާނެ ކަމަށެވެ. އެހެންކަމުން އެޑިއުކޭޝަން ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރ އެއިރު ވިދާޅުވިއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވިނަމަވެސް، ޓީޗަރުންގެ މުސާރަ ބޮޑުވާނެ އިރެއް ދަންނަވަން ނޭނގޭ ކަމަށް މިނިސްޓަރ ވަނީ އެ ދުވަހުގެ މަޖިލީހުގައި ވިދާޅުވެފައެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، ވައިރަހާ ގުޅިގެން ރާއްޖެ އަށް ލިބޭ އާމްދަނީ ދަށްވިޔަސް، އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ދުނިޔޭގެ ގައުމުތަކެކޭ އެއްގޮތަށް ރާއްޖެ އަށް ވެސް އިގްތިސާދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް އިގްތިސާދީ މާހިރުން ލަފާ ކުރަމުން އަންނަ ކަމަށެވެ.

އަދި މި ވައިރަހާއި ގުޅިގެން ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ލޮޅުންތަކެއް އަރާނެ ކަމަށް ބެލެވޭތީ ދައުލަތުގެ ހަރަދުތައް ކުޑަ ކުރުމަށް ސަރުކާރުގެ ކުންފުނިތަކަށާއި މިނިސްޓްރީތަކަށް އަންގަވާފައިވާ ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ޓާގެޓު ކުރަން ބޭނުން ވަނީ ރިކަރަންޓް ހަރަދު ވީހާވެސް ބޮޑުކޮށް ކުޑަ ކުރުން،" އަމީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. 19 ނަވާރަ

    އެޖެންޑާ 19ގައި ތިޔަކަން ކުރަމުންދާނެ ހެން ހީނުވޭ. ބަލަ މުސާރަ ބޮޑުކުރަން ރާވާފައޮތްނަމަތާ ތިޔާކަންވެސްވާނީ. އަދިވެސް ސިޔާސީ މަގާމު ޒީރޮ ޓޮލަރެންސްގެ ދަށުން އުފައްދާލަ ބަހައްޓާ.

    30
  2. އިހަވަންދޫ ރައްޔިތެއް

    މި ކަމަނަ އަހަރުމެން ބަލައެއް ނުގަންނަށް. އާއިލީ ގުޅުން ކަނޑާފަ ތިބޭ މީހުން ދަރިވަރުންނަށް ދޭނީ ކޮންފަދަ ނަސޭހަތެއް. ކަމަނާ އަވަހަށް އިސްތިއުފާދީފަ ރަށަށްއާދޭ. މާމަކައިރިޔަށް. މާރަގަޅުވާނެ.

    37
  3. ރައްޔިތުން

    މޭޔަރުން ނާއި ކައުންސިލަރުން މުސާރަ ބޮޑުނުކޮށް މިކަން ކުރިނަމަ ދޯ

    36
  4. މާމީ

    އިސްކަންދަރު ސުކޫލުގެ އެންމެން މުސާރަ ޖަހާ ބޮޑުކުރަން ނިއްމާފަ އެއްނޫން ތޯ އޮތީ. ސުކޫލުތަކުގެ ތެރެއިން މިސަރުކާރު ގެންނަން ފާޅުގަ މަސައްކަތް ކުރީމަ އދިވެސް ނުވޭ،،،

    40
  5. ވަޒީރެއާލާ

    އަޅުގަނޑުމެން ޓާރގެޓްކުރަން ބޭނުންވަނީ ރިކަރެންޓް ޚަރަދު ވީހާވެސް ބޮޑުކޮށް ކުޑަކޮށްފައި ބޮޑެތި މުސާރަދޭ ސިޔާސީ މަގާމް ތައް ގިނަކުރުން.

    26
    1
  6. ޙަސަނު

    އިސްކަންދަރު ސުކޫލުގެ ޓީޗަރުންތަކެއް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވަރަށް ބޭއަދަބީކޮށް ބަސްބުނެ ކެމްޕޭންކޮސް ފޮޓޯތައްނަގާ ހެދި މިހާރު ތިބޭނެ ރާކަނިމަސް ކެވިފަ!

    18
  7. ކާފަބޭ2020

    ފާޅުގައި ވަކިމީހަކާދެކޮޅަށްނުކުމެކުރިމަސައްކަތުގެ ރަހަމިހާރުހުންނާނީ ރަނގަޅަށްކަރުބުޑުގަލާފަ ޚާއްޞަކޮށް އިސްކަންދަރުޓީޗަރުންގެކަރުބުޑުގަ މިއަދު އަތްނުފޯރާވަރަށް ސިޔާސީމީހުންތަކެއްގެ މުސާރަތައްބޮޑުވެގެންދިޔައިރު ކޮބައިތޯތިޔަޓީޗަރުން ތިޔަޓީޗަރުންގެމުސާރައަށްވީމަ ޗިޗަންޑާ19ސަޅި!!!

    12
  8. ހުސޭނުބޭ

    1000 ރުފިޔާ ހަދިޔާކޮށްފައި 2000 ރުފިޔާ ފޭރިގަންނަ ޕޮލިސީތޯ! އަވަހަށް މިއަދު 100 ރުފިޔާ ބޮޑުކޮށްދެއްވާ! މާދަމާ އެލަވަންސްތަކުން 400 ރުފިޔާ މަދުކޮށްލާނީ! މިކަހަލަ ވައްކަން މުޅިންވެސް!

  9. ޢަލިފުތާ

    ލަދެއް ހަޔާތެއްނެތި އަދިވެސް ލޯކަލް ކައުންސިލް އިނތިހާބަށް ވޯޓުދޭށޭ ގޮވާއިރު ފާއިތުވީ އަހަރު މިރާއްޖޭގައި މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓް ފާސްކޮށްގެން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދީ ބަޖެޓް ދަވާލީ. އަހަރެމެންގެ ހައްްްގުތަކަށް އަރައިގަނެ ސިޔާސީ މަގާމުތަށް ފުލުފުލުން އުފައްދާ ބައިތުލްމާލު ޕާޓީ ކުދިންނަށްދީ ހުސްކުރަން ފޔރުސތެއް ނުދެވޭނެ

    11
  10. ޓީޗަރު

    ޓީޗަރުން ހައްދާލާފަ ބާތިއްބާ.. ލާރިކޮޅުން ކެންޕޭން ކުރޭ.. މިހާރުދެން އެބޮތް މަތި އަޅުވާލާނެ ކަމެއް.. ސާބަހޭ ވަޒީރު.. އެކަމަކު ޓީޗަރުން ގެ ބޯ މާ ބޮޑު ވާނެކަން ދަންނާތި

    14
  11. އަލި

    ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ވެރިކަން ހޯދާފައި އޭގެފަހުން ސްޓިކާ ޖަހައި ލާރި ހޯދަނީ އަދި ޓީޗަރުންގެ މުސާރަ ބޮޑުވާނެ އިރެއް ދަންނަވަން ނޭނގޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ލަލަލަ

  12. މުހައްމަދު

    އަދި 10000 ސިޔާސީމަގާމުއިތުރުކުރަތްފެނޭ އޭރުއްދައުލަތުގެހަރަދުކުޑަވާނެ

  13. މުހައްމަދު

    އަދިވެސް10000 ސިޔާސީމަގާމުއުފައްދާ އޭރުއްހަރަދުކުޑަވާނެ

  14. މުސާރަ

    ޗައިނާއަށް ޖެހިފައިވާ ކޯފާއާ މުސީބާތަކީ ކޮވިޑް 19 މިގައުމަށްބޖެހިފައިވާ އެންމެ ބޮޑުމުސީބާތާއި ބަލާވެރި ކަމަކީ އެޖެންޑާ 19 ދިވެހިންނޭ އަދިވެސްވހޭއަރާކަށް ނުވޭތަ މި މުސީބާތުން ސަލާމަތް ވުމަށް ކައުންސިލް އިންތިހާބުގަ އެޖެންޑާ 19 އަށް ދޭ ކޮންމެ ވޯޓަކީ މިމުސީބާތްތަށް އިތުރުވެގެންދާނެ ކަމެއް މިހާރުވެސް ރައްޔިތުން އަތުން ލާރި ފޭރެނީ މަގުމަތީ ސްޓިކާ ޖަހާގެން ރައްޔިތުން ފެލަނީ ހޭލންވެއްޖެނު