"ރާއްޖެތެރޭ މީހުން" ވަނީ އިސްރާއީލް މީހުން ފަލަސްތީންގެ ބިމަށް ވެރިވެގަތްހެން މާލެ އަށް ވެރިވެގެންފައިވާ ކަމަށް ދޭހަވާ ގޮތައް ވާހަކަދެއްކެވި ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ގެ އާއިލާ ހަތަރު މެންބަރެއްގެ ހަތަރު ގޯތި ލ.ގަމުގައި އެބައޮތް ކަމުގެ ކަށަވަރު މައުލޫމާތު "ވަގުތު" އަށް ލިބިއްޖެއެވެ.

"ވަގުތު" އަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ގޮތުގައި އަނދުން ހުސޭންގެ އާއިލާގެ ހަތަރު މެންބަރު ކަމަށްވާ ވަސީމާ އަލީ، ފާތިމަތު ނަސީމާ، އަޒީޒާ އުމަރު އަދި ހަސަން ހަލީމްގެ ގޯތިތައް ލ.ގަމުގައި އެބައޮތެވެ. މި ހަތަރު މީހުންގެ ވެސް ދާއިމީ އެޑްރެސް އޮތީ މާލޭ އަނދުން ގޭގައެވެ.

އަނދުން ގޭގެ އިތުރު ބަޔަކުގެ ގޯތިތައް ލ.ގަމުގައި އޮތްކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ. އެމައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް "ވަގުތު" އިން ދަނީ ކުރަމުންނެވެ.

ލ.ގަމުން ދެފަހަރެއްގެ މަތިން ގޯތި ވިއްކި މައްސަލައެެއްގައި މީގެ ކުރިން އެރަށު ބައެއް ކައުންސިލަރުންނާއި، ކައުންސިލްގެ ބައެއް މުވައްޒަފުން ހައްޔަރުކޮށް މައްސަލަ ތަޙްޤީޤުކޮށް މައްސަލަތައް ޝަރީޢަތައް ވެސް ފޮނުވާފައި ވެއެވެ.

އަނދުން ހުސޭން އާއިލާގެ ހަތަރު މެންބަރެއްގެ ގޯތި ލ.ގަމުގައި އޮތް އިރު، ގަމުގެ ގިނަ ބަޔަކު ގެންދަނީ އެރަށުން މާލޭ މީހުންނަށް ދޫކޮށްފައިވާ ގޯތިތައް އަތުލުމަށް މީސް މީޑިއާގައި ގޮވާލަމުންނެވެ.

"ގަމުގެ ޝަރުތު ހަމަވާ ރައްޔިތުންނަށް ގޯތި ނުލިބި، ގަމުން މާލޭގެ އެތައް ބަޔަކަށް ގޯތި ދީފައި އޮތުމަކީ އިންސާފެއް ނޫން. މިއުސޫލުން އަމަލު ކުރާނަމަ ގަމު މީހުންނަށް މާލެ އިން ވެސް ގޯތި ލިބެން ޖެހޭ. ނޫންނަމަ ގަމުން މާލޭ މީހުންނަށް ލިބިފައިވާ ގޯތިތައް ދައުލަތައް ނަގާ." އެކަކު ފޭސްބުކްގައި ލިޔެފައި ވެއެވެ.

އިތުރު މީހަކު ބުނީ އިންސާފާއި ހަމަހަމަކަން އޮތީ ހަމައެކަނި މާލޭ މީހުންނަށް ކަމަށާއި ފެންނަނީ މާލޭ މީހުން ހެދިގޮތެއް ހެދިގެން އެހެން މީހުން ތިބެން ޖެހޭ މަންޒަރު ކަމަށެވެ. "މާލޭ މީހުން ގަމުން ގޯތި ހޯދަން ބޭނުން ވުމުން އެކަން ވެސް ވޭ. ރާއްޖެ ތެރޭ މީހުން މިއުޅެނީ އެމީހުން ބުނި އަގެއްގައި، އެމީހުން ބޭނުން ގޮތަކަށް ހަދާފައި ހުރި ތަނެއްގައި މުޅި ދިރިއުޅުން ހޭދަކުރަން ޖެހިގެން." އޭނާ ލިޔެފައި ވެއެވެ.

އަނދުން ހުސޭންގެ ދެ ގޯތި އައްޑޫ ސިޓީގައި ވެސް އެބައޮތެވެ. އެއިން އެއްގޯތީގައި ގެއެއް ވެސް އަޅާފައި އެބަހުއްޓެވެ.

ފަލަސްތީންގެ ހާލަތާއި މާލޭގެ ހާލަތު އެއްގޮތްކޮށް އަނދުން ހުސޭން ދެއްކި ވާހަކަތަކުގެ ސަބަބުން ބޮޑެތި ފާޑުކިޔުންތަކެއް އޭނާ އަށް ވަނީ އަމާޒުވެފައެވެ. އިއްޔެ އޭނާ ވަނީ އޭނާ ދެއްކި ވާހަކަ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ދެއްކިވާހަކަތަކަށް މަޢާފަށް އެދޭކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. މާމީ

    ހުސޭނާ ސޯޓު ބޭލިއްޖެ ދޯ އަދިވެސް މޮޅުވާހަކަ ދައްކާތި ތިހިރީ ރާކަނިމަސް ކެވިފަ އިނގޭ އަމިއްލަ ފޫކޮޅުގަހުންނަ ގުޔެއްނުފެންނާނެ އިނގޭ

    125
    5
    • ނަކް

      އެހެން އެހުރީ ކޮޅު ގޮހޮރަށް ކައިގެން.. މީނާއާ ދިމާލަށް އެއްޗެއް ބުނެގެން މީނާގެ ޕަޕެޓުންލައްވާ މެންބަރު ޔައުޤޫބުގެ މައްސަލަ އޭސީސީއަށް ވައްދާ ހެއްދެވި ނެހެއްދެވިއަށް އެސޮރަށް ގޮވި އިރު މީނާގެ ހާލަތު މީނާއަކަށް ނޭނގުނު...

      87
      4
  2. ސަންތިމަރިޔަބު

    މަރުވެގެންދާ އިރު ހުރިހާ ގޯތިވެސް ސަންދޯކަށް ލާން ވަސިއްޔަތް ކުރަށް ވައްޗޭ
    ހަމަހިނިއަންނަނީ

    107
    4
    • ޒަކް

      މީނާއާ މީނާ އާއިލާގެ ގޯތިތަކާ ކާރުތަކާ އެހެން ވެހިކަލްތަކާ ގަރާޖުވޯކްޝޕޕްތަކާ ހެދި ދިވެހި ރައްޔިތުންނަށް ބޮޑު ދުއްޕާނަކަށް ބާހިސާބަށް ހިނގައްހެ

      71
      3
  3. ކަޗޯރު

    އެބުނާހެން މީދެންކިހާދެރަކަމެއް މިއުޅެނީރައްރަށުގައި އެރައްރަށުގެ އަހުލުވެރިންނައްގޯއްޗެއްނުލިބިގެން އެކަމަކު މާލޭގަ ފެންވަރު ރަނގަޅައްގެދޮރުހެދިފަހުންނަ މީހުންނައް އަތޮޅުތެރެއިންވެސްގޯތިލިބޭ

    88
    2
  4. މަ....

    ޢެކަމަކު ހެވެއްނު....ހީވަނީ ބައިކިލޯ ލޮނުމެދު ކައިގެން ތެޅޭ ގިތެލެއްހެން.....

    96
    2
    • ސަޓޯ

      އެމްޑީޕީ އެއްޗެހިން ތެޅޭނީ މުޅީންވެސް އެހެން

  5. Anonymous

    ކިީށްކުޜަާނިީ އަމިއްލަ އެދުން ބޮޑިީ އަދުން ހުސެޭނު

    55
    2
  6. ކާފޫރު ތޮޅި އަލިބޭ

    ގޯތި ބަލާ އާދޭ

    41
    2
  7. އިގުތިސާދު

    އަދުނާ ގުދޯ ގުދޯ ނުގޮވާ

    49
    2
  8. ބޮލުރޮދި

    މީ އެމްޑީޕީ ބޮޑުންގެ ހީލަތްތެރި ވިސްނުން! ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވާނުވާ މިހާރު އެނގެއްވެއްޖެ....

    58
    5
  9. މަކިނބޫ

    މިއޭ މައްސަލައަކީ.. ބޮޑުންނަށް ތިބޭ މީހުން މިހެން އުޅެންޏާ ދެން ދަށަށް ތިބޭ ފަންތީގެ މީހުންނަށް ވާނީ ވާނެ އެއްޗެއް.. ދެން ބޮޑު ވަރު

    52
    2
  10. ހޯރާގޯރީ2020

    މިކިޔާފަ ކޮމެންޓެއް ކުރެވޭނެހެން ހީވޭ! އަލްފާޟިލް އަނދުންސޭޓޭ ތިޔަމަނިއްޕުޅުގެ ފަރާތުން ފެނުނީ ރާއްޖެތެރެ އާއިމާލެ އަލުން ޕްރޮމޯޓްކުރުމުގެ ލަދުވެތި ހުދުމުހުތާރު ސިފަތައްކެއްކަން މިހާރުމިވަނީ ކަށަވަރުވެފައެވެ. އެހެންވިޔަސް މި މިނިވަން ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވި އެކުވެރިކަމާއި ބަދަހި މުޖުތަމައުއް ބިނާކުރާށެވެ.

    12
  11. ފިތުނަ

    ޢަލިފާން ހުސޭނު ކަހަލަ ، ރަނޑާލިން ނަކަށް ރާއްޖެ ތެރެއަކާ ނުކުޅެވޭނެ ، ފައްކާ ރޯނު އެނދުރެއް ކަލޭގެ ހަތަރު ކަށިމަތި މާލެތޯ؟ ޙަމަ އެހެން ކޮލަމާފުށީ ބޮންޑާ އެވެސް މާލެ ތޯ ؟ ހައްތަހާވެސް ރާއްޖެތެރޭ އަޅުންގެ އަޅުން ، ދެރަވަނީ ތިޔަކަހަލަ ބުރާންޗެއް ދާއިރާއަށް ހޮވުނީމަ ، ރުކުމާ މެން ކަހަލަ މޮޅު ކޮލިޑީ މީހުން ތިއްބާ ، މިގައުމުގައި ފިތުނަ އުފައްދަން އަލިފާން ހުސޭނު ނޫޅޭ .

    11
  12. ބޯކިބާ

    ގޯތީގެ ވާހަކަ ތިދައްކަނީ، ލ އަތޮޅުގެ ހުރިހާ ފަޅަކާއި ފަޅުރަށެއްވެސް ހުރީ ތިބުނާ ފަލަސްތީނުމީހުން އަތުލައިގެންފަ.

    17
  13. ދެރަވަރު

    ހުރިހާ ތާކުންވެސް މިހުސޭނު ކަހަލަ މީހުންނަށް ގޯތި ލިބެޔޭ. ނިކަމެތި މީހާ އަށޭ ނުލިބެނީ. މައރކަމަކު އަންތަރީސް ވެއްޖެ. މިހުސޭނުމެން އެވަރަށް ބިން ބައްކުރާތީ. އެހެންމީހަކަށް ލިބިދާނެތީ އުތަ.ޕިސްޕިސްޕިސް

    16
  14. ާއަހުމަދު

    ގޮހޮރު ފޫންޏެއް ކާލީ ދޯ

    11
  15. އަތުލާ

    ނަސްލީ ތަފާތުކުރުމުގައި ހައްދުން ނެއްޓިފައިވާ މީހަކަށް އޭގެ އަދަބު ދޭންޖެހޭނެ. އެމްޑީޕީން މިކަލޭގެއާމެދު ފިޔަވަޅު ނާޅާނަމަ އެޕާޓީވެސް ހިމެނޭނީ މި ކެޓެގެރީގައި. ނަސްލީ ތަފާތުކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން.

    19
    • ވ

      އެމްޑީޕީ ހިމެނޭނީކީނޫން. އެމްޑީޕީއަކީ ސީދާނަސްލީ ތަފާތު ދައްކާ ޕާޓީ. ޕާޓީގެ މީހުނަށް ފުލެޓްދީފާ ބާކީ ހުރިއްޔާއޭ އެހން ބަޔަކަށް ދޭނީ ބުނީ ތިޔަ އެމްޑީޕީ.

  16. ބޮޑުމީހާ

    ކުޑަކުއްޖަކު ކަމެއްކުރާއިރަށް ފިސާރި ޑިމޮކްރަޓިކް ކަން ދައްކަން ފިޔަވަޅު އަޅާފައި ބާރުބާރަށް މީޑިއާއަށް އެވާހަކަ ކިޔައިދޭނެ. ބޮޑަކު ކަމެއް ކޮށްފިއްޔާ ޗުއްޕު ބުނެލަންވެސް ނުކުރޭ އެމްޑީޕީއަކަށް.

    23
  17. ސުޖާ

    ރާއްޖެ ތެރޭމީހުންގެންގުޅެނީ ހާދަ މޮޅު އިންސާފެކޭ ދޯ! މާލޭ ގަ ޝަރުތު ހަމަވާ އެތައް ރައްޔަތުންނަށް މާލެއިން ގޯތި ނުލިބި މާލޭން ރާއްޖެ ތެރޭ އެތައްބަޔަކަށް ގޯތި ލިބިފަ އޮތުމަކީ އިންސާފެއްނޫނޫނޫން. ރާއްޖެ ތެރޭ މީހުންނަށް މާލެއިން ލިބިފައިވާ ގޯތިތައް އަތުލުމަށް ގޮވާލަން

    4
    19
  18. ޢާސީ

    އެއީ ގަނެފައޭ ހިލޭދީފައެއްނޫން ..ތިޔަބޭފުޅުންވެސް ގަނެބަލަ ލާ ރިހޯދަބަލަ މަސައްކަތްކޮއްބަލަ ކޮންހާގިނަވާހަކައެއްތޯ ތިޔަ ދައްކަވަނީ

    13
    7
  19. އުބޭ

    އަނދުންގެ ހުސޭނަށް ލިބުނީ ކިހިނެއް؟

    11
  20. މަލިކާ

    ދެބަސް އެކުގަ ނުކިއޭ ކޮންފަލަސްތިނެކޭކިޔާކައް

    8
    1
  21. ޓަކަފިރޯށި

    ގިނަރަށްޔިތުންނަށް ނޭގުނަސް އެމް.ޑީ.ޕީ އަކީ ބޭފުޅިޒަމް ޕާޓީއެކެވެ. މިކަންއެގޭނެ ލީޑާޝިޕް ވަންހަކޮޅަށާއި އިސްކޮށް އުޅޭ ބަސްކިޔާ އެކްޓްވިސްޓުންގެ ވަންހަކޮޅަށް ބަލާލީމަ ބާރަށު ޝިފާޒުމެން އެތިބީ ނަމަކަށް ނައިބު ރައީސްކަމުގަ ބަހައްޓާފަ ޕަޕެޓް ހެދުވޭނެތީވެ

    12
  22. އަކޫ

    ރާއްޖޭތެރޭގަ އުޅޭ ފަގީރުންނަށް މަލާމައްކުރަނީ އަދުން

    9
    1
  23. ހުވަނދު

    ކޮންނަވަރަކަށް ގިނަވާނީ ފަސް

    14
    1
  24. ރަށްޔިތުމީހާ

    ހުސޭނާ ކޮބާ ކަލޭ ހަޔާތް. ފާޑުފާދުގެ ވާހަކަދައްކަން. ރަގަޅަށްސޯޓުބޭލި އޮރިޔާންވެފަތިހުރީ އަވަހަށްސޯޓް އަރުވާ ބަނޑުބައިޖެހޭތޯބަލާ އަނެއްފަފަހަރު ސޯޓްބޭލެންވާއިރަށް. އެމް ޑީ ޕީ ކިޔާފިއްޔާ ހަމަތެދެއްހަދަން ނޭގެނީ ނުވެސްހަދަނީ . ދެންވެސް މަޑުން ހުރެވޭތޯބަލާ.

    6
    1
  25. ސަޓޯ

    ތާހިރެއްނު ؟؟

  26. ބޮޑު ހަސަންބެ

    ކޮބާ ރާކަނި މަސް ކެވިއްޖެ؟

    5
    1
  27. Anonymous

    "ރާއްޖެތެރޭ މީހުން" އެބައިމީހުންގެ ވިޔަފާރިއާއި މުދާތަށް ހިފައިގެން އަތޮޅުތަކަށް ގޮސް އެތަންތަން ތަރައްޤީ ކުރުމަށްފެނޭ. އަދި ލިބޭ ހުރިހާ ލާރިއެއް ދަޢުލަތަށް ނުދީ އަތޮޅުގެ ތަރައްޤީއަށް ހޭދަކުރުމަށް ގޮވާލަން. ދަޢުލަތަށް ޓެކްސްވެސް ނުދެއްކުމަށް ގޮވާލަން. އޭރުން ބަލާނަން މާލޭ ކުނިގޮނޑުތަކަށް ކައިގެން ބޮއިގެން ތިޔަހެން ރަނޑާލިހެދެން އުޅެވޭތޯ.

    4
    1
  28. ވާންޓެ

    އަނދުނޭއާއި މެދުގައި ފިޔަވަޅެއް އެޅޭނެހާ ޤާބިލުކަމެއް އެޕާޓީގައެއްނެތް.... ބުއްޅަބޭ މިހާރުވެސް އެއުޅެނީ ޕާޓިކުދީން ޕްރައިމަރީގައި ބަލިވީމަ ބޮޑާހާކާތީ ހަދާނެ ގޮތެއް ނޭންގިގެން... އަނެއްކޮޅުން ޓީއެމްއޭ މައްސަލައިގައި އެޓާރނީ ޖެނެރަލް ބުނަންޖެހޭ ބަސްވެސް މިހާރު މީނާ ބުނާއިރު ޕާޓީގެ ތެރޭގައި މިހާ ބާރުގަދަ މީހަކާމެދު ބަސްބުނާނީ ކިހިނެތް... ބޭފުޅިޒަމް މިއޮއްއާލާވަނީ... ދައުލަތް ލޫޓްމާރުކުރަނީ ... ޚާރިޖީ ހެސްކިޔާފަ ބުރުޖަހަނީ... އަނެކަނު ރެގިއުލަރައިޒޭ ކިޔާފަ ބިދޭސީން ކަންތަކުގަ ޑްރާމާކުޅެނީ... މާލީ ހުރީ ދައުލަތް ހަނާވާއިރުވެސް މިއިން މީހަކު ފައިސާއެއް ހޯދަން ނޫޅެ ލޫޓުމާރުކުރާތީ ބޯގޮވާފަ... ތައުލީމީ ހުރީ ޓީޗަރުންގެ މުސާރަ އޮނިގަނޑުގަ ފައިންއަރައިގެން ނޭންގޭކަމަށް ހަދައިގެން... ދައުލަތް ވާނުވާގަ އޮތީމާ އަދުން މެންނަށް ދެންވެސް ހުރިހާ ފައިދާއެއް...

    4
    1
  29. ހާސްކަނޑާލާ

    ރައްޔަތުންނޭވެ ކަންބޮޑުނުވޭ. ކުރީބުރުވެސް މުއްލާއަކު ލައިވްކޮށް ގޮވާހެދި އެޕާޓީކުދިންނޫން ބަޔަކަށް ބޯހިޔާވަހިކަމެއް ނުދޭނަމޭ. މާތްﷲގެ އިރާދަފުޅުން މާގިނަ ދުވަސްތަކެއްނުވެ ކަންނިމި ރައްޔަތުންނަށް ނަސްރު ލިބުނު. މިއީ ދެވަނަބުރު ތިމާމެނަށް ވެރިކަމެއްވިއަސް އެހެންއެއްޗެއް ވިއަސް ދެއްވަނީ ހެއްދެވިފަރާތުންކަން ގަބޫލުނުކުރެވި ދެރޯޒުކައްޕިއެއްހެން އެނބުރިގަތީމަ ދެން ވާއެތިބަލަން ރައްޔަތުން ކެތްތެރިކަމާއިއެކު ތިބެންވީ.

  30. މޭން

    ކޮސްނުގޮވާ. މާލޭން ގަންނަންވެސް ނުލިބިގެން ދޯމިއުޅެނީ. މި ރާއްޖެތެރެއިންތަށް އަރާ މި ފަސްގަނޑުން ފުރައިލައިފިޔޭ ކިޔަވާދޭށޭ ބަލިވެގެނޭ ކިޔާފަ. ދެން ކިޔެވުނީމަ ބަލި ރަނގަޅުވީމަ ދާންވީނު ރަށަށް ކީއްވެ ދާން ނޭގެނީ.
    އަހަރެމެން މާލޭ މީހުންނަށް މާލޭން ބިންލިބުން ހައްގު. މާލެއިން ނުލިބިއްޖާ ހުޅުމާލެއިން ލިބުން ހައްގު. ކަލޭމެނަށް ތި ރަށްރަށުގަ ސަރުކާރުން ފުލެޓުތައް އެހަދަނީ އަހަރުމެންގެވެސް ލާރިން އަހަރުމެން ނުދަން ދޯ އެހެނޭކިޔާފަ ތިތަންތަން ހޯދާކަށް ތީ މާލޭމީހުންގެވެސް ލާރިއޭކިޔާފަ.

  31. އާންތު

    ހަނިމާދޫގަވެސް އޮއްތޯ ބަލާބަލަ

  32. މަ

    ބަލަގަ ހުސޭނާ ކަލޯގެ ޢާއިލާ މީހުންވެސް އިޒްރޭލްމީހުންނަށަ ހެދީތަ ކަލޭ ތިޔަ ބޯން ބޭނުންކުރާއެއްޗެއް ބުއިގެން ބޭރުތެރެއަށް ނުނިކުމެ ގޭގަ މަޑުން އޮންނާށޭ މަ ކުރިންވެސް ބުނިންނުދޯ ދެންވެސް ހަމަ ހޭވެރިކަން ނުވަނީސް ބޭރަށް ނުނިކުންނާތިއެނގޭ ހުސޭނާ

  33. ށައިމާ

    ޢަނދުންހުސޭނުގެ ބަލާ ގައުމަށް ޖެހިއްޖެދޯ!