މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އިމާރާތް ކުރަމުން އަންނަ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން ޓްރާންސް މޯލްޑިވްސް އެއާލައިން (ޓީއެމްއޭ) އާއި މަޝްވަރާ ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށާއި މިހާރު އުފެދިފައިވާ މައްސަލައަށް ހައްލެއް ނުގެނެވޭނަމަ ޓީއެމްއޭ އަށް ބަދަލު ދޭން ޖެހުން ގާތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތައް ހިންގާފައި ހުރީ ޔާމީންގެ ސަރުކާރުގައި ކަމަށާއި މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލެއް ދޭން ޖެހުން ގާތް ކަމަށެވެ.

"ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި. ގޯސްހެދި މީހުން ހޯދައި އަވަސް ތަޙްޤީޤެއް ފަށަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމާ ގުޅޭ ކަންކަން، ސަރުކާރާއި ޓީއެމްއެއޭ އިން އެއްބަސްވާ ގޮތަކަށް އަވަހަށް ނިންމަަން ޖެހޭ ކަމަށް ނަޝީދު ވަނީ ރޭ ވެސް ވިދާޅުވެފައެވެ.

ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުން މުހިއްމީ ދެވަނަ ރަންވޭ ހުޅުވައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބާރަށް ހިންގަން ފެށުމަށްޓަކައި ކަމަށެވެ.

"ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައިވާ ނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް 19000 އަކަފޫޓުގެ ސަރަހައްދެއް ދޭން އެމްއޭސީއެލް އިން ޔަގީންކަން ދީފައިވާ ކަމަށް ޓީއެމްއޭ އިން އަންނަނީ ބުނަމުންނެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވީ އެފަދަ އެއްބަސްވުމެއް އެމްއޭސީއެލް އިން ވެފައި ނެތް ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ އާޓާމިނަލް އިން 5000 އަކަފޫޓުގެ ސަރަހައްދެއް ދެ އަހަރުގެ މުއްދަތަކަށް ޓީއެމްއޭ އަށް ދިނުމަށެވެ. ނަމަވެސް އެކަމާއި ޓީއެމްއޭ އިން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. ސަރުކާރުން ކަނޑައެޅި އަގާ މެދުގައި ވެސް ޓީއެމްއޭ އިން ހިތްހަމައެއް ނުޖެހެ އެވެ

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

 1. Anonymous

  ކޮންބަދަލެއް؟ 1 އަހަރުގެ އެއްބަސްވުން ތަކަކުން ދޭން ޖެހޭނެ ބަދަލެއް ނޯންނާނެ. ޓމއ އިން އެއަރޕޯޓުގެ ސީޕްލޭން ޓަރމިނަލް ހަދަން ދިޔަ 18 މިލިއަން ޑޮލަރަކީ އެތަން 20 އަހަރު ހިންގި އިރު އެމީހުން ކުރި ޚަރަދު.

  50
 2. ބަދަލު ހައްދުން ނެއްޓުން

  މިއޮތީ ވާ ވަރުގަދަ ކަމެއް. ބަދަލު ދޭން ނުޖެހޭ ގޮތަކަށް ކަންކަމުގައި ނިންމުންތައް ނިންމަން ނޭނގެންޏާ އިސްތިއުފާ ދީފަ ރައްކާވޭ. ބަދަލު ބަދަލު ބަދަލު. މީގެ ފަހުން ބަދަލު ދޭންޖެހޭ ފަދަ ޑިސިޝަންތައް ނެގި މީހުން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ގޮތައް އިސްލާހެއް ހުށައަޅަން ފެނޭ.

  62
  1
 3. ރައްޔިތުމީހުން

  ލާރި ބަހާނެ އުކުޅުތަށް

  55
  1
 4. ޜެސްޓޭ

  ޙޫމް ފްރެންޑެއްދޯ..

  44
  1
 5. އައްޑޫ މީހާ

  އެޑްވާންސްކޮށް ފައިސާކޮޅު ދިރުވާލީމަ ބަދަލު ދޭންޖެހޭނެ ތިޔަށް ކިޔަނީ ހަތަރެސްކަން ދެއްތޯ!

  44
 6. Anonymous

  ހަމަރނަގަޅަށްވެސް މީނާ އަޑީގައި ހުރެގެން ހިންގާކަމެއް. ކުރީސަރުކާރޭ. ބަލަ ކުރީ ސަރުކާރުން ފުލެޓްދޭން ނިންމާފައިވާ މީހުނަށް އެހެންވިއްޔާ ފުލެޓްދޭން ކަލޭ ދެކޮޅު ހަދަނީ ކީއްވެ. ގޯސްކޮށް ކަމެއްހިނގާފާ އޮތިއްޔާ އެއީ އެހެން ކަމެކޭ ކިޔާފާ އަވަހަށް ފުލެޓްތައް ދޫކުރަން ޓްވީޓްކޮށްބަލަ.މީހަމަ ފައްކާ ދައްޖާލެއް.

  77
  1
  • ދަތްދޮޅި އާދަނު

   ތީ ބޮލުރޮދި ކެނޑިފަހުރި ގަމާރެއްތޯ؟ އެގުރީމެންޓް ހަދާފަހުންނަ ކަންކަން އިތުރަށް ބަދަލަލެއްނުކުރެވޭނެ އޭގެ މުއްދަތުހަމަނުވަނީސް. ފުލެޓް ތަކަކީ އެގުރިމެންޓް ހަދާފަހުރި ތަނެއްނޫން، ހަމައެކަނި ޕާޓީކުދިންނަށް ބަހާލާފަ ނުރަސްމީ ލިޔުމެއް މެޑަމް އޮފީހުން ދީފައޮތީ އެހެންކަަމަށްވާނަމަ މިކަންތަތައްބަލާ އިންސާފުހޯދަދޭންޖެހޭ

   4
   21
   • ބޮލު ފުއްކިބަ

    ބޮލުރޮދިކެޑިފަތިބީ ކޮންބައެއްކަން އޮޅުންނުފިލަނީ ބޮލާ ނި ގުލާއެއްކޮށް ކެޑުނީމަތާ...މޑޕ ގެ ދެވެރިކަމު ގެ ނަތީޖާއަށްބަލާ ގައުމު ގެ ހަރުމުދާ ނުވިއްކާ ކުއްޔަށްނުދީ ބޭރުބައެއް ގެ އަޅުވެތިކަމަށް ނު ގޮސް ދައުރެނިންމުނުތޯ ދައުރެކީއްކުރަން ހަމަސްދުވަހަށްވެސް ގައުމު ހިން ގުނުތޯ...ދެން ކެޑުއެއްޗެއި ގޭނެތާ މިވަރުބަޔަކަށް ސަޖިދަކުރަން ތިތިބެނީ އު ގުގ ގައޮތް ޅަދަރިފުޅުވެސް ވިއްކާއިރު..

   • މުދިބެ

    ދައިލަތުގެ ނީޝާން ޖެހި ލިޔުމެއް އޮތީ..ގެޒެޓް ކުރުމަށް ފަހު އެއީރަސްމީލިޔުމެއް ކަން ނޭގެ ގަމަރުން މޮޅުކޮމެންޓްނުކޮށްތިބޭ

    1
    1
 7. ދިވެހި މީހާ

  ނަޝީދުގެ ނިޔަތާއިމެދު ސުވާލުއުފެދޭ. އެއްބަސްވުން ނެތްކަމެއްގައި ބަދަލުދޭން ޖެހޭގޮތް ނަޝީދު ބުނެދޭންޖެހޭ. މަންޒަރު ފެންނަގޮތުން ނަޝީދުވަނީ ޓީއެމްއޭ ދަށުވެފިތިފައި. ނަޝީދު މިހާރު އެއުޅުއްވަނީ ސަރުކާރަށް ޕްރެޝަރ ކޮށްގެން ޓީއެމްއޭ އަށް މުޅިޓަރމިނަލް ހިބައިން ދޭން. ނަޝީދު ދެފަޔަށް ހިނިއަރައިގެން ޓީމްއޭއަށް މިޓާރމިނަލް ނުދެވިގެން މިއުޅޭ ސަބަބެއްވެސް ބުނެދޭންޖެހޭ. ކީއްކުރާނީ. މުޅި ގައުމު ވިއްކާނުލަނީސް މިމީހުންކިބައިން ސަލާމަތްވާނެ އަވަސްގޮތެއް ދިވެހިން އެވަހޯދަންޖެހޭ.

  13
 8. މާމީ

  ކައުންސިލް އިންތިޚާބައް ބަހަން މަދުވާފައިސާ ކުރީސަރުކާރު ކިއާފަ ޓީއެމްއޭ ގެނަމުގަ ދަމާގަންނަނީ ....

  15
 9. ޟިޔާ

  ޖެހިދާނެއެއްނުން.ދޭނެ.200 ވަރަކަށް މިލިޔަން އޯކޭވާނެ.ތަހުގީގެއްވެސް ކުރާނެކަމެއްނެތް.

  11
 10. ރައުފް

  ވަރުގަދަ ވެރިކަމެއްމިއޮތީ.ބަދަލު ދީ ދީ ގައުމު ދަރުވާލާފި.ދިވެހި ދައުލަތް ދުށް އެންމެ ވަރުގަދަ ބަޖެޓް ހުށަހަޅަނީ އެކަމަކު އެއްވެސް ކަމެއްނުވާ.ކިރިޔާ ބަދަލު ދެވެނީ.ހެއްވާ ކަމަކީ ތަހުގީގެއްކުރުމެއްވެސް ނޯވޭ.ބުނިވަރު އެއީ ހެޔޮވަރު.

  15
 11. ގެރި މޯދީ

  މިކަލޭގެ މި އުޅެނީ މިކަލޭގެއަށް ޓީ އެމް އޭ އިން ދޭން އެއްބަސްވި ބަދަލު ނުލިބިދާނެތީ!!!

  14
 12. Anonymous

  މަޖްލިހަކީ މިހާރު ސަރުކާރުވެސް ހިންގާ މީހުން. ޑިމޮކްރަސީގެ ސިފަ ނެތި، ކޮމިޔުނިސްޓް ގައުމަކަށް ދިވެހި ގައުމު ވެއްޖެ. ރައްޔިތުންގެ ބާރުވެރިކަން ފޭރިގަންނަމުންއެދަނީ.

  16
 13. ސަން

  ކޯޓަށް ގޮސް އަދުލްވެރި ބަދަލެއް ދިނީމާ އެނިމުނީ! އޭރުން އެންމެނަށް އެނގޭނެވީ ގޮތް.

  14
 14. އާދަންބެ

  މަޝްވަރާއަކީ ބައިންޑިންގ އެގްރީމެންޓް އެއް ނޫން. އަދި އެކަކު ފޮނުވާ ސިޓީއަކީވެސް އެގްރީމެންޓް އެއް ނޫން. ބޯޑުގެ ނިންމުމާއެކު އެގްރީމެންޓްގައި ދެފަރާތުން ސޮއިކުރުމުންނޫނީ އެގްރީމެންޓް އަކަށް ނުވާނެ. ތި ކަމުގައި މިނިވަން ލޯފާމެއްގެ ޚިޔާލު ހޯދުން މުހިންމު. ބަންޑާރަ ނައިބު މިހާރު ދޭ ލަފާތަކަށް އިތުބާރެއް ނުކުރެވޭ.

  13
 15. ކޮރަލް

  މީނަ ފައިސާ.ނެގިތޯ ބަލަން ޖެހެ އެވެ. ބިރު ދައްކަނީ އެވެ.

  15
  1
 16. އަލަމާރި

  ބަދަލުދޭ ސަރުކާރު. ތިނޫންކަމެތްއެގޭތަ މަނިކުފާނަށް. އަޅެ މަގޭ އެޕާަޓްމަންޓް ކުއްޔަށް ބަދަލު ދެވޭކަށްނެއްތަ. ހަމަ އެންމެ 5 މިލިއަން.

  11
  1
 17. މޯދީ

  އަނެއްކާ އަނެއް ލާރިގަނޑު ކާލާނެ ގޮތެއް ހޯދަނީ އުތަ!

  14
 18. ކަނަމަނަ

  ތިއުޅޭނީ ބަޔަކުގޯސްހަދައިގެނެއްނޫން ލާރިގަޑެއްކާލާނެ މަގުތިކޮށަނީ

  15
 19. މަންޖެ

  ކޮންމެ ކަމެއް ކުރީ ސަރުކާރުގެ ބޮލުގައި އަޅުވާފައި ބަދަލު ދޭންތަ އަހަރުމެންނަށް ވޯޓް މިދެވުނީ. އިސްތިއުފާ ދީފައި ގެއަށްވަޑައިގަންނަވާ. އޭރުން އަނެއްކާވެސް ކަންކަން ވާވަރުގެ ބަޔަކު ގެނެވޭތޯ އަޅުގަނޑުމެން ބަލާނަން.

  17
 20. ސަމްސިއްޔާ

  މަށަށް ފެނުނު އެންމެ ރަނގަޅު ގޮތަނީ މިސަރުކާރު "ބަދަލު" ކޮންލުން.

  18
  1
 21. އިބްރާހިމް

  ބަދަލު ދޭސަރުކާރު. އާޓާމިނަލް ޓީއެމްއޭއަށް ދޭން ހައިދަހައިވަރެކޭ މިހުރީ

  18
 22. ރާއްޖެތެރެ

  ހުސްވައްކަން މިކުރަނީ މި ސަރުކާރުން.

  16
 23. މޫސާ ސޯލިހް

  ކަލޭ ބުންޏަކަސް އަދި އެމް.އޭ.ސީ.އެލް އަކުން ނުޖެހޭނެ އެއްވެސް ބަދަލެއް ދޭކަށް. ދުނިޔޭގަ ނެތް ފެންވަރުގެ ކުންފުންޏެއް ކަމަށް ހެދިގެން ތި އުޅޭ ކުންފުނިން ހީކުރީ ދިވެހިންނަކީ ތަންދޮރު ނުދަންނަ އަބަދު ނިދާފަ ތިބޭނެ ބަޔެއްކަމަށް. އަދި ތިމަންނަ މެން ނޫން ބަޔަކު މި ވިޔަފާރި ކުރަން ނުކެރޭނެ ކަމަށް އެހެންވެ މި ހުރިހާ ދުވަހު ބޭނުން ގޮތަކަށް އުޅެމުން އައީ ތިމަންނަމެން ބޭރު ނުކުރެވޭނެއޭ ކިޔާފަ.. ޓީއެމް އާ ހެދި އެމްއޭސީއެލް އަށް ވަމުންދާ ގެއްލުން ބަލަނީ ކާކު؟ ދެން މަތި މައްޗަށް ރިޝްވަތު ޖަހާ! މަޖިލީހުން އެމްއޭސީއެލް އިން އަދި ފެށިގެން ގޮސް ސިވިލްއޭވިއޭޝަނަށް ވެސް ރިޝްވަތު ދީ ޓީއެމްއޭ

  14
 24. ޕަކާސް

  ބަދަލު ދޭންޖެހުނަސް ޓީއެމް އޭއައް ދޭކަން ނުޖެހޭނެ ކީއްކުރަންތޯ ސަރުކާރައްގެއްލުންވާގޮތައް ތިމަސެއްކެތްކުރައްވަން ބޮޑުވަޒީރު މިއުޅުއްވަނީ

  17
 25. ހުސޭނުބޭ

  ބަބުރު އަޅެއްގެ ގޮތުގައި ޓީއެމްއޭއަށް ބުއްޅަބޭ ވިއްކާލަ!

 26. މަކޯނީ

  ތީ އަޖައިބެއް ބަޔަކު ކޮށްފަ އޮތް މަޝްވަރައަކާއި ހިލާފުވެގެން ބަދަލުދޭން ޖެހޭތަ އަޑު އަހަނީ އެގްރީމެންޓާއި ހިލާފުވެގެން ބަދަލުދޭންޖެހޭ ކަމަށް

 27. ާއެސޮރު

  ކަލޭމެނައް ތިނޫންކަމެއް ނޭގޭދޯ ކުރާކައް...ގައުމުކައި ހުސްކުރަނީ މި ކެނެރީ.

 28. ލުޓޭރުންގެ ސަރުކާރު

  މިފަހަރުވެސް މުއިއްޒުތަ ޒިންމާނަ ގަންޖެހެނީ...ނެތްތަ ކުރީސަރުކާރަށް ކަޑާލެވޭނެ ތަންކޮޅެވެސް...ހިޔަޅުންވެސްނުވޭ ބަޔަކަށް ލުޓޭރުންނާޖެހުމުން...ބޯކޮށް ވޯޓުދޭތި މޑޕއިން ކާޅެނުކުތަސް ހިޔަޅެނުކުތަސް...

 29. މުދިބެ

  ދައިލަތުގެ ނީޝާން ޖެހި ލިޔުމެއް އޮތީ..ގެޒެޓް ކުރުމަށް ފަހު އެއީރަސްމީލިޔުމެއް ކަން ނޭގެ ގަމަރުން މޮޅުކޮމެންޓްނުކޮށްތިބޭ

 30. ާސުރެން ސުރެން

  ރޫޙާނީ ލީޑަރ ތިހެން ބުނެފިނުންތަ. ތިޔަ ފައިސާ ދޭނެ. ރޭވިގެން ދައުލަތް ކޮޅާ ސަރުކާރު. ޕާޓީ ކުދިންނަށް ލަލަލާ

 31. ނުކުޅެދޭސަރުކާރު

  ތިސިޓީއަކީ ހިތުންބޮޑުވަޒީރައްވެގެންއުޅޭކަލޭގެ ބުނެގެންލިޔުނުު ސިޓީއަކައްވާނީ

 32. އަހްމަދު

  ބަލަމި ނަޝީދު މިކަމުގެތެރެއައް މިވަންނަނީ ކޮންހައިސިއްޔަތަކުންބާ އޮޑިޓަރ ޖެނެރަލް އެވިދާޅުވަނީ އެއްވެސް އެއްބަސްވުމެއް ހެދިފަނިވާކަމަށް ދެންމީނަކޮށް ބަދަލެއްގެވާހަކަތަ މިދައްކަނީ މީބަދަލުދޭ ސަރުކާރުވީމާ ދައްކާވާހަކައެއްބާ

 33. މަޒް

  އެއްބަސްވު މެއް ނެތް ވުޖޫދުގައި ނުވާ އަދި މަޝްވަރާ ކުރެވެ މުންދާ ކަ މެއްގައި ބަދަލު ދޭންޖެހޭ ސަބަބެއް ނެތް.. އަހަރެންނަށް ވެސް ބަދަލުދީ..