ފުލުހުންގެ ތަޙްޤީޤުގައި ގޯހެއް ހަދާފައި އޮތުމުން ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި އަންހެނަކު ކޯޓު މަރުހަލާ އިން ސަލާމަތް ވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރި މައްސަލައަކުން ސަލާމަތްވީ ސ.ހިތަދޫ، މެރިޑާ، މަރްޔަމް ޝިޒްލީނާ އެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ދައުވާއެވެ. އެދައުވާ ސާބިތުވިނަމަ އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ޙުކުމަކާއި އެކު އެއްމިލިއަން ރުފިޔާ އާއި ދިހަ މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް އަންނާނެއެވެ.
ޝިޒްލީނާގެ މައްޗަށް ދައުވާ އުފުލީ 21 ނޮވެމްބަރު 2016 ދުވަހު، 09:46 ގައި ރާއްޖެ އައި އެއާ އިންޑިއާގެ ފްލައިޓަކުން ރާއްޖެއަށް، މަސްތުވާތަކެތި އެތެރެކުރުމުންނެވެ.
މައްސަލައިގެ ޙުކުމުގައި ވިދާޅުވެފައި ވަނީ އޭނާ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މަޢުލޫމާތު އިންޓެލިޖެންސަށް ލިބުމާ ގުޅިގެން، ރާއްޖެއަށް އައުމުން، ކަސްޓަމްސް އޮފިސަރުން އޭނާގެ ލަގެޖު ބަލައި ފާސްކުރިއިރު، އޭނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރޭގައި އޮތް ފިލާގަނޑެއްގެ ތެރެއިން ފެނުނު ކާރބަން ޕެޕަރ ތަކެއްގެ ތެރޭގައި އޮތް ރަބަރު ޕެކެޓުގައި 537.3400 ގްރާމް ކެނެބިސް އަދި އެފޮށިގަނޑުގެ ތެރޭގައި އޮތް އިތުރު ފިލާގަނޑެއްގެ ތެރެއިން ފެނުނު ކާރބަން ޕެޕަރތަކެއްގެ ތެރޭގައި އޮތް ހަތަރު ރަބަރު ޕެކެޓުގައި 2151.7600 ގުރާމް ކެނެބިސް ހުރިކަމަށް އެތަކެތީގެ ތަޙުލީލު ރިޕޯޓުން ދައްކާފައިވާ ކަމަށެވެ.
މައްސަލަ ޝިޒްލީނާގެ މައްޗަށް ސާބިތުނުވީ ޗެއިން އޮފް ކަސްޓަޑީ ރިޕޯޓްގައި ޝިޒްލީނާގެ އަތުން ފެނުނު މަސްތުވާތަކެތި ތަހްލީލް ކުރަން އެކަކުގެ އަތުން އަނެކަކުގެ އަތައް ބަދަލުވި ގޮތް އެނގެން ނެތުމުންނެވެ.
"މިތަކެތި އެއްފަރާތުން އަނެއް ފަރާތަށް ބަދަލުކުރެވިފައިވާ ގޮތް ޗެއިން އޮފް ކަސްޓަޑީ ފޯމުން އެނގެން ނެތަތީއާއި، މިޙާލަތުގައި މިދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި މަސްތުވާތަކެތީގެ ތަޙްލީލު ރިޕޯޓުގައި ތަޙްލީލު ކުރެވިފައިވާ ތަކެއްޗަކީ ހަމަ ޙަޤީގަތުގައިވެސް މިއީ ޝިޒްލީނާ ގެންގުޅުނު ފޮށިގަނޑެއްގެ ތެރޭގައި އޮތް ފިލާގަނޑެއްގެ ތެރެއިން ފެނުނު ކާރބަން ޕެޕަރ ތަކެއްގެ ތެރޭގައި އޮތް 05 (ފަހެއް) ރަބަރު ޕެކެޓުން ފެނުނު މަސްތުވާތަކެތިކަން ޝަރީޢަތަށް ކަށަވަރުކުރެވެން ނެތް" ކަމަށް ޙުކުމުގައި ވެއެވެ.
މިތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ބަލަހައްޓާފައިވަނީ މަސްތުވާތަކެއްޗާއިބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާއާއި ޚިލާފަށްކަން އެނގެން އެބައޮތް ކަމަށް ވެސް ޙުކުމުގައި ވެއެވެ.
ޗެއިން އޮފް ކަސްޓަޑީގެ ސިލްސިލާ މެދުކެނޑިފައިވާނަމަ، ތަޙްލީލު ރިޕޯޓުގައިވާ މަސްތުވާތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން ފެނުނު ތަކެތިކަމާމެދު ޝައްކު އުފެދެން އޮންނާތީ، އެތަކެއްޗަކީ ތުހުމަތުކުރެވޭ ފަރާތުގެ އަތުން އަތުލައި ގަނެވުނު ތަކެތިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ސާބިތުވާކަމަށް ކަނޑަނޭޅޭނެކަން ހައި ކޯޓުން ވެސް މީގެ ކުރިން ނިންމާފައި ވާތީ ބާޠިލުކަމެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ކޮންމެ ކަމަކީ ބާޠިލުކަމެއްކަމަށާއި އެހެންކަމުން ޝިޒްލީނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޙުކުމުގައި ވެއެވެ.
ކިހާ ސަޅި.މިހުންނަނީ ފެންވަރު.މިކަހަލަ ކިތެއްކަމެއްހުންނާނެ.މީހުން އެއްޗެހި ކިޔަނީ ކިޔަންވެގެން.
ކަލޯ...ޗޭނު މި ގޯސް ވީ...!!؟ޑުރަގު އޯކޭ...???
ވަރުގަދަ ޗެއިން އޮފް ކަސްޓޮޑީއެއްނުތީ..
ދެން އެމަންޖެއަށް އެތަކެތިކޮޅު ދީފައި ވިއްކަން ފޮނުވާ. ތީ މަތިން ފައިދާވެފައި ހުރި އެއްޗެހި.
ސަޅި
ނަގާފި ނަގާފި
ތި ހަމަ ގަސްދުގަ އޭނާ ދޫކޮށްލަން ޗެއިންއިފް ކަސްޓަޑީ ފުރިހަމަ ނުކޮށް އޮތީކަމަށް ވެސް ވެދާނެ.. ފުލުހުންގެ އަތުން ވަރަށް ނުވާކަމެއް ތިއޮތީ ވެފަ..
ތިމަންޖެ އަކީ ޕޮލިސް އިންޓެލް އެއް.
2016 ގަ ވަރަށް ގިނަ ކަންކަން ތި ގޮތަށް ގޮސްހުންނާނެ! 2016 ގަ ގެނައީ މިހާރު ދޫކޮށްލީ! ދެބައިމީހުން ގުޅިގެން ހިންގި ބޮޑު ރޭވުމެއް ނޫންބާ ! ސުވާލު އުފެދޭ ! ދިވެހިންނޭ ވިސްނަބަލަ!
ތިކަމުގައި އިހުމާލުވި ފުލުހުންނަށް ފިޔަވަޅު އަޅުއްވާ!