ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ނޫމަޑި މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ. އަދި ބަދަލު ދޭން ޖެހުނީ ކުރީގެ ސަރުކާރުން ބަލަން ޖެހޭ ވަރަށް ކަންކަން ނުބެލުމުގެ ސަބަބުން ކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

"އެ ޑެލިބަރޭޝަންސްގައި އަޅުގަނޑުމެން ގެންދިޔަ އިރު، އެއް ދުވަހު އަޅުގަނޑުމެންނަށް އެނގުނު އޭރުގެ ހައުސިން މިނިސްޓަރު ކޮމިޓީ އަށް ގޮސް، އާބިޓްރޭޝަން އެހެން ގޮތަކަށް ބަދަލު ކުރިކަން. ދެއްވި ބަޔާން. އެ ހިސާބުން އަޅުގަނޑުމެންގެ ކޭސް ވަރަށް ބޮޑަށް ބަލިކަށިވެގެން ދިޔަ ކަން ފާހަގަ ކުރަން،" އިލްޔާސް ކުރެއްވި ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވިއެވެ.

އަމީރުގެ އެ ވާހަކަތަކާ ގުޅިގެން ނިޒާމީ މައްސަލައެއް ނަންގަވައި އިލްޔާސް ވިދާޅުވީ މުއިއްޒު ވަޒީރުކަމުގައި އިންނަވާފައި އެއްބަސްވުން ބާތިލް ކުރުމަށް ފަހު، ކޯޓަށް ވަޑައިގެން އެއްބަސްވުން ބާތިލް ކުރީ އެއްބަސްވުމާ ހިލާފަށް ކަން ވިދާޅުވެފައިވާ ކަމަށެވެ. އެހެންވެ، މިއީ ސީދާ މުއިއްޒު ހިންގެވި ޖަރީމާއެއް ކަން ސާފުވާ ކަމަށް ވެސް އިލްޔާސް ވިދާޅުވިއެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު. - ވަގުތު އިމޭޖެސް

"މިހާރުން މިހާރަށް މިކަން ފުލުހުން ތަހުގީގުކޮށް، ހިފައި ހައްޔަރުކޮށް، އެ ބޭފުޅާގެ އަތުން އެ ފައިސާ ހޯދާފައި ދައުލަތަށް ދައްކަން ޖެހޭނެ،" އިލްޔާސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުންތައް އުވައިލުމުގެ ސަބަބުން ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލަަތަކުގައި އިހުމާލުވާ ފަރާތްތަކާ މެދު ތަހުގީގުތައް ހިންގައި ދައުވާކުރުމުގެ ކަންތައްތައް ފުލުހުން ކުރިއަށް ގެންދާނެ ކަމަށް އަމީރު ވަނީ މަޖިލިހުގައި ވިދާޅުވެފައެވެ.

ނޫމަޑި މައްސަލައިގައި މުއިއްޒުގެ މައްސަލަ ފުލުހުން ބަލަމުން އަންނަ އިރު، ނޫމަޑި އަށް ބަދަލު ދިނުމަށް ނިންމި މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައި ވެސް މުއިއްޒަށް ފިޔަވަޅު އަޅަން އެދިފައެވެ.

ނޫމަޑީގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި ދެ މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށް ނޫމަޑި އާއި އޭރުގެ ހައުސިން މިނިސްޓްރީއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުން (ފޭސް 1) އެއްބަސްވުމާ ގުޅޭ މައްސަލައެކެވެ. އަދި ދެވަނަ މައްސަލައަކީ 500 ހައުސިންގ ޔުނިޓާއި، ޕޮލިސް އެކަޑަމީ ފޭސް I އާއި، 3 ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީކުރުމަށްޓަކައި ނޫމަޑި އާއި އޭރުގެ ހައުސިން މިނިސްޓްރީއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން (ފޭސް 2) އާ ގުޅިގެން ހުށަހެޅުނު މައްސަލައެކެވެ.

ސަރުކާރުން ބުނާ ގޮތުގައި ކޯޓުން ބޭރުގައި އެއްބަސްވުމަކަށް ނާދެވުނު ނަމަ، އާބިޓްރޭޝަން ނިމޭ ގޮތަކުން ބަދަލަށް 200 މިލިއަން ޑޮލަރު ވެސް ދޭން ޖެހުނީހެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. Anonymous

    ނުޖެހޭނެ ހައްޔަރު ކުރާކަށް. ހައްޔަރު ކުރަންޖެހޭނީ މިހާރުގެ ފިނޭންސް މިނިސްޓަރާއި ރައީސްއާއި، ސެޓްލްމަންޓް ކޮމިޓީގެ މެންބަރުންނާއި. ގާނޫނުތައް މުގުރާ އިލްޔާސްމެން.

    67
  2. Anonymous

    މުއިއްޒުތަ ނޫމަޑިއަށް ފައިސާ ދިނީ؟ ހާދަހާ އޮޅުވާލާނަމޭ ހިތާ ތިއުޅެނީ. އަހަރެމެން ދެނަހުރީމޭ، ނޫމަޑި އެއްބަސްވުމަކީ ހައުސިންގ މިނިސްޓްރީން އުވާލާފައިއޮތް އެއްޗެއްކަން. އެއެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރުމަށް އެތަށް ފަހަރަކު ނޫމަޑިއަށް އެންގުމުންވެސް މަސައްކަތް ނުކުރުމުން، ފުލުހުންނާއި ސިފައިންގެ ބޯހިޔާވަހިކަން ލަސްވަމުންދާތީ ކުރީ ސަރުކާރުން، ވެރިކަން ހިނގާ ފަރާތުގެ ހައިސިއްޔަތު އެ އެއްބަސްވުން އުވާލީ. ޑިސްޕިއުޓުގައި އެމައްސަލަ ދަ ހޭގްގައި ހިނގަމުން ދަނިކޮށް، ނޫމަޑި ކުންފުނީގެ ސީއީއޯ، އިނގިރޭސިވިލާތުގެ މެތިއުސް އޭނާއާ 2008 ގައި ދިވެހި ރާއްޖޭގެ ވެރިއަކަށް އަލަށް ހޮވުނު މީހާ އޮންނަ ރަހްމަތްތެރިކަމުގެ ގުޅުމުގެ ތެރެއިން 55 މިލިއަން ޑޮލަރު ހޯދައިގެން ގޮސް އިނގިރޭސިވިލާތުގައި މިހާރު އެހުރީ.. އިލްޔާސްމެންނަކީ ޔަހޫދީން ހެން މަކަރާ ހީލަތުން އުޅޭ މީހުން.

    61
  3. ފފފ

    މާލީ ކަމެއް އެނގޭވެސް މީހެއްނޫން ތި އިލްޔާސް އަކީ.. ކިޔޭ ނުކިޔޭއެއް ނޭނގޭނެ. އެކަމަކު ދެން ފައިބުޑުގައި އުޅޭތީ މަޖްލީހަށް ޝަރީފު ހޮވާ ދީފަ ތިހުރީ. ގާނޫނުނަކީ އިލްޔާސްމެންގެ ދުލުން އެވަގުތު ބުނާ ބަހަށް ވުމުން، ދެން އޮންނާނީ އިންސާފު ލިބިފަ.. އެއްވެސް ޤާނޫނެއްގައި ނޯންނާނެ މިނިސްޓަރަށް ލިބޭ ބާރުގެ ދަށުން ސަރުކާރުގެ ނަމުގައި ނިންމާ ނިންމުތަކާ މެދު އޭނާގެ މައްޗަށް ތުހުމަތުކޮށް ދައުވާ ދައުވާ ކުރެވޭނެ ކަމަކަށް.. ކަލޭމެން ތިއުޅެނީ ކުކުޅަށްވުރެ ބިސް ހަގުވެ. ގާނޫނީ ހަމަކަމުގައިވަ، ޕްރިންސިޕަލް އޮފް ލީގަލިޓީ- ގާނޫނުގައި ކުށެއް ކަމަށް ބަޔާން ވެފައި ނެތް ކަމެއް އެއީ ކުށެއްނޫން. މި މަފްހޫމުންބޭރުން، ކުރިން ކޮށްފައިވާ ކަމެއް ކުށަކަށް ހަދަންވީމަ އެއަށް ގާނޫނު ހަދާ އުސޫލުން. އިބިލީޙުގެ ހަމަ އެއީ.

    59
  4. ސަމް

    އަވަހަށް ހައްޔަރު ކުރަން ފެނޭ އެހެން ނޫނީ މާލޭ މޭޔަރުކަން އަހަރެމެންނަށް ގެއްލިދާނެ. އަވަސް ކުރަމާ.

    36
    10
  5. Anonymous

    ގާނޫނު ހަދާ މަޖްލިހެއްގައި އިނުމުގެ ޝަރުތު އިލްޔާސް ނެތް. ގާނޫނަކުން ނޫން ގޮތަކަށް މީހަކު ކުރި ކަމަކީ ކުށަކަށް ނުހެދޭނެ. އިލްޔާސް އެބަޖެހޭ ގާނޫނު އަސާސީގެ 2 ވަނަ ބާބު - ފަރުދީ މިނިވަންކަމާއި ރައްކާތެރިކަމުގެ ބާބު ކިޔައި ދަސްކުރަން. އަދި ގާނޫނުން ކޮންމެވެސް މިންވަރެއް އެނގިގެންނޫނީ ގާނޫނީ އިމުގެ ތެރޭގައި ވާހަކައެއް ނުދެއްކޭނެ. ތިގޮތަށް ކަން ހުރެއްޖެނަމަ މާދަމާ ވެރިކަން ފުރޮޅުމުން އިލްޔާސްމެން ހިފާ ހައްޔަރުކޮށް ޖަލުގެ ކުޑަގޮޅިއަކަށް ލާން ހިތަށް އެރުމުން އެކަން ކުރާނެ. އެއީ ޤާނޫނު ނެތް މުޖުތަމަޢަކަށް މިތަން ހަދާފައިވާތީ. މިއީ މިހާރު ގައުމުގެ ހާލަތު.

    53
    1
  6. ސަމްސިއްޔާ

    މިސަރުކާރުން ތިޔަ ދެމުންދާ ބަދަލުތައް ބަލައެއް ނުގަނެވޭނެ. ބިގް ކުންފުންޏަށް މިލިއަނުން ދިނީ ޖޫރިމަނާއޯ. އެސްޖޭ ކޮންސްޓްރަކްޝަން އަށް ޒިކުރާ މިސްކިތުގެ ފުރާޅު ނެގުމަށް އެޑްވާސްދީފައި އަދި ބަދަލު މިލިއަނުން. އިސްތިއުފާދީފައި ގެއަށްވަޑައިގަންނަވާ،

    52
  7. އާލިމް / މާލެ

    އިލްޔާސް ލަބީބަކީ ނަޝީދު ސަރުކާރުގެ ބޮޑު ވަގެއް

    57
  8. ޝަރިންދާ

    އިންތިޚާބު ކާމިޔާބު ކޮށްފާނެތީ ދޯ ތިއުޅެނީ

    58
  9. ބޮލި މުލައް

    އިދިކޮޅުން ނުކުންނަ ފަރާތެއް ހައްޔަރުނުކޮށް ނުވަތަ ޖަލަށްނުލާ މިސަރުކާރަކުން ކުޅަދާނައެއްނޫން އިންތިޚާބެއް ކާމިޔާބުކުރާކަށް

    55
    • ނަރެލް

      މަޖިލިސް ކާމިޔާބުކުރީ ކާކުހައްޔަރުކޮށްގެންކަން އުޅެއުޅެވެސް ހަނދާނަކަށްނައި

      9
      2
  10. ސަމީނާ

    ޢިލިޔާސް އަވަހަށް ހައްޔަރު ކުރޭ އޭނާ ބުއްދި ގޯސްވެއްޖެ

    54
  11. ސަމީނާ ދޮންފަނު

    ޢިލިޔާސް އަވަހަށް ހައްޔަރު ކުރޭ އޭނާ ބުއްދި ގޯސްވެއްޖެ

    50
  12. ވެރިން

    ކަލޯ ތިއުޅެނީ ސައިޒް އޮޅިގެން، ތިހާ ރައްޔިތުން ނަށް ހެޔޮއެދިގެން އުޅޭ މީހެއްނަ މަ ކަލޯ މެންގެ ވެރިކަ މުގަ ގައު މުގަ ހުޅުޖެހި މީހުން ހިފާ ހައްޔަރު ކުރަން ގޮވާބަލަ.
    ހާދަ ހީވެޔޭ މުއީޒް މޭޔަރުކަށް ހޮވިދާނެތީ ބިރުން އުޅޭހެން.

    59
  13. ބުރިޖް

    ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އިލްޔާސް ލަބީބް މުއިއްޒު އަށްވުރެ ގިނަ ލާރިކައިފަބޮއެފަ ހުރި ބޮޑު ޚިޔާނާތްތެރިއެއް ތިހެންބުނީމަ ތީތިކަ ޑަ އޭ ބުނެލާނީ ތިމާކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމަނޫންތޯ އެމްޑީޕީގެ މިގުންޑާތައް ތިމާމެންނަށް ކަމެއް ނުވީމަ ކުރަން ނޭނގުނީމަ ތަރަގީފެނި ހަޖަމުނުމީމަ މިދިވެހި ރާއްޖެއަށް ކުޑަދުވަސް ކޮޅެއްގައި ރޔާމީންގެ ވެރިކަމުގެ 5 އަހަރުގައި ދިވެހިރަށްޔަތުނަށް ހޯދަވާދެއްވި ކުރިއެރުންފެނި އެކުރިއެރުންތައް ގެނެސްދެއްވި ހިތްވަރުގަދަ ފަހުލަވާނު ން ނާއިދޭތެރޭ ނުހައްޤުން އެކިތުމަތުކޮ ށްހައްޔަރުކުރިޔަސް އެކަމުން އެމެބޮޑު ދެރައެއް ނިކަމެތިކަމެއް ލިބޭނީ ހަމަނިކަމެތި ރަށްޔަތުންނަށް އިއްޒަތްތެރި މެމްބަރު އިލްޔާސް ލަބީބް އަށް ބުނެލާނީ ފިސްފިސްކުރިޔަސް ޗިސްޗިސްކުރިޔަސް މުއިއްޒެއް ނުވާނެޔޭ ތިލަބީބްފަދަ ރީނދޫ ވަގު ގުންޑާއަކަށް ވަގުންނަކީ ކޮންބައެއް ކަން ދިވެހިރަށްޔަތުން ނަށްވަރަށްސާފު ހަޖަމްވިޔަސް ނުވިޔަސް ބުނެލާނީ މަލެ އެންމެ ސަޅިވެފަސަފްތާހިރުކޮށްއޮންނަނީ މާލެ މުއިއްޒުވީމައޭ ތިލަބީބްގެ ދުލުގެނުބައިކަމުން ﷲމުއިއްޒު އާއި ރޔާމީން ސަލާމަތް ވާނެމަގުތަނަވަސް ކޮށްދެއްވާށި އާމީން

    49
    • މުސްލިމް

      އާމީން. ޔާރައްބަލްޢަލަމީން.

      10
      1
  14. ހޯހޯ

    ކަލޯ ލަބީބް މަނިކުފާނުގެ ދާއިރާ ރަށްޔަތުނަށްވީ ވަޢުދަކީ ތިއީތޯ ނޫނީ ވަޢުދު ފުއްދެނީ މުއިއްޒު ހައްޔަރުކޮގެންތޯ އެހެންކަމަށް ވާނަމަ އަވަހަށް މުޅިތަރަށްގީއެއް ކޮށްހައްޔަރު ކޮށްގެންވެސް ރަށްޔަރުނަށް ކޮށްދޭން ވަޢުދުވި ކަންތައް ކޮށްދެވޭތޯބަލާބަ ތިގޮތަށްބުހުތާން ވެފަ 5 އަހަރުނިމިދާނެ ދެއްވެސް ބުނެލާ ކުރީސަރުކާރޭ ފަޅޮލޭ ބަރަބޮލޭ ހި ބަރޭ އަގައޮތީޔަކާ ކާޅެއްނުކާނެ ވެރިކަންލިބުނީ މަޖިލިސްލިބުނީ މުޅި ރާއްޖެ ހިތަކަށްލިބުނީ ދެއްވެސް ކުރީސަރުކާރު އެހެންނޫންތޯ ރަށްޔަތުންތިބީ ކަނުވެފަތޯ ނޫނީކަންފަތް ބީރުވެފަތޯ ނޫނީ ތިތިބީ ހަމަބޮޑުތަނުން ފެއިލްވެ ބަރަހަނާވެފަ ޕޕހުރުހާމީހުން ހައްޔަރުކޮށް ގެން ވެސް ރީނދޫ ޕާޓޭން ވިވަޢުދުތައް ފުއްދޭތޯ ބަލާބަ ހޮޔޮނުވާނެ މުޅިރާއްޖެ މިއޮށްގެން ފަނާވަނީޔޭއިގޭތޯ ކުރީސަރުކާރަށް ކަމެއް ނުވެގެން ކަންތައް ކޮށްދޭން އައިބަޔަކު އެއްވެސްކަމެއް ނުކޮށް މުޅިރާއްޖެ ކިޑްނެޕްކޮށް ގެންތިބެ ތިހެން ކުރީސަރުކާރު ކީމަ ތީތިކަ ޑައޭލަބީ!

    35
  15. ހުސޭނުބޭ

    އެންމެ ފުރަތަމަ ކަލޭގެ ބޮލަށް ބޭސްކުރޭ!

    10
  16. ކާޅުއާދަނު

    މުޢިއްޒު ދެކެ ބިރުފަށެއް އެބަ ގަނޭތާ ދޯ؟

    14
  17. ކާފަބޭ2020

    މުއިއްޒުއެކަނިހިފާހައްޔަރުކޮށްގެން މިފައިސާތައް ލިބޭނެތޯ؟ އެމްއެސްއެލް ބަނގުރޫޓުކޮށްލިލާރި، އެއަރމޯލްޑިވްސްބަނގުރޫޓުކޮށްލިލާރި،ކޫއްޑޫތިޖޫރީ އަށްވެއްދިވަގުރުފިޔާ، އަށްޑޫގަހުރިމުދާތައްރޯކޮށް އަންދާލުމުންގެއްލުންވިލާރި 200 އެތައްމީހުނަކަށް ބެހިގެންދިޔަ އެމްއެމްޕީއާރުސީގެލާރި، ޖުމްލައަދަދު ކިތައްބިލިއަނަށްއަރާތޯ؟ އެންމެންހައްޔަރުކޮށް މައްސަލަނިންމާލަދެއްވާ ކެރޭނެތޯ؟

    12
  18. އިންސާފް

    މަސްލަހަތައްބަލާފަ މުއިއްޒު ހައްޔަކުރުން ރަނގަޅީ އިންތިޚާބު ނިމުމުން! އިންތިޚާބު ވިޔަސް ނުވިޔަސް ކުށެއްކޮށްފައިވާނަމަ އަދަބުލިބޭނެ! އެހެންވީމަކަ ތި އިންތިޚާބަކާ މުއިއްޒު ކުރި ކުށަކާ އެއްވެސް ގުޅުމެއްނެތް!

    7
    1
  19. ސަޒާ

    މާލޭ މޭޔަރަކަށް މުއިޒު ހޮވޭނެކަން ޔަގީންވީދޯ

    10
  20. މާސިންގާ

    ކަލޭމެންނާ ވާދަކޮށްފާނެހެން ހީވާ ކޮންމެ މީހަކުވެސް ހައްޔަރުކުރަންޖެހޭތަ! ބަލަގަ މިހިރަ މަރުމޯލާ އެންޑީޕީގެ ކުރީގެ ސަރުކާރުގައި ދައުލަތުގެ ފައިސާކޭ މީހުން ހައްޔަރު ކުރަން ގޮވާނުލަނީ ހަމަ އިންސާފުތަ! ވެރިކަމަށް އައީ މިހުން ހައްޔަރުކުރަން ވައުދުވެގެންތަ!

    11
  21. ނަރެލް

    އެއްކަލަ ގާނޫނުއަރާ ހަމަކުރަންފެށީމަ މާގިނަބަހަނާ ދައްކާނެކަމެއްނެތް ވެރިކަން ދިފާއުނުވީވެސް ހިސާބަށްވުރެ ވައްކަން ގިނަވީމަ މަޖިލިސްވެސް ބީވެގެންދިޔަބީދައިން ލޯކަލް ކައުންސިލްވެސް ގެއްލިދާނެ ރައްޔިތުންގެފައިސާއިން ވައްކަންކުރި ބަޔަކަށް ދައްކަވަން ހުރިތަނެއް ދައްކަވާނެ

    4
    7
  22. މަބޭ

    ސާކްސަމިޓްއައް އައްޑުތައްޔާރުކުރަން އިލްޔާސްލަބީބްގެ ކުންފުންޏާ ހަވާލުކުރިމަސއްކަތުގެ %90 މަސތްކަތްކުރުވީ ސިފައުންލައްވާ ހުރިހާލާރިޔެއް މީނަގެކުންފުންޏައް މިވާހަކަތައް އޯޑިޓްރިޕޯޓްތަކުގަވެސް ހުރިކަމައްބުނޭ އެހެންކަމުން ފުރަތަމަ ފިޔަވަޅުއަޅަންޖެހޭ މީހަކީތީ.

    11
  23. ބްރޯ

    ނޫމަޑި މައްސަލާގަ މުއިއްޒު ހައްޔަރު ކުރާނަމަ އެއާޕޯޓް ޖީއެމްއާރަށް ދިނުމުން ލިބުނުގެއްލުމާ ތަފާތު ނަންނަމުގަ ކުންފުނި ހެދިގެން ގަބިލްކަންނެތް ފަރާތްތަކަށް ފަޅުރަށްދީގެން ދަތުރު ފަތުރުގެ ނިޒާމްތައްހަދާ ލިބުނުގެއްލުމަުގެ ނަމުގަދެވުނު ބަދަލުގެ މައްސަލަގަ ނަސީދު ވެސް ހައްޔަރުކުރަންޖެހޭނެ.

    15
  24. das

    އިރާދަކުރެއްވިއްޔާ މުޢިއްޒުއައް މޭޔަރުކަމައްކުރިމަތިނުލެވޭނެގޮތެއް ނުހެދޭނެ

    12
  25. ބްރޯ

    މަޖިލީހުގާ ތިބި 8 މެމްބަރަކު ވަކިކޮށް އެހްން 8 މެމްބަރު އައްޔަންކުރި މައްސަލަާގަ އެ މެމްބަރުން ވަކިކުރި ގާނޫނާހިލާފަށްކަމަށް ކަނޑައަޅާ ސްޕްރީމްކޯޓޫން ނިންމާ ވަކިކުރި މެމްބަރުންނަށް ދަވްލަތުންވަނީ ބަދަލުދީފަ .8 މެމްރުނަނަށް ޑަބަލް ކޮށް ދައުލަތުން ފައިސާ ހޭދަ ކުރަންޖެހުނި ނަސީދު ގާނޫނަހިލާފަށް މެމްބަރުން ވަކިކުރުމުގެ ސަބަބުން. ވިމާ ގާނޫނުނަންބަރު 1/68 ޖ ގެ 9 ވަނަ މާއްދާގެ ދަށުން ނަސީދު އަތުން އެފައިސާހޯދުމަށް ދަވްލަތުން ދައުވާކުރަންނުޖެހޭނެތަ؟

  26. ބްރޯ

    ސާކްސަމިޓަށް ސިފައިން ލައްވާ މަސައްކަތް ކުރުވާފަ އެމަސައްކަތް ކުރުވި ނަމުގާ އެހެން ކުންފުންޏެއްގެ ނަމުގާ ފައިސާ ނަގަފަ ހުންނާނެ އަދި ސާކްސަމިޓަށް މީހުންދިޔަކަމަށްހަދާ ގެގެއަށް ކަރުދާސްކޮޅުތަކެއް ދިފަ އެކަރުދާސްކޮޅުގެންދިއުމުން އެ ދުވަސްތަކަށް ފައިސާދީ ގޭގެ ކޮޓަރިއެއްގަ ސާކަސަމަޓަށް ގޮސްތިބިބަޔަކު އެގެގެގައި ނެތް އިރު މީހުންއެގެގޭގައި ތިބިކަމަށްހަދަ ފައިސާދީފަ 238 މިލިއަންރުފިޔައަސްހެދި ބަޖެތް 1500 މިލިއަނެއްހަރުފިޔަ ހަރަދުކުރި މައްސަލަ ތަހުގީގު ނުކުރި ކީއްވެބާ؟ ވަހީދު އާޔާމީން ވެސް ނުބެލުމުގެ ޒިންމާ އުފުލަން ނުޖެހޭނެތަ؟

  27. ގުޑުގުޑާ

    އެއްމެފުރަތަ ބަލައްވީވަރައްނުބަލާ ސޯލިހުތިކައްކުރައްއައްގާފައިވާތީ ޖިނާއީދައުވާ ކުރައްވީ ކާކުކަމާމެދު ސުވާލު އުފެދޭ

  28. ބްރޯ

    ނޫމަޑި މައްސަލާގަ ހައްޔަރުކުރަންޖެހެނީ ނަސިދު . ނޫމަޑިން ދަވްލަތަށް ދެއްކި ފައިސާކޮބާ ނޫމަޑިން ހިންގި ޕްރޮޖެކްތް ކޮބާ ނޫމަޑި ކުންފުނީގެ އޮފިސް ކޮބާ ދުނިޔެގަ ނޫމަޑި ހުރެތަ؟ކަރުދާހު ކުންފުނަޏެއްތަ މިއީ؟