ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމުގެ ގޮނޑި ހޯއްދަވާނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމް އޮފީހުގައި ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމުން ރާއްޖޭގެ 42 ރަށުގައި ބޭއްވި ޕްރައިމަރީގައި 19،000 އަށް ވުރެ ގިނަ ވޯޓު ލިބިފައިވާ ކަމަށެވެ. އަދި އެހާ ގިނަ ބަޔަކު ޕީޕީއެމް ޕްރައިމަރީގައި ވޯޓުލާން ނުކުތުމުން، ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ބަލިވާނެ ކަން ކަށަވަރުވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެހެންވެ، މާލޭގެ މޭޔަރު ކަމަށް އެމްޑީޕީން ޖެހި ހިސާބު ގޯސް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މިދިޔަ އަންގާރަ ދުވަހު އެމްޑީޕީން ބޭއްވި ގައުމީ މަޖިލިހުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީން ވާދަކުރާ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ހޮވާނީ 12،0000 ވޯޓާ އެކުގައި ކަމަށް ވިދާޅުވެފައެވެ. އަނަސްއާ އެންމެ ގާތުން ވާދަކުރާ ކެންޑިޑޭޓަކަށް 1500 ވޯޓްވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މާލޭ މޭޔަރުގެ އިންތިޚާބު ނަޝީދުގެ ނަތީޖާ: އެމްޑީޕީއަށް 12000، އިދިކޮޅަށް 1500

އެކަމަކު، ނަޝީދުގެ އެ ވާހަކަތައް އަބްދުއްރަހީމް ގަބޫލެއް ނުކުރައްވައެވެ.

"މާލޭގެ މޭޔަރު ކަމަށް އަޅުގަނޑުމެން ނެރެން މިކިޔަނީ އެކަން ކުރެވޭ ވަރުގެ ގާބިލް ބޭފުޅެއް. ދިވެހި ރައްޔިތުން ގަބޫލު ކުރާނެ މުއިއްޒަކީ މާލެ އަށް ބޭނުންވާ ބަދަލުތައް މާލެ އަށް ގެނެވޭ ވަރުގެ ގާބިލް ބޭފުޅެއް ކަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި މުއިއްޒަކީ، ޔާމީންގެ ތަރައްގީގެ ތަސައްވަރުގައި ކުލަ ޖެއްސެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެއީ އެކަމުގެ އިލްމާއި ހިލްމާއި ހުނަރު ހުންނެވި ނަތީޖާ ނެރެދެއްވާފައިވާ ބޭފުޅެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މާލެ އަށް މިވަގުތު ބޭނުން ވަނީ ނަތީޖާ ނެރެދެއްވާނެ ބޭފުޅެއް. ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކީގައި ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކުގެ ބޭނުންކޮށްގެން މާލެ އަށް އެދެވޭ ހެޔޮ ބަދަލެއް ގެނެސްދެވޭނެ ބޭފުޅަކީ މުއިއްޒު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރަށް އެއް އަހަރު ވެގެން ދިޔަ އިރު، މާލެ އަށް ބަދަލެއް ނުގެނެވުނު ކަން އެމްޑީޕީގެ މެމްބަރުން ވެސް ގަބޫލު ކުރައްވައެވެ. މާލޭގެ ރައްޔިތުން ބޭނުންވާ ތަރައްގީ މި ސަރުކާރަށް އަދި ހޯދައިދެވިފައި ނުވާ ކަމަށް ވެސް ވިދާޅުވިއެވެ. މާލެ އަށް ބޭނުން ވަނީ ނަތީޖާ ނެރެދެވޭނެ ބޭފުޅެއް ކަން އެމްޑީޕީ މެމްބަރުން ވެސް ގަބޫލު ކުރާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ޕްރައިމަރީ ބޭއްވި ދުވަހު މާލޭގެ ޕްރައިމަރީއެއް ނެތް. އެކަމަކު މާލޭގެ އެތައް ސަތޭކަ ބަޔަކު ދަރުބާރުގެއަށް ޒިޔާރަތް ކުރި، މުއިއްޒަށް ވޯޓު ދެއްވަން. އޭގެ ތެރޭގައި ގިނައީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން. އަޅުގަނޑު ދަންނަ އެތައް އެމްޑީޕީގެ މެމްބަރުން އައި، ބުނީ މުއިއްޒަށް ވޯޓުދޭށޭ މިއައީ. މުއިއްޒަށް ވޯޓު ދޭން ޖެހެއޭ، ތިމަންނައަކީ ރަތްލާޖެހި އެމްޑީޕީގެ މީހެކޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އެމްޑީޕީން އެފަދަ ވާހަކަތައް ދައްކަނީ ރައްޔިތުން މާޔޫސް ކުރުމުގެ ބޭނުމުގައެވެ. އެހެންވެ، އެއްވެސް މީހަކު މާޔޫސް ނުވެ، ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ވޯޓު ދިނުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    އިންޝާ ﷲ މުއިއްޒު މާލޭގެ މޭޔަރުކަމަށް ހޮވޭނެ. އަހަރެމެން ނަމާދުކޮށް ދުޢާކުރަނީ ތިގޮތަށް.

    30
    15
  2. ކކކކކ

    ޔާ ﷲ މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި، މާލޭގެ މޭޔަރުކަމަށް މުޙައްމަދު މުއިއްޒު ހޮއްވަވާ ދެއްވާނދޭވެ. އާމީން.

    30
    15
  3. ކާކު

    އަޅުގަނޑުމެން ތިގޮތަށް ދުޢާކޮށްދޭނެ. ގައުމު ދެކެ ލޯބިވާ ﷲ ގެ މަގުގައި ހުރި ހެޔޮލަފާ އިންސާނެއް މުއިއްޒަކީ.

    29
    15
  4. ހާލާ

    ތި ދެން ޔަގީން ކަމެއްނު. މި މާލޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް އެނގޭނީ މުއިއްޒުގެ ޙިދްމަތް. ބަލާލާ ކޮންމެ ދިމާއަކުން މާލެއަށް ގެނެސްދިން ތަރައްޤީ. ރަސްފަންނާއި ހިތްފަސޭހަ ޕާކްތައް. ބުރިޖް. ހުޅުމާލޭ ދެވަނަ ފިޔަވަހި. ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއު ހިޔާ. މިހުރިހާ ކަމެއް ހިނގާ ބެލެހެއްޓެވީ މުއިއްޒު. މުރާލި ކަމާއި އިލްމާއި ހިންގުމުގެ ތަޖްރިބާ އެބަހުރި.. "ފެންފޯއްޕާކް" އެއްއަހަރާ 4 މަހުން ނުހެދި އޮތް ކައުންސިލްއާއި، މިސަރުކާރުން ނެގި ދަތުރުވެރިންގެ މާރުކޭޓާއި، މިދިޔަ ރަމަޟާން މަހަށް ހަދަން އުޅުނު ވެސްޓްޕާކް މާރުކޭޓަކީ މިސަރުކާރާއި މާލޭ ސިޓީ ކައުންސިލްގެ ފެއިލިއަރގެ ރަމްޒް. ދެން އަނަސްއަކީ އަމުދުން ކަމެއް ދަންނަ މީހެއްނޫން. ލޯ ހަދައިގެން ހުރި ދަމާކަނޑާ ޒާތުގެ މީހެއް.

    25
    12
  5. ޝަރިންދާ

    މުއިއްޒަކީ ގާބިލް ބޭފުޅެއް

    28
    11
  6. ޓިނު

    އެކިހިނެތް ވޯޓޮނުލާ ޓިނުއަދުރޭޔައް މާލޭގެ މޭޔަރުކަން ނަގާނެމީހަކުއެގުނީ ތަލަ ސުޖާއައް ޕާޓީގެ ރައިސްވެސް މިފަހަރު ކަމަކުނުދާނެ

    18
    25
  7. ވަގު ޔާނު

    އެހެން މުއީޒް ކުރާކޮންމެކަމެއް 3 4 ފަހަރު ކުރަންޖެހެނީ މިހުރިހާކަމެއް މުއީޒްވީމި

    11
    27
    • Anonymous

      ބްރިޖް ކިތައް ފަހަރު އަޅައިފި؟ ރަސްފަންނު ކިތައް ފަހަރު ހަދައިފި؟ މާލޭ ރިންގް ރޯޑުގައި ތާރު ކިތައްފަހަރު އަޅައިފި؟ އެކަމަކު، މަހުލޫފު ކައިރީ އަހާލަބަލަ ސޯޝަލް ސެންޓަރުގައި އެއްފަހަރު ގާ އަތުރާފަ އަނެއްފަހަރު ސިމެންތި އަޅާފަ އަނެއްފަހަރު ހުސްފަސްގަނޑަށް ހެދީ ކިތައް ފަހަރުތޯ؟ ޝިފާ ކައިރީ އަހާބަލަ ކިތައްފަހަރު ފެންފޯއްރުއް ޖަހައިފިންތޯ؟ މޮޔަނުގޮވާ. ތިއީ އަދި އާކުދިން ކަންކަން އެނގޭނީ ތަންދޮރުވަކިވި ދުވަހަކުން.

      29
      6
  8. އަދުރޭ

    އަހަރުގެ އެންމެ މޮޅު ޖޯކު

    13
    16
    • Anonymous

      އަހަރެމެން ކައިރިއަކަށް ހިންޏެއް ނާދޭ!! ޖޯކެއް ވައްތަރެއް ނުޖަހާ. ބޮޑަށް ވައްތަރީ އެދޭ ގޮތާ އަދި ޕްރިޑިކްޓް ކުރެވޭ ގޮތާ.. އެކަމަކު ހަމައެއްގޮތަކަށްވެސް ހިނިއަންނަވަރުގެ ވާހަކައެއްނޫން. ހިނިއަންނަން ރަނގަޅުނ 12000 ވޯޓް އަނަސްއަށް ލިބޭނޭ ބުނުމުން. އެއީ ހިންގުމުގެ ކޮންތަޖްރިބާއެއް ހުރި މީހެއް؟ ދުވަހަކު މާލެއަށް ކަމެއްކޮށްދިންމީހެއްތަ އެއީ؟ ރައްޔިތުންނަށް ނޮހޮރުއްޕާނެއް ކުރިއްޔާ ކޮށްފައޮތީ.

      20
      9
      • އެމް މެމް ޕީ އާރު ސީ

        50*4 ބުނީމަ ހިންޏެއް ނާދޭތަ؟

    • ގފދ

      ހިނި ނާންނަ ޖޯކަކަށްވީމަތަ އެހާ މޮޅީ؟

  9. ހިސާބު

    ކޮބާ ޝުޖާ؟؟ އިލެކްޝަނުގަ އަހާބަލަ އަދުރޭއަށް ކިހިނެއްތޯ އެނގުނީ މާލޭގެ މޭޔަރުކަން ނަގާނެ މީހަކު މިހާކުރިން؟؟ އަދި އިންތިޚާބު ނުބާއްވަނީސް.. ކޮންމެއަކަސް އެންމެ މޮޅު ދެ ހިސާބު ޕުރޮފެސަރުން މިފަފަރުވެސް ދެގޮތަށް ނަތީޖާ މި ބުނަނީ.. އަދުރަމެޓިކްސްއާ ނަޝީމެޓިކްސްގެ ތެރެއިން ދިމާވަނީ ކޮން ހިސާބެއްކަން އެނގިދާނެ މިފަހަރު..

    11
    7
    • Anonymous

      އަދުރޭގެ ހިސާބު ދިމާވުމާ ގާތީ. ސަބަބަކީ، މުއިއްޒަކީ އިލްމާއި ގާބިލްކަމާއި ތަޖްރިބާ ހުރި ބޭފުޅަކަށްވުން. އަދި މުއިއްޒަކީ މިމާލެއަށް މިހާތަނަށް ގެނެސްދިން އެންމެ ބޮޑު ތަރައްޤީ ގެނައުމުގައި އަމަލީގޮތުން މަަސައްކަތްކުރި ބޭފުޅަކަށްވުން. މިނިސްޓަރުކަން ދިނީމަ ނިދީކީނޫން. ވަރަށް ކެރިގެން މަސައްކަތުގައި އަމަލީ ގޮތުން އުޅުއްވީ. ޕްރޮޖެކްޓްތަށް ހިނގާ ގޮތް ދުވަހުން ދުވަހަށް ބައްލަވާ ކަންކަން ކުރެވޭނެ މަގުތައް ފަހިކޮށްދެއްވި. މާލެއަށް ބޭނުމީ މުއިއްޒުފަދަ އިލްމީ ކެރޭ ހީވާގި ގާބިލް ބޭފުޅެއް. ސިޔާސީ މީހުން އެމީހުންގެ އަމިއްލަ ގެއަށްފައިސާ ވެއްދުމަށް ރުއްބުޑެއް ދެއްކީމަ އެއަށް ވޯޓްދޭކަށް ދިވެހި ރައްޔިތުންނަށް ނުޖެހޭނެ ދޮތްތޯ؟

      19
      5
  10. ބަލާ

    އަދުރޭ މުއިއްޒުއޭ ނުކިޔާ ޔާމީނު މިނިވަންކޮށްބަލަ! ބޭކާރު ކަންކަމާނޫޅެ! އަދިވެސް ކެވޭތޯ ތަ ތިއުޅެނީ ރައީސަށް ޖެއްސި ހާލު ނިކަން ބަލާބަލަ!

  11. ނަރެލް

    އަދުރޭއަށް ތިކަންއެނގެންޏާ އަނެއްކާ ޝުޖާއު ހިތުގަ ސުވާލު ނޫފެދޭބާ

    1
    1