ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލު ކުރުމަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދިވެހި ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް ދިވެހި ކޮންމެ ދަރިއަކު ވެސް އަޑުއުފުލަންޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝައިލް އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ލިބޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން ޖެހޭނެ ކަމަށް އެއްވެސް ބަޔަކަށް ލަފާ ނުދެވޭނެ ކަމަށެވެ.

"މި ލަފަޔާ ދެކޮޅަށް ދިވެހި ކޮންމެ ދަރިއަކު ވެސް އަޑުއުފުލަންޖެހެއެވެ" ޝައިހް އިލްޔާސް ވިދާޅުވިއެވެ.

އީޔޫއިން މިފަދަ ހުށަހެޅުމެއް ހުށަހަޅާފައިވަނީ ދިވެހި ދައުލަތުގެ ދައުވަތަކަށް "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" (އީއެފްއެމް) އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ހުށަހަޅާފައި ވަނީ ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާއެވެ. އެހެން ކަމުން އީޔޫއިން ހުށަހަޅާފައިވާ ގޮތައް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

އީޔޫއިން މިގޮތައް ހުށަހަޅާފައިވާއިރު ސިޔާސީ މައްސަލަތައް ހައްލު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދީ އީޔޫގެ ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ގަރާރެއް ވެސް ވަނީ ފާސްކޮށްފައެވެ. އަދި އެ ގަރާރުގައިވެސް ވަނީ ރާއްޖޭގައި ދީނީ މިނިވަކަން ނެތްކަން ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ގައުމު

    ނޫން. ޢުފުލާނެ ކަމެއް ނެތް. ތިބަގަ ބޭނުންވާގޮތް އެއީ. މިހާރު ވަރަށް ސާފު. ކެނެރީގެ ބަގައިގެ ފަހަތުގައި ތިބެ ކަލޭމެން މިދިވެހި ފަސްގަނޑުގައި ހިންގަން އުޅެ ޖަރީމާ. ޙަމަ ހިލާ އެހެން ވިޔަކަ ނުދޭނަން. ޢހަރުމެންގެ ހަށިހަނޑުގައި ލޭ ހިނގާހަ ހިނދަކު ކެނެރީގޭ އާއިލާ އާ ގުޅުން ހުރި މީހަކަށްވެސް މިގައުމުގަ ވެރިކަމަކަށް ނާދެވެނެ.

  2. ބީރައްޓެހި

    އިސްލާމް ދީން ދޫކޮއްލައިފި ކަމުގައި ވަނީނަމަ މުރުތައްދު ވެއްޖެ ނަމަ 3ނ ފަހަރު ނަސޭހަތް ދިނުމައްފަހު ގަބޫލް ނުކޮއްފި ކަމުގައި ވާނަމަ ދެން ޖެހޭނީ އެމީހަކު ގަތުލުކޮއް މަރާލަން އެއީ އިސްލާމީ ޝަރިއްޔަތުގައި އެކަން އޮންނަ ގޮތަކީ. އޭނަގެ ނަން ޖެހޭނީ ދިވެހި ރައްޔިތުންގެ ދަފްތަރުން ކަނޑާލަން. އޭނަ ތިމަންނާ އަކީ މުރުތައްދެކޭ ބުނީމަވެސް މިގައުމުގެ ފެހި ތޯގޫތީ ގާނޫނު އަސާސީން މިބުނަނީ ނޫނެކޭ ކަލޭތީ މުސްލިމެކޭ. ހަމަ ހިނި އަންނަނީ މިބައިމީހުންގެ އަމިއްލަ އަތުން ހަދާފައިވާ ތާކުންތާކު ނުޖެހޭ ގާނޫނު ތަކާއި ގަވާއިދުތަކުގެ ހުރި ހަމަ ނުޖެހޭ ކަންކަން ފެނި .

  3. އަހުމަދު

    ސާބަހޭ ޝެއިޚް.. ސާބިތުކަންމަތީ ހައްގު ބަސް ބުނުމުގައި އަބަދު ލަހައްޓަވާށީ. ޢާމީން.

    • ހުމާމު

      ނިކަން ޢަދާލަތުގެ ލެޓާ ހޭޑުގައި އިނގެރޭސިން ފަތުވާދީބަލަ.އޭރުންސާބިތުކަން އެގޭނެ!

  4. ޜާޒް

    ކަލެއާއި ތިޔަ އުޅޭ ޢަދާލަތު ޕާޓީއޭ ކިޔާ ބައިގަނޑު އެމީހުންގެ ފަހަތުގައި އުޅޭ މީހާއާ ގުޅިގެން އުޅޭ. މީނާއޭ ބުނީ، އަންނި ބުންޏޭ މަ ނުޖެހޭނެޔޭ އެކަލޭގެ މައްޗަށް ޞަލަވާތް ކިޔަވާކަށް. އެކަމަކު ފަހުން ބުނީ އަންނިގެ ސަރުކާރަށްވުރެ މިހާރުގެ ސަރުކާރުގެ ލާދީނީކަން މާބޮޑޭ. މިވަރުގެ ލަދުހަޔާތްކުޑަ މީހެއް ތިޔައީ.

    • ޅަދުހަޔާތް

      އެދޮގެއް ނޫނޭ. މިސަރުކާރު މާލާދީނީ ހަމަ.

      • ހުމާމު

        ތީ ލާދީނީ ސޮރަކީ

        • ދިވެހި ލޭ

          ތީ ޔާމީނު ބައި އެޅިމީހެއްދޯ.

    • ޓޭކާސް

      މިތާ މީހަކު ސަރުކާރެކޭ ނުކިޔައޭ މިތާ ބަޔަކު

      ދީނާ ތޮޅެން އެއުޅެނީ.. ކޮންމެ މީހެއްގެ ވެރިކަމެއް ވިޔަސް ރައްޔިތުން އީ.ޔޫ އިން ކުރަން އެ ގަސްތު ކުރާ ކަމަކަށް ތާއީދެއް ނުކުރާނެ.

  5. ސުންބުލި

    ގާނޫނު އަސާސީގައި ނެތަސް އަދި އޮތަސް އެމީހަކު އުޅެނީ އުޅެނެ ގޮތަކަށް.

    • ޝުާޢާޢު

      ތިބާ ﷲ ގެ ހަޟަރަތުގައި ކޮޅަށް ހުންނަ ދުވަހު ތިބާ ތިކުރި ކޮމެންޓަށް ދިފާއުގެ ގޮތުގައި ބުނާނީ ކީކޭ؟ ﷲ ގެ ދީން ހިމާޔަތް ކުރުމަކީ އިންސާނުންގެ ވާޖިބު. އެމީހަކަށް ވެވުނު މިންވަރަކުން. ތިފަދަ ނުބައި ކޮމެންޓު ކުރާއިރު މަރުމަތިން ހަނދާން ނުވަނީބާއޭ ހިތަށް އަރާ

  6. ޥާހަ

    ކަލޭވެސް ރ ޓީވީއަށް އަރާ ކެނަރީގޭ ނަސީދިގެ ރަނގަޅު ވާހަކަ ދައަކަ އަވަހށް ސަރުކާރަ ދެކޮޅަށް ލޮލުންކަރުނަބަލާ ކަލެމެން ކިޔެވިފޮތުން ދަރުސް ދީ އަވަހަށް އޭރު

  7. ބާނު

    ކަލޭމެން ޖެހޭނީ ތިހުރިހާ ޒިންމަނަގަން ސަރުކާރަ ދެކޮޅަނިކުމެ ސަރުކަރު ބަދުނަމް ކުރަމުން ދިއުމުގެ ނަޖައިޒްފަްިދަ ނަސީދުއާ އަބޯލޫﷲ ސާހިދް މެންކަހަލަ މީހުންނަށް ހިއްވަރު ލިބިގެން ޔަހޫދީން ކައިރީއަށް ގޮސް މިތަނަށް މިދުއްތުރާ މި މުސީބާތް ތަށް ކުރިމަތި ވަމުން މިދަނީ ތީ އެއްވެސް އަގެއްނެއް ސޭސުން ދެފުއްކެހެރިން ތީ ތިމަބޭނުންވާގޮތަ ކުލަޔަށް ދީން ބޭނުންކުރަ ބައެއް

    • ޔާނު

      ޙައްޤު ބަސްބުނާ ދީނީ ޢިލްމުވެރިންނަށް ނަފުރަތުކުރާނީ ލާދީނީމީހުން.

  8. ހަކީމު

    އަޖާބެއް މުހައްމަދު ނަޝީދުތަ މިގައުމުގައި މިތިބި މީހުން ގެ ފިކުރު ބަދަލުކުރީ؟ ނަސާރާއިންނާ ޔަހޫދީންގެ އަބަދުގެ މަސައްކަތެއް އެއީ. އެމީހުން ގެ ތަޢުލީމު އާންމުކުރީ އޭނަތަ؟ އެމީހުންގެ ލާދީނީ މުޢާދާތަކުގައި ސޮއިކުރީ އޭނަތަ؟ އޭނައަކީ މާކުރިން ވެރިކަމުގައި ތިބި ބައެއްގެ ޝިކާރެއް. ބަސްވެސް މިދަނީ ތި ތަޢުލީމު ނުބައިކޮށް އާންމުވުމުން ނެތޭ ހިސާބަށް ގޮސްފަ. ކުޑަކުދިންނަށް އިނގިރޭސި ކަލްޗަރ ދެއްކީ އޭނަތަ؟ މިގައުމުގެ ސްކޫލުތަކުގައި 50 ގެ އަހަރުތަކާ ހަމަޔަށް މި ސަރަހައްދު އިސްލާމްދީނުގެ ބަހެއްގެ ގޮތުގައި ބެލެވޭ ބަސް އުރުދޫ ކިޔަވައިދިނެވެ. އަރަބި ބަސް އޮތެވެ. ކުއްޖާއަށް ފުރަތަމަ ދަސްކޮށްދެނީ އަރަބި އަކުރެވެ. ކީރިތި ޤުރުއާން އެއްކޮށް ކިޔަވަން ދަސްކޮށްދިނެވެ. މިކަންކަމާ ދުރުކޮށްލީ އިނގިރޭސި ތަޢުލީމރވެ. މިކަހަލަ އެތައްކަމަކަށް ފާރަލައިގެން ނަސާރާއިން ތިއްބެވެ. މީ ޒަމާންތަކެއްވަންދެން ހިނގައިދިޔަ ކަންތަކުގެ ނަތީޖާއެވެ.

  9. ޅިޔަނު

    ދެންވެސް ނަޝީދުގެ ފަހަތުން އަތްޖަހަމުނަ، ހެޔޮދުޢާ ކުރަމުންދޭ

  10. ޙަފްޞާ / މާލެ

    ކޮބައިބާ މަޖީދު؟؟؟؟

  11. ނާނި

    ޢީޔޫ އާ ދެކޮޅައް މުޒާހަޜާ ކުރަން ނިކުންނަން ފެނޭ...... ކީކޭ ހުރިހާ މުސްލިމުން ބުނަނީ

  12. ހަމަ

    ދިވެހި ކޮންމެ ދަރިއަކު ވެސް އަޑުއުފުލީމަ ވޭތަ އިސްލާމުން ނޭ ކިޔާފަ ދީނުގަ އަންގަވާފަ އޮންނަ ގޮތައް އުޅުނީމަ މާރަންގަޅު ވާނެ އެއްނު

    • ހގފތ

      ދީނަށް އުޅުމާ އެކީ މިދީން ހިމާޔަތް ކުރުމީ ވާޖިބެއް. އެވަރުވެސް ނޭނގެ އިދިކޮޅު ސަޕޯޓަރުންނަށް. ހެޔޮނުވާނެ މަެިތިރިވެ ތިބޭ ނޭގުމަކީ ޖާހިލުކަން. މުރުތަދު ވުމުގެ ކުރިން އަނގައާ އަތް މައިތިރިކޮށްގެން ތިބޭ. އަހަރެމެން މިދައްކަނީ ﷲ ގެ ދީނުގެ ވާހަކަ. އެދީން ރައްކާތެރިކޮށް ހިމާޔަތްކޮށް އެދީނަށްޓަކައި ޝަހީދުވާން ޖެހިލުން ނުވާހާ ހިނދަކު އަހަރެމެން މިއީ ފުރިހަމަ މުސްލިމުންނަކަށް ނުވާނެ.

  13. ހުމާމު

    ކޮބާތަ!ޢަދާލަތު ޕާޓީގެ ބަޔާން .އެމީހުންނީވެސް އެ ކާފަރުންގެ ގާތުން މިޤައުމާ ދެކޮޅަށް މިޢައުމުގެ ސިއްރުތައް ހާމަކޮށް ފިޔަވަޅު އެޅުމަށް އާދޭސްކުރި އެއްބަޔެއް. ކެރެންޏާނިކަން ރައްދެއް ދީބަލަ!ނުދޭނެ!

  14. ހަމީދާ

    ބަލަ އިލްޔާސް ، މަނިކުފާނުގެ އަދާލަތުޕާރޓީންވެސް އީޔޫ ލައްވާ މިފަދަ ނިންމުންތައް ނިންމުމަށް ހާދަ މަސައްކަތެއްކުރެއޭ ،

  15. ކާ

    އލްހަމްދުލިﷲ. ތިބާ ހައްގުގެ މަގުގައި ތިބުނި ބަހައް ﷲ ތިބާއަށް ރަހުމަތްލައްވާށި. އާމީން.

  16. ކާނި

    ދީނީ އިލްމުވެރިންނަކީ ﷲ ގެ ހަޟްރަތުގައި މަތިވެރި ދަރަޖައެއްލިބޭނެ ބައެއް. އދކަމަކު އެއީ ﷲ ގެ ދީނަށް ނަޞްރުދޭހާ ހިނދަކު.

  17. ނަސިރު

    މިކަލޭގެ އެއްނޫންތަ ބުނީ ތިމަންނަ ދުއާކޮށްގެނޭ މައުމުނު ވެރިކަންވެއްޓުނީ މިކަހަލަގެ މީހުންގެސަބަބުން ނަސީދުމެނަށް ހިއްވރުލިބި ޔަހޫދީން ކައިރީގޮސް ފާޅުގަ އެގޮވައިލަނީ މިތާގަ ދީނީ މީހުން ވެސް ތިބީ ތިމަންނަ އަތްދަށުލަފއޭ ތިމަންނަޔަށް ވެރިކަން ހޯދަ ދޭށެ އޭރުން މިބައިގަނޑު ބޭރުކޮސް ދީނީ މިނިވަންކަން ގެންނަނަމޭ ހުރިހަ ޒިންމާއެއް ނަގަން ޖެހޭ ނީ މިކަހަލަގެ ހިތުހުރިހަ ގޮތަކަށް ދީން ބޭނުން ކުރާ ސޭހުންކަމށް ހެދިގެން އުޅޭ ކަންނެލި ބޯޓުތަކުގެ އޮޑިވެރިން

    • ޔާނު

      ދަރުސްދޭކަށް ހަމަ އިލްޔާސްވަރެއް ނެތޭބުނެވޭނީ މުޅި ރާއްޖެއަށް ބެލިޔަސް. ލާދީނީ ސަރުކާރުން ޢިލްމުވެރިންނަކަށް ފުރުސަތެއްނުދޭ ދީނީވާހަކަ ދައްކަންވެސް. ސިޔާސަތުގެ ވާހަކަ ދައްކައިފިއްޔާއް ހުއްދަބާތިލްވޭ. ކުށެއްނުކޮށް ހުއްޓައި ކުށާއި ހެކިވެސް އުފައްދައިގެން މީހުންޖަލައްލުމަކީ މިސަރުކާރުގެ ދީނީ ސިޔާސަތު. ބޯހަލާކު.

  18. 3ނިރު

    ގައުމު ހަލާކުކުރަނީ އިސްލާމްދީނުގެ ނަމުގަތިބެގެން ސެއިޚުން ސިޔާސީ ވެގެން

    • ....

      ބަލަ ހުރިހާ ޝެެއިޚުން އެއްގޮތެއް ނޫނޭ.ޤައުމު ހަލާކުވަނީ ހައްްޤުގޮތުގައި މަސްޢޫލިއްޔަތު އަދާ ނުކުރެވޭ ވެރިންނަށް.ދީނުގެ ހުކުމްތައް ގާއިމް ނުކުރެވޭ ދީނާއި ދެކޮޅު މީހުންގެ ސަބަބުން.ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތައް ކުރުން އާންމުވުމުން.ވެރި އަކަސް ރައްޔިތަކަސް..

  19. ދިވެއްސެއް

    ދީނާއި ސިޔާސަތަކީ ވަކި ނުކުރެވޭނެ އެއްޗެއް!އެހެންނޫނަސް ފަރަންޖީން އުޅޭ ގޮތަކަށް ނޫން އުޅެންޖެހޭނީ..!!