ރ.އަތޮޅު ފައިނު ގެއަކަށް ރޭ މެންދަމު ބަރަހަނާކޮށް ހުރެ ފިރިހެނަކު ވަން މައްސަލަ ހޫނު ވެއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނު ގެއަކަށް ވަން ބިދޭސީ އަކީ އެރަށުގެ ރަށް ގިރުމުގެ މައްސަލަ އިތުރު ވެފައި ވާތީ އެކަން ހައްލު ކުރަން ރަށަށް ގެންދިޔަ ބިދޭސީންތަކުގެ ތެރެއިން މީހެކެވެ.
ބަރަހަނާކޮށް ހުރެ ގެއަކަށް ވަނީ ބަންގްލަދޭޝް މީހެކެވެ.
އޭނާ ރަށުން ބޭލުމަށް ގޮވާލާ ކައުންސިލް އިދާރާ ކައިރީ ރަށު ރައްޔިތުން ގެންދަނީ އަޑުއުފުލަމުންނެވެ. މިހާރު އެރަށުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.
"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފައިނު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަސީރު ވިދާޅުވީ އެރަށަށް ޕްލޭނިން މިނިސްޓްރީގެ ފަރާތުން މީގެ 15 ވަރަކަށް ދުވަހުގެ ކުރިން ފޮނުވާފައިވާ ބިދޭސީއަކު ވަނީ އޭނާގެ ޖިންސީ ގުނަވަން ރަށުގެ އަންހެނަަކަށް ދައްކައި އެ އަންހެން މީހާ އަށް ޖިންސީ ފުރައްސާރަ ކުރުމަށް މަސައްކަތް ކޮށްފައި ކަމަށެވެ.
އަދި އެ މައްސަލަ ފެންމަތިވުމާއި އެކު އޭނާގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި، އެރަށަށް ފުލުހުން އަތުވެ މިހާރު ބިދޭސީ މީހާ ވަނީ ހައްޔަރުކޮށްފައި ކަމަށް ނަސީރު ވިދާޅުވިއެވެ. ނަސީރު ވިދާޅުވީ މީގެ ދެދުވަސް ކުރިންވެސް އޭނާގެ ފަރާތުން ކުޑަކުދިންނަށް އެފަދަ ފުރައްސާރައެެއް ކުރިމަތިވެދާނެ ކަމަށް ބެލެނިވެރިއަކު ހުށަހަޅައިފައިވާ މައްސަލައަކާއި ގުޅިގެން އޭނާ މަސައްކަތް ކުރަމުން ދިޔަ ސައިޓު މެނޭޖަރަށް އެކަން އަންގާއި، އޭނާ މަސައްކަތަށް ނުނެރުމަށް އަންގާފައި ވާނޭ ކަމަށެވެ.
"އޭނާގެ މައްސަލައެއް މީގެ ދެދުވަސް ކުރިންވެސް އާންމު ފަރާތަކުން ވަނީ ރިޕޯޓުކޮށްފައި. އޭނާ މައްސަލަ ރިޕޯޓުކޮށްފައި ވަނީ ކުޑަކުދިންނާ މާ އޯގާތެރިކޮށް ވާހަކަދައްކައި ރަހުމަތްތެރިވާން އުޅޭ ކަމަށާއި، އެކަމުގެ ސަބަބުން އޭނާގެ ފަރާތުން ކުއްޖަކަށް ޖިންސީ ގޯނާފަދަ ކަމެއް ކުރިމަތިވެދާނެތީ" ނަސީރު ވިދާޅުވިއެވެ.
ނަސީރު ވިދާޅުވީ އެމައްސަލައިގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށާއި، އޭނާ ހައްޔަރުވެސް ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ނަސީރު ވިދާޅުވީ މިހާރުވެސް ކައުންސިލުން ދަނީ ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި ގުޅިގެން އާންމުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ރަށު ފެންވަރުގައި ހިންގުމަށް ކަމާބެހޭ މުއައްސަސާތަކާއި އެކު މަޝަވަރާ ކުރަމުން ކަމަށެވެ.
އަދި ރޭ ހިނގައިދިޔަ މައްސަލައިގައިވެސް އާންމުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ގޮސްފައިވާ ކަން ފާހަގަ ކުރައްވައި އޭނާ ވަނީ އާންމުންނަށް ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ކަމަކާއި މެދު ޝައްކެއް އުފެދުނު ކަމުގައި ވިޔަސް އެކަން ކައުންސިލަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރާކަމަށް ނަސީރު ވިދާޅުވިއެވެ.
މި މައްސަލަ އާއި ގުޅިގެން ނަސީރު އިތުރަށް ވިދާޅުވީ، ކައުންސިލް ދޮށަށް އެއްވެ އެ ބިދޭސީ މީހާ ރަށުން ބޭލުމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ގޮވާލަމުން ދިޔަ ކަމަށާއި، އެހެން ނަމަވެސް އިތުރު ހަމަނުޖެހުމެއް ހިނގައިފާނެ ކަމަށް ބަލައި އެ އެއްވުން ސުލްހަވެރިކަމާއި އެކު ރޫޅާލައިފައިވާކަމަށެވެ.
މިފަހަރު ރަނގަޅަށް ރަށް ގިރާލާފަ ދާނީ ތިމީހަކު
ތީ އެޖެންޑާ 19
ފައިނުގެ އަންހެނުންވެސް ތަންކޮޅެއް އަބުރުވެރިކޮށް އުޅޭނަމަ އެބިދޭސީމީހާއަށް އެހާފާޅުކޮށް އޮރިޔާމުން ވސންނާކަށް ނުކެރުނީސް
އަޅުގަނޑު ހިތުން ބަރަހަނާވި ބޭފުޅާ ހައްޔަރުކޮށްގެން ނުވާނެ، އަދި އެ ބޭފުޅާއަށް އަލުން މި ގައުމައް އަދި އެ ރަށައް ދެވެންވާނެ. އަދި ބަރަހަނާ ހެދުން ލުމާއި ނުލުމުގެ ހައްގު އޭނަޔައް ފުރިހަމަޔައް އޮންނަންވާނެ. ސޭކްސްތާން ގެ މަޖިލިސް ރައީސް.
ތިވާނީ ކަނޑުން އެރި އެއްޗެއްކަމަށް!
ހަ ހަ ހަ ހަ.... ތީ ފެބްރުއަރީ 14 ގެ ފެށުން ތިޔަ ފެނުނީ...
ހީވަނީ ލައްކަ ގިނަރޭރޭ ވަދެފަ ހުންނާނެހެން. ރަށުމީހުނަށް ބަސްޓުވީމަ ގޯސްވާނީ ބޮންދު.
ތިމީހާގެ ވާކްޕާމިޓް ކޮބައިބާ؟؟
ބަންގާޅިންގެވާހަކަރަގަޅުމީހުންގެކަންތައް
މިހާރުމިވަނީހައްދުންނައްޓާފަ
ޢެހެންވާނެންނު ބައެއްއަންހެން ވެރިން އެތިބެނީއެމީހުނާހެދިމޮޔަވެފަ
ކޮބާ ނަސީދު މާފައް އެދޭ ތިމީހާ ކައިރިން. މަޖިލިސް ވެސް މާފައް އެދެން ވާނެ. ކުއްވެރިވާނީ. ފުލުހުން ނާ. ތި ގޭމީހުން.
އޭނާގެ ކިބައިން މަޢާފަށް އެދިފަ އެގެއަށް އަލުން ވަންނަން ހުއްދޭން ޕޮލިސް ކޮމިޝަނަރަށް ދަންނަވަން. އެހެންނޫނީ އޭނާ ހަދާ ގޯހެއްގެ ޒިންމާ ދިވެހިރާއްޖެިން ނަގަން ޖެހިދާނެ.
ރަށެއްގަ ވާހަކަ ލިޔާއިރު އެރަށުގައި މީހުން އުޅޭ އަދަދު ލިޔެލަން ވާނެ.
ފުރަތަމަ ކަން ހިނގި ގޮތް ބަލާލުން މުހިންމު. ވެދާނެ ނިދީގައި ކަމަށްވެސް ނޫނީ ރޫހާނީ ކަމަކަށްވެސް.
ބިދޭސީ މީހާ މެދު މަޖުލީހުގެ ޙަމްދަރުދީއަކަށް އިންތިޒާރު ކުރަމެވެ.
އޭނާ އޮރިޔާމުން ހުރީ ރޭ ދަންވަރު، ގެޔަށް ވަނީ އަދި އެހެން ގަޑިޔަކު..ކކކkeެ
ތިވާނީ ރަށްގިރުމުގެ ކަންކަން ދިމާވާގޮތް ކިޔާދޭން ވަތް މީހަކަށް.
ތިއީ އަޑު ގަދަ ކޮއްގެން ހައްލުވާނެ ކަމެއްނޫން..
ފިސާރި ފިރިހެން ތިބެގެން ތިކަހަލަ ކަންކަން ހައްލުވާނީ..
ވެދާނު ލާނެ އެއްޗެއް ނެތިގެން އެއްޗެއް ހޯދަން ވަނީކަމަށް . . ލޮލް