ގެއްލުވައިލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރުވެފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އަށް ދައުލަތުން މިހާތަނަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލް ދިނުމަށް "ވަގުތު" އިން ރައީސް އޮފީހުގައި އެދުމުން އެމައުލޫމާތު ފޯރުކޮށްދިނުމަށް ރައީސް އޮފީހުން ދެކޮޅު ހަދައިފިއެވެ.
"ވަގުތު" އިން އެދިފައި ވާނީ ދެ ރިޔާސީ ކޮމިޝަންގެ މެންބަރުންނަށް ދޭ މުސާރައާ އިނާޔަތްތައް އަދި ކޮމިޝަންތަކަށް އިތުރު ޚަރަދެއް ކުރައްވާފައިވާނަމަ އެކަމުގެ މައުލޫމާތު ހާމަކޮށްދިނުމަށެވެ. މީގެ އިތުރުން ރިޔާސީ ކޮމިޝަނަށް މިހާތަނަށް ހޯދިފައިވާ ފައިސާއެއް ވާނަމަ އެކަމުގެ ތަފްސީލް ދިނުމަށް ވެސް "ވަގުތު" އިން އެދުނެވެ. މި މައުލޫމާތު ހާމަކޮށްދިނުމަށް "ވަގުތު" އިން އެދުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުންނެވެ.
ނަމަވެސް ރައީސް އޮފީހުން "ވަގުތު" އަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ "ވަގުތު" އިން ހޯދަން އެދުނު މައުލޫމާތަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކުން މިހާރު ކުރިއަށް ގެންދާ ތަޙްޤީޤުތަކާއި ގުޅޭ މައުލޫމާތުތަކެއް ކަމަށްވާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ އުސޫލުން އެޤާނޫނުގެ ދަށުން ދޫކުރަން އިސްތިސްނާވެގެންވާ މައުލޫމާތު ކަމަށެވެ.
ރައީސް އޮފީހުން ހަވާލާދެއްވާފައިވާ ޤާނޫނުގެ މާއްދާގައި ވަނީ މަޢުލޫމާތެއް ހާމަކުރަންޖެހޭ ވަގުތުގެ ކުރިން އެ މަޢުލޫމާތެއް ހާމަކުރުމުގެ ސަބަބުން ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ނޭދެވޭ އަސަރެއް ފޯރަފާނެ މަޢުލޫމާތު ހާމަކުރުން ޤާނޫނުގެ ދަށުން އިސްތިސްނާވާކަމަށެވެ.
"ވަގުތު" ގެ އޮފިޝަލަކު ވިދާޅުވީ "ވަގުތު" އިން އެދުނު މައުލޫމާތު ރައީސް އޮފީހުން ދީފައި ނުވާތީ އެމައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރިޔާސީ ކޮމިޝަނަށް ދައުލަތުން ކުރާ ހޭދައިގެ ތަފްސީލް ހާމަކުރުމުން ކުރާނެ ނޭދެވޭ އަސަރެއްގެ ތަފްސީލް ރައީސް އޮފީހުން ދެއްވާފައެއް ނުވެއެވެ.
އަނެއްކާ ބަދަލު ދޭންޖެހިދާނެ
ތިއޮތީ ޒީރޯ ޓޮލަރެންސް އަތަށް ގޮވާފައި! ރިޔާސީ ކޮމިޝަނޭ ކިޔައިގެން ލާރިތައް ކަނީ! އެއްވެސް ކަމެއް ކުރާ ބައެއްވެސް ނޫން އެއީ! ކިނބުލަކީ ބޮޑު ވަގެއް!
"ކޮވިޑް-19" ގެ ފޮޓޯއެއް ތޯ މަނިކުފާން ތިއިން ނެވިގޮތުން ހީވަނީ ފޫގޮސްފަހެން ހީވަނީ އެހެވީމަދެއްތޯ ޚަރަދުގެ ތަފްސީލް ހާމަކުރެވެން ނެތީ ކުރީސަރުކާރު!
ތީވަގުންނޭ. ރައްޔިތުންނަށް އެ ވައްކަން ތައް އެގިދާނެތީ ހާމަކުރަން ދެކޮޅު ހަދަނީ
ތި ކޮމިޝަން ތަކަކީ ބޭކާރު ތަނަތަ 1 އަހަރުވަންދެ މުސާރަނަގަގެން ކުރިތަހުގީގު ބޭކާރުވީ އެއްވެސް ކޯޓަކަށް ބޭނުން ކުރެވޭ އެއްޗަކަނުވި، ރައްޔަތުންގެ ފައިސާބޭކާރު.
ހާދަ ޓުރާންސުޕޭރެންޓްއޭ ދޯ؟
ރައީސް އޮފީސް 0ޓޮލަރެންސް ވެފަ
ޒިރޯ ވަގު ބިރުގަތީތަ؟ ރައްޔަތުން ޓެކްސް ފައިސާއިން ޚަރަދު ކޮއްގެން ރައްޔަތުން މަސްލަހަތު އޮން ކަމެއް ވެއްޖިއާމު ބަފާ މުދާ ހެން ބައް ކޮގެން ނުވާނެވެ. ތި ތަނަނަށް ކުރި ޚަރަދު ހާމަ ކުރަންޖެހޭނީ، ނޫނީ ވެރިކަމުން ފައިބާ. އިންސާފޭ، ބަދަލޭ ކިޔާފައި ޤައުމު ލޫޓްވުން ނޫން ކަމެއް ނުކުރޭ، ފްރާންސް ޔެލޯ ވެސްޓް ގޮތަށް އާމުން ނުކުންނަނަން އެބަޖެހޭ، މަދަނީ ބަސް ނޭހުމަކަށް ދިއުން ގޮތެއް ނެތް. ޓެކްސް ދައްކާނެ ކަމެއް ނެތެވެ.
ވަޢުދާހުވާކުރާނެޔޭ
އެހަދާންނެތޭނެޔޭ ނޫނީއެހެންގޮތެއްގާ
މަޖުބޫރުވާނެޔޭ ވަޢުދަށްކަމޭހިތާނަމޭ
ބުނެފާވަޢުދުނުވަންތޯ
ކިހިނެއް ތަފުސީލުދޭނީ ކެވޭ ވަރެއް ނޭގޭ ވިއްޔަ.
މި ސަރުކާރުގެ ކަމަކީ ބަނޑުފުރާ ލާރިކެއުން....ޒުވާންކުދިން ޗާލަކީ ދައްކަން ފޮޓޯނަގާހެން ފޮޓޯނެގުން، ދޮގުވައުދުކުރުން... ތިބުނާހެން ވީއްޔާ ތިޔަބުނާ ގެއްލުމަކާއި ގެއްލުން ލިބޭނެވަރުވެސް ހާމަކުރަންވާނެ ދޯ....އަދިވެސް އެއްފަހަރު ނަމަވެސް މި ސަރުކާރު މަގުމަތިން ނަމަވެސް ވައްޓާލެވިއްޖިޔާ ރަގަޅީ...ނޫނީ އިސްތިއުފާދީފަ ގެޔައްދާންވީ....ލޯބި އޮޔާލާ ވައުދުއުވާލާ ކުރިހުވަޔާ އިގުރާރް......
ހުދުހުދު ކާފޫރު މަނިކުފާނު ހިނިފުޅު ވަޑުވާވަރުގެ ކަނެއް ވެއްޖެތޯ ރަށްޔަތުން މިތިބަހަނާވަނީޔޭ ހެޔޮނުވާނެ އިސްތިއުފާ ދެއްވާފަ ތަހުތު ރައީސްޔާމީން އާއި ހަވާލްކޮށްދެއްވާ!
މިލިޓަރީ ބޭސް
އިންޑިއާ ސިފައިން
ދީނައްފުރައްސާރަކުރާމީހުން ހިމާޔަތްކުރުން
ބކނީ ފަތުރުވެރިން ހިމާޔަތްކުރުން
ސެލްފީނެގުން!ކުރީސަރުކާރުން 99%ނިންމާފަވާ ތަންތަނުގެ ރިބަންކެނޑުން
ބިތުފަންގިއަޅާ މަތިޖެހުން
ޑުރާމާކުޅުން
ދެން އަހަރެމެންވީ އަތްޖަހަންތަ ؟
ޢެވާނީ ކުރީސަރުކާރުން ނުދައްކަ އޮތީހެން ..މިވެރިންއުޅެނީ އުޒުރުދެއްކު މާއި ސަކުވާކުރުމުގެ މެގަޕުރޮޖެކްޓެއްގައި ސަރުކާރުގެފައިސާ ހުސްކުރަން އެކަމަކު ޒީރޯޓޮލަރެންސް
ނުދިނުން ގާނޫނުއަސާސީއާ ހިލާފް ނުވޭތަ ؟
ގާނޫނުގަ ލިޔެވިފާނެތަސް މިކޮމިސަންތަކުން ދިޔަފެލައިރު އެއިން އެންމެ ތިއްކެއްވެސް ނުޖަހައިފިނަމަ މާނަޔަކީ ބަޔަކަށް މުސާރަދިނުމަށް މަގާމުގެ ނުފޫޒު އެވަނީ ބޭނުންކުރެވިފާ.ޒިންމާ އުފަުލަންޖެހޭފަރާތާމެދު ދައުވާ ކުރެވެންވާނެ. ގާނޫނު ނަންބަރު 1/68 ޖ ގަ ބުނާގޮތުން އެ ވެވެނި ދަވްލަތުގެ މުދަލަ ފައިސާ އަސް އިހުމާލު އެ ޒިންމާ ނަގަންޖެއްސުމަކީ ވެރިކަމަށް ފަހތުން އަންނަފަރާތެއްގެ ޒިންމާއެއް.
ސާބަސްފުޅޭ ޒީރޯޓޮލަރަންސް ހަފުއްފެންނަ ޑިމޮކްރަސީ
ހަމަހިނިއަންނަނީ
ކޯޓަށް ގޮސް ތިކަން ހައްލު ކުރަން ފެނޭ މިޙާރު ތިއޮތީ ޤާނޫނޫ މާނަކުރުމުގެ މައްސަލައެއް ނޯޓު 0 ޓްލެރެނސް
ހިތާމައޭދެންމިޤައުމުގާވީރައީސްއެޔާމީންނެތީމަދެން.ފަނާކުރުމުގާމިޖާހިލުންދެންފިސާރިބޯހަރުވެފާތިބީ.ނުދާނެޔޭދެންމިރާއްޖެދޫކޮށްފަނާނުކޮށްދެންމިޖާހިލުންހަމަހިލާޔަޤީން.މިރާއްޖެދޫކޮށްފަނާނުކޮށްދެންމިޖާހިލުންދެން ނުދާނެޔޭ. ފަނާކުރުމުގާ މިޖާހިލުންދެން މިރާއްޖެ ދޫކޮށް ނުދާންތިބީ!
މޮޅިރާއްޖޭގަ ކަމިށަން ހުޅާ....މީތައެބުނާ ދެފުފެންނަ ޕާޓީ ގަދަކަން...
ވަގުތުނޫހުން އެ އެދުނު މަޢުލޫމާތަކީ އެޤާނުގެދަށުން ރައިސް އޮފީހުން ހިފެހެއްޓޭނެ މަޢުލޫމާތެއްނޫން އެއީ ގައުމުގެ ކޮންމެ ރަޢިއްޔަތަކަށްވެސް ބޭނުންވެއްޖެނަމަ އެގެންޖެހޭނެ މަޢުލޫމާތެއް އެކަން އެހިފަހައްޓަނީ ވ ބޮޑު ނުބައެއް ނުޅޭތީކަަމަށް ބެލެވޭ