ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ޤާނޫނު އަސާސީގެ މާއްދާތަކާއި ބައެއް ޤާނޫނުތައް އިސްލާޙުކުރަން ހުށަހެޅި ހުށަހެޅުން ކުއްވެރިކުރަން އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދައިފިއެވެ.

އިދިކޮޅު ފަރާތްތަކުން މިކަމަށް ދެކޮޅު ހެދީ، ދާދި ދެންމެއަކު ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ނޫސް ކޮންފަރެންސުގައި އިދިކޮޅުފަރާތްތައް ތަމްސީލުކުރި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް، އަނަސް އަބްދުﷲ ސައްތާރު ވަނީ އީޔޫގެ ހުށަހެޅުމާއި ގުޅިގެންކުރި ސުވާލުތަކަށް ޖަވާބުދެއްވަން "އުޒުރުވެރި"ވެފައެވެ.

އީޔޫއިން ދިވެހި ދައުލަތުގެ ދައުވަތަކަށް "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" (އީއެފްއެމް) އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާއަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ގާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާއެވެ. އެހެން ކަމުން އީޔޫއިން ބުނި ހުށަހަޅާފައިވާ ގޮތައް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. އަހުމަދު

    ސުބުހާނަﷲ.. ހަގީގީ ޤައްދާރުން ބޭޒާރުވެ ފާޅުވަނީ... އަޅުގަނޑަކީ އެއްވެސް ޕާރޓީއަކަށް ތާއީދު ކުރާ މީހެއްނޫން.. ނަމަވެސް މި ދީނާ ޤައުމުގެ ދިފާއުގައި މިފަހަރު ނިކުމެ ޔާމިނަށް ޥޯޓު ލާން އަޒުމު ކަނޑައަޅައިފިން..

    • ބުނެލީ

      އަންނި ވެސް ރަގަޅެއް ނޫން. ޔާމިން ވެސް ފާޅުގަ ނުބުންޏަސް ވަށް ބަހުން ބުނާ އެއްޗިއްސާ ކުރާ ކަންކަމަށް ބަލާ އިރު ހަމަ އެއް ކަމެއް ފެންނަނީ ދެމީހުންގެ ފުށުން ވެސް.

      • މޮހޯދު

        ދީނީ ކަންކަމުގައި އަންނި އާއި ޔާމިން އެއްގޮތީޔަ ކަލޭ ތިހުރީ ލޮލަށް މިރުސް އެޅިފަ ބުރާންޗާ

  2. ބަތޮލް

    މިހާރުން މިހާރަށް އެމްޑީޕީ އުވާލާ އަދި މި މީހުން ހައްޔަރުކޮށް ޖަލައްލާ. ހަވަރު އެއް ނުވަނީސް

  3. ސީލާސީލާ

    ކޮބާ ދަލާދީނީ ރަންރީނދޫ ޓްވިޓަރޭ މެން. ތަމެން ބޭނުން ގޮތް މިހާރު އެނގި ފާޅުވަނީ ނޫންތޭ ތަމެން ސީލަ ބަލަ ދެން ނުވާނެ ތިކަމެއް ދަގަ ސީލާން އެހެރަ ހަނޑަސް ބުރި ހިފައިގެން. ދަގަ ދަގަ ދަގަ. ސީލާ ސީލާ ސީލާ ދަ ސީލާ ދޯ.

  4. އަލީ

    ބަލަ މިތާގަ އުޅެނީ މަޖުބޫރުން އިސްލާމްދީން ގަބޫލް ކުރާބައެއް

    • އީޔޫ ދޮންބެ

      މަޖުބޫރުން އިސްލާމްދީން ގަބޫލްކުރިޔަސް އެމީހަކަށް އޭގެ ފައިދާ ކުރާނެ ދުވަހެއް އަންނާނެ . މަޖުބޫރުންވިޔަސް ދީން ދޫކޮށްލާ މީހާ އެކަންވެސް ދެކޭނެ ، މޮޅަށް ދެނެވޮޑިގެންވަނީ ﷲ . ތިކަހަލަ ލާދީނީ ފިކުރުގެ ބައިގަނޑުވެސް ނޫޅެއެކޭނޫން ! އެކަމަކުވެސް މިސަރުކާރަކުން އިރާދަކުރެއްވިއްޔާ ތިޔަ ގަރާރަކަށް ބޮލެއްނުލަބާނެ،،...

      • ސާކިރު

        ބޯގަޅި

    • އެނގޭތަ

      ކަލެޔަކީ މުރުތައްދެއްތާ ތިބުނީ.ފާޅުގައި ނުކުމެބަލަ ވާނެ ގޮތް އެނގޭނެ..

  5. ހަލީލް

    މިތާންގަ ވަކިދީނެ އޮންނާކަ ލާޒިމެއް ނުކުރެވޭނެ

    • Now

      ކުރެވޭނެ. އެއީ އިސްލާމް ދީން

    • ދަސްކުރޭ

      މީހާދާ މަތީ މީހެކޭދޯ... ކަލެއަށްތަ އެނގެނީ މިތާ އޮންނަންޖެހޭ ދީންވެސް... "އިސްލާމް ދީން ނޫން ދީނެއް ޤަބޫލުކޮށްފި މީހެއްގެކިބައިން ހަމަހިލާ އެކަން ޤަބޫލެއް ނުކުރެވޭނެ"

  6. ޣާދިރު

    ތިޔަ އަނަސް އެއް އިންތި އެއް ކިޔާނެ ކަމެއް ނެތް.އަންނި ނުބުނާ ގޮތަކައް ފިޔަވަޅެއްވެސް އަޅަން ނުކެރޭނެ..އަންނި ބުނެފިއްޔާ އިސްލާމް ދީންވެސް ދޫކޮއްލާނެ..

  7. ޢަފްލާ

    ކެނެރީގެ ޑޯގް

  8. ތާމީނު

    މަޖާ ތަންކޮޅަކީ ޔާމީނު ތިކަމަށް މަރުހަބާ ކިޔާތީ

  9. މުހައްމަދު ޞަލާހު

    އެހެންވާނީ. ދީނީ ކަންކަމަށް ފަރުވާކުޑަ ވެރިންނަށް ވެރިކަން ލިބުނީމަ ވާގޮތް. ނަސީދު ވެރިކަމުގަ އެމީހުނއނަށް އެއްޗެކޭވެސް ބުނާކަށް ނުކެރުނެއްނުން

    • ދަޥްނާސް

      ނަޝީދުގެ ވެރިކަމުގަ އެއްޗެކޭ އެމީހުން ނުބުނެ ތިބީއެއްނޫން. ސީދާ ރައީސް އޮފީހުގައި ތިބެގެން ނަސާރާ ދީނުގެ ފައްޅިތައް ވެސް ޑިޒައިން ކުރީ. ﷲގެ ރަހުމަތުން ނަޝީދަށް އޭނަޔަށް އަމިއްލަޔަށް ހެދުނު ނުހެދުނު ގޮތްވެސް ނޭގި ވެރިކަމުން ވެއްޓުނީ.

  10. ކުރަފަތް

    މިހާރު ވަރަށްރަނގަޅަށް ހާމަކަންބޮޑުކޮށް ތިފާޅުވީ ރަންރީނދޫބައިގަނޑު ތިބިގޮތް،އެބުނާ ޑިމުކިރަސީ ނުލިބިގެން އެއުޅޭގޮތް. މިހާރުންމިހާރަށް އެފަރާތްތައް ހައްޔަރުކޮށް ހަވަރަށް ދޭންވީ.

  11. ދިވެހީން

    ދަންނަވަންތޯ ތީ އީ ޔޫ ގެ ހުށައެޅުމެއް ނޫނޭ ތީ ސީދާ އިދިކޮޅު އިއްތިހާދުގެ ހުށައެޅުމެކޭ ދެން ކިހިނެއްތޯ ކުއްވެރިކުރާނީ ؟ ވެރިކަން ލިބިއްޖިއްޔާ ތިގާރު ގެރެންޓީވީ ދެން ދިމޮކްރަސީ ފައްކާވޭ.....ޔާ ﷲ ދިވެހި ގައުމު އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ތާއަބަދަށް ލައްވާށި ..އާމީން

  12. ކަނބިލި

    އެމް ޑީ ޕީ އުވާލާ

  13. ނާނު

    ދެން ޖެހުނު ޖޯކު

  14. ޑޭންޖުރެސް

    ކޮންމެ ދިވެއްސަކު މުސްލިމަކަށް ވުން ލާޒިމް ނުކުރަން އީޔޫން ހުށަހަޅައިފި ނަމަ އެއީ ނުރައްކާތެރި ކަމެކޭ ތަމެން ތިޔާއުޅެނީ އީޔޫ މެދުވެރިކޮށް މިރާއްޖޭން އިސްލާމް ދީން ނައްތާލަން ނޫންތޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ތިޔާއީ މިގައުމަށް އެއްގޮތަކަަށް ވެސް ހެޔޮ އެދޭ ބަޔެއް ނޫނޭ ތަމެންނަކީ އެއީ ނުރައްކާތެރި ބަޔެކޭ ޔޫއާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...

  15. ޖިންނި

    ޕީ ޕީ އެމް ބޮޑު މުޒާހަރާއެއް ރާވާ އަހުން ވެސް ނިކުންނާނަން

  16. ކަނބިލި

    ތިކަމަށްކީކޭތޯ އެބައިގަނޑ ކިޔާނީ އެމީހުންގެ ހުށަހެޅުމެއްޏުންނަމަތާ އެއްޗެއްކޭ ބުނެވޭނީ! ހަމަ ލާދީނީ އަންނީ ލާދީނީ އެމްޑީޕީއޭ ބުނެވޭނީ އަހަރަމެންނަށް!

  17. ޝަހީދު

    އެމްޑީޕީ އިން އީޔޫގެ ކިބައިން އެދުނީީ ކޮންކަމަކަށް ކަން ތިޔޮށް ފަޅާީ އެރީީ! އަޅުގަނޑު ކުރިން ހުރީީ އެއްވެސް މީހަކަށް ވޯޓު ނުދޭން ނިންމައިގެން. އެކަމަކު ﷲ ގެ ދީންކަމުގައިވާ އިސްލާމް ދީން ޙިމާޔަތް ކުރާނެކަން މިހާރު ކަށަވަރު ވާތީީ، ޔާމީނަށް ވޯޓު ދޭނަން. إن شآء الله

  18. ނޫސްގަނޑު

    އިސްލާމް ދީނަކީ އެންމެ މާތް އެންމެ ރަނގަޅު ގޮތް ، ކަމަށް މުޅި ދުނިޔެ ހެކިވޭ. އެހެން ވީމާ އެންމެ ރަނގަޅު ގޮތް ދޫކޮށް ދެވަނަ އޮޕްޝަނަކަށް ދެވޭނެ ފުރުސަތު އޮންނަ ގޮތަށް ޤާނޫނު ބަދަލު ކޮށް ދިވެހި ރާއްޖޭގައި އެހެން ބާތިލް ދީންތަކަށް ފުރުސަތު ހުޅުވާލުމަކީ ކޮއްގެން ވާނެ ކަމެއް ނޫން. ދުނިޔެއާއި ވަކިން އޮންނަން ޖެހުނަސް އެފުރުސަތު ދީގެން ނުވާނެ. އަންނި އަށް ހިލޭ ސާބަހަށް ގާނޫނީ މަސައްކަތް އެކޮށްދެނީ އެބޭނުމުގައި.

  19. ފަލަސްތީން

    އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހިން މިނަމުގައި ބޮޑު އެއްވުމެއް ބާއްވަބަލ އަހުން ނިކުންނާނަން.

  20. ރަނދަ

    ޔާ ﷲ މި ލޮބުވެތިބިމުން އިސްލާމްދީން ނޫން ދީނަކަށް ފުރުޞަތު ނުދެެއްވާށި. އަދި، ފުރިހަމަ މުސްލިމުންގެ ގޮތުގައި ތާއަބަދަށް ދިވެހިން ލައްވާށި. (އާމީން) އަދި، އިސްލާމް ދީނަށް ނަސްރު މިންވަރު ކުރައްވާށި. (އާމީން)

  21. ތްރިއްލާ

    ކޮންމެ ދިވެއްސަކު މުސްލިމަކަށް ވުން ލާޒިމް ނުކުރަން އީޔޫން ހުށަހަޅައިފި ނަމަ އެއީ ދިވެހިން ޑީޕް އިން ދަ ޑާރްކްނެސް ރޯޑަށް ގެންދަން އެމެން އުޅެނީ ނޫންތޭ. އެމެން އެއުޅެނީ ބިރުވެރި ހުވަފެނެއްގެ ތެރެއަށް ދިވެހިން ވައްދާލާ ދިވެހިން ގެ ދުވަސް ދުއްވާލާ މިގައުމުން އިސްލާމް ދީން ފުހެލަން ނޫންތޭ ސްޕެއިން އިން އިސްލާމް ދީން އެމެން ފުހެލި ގޮތަށް. އައި ކޭން ސީ ދިސް ޓެރަރ އޮން ދަ ސްކްރީން ދޯ. ތަމެން ނަށް ފެނޭތޭ ފެނޭދޯ. ޑާރކްނެސް ފޯލްސް އެކްރޮސް ދަ ލޭންޑް ދަ ކާފަރު ދަ ލާދީނީ ކްރީޗާރސް ތައް އެ އެނބުރެނީ އީޔޫއިން އައިސް ސޯސަންމަގުގައި ސޯސަންގޭގެ ކުރިމަތީގައޭ. ހުރިހާ ކުދިން އިސްލާމް ދީން ދޫނުކޮށް ތިއްބާ ވެސް އެމެން އައިސް އެބުނަނީ ދޫކޮށްލާށޭ ދޯ. އީޔޫ ތިޔާއީ ދަ އީވްލް އޮފް ދަ ލާދީނިއަން ތްރިއްލާ ދޯ. އަވަަހަށް ހުރިހާ ކުދިން ވެސް ސޯސަންމަގުގައި ދަ ލާދީނިއަނޭ މެން ބިރު ގަންނުވަން ތްރިއްލާ ޑާންސް ޖައްސަންވީއޭ އިނގޭތޭ ކޮޒް ދިސް އިޒް ތްރިއްލާ ތްރިއްލާ ނައިޓް ދޯ. އާއްހަހަހަހާހާހާހާހާ ހާހާހާހާހާ ހޮހޮހޮހޮހޮ...

  22. ދިވެހިމީހާ

    ތިޔަގަރާރަކީ އެމްޑީޕީން ތައްޔާރުކޮއްފަ އެމީހުންނަށް އެރުވިއެއްޗެއް

  23. އާވައީ

    ޢީޔޫގެ ގަރާރަށް ބޯލަބައިގެންނުވާނެ

  24. ޙަބޭސް

    ސަރުކާރުން ބުނެބަލަ ނުކުރާނަމޭ ރާއްޖޭގައި ހިންގާނީ ރާއްޖޭގެ ގާނޫނެ އީޔޫއިން ޖެހޭނީ ތެޅި ބާލަން އިދިކޮޅުން ޖެހޭނީ ކޮންމެވެސް އެއްޗެއް ބޯން

  25. ާައަޒުލިފާ

    ކަލޭމެނ މިރަނގަޅަށ ކިޔާބަލަ

  26. ބޫސުފުޔާން

    މިކަމާއިދިކޮޅުހަދާމީހުން ދަންޖައްސަންގޮވާލަން

  27. އަލީވަހީދު ރަސްގެތީމު

    މި قومގެ قانون ތައްއޮންނަންވާގޮތަކާއި قواعد ތައް އޮންނަން ޖެހޭ ގޮތްތައް އެނގޭނީ ދިވެހި مسلم ންނަށް އީޔޫގަތިބި ޔަހޫދީކާފަރުންނަކައްނޫން

  28. ނައިންޓީ

    ދޭތެރެ ދޭތެރެއިން އީޔޫ ގެ ވަފްދެއް ރާއްޖެ އަންނަނީ ކަންކަން ރަނގަޅު ކުރާކަށްނޫން. ހަމަ ނުޖެހުން އުފެދިފަ އޮތް އެކިފަރާތްތަކާ ބައްދަލްކޮށް ވާހަކަތައް އަޑުއަހާފަ ގޮސް ދެން ނެރޭ ރިޕޯޓެއް ނެރެނީ ހަމަނުޖެހުން އިތުރަށް ގޯސްވާގޮތަށް. ނުރުހުމާ ކޯޅުން ބޮޑުވާގޮތަށް. އީޔޫ ބޭނުންވަނީ އީޔޫ އެދޭގޮތަށް ރާއްޖެ ބަދަލްވުން. ދިވެހި އިދިކޮޅުފަރާތްތައް ގަބޫލްކުރިޔަސް ނުކުރިޔަސް އީޔޫގެ އެ ވާހަކަ ތައް ކަމަކުނުދޭ. އޯޔޫއަކީ ސުލްޙަޔަށް އެދޭބައެއްނޫން. އިދިކޮޅު މީހުނާއެކު މުޅިރާއްޖެ ފިތުނަ ކޮށްލުން އީޔޫގެ ވިސްނުމަކީ. އީޔޫއަށް ހަލާކުހުރި

  29. ޜަހިމު

    ހަގީގީ ޤައްދާރުން ބޭޒާރުވެ ފާޅުވަނީ... އަޅުގަނޑަކީ އެއްވެސް ޕާރޓީއަކަށް ތާއީދު ކުރާ މީހެއްނޫން.. ނަމަވެސް މި ދީނާ ޤައުމުގެ ދިފާއުގައި މިފަހަރު ނިކުމެ ޔާމިނަށް ޥޯޓު ލާން އަޒުމު ކަނޑައަޅައިފިން..