އަންނަ އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރާ މީހުން ކުށުގެ ރިކޯޑު ސާފު ކުރުމަށް ފޯމް ހުށަހަޅަން ކަނޑައެޅި މުއްދަތު ފުލުހުން މިއަދު އިތުރުކޮށްފިއެވެ.

ކުށުގެ ރިކޯޑު ސާފު ކުރަން ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރު ކުރިއިރު، ސުޕްރީމް ކޯޓާއި ދަށު ކޯޓުތަކުން ކުށުގެ ރިކޯޑު ސާފުކުރުމުގެ އިންތިޒާމް ވެސް ވަނީ ލުއިކޮށްދީފައެވެ.

ކަރެކްޝަންސްއިން ފޯމް ބައިލައިގެންނަ ވަގުތު އިތުރު ކުރި އިރު ސުޕްރީމް ކޯޓާއި ދަށު ކޯޓުތަކުން ކުށުގެ ރެކޯޑު ސާފު ކުރުމުގެ އިންތިޒާމްވެސް ވަނީ ލުއިކޮށްދީފައެވެ.

ކުށުގެ ރިކޯޑު ސާފު ކުރުމަށް ކޮންމެ ހެނދުނެއްގެ 8:15 އިން ރޭގަނޑު 9:00 އަށް ކުރިއަށްދާނެއެވެ.

މީގެއިތުރުން ސުޕްރީމް ކޯޓަށް ފޯމް ހުށަހެޅުމުން ވަގުތުން ކުށުގެ ރެކޯޑު ސާފުކޮށްދޭނެއެވެ.

ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން އިންތިހާޞު ކުރާއިރު އަންހެނުންގެ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ..

ކިޔުންތެރިންގެ ހިޔާލު