އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިޓެކްނިކްއާ ގުޅިގެން ހިންގާ ހުނަރުވެރިން ބިނާކުރުމުގެ ޕްރޮގްރާމްގެ ތިން ވަނަ ކޯސް މިއަދު ފުވައްމުލަކުގައި ފަށައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު އަދި މޯލްޑިވްސް ޕޮލިޓެކްނިކްސްގެ ސީއީއޯ އަހުމަދު ނާސިރު ވަނީ ވާހަކަ ދެއްކެވިއެވެ.

މިފަދަ ޕްރޮގްރާއެއް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މަސައްކަތުގެ ބާޒާރައް މީހުން ނެރުމާއި، އެކިއެކި ވަޒީފާތަކަށް ދިވެހިންނަށް ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުވެރިކަން ދަސްކުރުމުގެ ފުރުސަތު ހޯދައި ދިނުމެވެ. އެގޮތުން ފުވައްމުލަކު ސިޓީގައި ކުރިއަށް ގެންދަނީ ސެޓްފިކެޓް ލެވެލް ތިނެއްގެ ރެޕްރިޖެރޭޝަން އެންޑް އެއަ ކޮންޑިޝަނިންގ ކޯހެކެވެ.