ޅ.މާބިންހުރާގައި ރިޒޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބައެއް މަސައްކަތްތައް ހެދިފައިވާ ތިމާވެށީގެ ގަވާއިދުތަކުގެ ދަށުން ހުއްދަ ހޯދުމަކައިނުލައިކަމަށްވާތީ އެންވެރޮމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ން ކުރެއްދު ހޯލްޑިންގސް ބޮޑު އަދަދަކުން ޖޫރިމަނާކޮށްފިއެވެ

އީޕީއޭ އިންމިއަދު ވިދާޅުވީ، އެ ކުންފުނިން ޖޫރިމަނާކޮށްފި ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގޮތުން ކަމަށެވެ.

އީޕީއޭ އިން އެ ކުންފުނި ޖޫރިމަނާކޮށްފައި ވަނީ ހަތަރު ލައްކަ ފަސްދޮޅަސް ހަހާސް ދުއިސައްތަ ފަންސާސްރުފިޔާއިންނެވެ.

އެ އެޖެންސީ ވިދާޅުވީ، ކުރެއްދު ހޯލްޑިންގސް ޖޫރިމަނާ ކޮށްފައި ވަނީ އަންގާރަ ދުވަހު ކަމަށެވެ. އަދި މިޖޫރިމަނާއަށް ވީ ފައިސާގެ އަދަދު އިއްޔެ އެ ކުންފުނިން ދައްކާފައިވާ ކަމަށެވެ.