ދައުލަތަށް ގެއްލުންވާގޮތަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްބެސް އެއްބަސްވުންތަކުގައި ސޮއިކޮށްގެން ނުވާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވެފައިވަނީ މޯލްޑިވް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހަދަމުން އަންނަ ސީޕްލޭން ޓާމިނަލްގެ މައްސަލާގައި ޓީއެމްއޭ އާއި ސަރުކާރާއި ދެމެދު ދެބަސްވުން އުފެދިފައިވަނިކޮށެވެ.

ޓްވިޓާ މެދުވެރިކޮށް ޝަރީފް ވިދާޅުވީ، ދައުލަތަށް ގެއްލުންވާގޮތަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން އެއްބަސްވުންތަކުގައި ސޮއިކޮށްގެން ނުވާނެ ކަމަށާއި އެގްރިމެންޓް ބާތިލް ކުރަންޖެހުނަސް ދެވޭވެ ބަދަލު ގެ މިންވަރު އެއްބަސްވުމުގައި ބަޔާންކުރަންވާނެކަމަށެވެ.

 

މި ސަރުކާރުން ނިންމާފައި ވަނީ ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގައެއް އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ދެ އަހަރުގެ މުއްދަތަކަށް ދިނުމަށެވެ. އެއީ ހަތަރު ބުރިއަށް ހަދާފައި ހުރި އެ އިމާރާތުގެ އެއް ބުރިއެވެ. އެ ނިންމުމާ މެދު ޓީއެމްއޭ އިން ހިތްހަމައެއް ނުޖެހެއެވެ. ޓީއެމްއޭ އިން ބުނީ އެ ކުންފުންޏާ އެކު، އެމްއޭސީއެލުން ކުރި މަޝްވަރާތަކުގައި އެއްބަސްވީ އާ ޓާމިނަލުން 19،000 އަކަމީޓަރުގެ ޖާގަ ދޭން ކަމަށެވެ.

ޓާމިނަލް މައްސަލައިގައި ކުރީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތައް ހިންގާފައި ހުރީ ޔާމީންގެ ސަރުކާރުގައި ކަމަށާއި މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލެއް ދޭން ޖެހުން ގާތް ކަމަށެވެ.

"ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި. ގޯސްހެދި މީހުން ހޯދައި އަވަސް ތަޙްޤީޤެއް ފަށަން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭއަށް 19000 އަކަފޫޓުގެ ސަރަހައްދެއް ދޭން އެމްއޭސީއެލް އިން ދޭނެކަމަށް ޔަގީންކަން ދީފައިވާ ކަމަށް ޓީއެމްއޭ އިން އަންނަނީ ބުނަމުންނެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވީ އެފަދަ އެއްބަސްވުމެއް އެމްއޭސީއެލް އިން ވެފައި ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހްމަދު

    ނަޝީދުގެވާހަކަހުރިގޮތުން އެބައެނގޭ މިކަންކޮންމެހެން ކުރަންޖެހޭކަން

  2. އިބްރާހިމް

    ދޮގުހަދާ ސަރުކާރު ، މަކަރުހަދާ ސަރުކާރު، ދޮގެއް އޮއްވައި ތެދެއް ނުހަދާނެ.

  3. ޖީބު

    ދައުލަތަށް ވުރެ ޖީބު ބަރުކޮއްލުން މާ މުހިއްމު. ކޮން ދައުލަތެއްތަ ސިޔާސީ މީހުނަށް އޮންނާނީ. އަތުގަ ޖެހޭ ހިސާބުގަ ހުރއްޔާ ފެލާލުމުގެ ސަޔާސަތު މިހާރު ޮންނަނީ

  4. ހަސަންކޮއި

    ބޯއަރިކޮއްގެންހިށެދައުލަތޭކޭނެކަމައްނެއް

  5. ޙަމަ މީހާ

    ތިކަން ގިނައިން ކޮށްފަ ހުންނަނީ އެމް.ޑީ.ޕީ ސަރުކާރުގަ އެމީހުން ބަލާނެ ރައްޔަތުންނައް ކަމެއް ކޮށްދިނުމުގެ ބަދަލުގައި ރައްޔިތުން ފެލާލެވޭނެ ގޮތެއް މިފަހަރު އިންކަމް ޓެކުސް ، ކުރިން ޖީ.އެސް.ޓީ ވަރަށް ސަލާމް